Skip to content
އެސްފިޔަ

އަހަރެންނަކީ ޚިދުމަތްތެރި އަކީމެވެ.

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަހަރެންނަކީ އިންސާނުންނަށް ބޭނުންތެރި އެއްޗަކަށް ވާތީ ވަރަށް ބޮޑަށް އުފާ ކުރަމެވެ.އަހަރެންގެ ބަދަހި ޢާއިލާގައި ތަފާތު ސައިޒުގެ އެކިކުލައިގެ އެކިބައްޓަމުގެ މެމްބަރުން ހިމެނެއެވެ. އަހަރެންގެ ޢާއިލާގެ ބޮޑެތި މީހުންނަށްވެސް ތިޔަބައިމީހުން ކިޔައި އުޅެނީ ކުޑައެވެ.މިހެން މިބުނެލީ ތިޔަބައި މީހުންގެ މުއްސަނދި ބަހުގައި އެއް ލަފްޒުން ތަފާތުމާނަ ދޭހަވާކަން ނޭގޭތީއެއްނޫނެވެ. ހަމަ މަޖާ ކޮށްލީއެވެ.

ތަންކޮޅެއްކުރީ ޒަމާނުގައި އަހަރެންގެ ބޭނުން ހިފާނީ ޚާއްސަ ބައެކެވެ. އެއިރު އަހަރެން ހުންނަނީ ވަރަށް ފޮނިވެފައެވެ. ނިކަމެއްޗަކާއި ދިމާއަށް ބަލާވެސް ނުލަމެވެ.ނިކަމެތިން މަތީން ހަނދާނެއްވެސް ނުވެއެވެ.މިއަދު ޒަމާން ބަދަލު ވެއްޖެއެވެ.ހުރިހާއެންމެންވެސް އަހަރެންގެ ބޭނުން ހިފައެވެ.އަދިމިހާރަކަށް އައިސް އަހަރެންގެ ބޭނުން ނުހިފާ މީހުން އުޅެއެވެ.އެއީ ދުނިޔޭގެ އުސޫލުދޯއެވެ.

އަހަރެން މިއީ އިންސާނުންނަށް ވާ ރައްކާތެރި ކަމުގެ ގެއެއް ފަދަ އެއްޗެކެވެ.ވާރޭ ވެހޭއިރު އަހަރެންގެ ބޭނުން ހިފައިގެން ތަންތަނަށް ދެވެއެވެ. އިރުގެ ގަދަ ހޫނުން ސަލާމަތް ކޮށްދެމެވެ. ހުރިހާ ޢުމުރެއްގެ މީހުންނަށް ބޭނުން ހިފެއެވެ.އަހަރެންގެ ޚިދުމަތަށް އެދުމުން މޫނުކުނިކޮށެއް ނުހަދަމެވެ.އޭގެ ބަދަލުގައި ފަރިވި ފިނިފެންމަލެއްހެން ފޮޅެމެވެ.ޚިދުމަތް ލިބިގަތްމީހާވެސް ސަހަލައެއް ނޫނެވެ.އަހަރެންގެ ގައިގާ ފިރުމާވަރުން ލޯލިތައް ކޮޅަށްޖެހެއެވެ.މިއީ އަޅެ ރިވެތި އުސޫލެއްހެން ހިއެއްނުވޭ ހެއްޔެވެ؟.

ބައެއް ޒުވާން ޖޯޑުތައް އަހަރެންގެ ބޭނުން ނާޖާއިޒް ގޮތުގއި ހިފާތީ ވަރަށް ދެރަވަމެވެ.މިބުނާ އެއްޗެއް ވިސްނިއްޖެދޯއެވެ.ހަމަގައިމުވެސް އެކަންކުރާ ޒުވާނުންނަށް އެނގޭނެތާއެވެ.އެއްވެސްމީހަކު ފާފައެއްކުރާއިރު ޙިމާޔަތް ދޭކަށް އަހަރެން ބޭނުމެއްނުވެއެވެ.

 

Comments (11)

  1. mariyanbu

    salhi vr……….

    1. mariyanbu
      mariyanbu

      thifadha ufehdhun theri liyun ismail ali kaleyfaanu ge faraathun kiyan libeyne kamah unmeedhu kuran… vr nice:)

    2. ismail ali kaleyfaanu
      mariyanbu

      thanks thiya dhevva hithvarah.

  2. Lol

    Piss piss mi beybe gandu mi story site hadi kohlaafi vaahaka liyan neygenya haasaru nuliye bala mithaaga.

    1. ismail ali kaleyfaanu
      Lol

      Lol vvvvvsorry.

    2. Anonymous
      Lol

      Asluves. Adhi ehvaahaka nuninmaa anehvaahaka mihaaru neygeyne kuru vaahaka ekey kiyaafa ves faashaafa nunimi othy kithah vaahaka kanves…

  3. Nafff

    Mi vaahaka in vs iburatheh haasil kobala…..
    Vr rythi story… Mikahala ufehdhuntheri liyun Ismail Ali kaleyfaanu ge faraathun kiyan libeyne kamah unmeedhu kuran….
    Nd myhun kiyaa ehchehsah alhaanulaa thigothugai kuriyah dhey… Keep it up??

    1. ismail ali kaleyfaanu
      Nafff

      thanks nafff thiya dhevva hithvarah.

  4. ismail ali kaleyfaanu

    thanks. welcome to your idea.

  5. HAAIX

    good one

    1. ismail ali kaleyfaanu
      HAAIX

      thanx

Comments are closed.