Skip to content
އެސްފިޔަ

މާޔޫސް ނުވާށެ

 

ޢިމާރާތުގެ ދިހަވަނަ ބުރިން ފުންމާލިއިރު އަހަރެންގެ މުޅި ހަޔާތް ވަނީ ހިތާމައާއި ހިތްދަތިކަމުން ފުރިފައެވެ.
ޙައްލުކުރާނެ މަގެއް ނެތި ހަމައެކަނި އަހަންނަށް ފެނުނު މަގަކީ އަމިއްލައަށް މަރުވުމެވެ. ފުންމާލާނީ ބާ އޭ، ނުފުންމާލާނީބާވަ އޭ ހިތަށް އަރަމުން އެންމެފަހުން ހަމަ ފުންމާލީމެވެ.

ނުވަ ވަނަ ބުރިއާ ހަމައަށް އައި އިރު ކަމަކުދާކަށް ނެތެވެ. އެދެމީހުންގެ ލޯބީގެ ވާހަކައާއޮ ހަމަޖެހޭ ދިރިއުޅުމުގެ ވާހަކައިން މިސާލުޖަހާލެވޭ ދެމަފިރިން ޒުވާބުކޮށް ގަޔަށް އަތްލަނީއެވެ. ހަޤީގަތުގައި މީ އުފަލުގައި އުޅުނު ބައެއް ނޫންތާއެވެ.

އަށް ވަނަ ބުރިއާ ހަމައަށް އައިއިރު އެޢިމާރުގައި އެންމެ ސަކަރާތްޖަހާ މަޖާކޮށް އެހެންމީހުން ހުނުމަށް މަޖުބޫރުވާފަދަ ކަންތައްތައްކުރާ ޒުވާނާ އޭނދަ ފެންނަނީ އެކަނި އިނދެ ރޯތަނެވެ.

ވެއްޓެމުން އައިސް ހަތް ވަނަބުރިއާ ހަމައެވެ.

އަހަރެމެންގެ ޢިމާރާތުގައި އުޅޭ އެންމެ ބުރުސޫރަތީ އެންމެ ފިޓްކޮށްއުޅޭ މީހާ މިފެންނަނީ މުޅިން އެހެންގޮތަކަށެވެ. އެކަނީ ހާދަހާވާ ގިނަބޭހެކެވެ. ދިރިވެސް އެހުންނަނީ ބޭހުގެ އެހީގައެވެ. އެފަކީރު ހަމައެހާބަލީ ހެއްޔެވެ؟

ހަ ވަނަ ބުރިއާ ހަމަޔަށް އާދެވުނުއިރު ފެންނަނީ އެޢިމާރާތުގައި އުޅޭ އިންޖީނިޔަރިން ހަދާފަހުރި އެކުވެރިޔާއެވެ. މީގެ ފަސް އަހަރުކުރިން ކިޔެވުން ނިންމާލި ގޮތަށް ވަޒީފައެއް ލިބޭތޯ އެދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހުސް ވަޒީފައެއް އޮތްތޯ ނޫސް ކިޔަނީއެވެ.

ފަސް ވަނަ ބުރިއާ ހަމަޔަށް އައިރު ފެނުނީ އަހަރެމެންގެ އަވަށްޓެރި މުސްކުޅިޔާއެވެ. ނިކަމެތި މުސްކުޅިޔާ އަބަދުމެ ހުންނަނީ އޭނާގެ ދަރިން އޭނާގެ ޙާލުބަލަން އަންނާނީ ކޮންއިރަކުންތޯ ބަލާލަބަލާލައެވެ. ނަމަވެސް ދުވަހަކުވެސް އެއިން އެކަކުވެސް އެގޭގެ ދޮރުގައި ޓަކިވެސް ޖަހައިނުލައެވެ. އެމުސްކުޅިޔާ އެފެންނަނީ ކިޔާ ނުތަނަވަސްކޮން ހެއްޔެވެ.

ހަތަރު ވަނަ ބުރިން ފެނުނީ ރީތިކަމާއި ހިތްހެޔޮކަމުގެ މިސާލުޖަހާލެވޭ އަވަށްޓެރިޔާއެވެ.  އެކަނބުލޭގެގެ ފިރިމީހާ މަރުވިތާ މިހާރު ތިން އަހަރެވެ. އެންމެންވެސް ހީކުރަނީ އޭނަގެ ހިތާމަތަށް ފިލައިހިނގައިދާނެކަމަށެވެ.  އެކަމަކު މިހާރުވެސް އެކަނބުލޭގެ އެއިނީ މަރުވި ފިރިމީހާގެ ހަނދާނުގައި ފޮޓޯހިފައިގެން ރޯށެވެ.

ޢިމާރާތުގެ ދިހަ ވަނަބުރިން ފުންމާލުމުގެ ކުރިން އަހަރެން ހީކުރީ މި ދުނިޔޭގައި ހުރި އެންމެ ހިތްދަތި އެންމެ ހިތާމަވެރި މީހަކީ އަހަރެންކަމުގައެވެ.

މިދުނިޔޭގައި އުޅޭ ކޮންމެ މީހަކުވެސް އުޅެނީ ހަމަ ތަފާތު މައްސަލަތަކެއްގައި ފިކުރުކުރުމުގައެވެ. މިކަން އަދި މިއެނގުނީ މިހާރުއެވެ. މިކަމުން އަހަންނަށް އެނގުނު ކަންތައްތަކަށް ބަލާއިރު އަހަންނަށް ދިމާވެފައިވާ ކަނަތައްތަކަކީ އެހާ ބޮޑެތި ކަންތައްތަކެއް ވެސް ނޫނެވެ.

ފުންމާލުމުން ވެއްޓިގެން އައި އިރު އަހަންނަށް ފެނުނު ހުރިހާ މީހުން ތިބީ މިހާރު އަހަރެންނާ ދިމާލަށް ބަލާށެވެ.

ތިބާއަށް ދިމާވެފައިވާ މުޞީބާތްތަކައި އުނދަގޫތަކަށް ވުރެ އެހެންމީހުން ތަހަންމަލުކުރާ ހިތްދަތި ކަމާއި އުނދަގޫތައް މާބޮޑު ކަމުގައި ވިސްނާ ނަމަ، ތިބާ އުޅޭނީ ކިހާ އުފައެއްގައި ހެއްޔެވެ. އަދި ހެއްދެވިފަރާތައް ކިހާ ޝުކުރެއެއް އަދާކުރާނެ ހެއްޔެވެ.

މިދުުނިޔެއަކީ ފަނާވެދަނިވި ތަނެއްކަމުގައި ވިޔަސް އެއްގޮތަކަށް ވެސް މާޔޫސްނުވާށެވެ. މިދުނިޔޭގައި ވާ ހުރިހާ އެއްޗެއްގެ އަގުވެސް ﷲ ގެ ޙަޟުރަތުގައި މަދިރީގެ ފިޔައެއްގެ ވަރުވެސް ނުވެއެވެ.

އަދި ދަންނާށެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރީންނާ އެކުގައެވެ.

 

Comments (11)

  1. Zidhan Mohamed

    Aammukoh liyaa kahala vaahaka eh noonas, thafaathu ehcheh dhookollevunyma varah happy! ☺☺ Hope emmennah vess kamudhaane kamah! ♥♥ Comment kollahche! ☺☺Please! ☺☺love you all. ♥♥Take care! ♥♥

  2. Barbie

    I just loved it ??

  3. Ehleesha

    Wow var ah reethi. Iburaiiter varah. ??❤ l luv urs storys..

    1. Zidhan Mohamed
      Ehleesha

      Thank you ?♥

  4. hash

    actually mi story in v good info eh eba libey… kithemme faharaku hithah araifi i am the perfect and the happiest ey…aslu life mathin foohive dheravaa kudhinnah hivvaru dheyn rangalhu storyneh mee…. zidhan thank u so much…??? meege sababun life ah alun loa hulhuveyne kithannme kudhinneh thibeyne… love all of ur storys…beynun talk kollan… can u mail me to [email protected]..???? plxxxxx i am a big fan of urs..???

  5. mary

    vaao nice

  6. blukish suhakko

    Alhe wow

  7. Shaaih

    Varah Salhi

  8. Twinkle?

    Stry is wonderful masha allah… Aslu kyhveyw vattuny? Mibuny kn prblm eh dhimaa vgn?

    1. Dark princess??
      Twinkle?

      I may not be the right one to say this
      But as farvas i am concerned i dont think zidh mi story liyefa myny kommehen vaahakaige hurihaa haadhisaa eh explain kohdheynshey.
      Btw mi story medhuverikoh gina bayakah ibraiy ibratheh haasil kohdheynshey
      So i dont think its neccessary to know the reason y he jumped btw its more important to know that a lot of people have got a moral from this story
      So i recommend this story to everyone
      Am i right zidh dhaan
      Urs fan ❤❤❤❤

  9. HAIs@@n

    very beneficial. really liked it. hope for more articles like this.

Comments are closed.