
ބާޒާރުކޮތަޅެއްގެ ދުލުން
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
މުސްކުޅިޔާ އޭނާގެ ޢުމުރު ދިގުކަމާއިމެދު ހިތާމަކޮށް ރޮނީއެވެ. އަހަރެންވެސް އަހަރެންގެ ޢުމުރު ދިގުކަމުގެ މައްޗަށް ދެރަވެ ކަރުނަ އަޅަނީއެވެ. މުސްކުޅިޔާ ދެރަވަނީ އޭނާގެ ކުދިން އޭނާ ބެލުން ބުރައަކަށް ވެގެން ޝަކުވާކޮށް ހަދާތީއެވެ. އަހަރެންގެ ޢުމުރުގެ ދިގުކަން އިންސާނާއަށް މުޞީބާތަކަށް ވެއްޖެއެވެ.އެތައް އަހަރެއްވާއިރުވެސް އަހަރެން ފަނާވެ ނުދާތީ އަހަރެން ބޭނުން ނުކުރުމަށް އެބައިމީހުން ނިންމައިފިއެވެ.
މުސްކުޅިޔާ ދަރިންނަށް ޚިދުމަތް ކޮށްދިނެވެ.ދަރިންގެ އުފަލަށްޓަކައި ޤުރްބާން ތަކެއްވިއެވެ.ލޯބޯ ފިއްސިއެވެ.އަރާމު ނިދި ދޫކޮށްލިއެވެ. އަހަރެންގެ ފަރާތުން ލިބުނު ފައިދާތަކެއް އެމީހުން ހަނދާނެއް ނުހުރެއެވެ.އެމީހުން ބާޒާރުން ގަންނަތަކެތި ފަސޭހަކަމާއި،ރައްކާތެރި ކަމާއިއެކު ގެއަށް ގެނެވެނީ އަހަރެންގެ އެހީތެރިކަމާއި އެކުގައެވެ.ވާރޭ ވެހޭއިރު އެމީހުންގެ ބައިސްކަލްފަދަ ތަކެތީގެ މަޑި ތެމުނަ ނުދީ ހިފަހައްޓައިދެމެވެ.
މުސްކުޅިޔާ އެޙާލަތަށް ދިޔައީ ދަރިންނަށް ޚިދުމަތްކޮށް ދީދީއެވެ. މިއަދު އެވަނީ ވަރަށް ބޮޑަށް ވަރުދެރަވެފައެވެ. ދަރިންގެ އެހީތެރިކަމަށް ނުހަނު ބޮޑަށް ބޭނުން ވެފައެވެ. އަހަރެން އެއްބަސް ވަމެވެ.އަހަރެންގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަމާއި ހުރެ އަހަރެން އެއްފަރާތް ކުރެވިދާނެއެވެ. އެމީހުންގެ މުޅި ދިރިއުޅުން ބިނާވެފައިވާކަނޑުފަޅުގެ މުއްސަނދިކަން ނަގައިލުމުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅުވިދާނެއެވެ. މަސްމަހާމެހީގެ ރީތިބަގީޗާ ހަލާކުކޮށްލަނީ އަހަރެންނެވެ. ބައެއްފަހަރު އަހަރެން އެމީހުންގެ ޤާތިލަކަށް ވެސް ވަމެވެ.
މުސްކުޅިޔާއަށް ބަލާލުމުން އޭނާ ދިރިއުޅުމުގައި ބުރަތަކެއް އުފުއްލާފައިވާކަން ހާމަވެއެވެ.އެކުރި ބުރަމަސއްކަތަށް ދުނިޔޭގައިވެސް އަގެއް ލިބެންވާނެއެވެ. އުމުރުގެ ނުނިމި އޮތްބައި ފަސޭހަކަމާއި،ހިތްހަމަ ޖެހުމައިއެކު އުޅުމުގެ މަގު ތަނަވަސް ކޮށް ދޭންވާނެއެވެ. ކުޑައިރު ދަރިންނަށް އަޅާލި ފަދައިން އެހީތެރިކަމަށް މިއަދު އެފަކީރު އެވަނީ ބޭނުން ވެފައެވެ. އަހަރެންގެ ތުނިކަމާއި،ބާރުގަދަކަމާއި، ޢުމުރު ދިގުކަމުގެ މައްޗަށް މިއަދު މިޖެހުނީ އަޑުން އަޑުނަގއި ޜޯށެވެ.އަހަރެންގެ މިރުއިމުގެ އަޑުއަހާނޭ މީހަކު ނެތެވެ.
މުސްކުޅިޔާގެ ޙާލަތަށް ދަރިންވެސް އެނބުރި ރުޖޫޢަވާން ޖެހޭނެކަން ހަނދުމަކުރެވޭނަމަ އުނދަގުލަކަށް ވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަހަރެން އިންތިޒާރު ކުރާނަމެވެ.އެބައިމީހުންނަށް އަހަރެންގެ ބޭނުމެއް ޖެހިދާނެއެވެ.އެމީހުންނަކީ ކުޅަދާނަ،ވިސްނުންތޫނު،މޮޅުބައެކެވެ. އަހަރެންގެ ފަރާތުންގެއްލުން ނުލިބޭގޮތަށްއަހަރެންގެބޭނުން ހިފާނެ މޮޅުގޮތްތަކެއް އީޖާދު ކޮށްފާނެއެވެ. އެމީހުންނަށްފައިދާތަކެއް ލިބޭއިރުވެސް އެއަށްވުރެ މުހިއްމު ނާޒުކު ކަމަކަށް ހޭލުންތެރި ވެފައިވާތީ އަހަރެންގެ ބޭނުން ނުހިފަނީއެވެ. މައިންބަފއިން މުސްކުޅިވާ ދުވަހު އަޅާލަންވާނެ ކަމުގެ ހޭލުންތެރިކަން އިތުރު ކުރަންވީއެވެ.އެއިރު ބުރަތަކެއް އުފުލާން ޖެހުނުކަމުގައި ވިޔަސް ފަހު ދުވަހުން ލިބޭނެ ދަރުމަ މާބޮޑުވާނެކަން ވިސްނޭނެއެވެ.
މުސްކުޅިޔާގެ ތަސްބީޙަފައްޗާއި،ޒުވާންދުވަސްވަރުގެ ރަން ހަނދާނެއް ކަމުގައިވާ އުޅާބައި ފޮރުވައިގެން އަހަރެން އޮންނަތާ ފަންސަވީސް އަހަރު ފުރުނީއެވެ.މުސްކުޅިޔާގެ ކުކުރުމާއި،ވޭނުގެ އަޑު އެންމެ ކައިރިންއިވޭ އެކަކަށް އަހަރެންވާނެއެވެ.
( ނިމުނީ )
9 Comments!
Comments are closed.
Vv Varahves thedhu vaahaka eh thibuny Ingey tho.. Alhugandu varah ufaavehje isse kuda liyumeh namaves genes dhinumun.. Vv reethi meen libey Iburai.. Masha allah ❤️❤️.. Comment kohlahchey ??
thanks. v hivvaru libihjje
Iburaiytheri reethi liyumeh
ihsan alhugadu v ufaavey ihsaan liuvvathy.
Hadha rangalhey.. Comment ves koffin.. Thank u so much dear.. Meehun kiyaa ehchihsah alhaa nulahchey ingey tho… Mibuny nuruhey kahala ehchihi vaahaka.. Varah ufaavehje isse comment kohlythy❤️❤️❤️
Haadha rangalhey.. Comment ves koffin.. Pls dnt mind what ppl say they will say stuffs that would hurt u.. But dhuniyeyga thibeyne judgmental meehun ves.. Im v happy that u responded ❤️❤️
Mihaaru meege liyun ,iyan dhas ejje….
thanks. bismillah avhah fattava.
Varah iburahtheri vaahakaeh…