26 ޑިސެމްބަރ 2004
އަހަރުމެންނަކީ އެއްބައެއް އަދި އެއް ހަށިގަނޑެއް ވެރި ބައެއް ކަން ހާމަ ވެގެން ދިޔައީ ދާދި އިހަކަށް ދުވަހު އަހަރުމެންނަށް ކުރިމަތި ވި ސުނާމީ ކާރިސާއިންނެވެ . މިޔަދާ ހަމަޔަށް 14 އަހަރު ފުރިގެން ހިގައްޖެއެވެ . އެއް އަހަރުން އަނެއް އަހަރަށް ދަނީ މިކަންތައްތައް ފުހެވިގެންނެވެ . ސަބަބަކަށް ވަނީ މީހުން ގެ ދިރިއުޅުމާއި ވައްޓަފާޅިންގެ ސަބަބުންނެވެ . އަހަރުމެންނަކީ އެއް ހަށިގަނޑެއް ބައެއްކަން މުޅި ދުނިޔެ އިން ވެސް ގަބޫލް ކުރެއެވެ . ނަމަވެސް އަހަރުމެން އުޅެމުން އަންނަ ކަންތައްތަކީ އަހަރުމެން އެކަކު ވެސް ގަބޫލް ކުރަން ދަތި ވާ ކަމެކެވެ .
އާދެ …. އަހަރުމެން ރާއްޖެއަށް މި އަންނަ ފަތުރުވެރިން ހިތް ހަމަ ޖެއްސުމަށް ކުރިސްމަސް ފާހަގަކުރަމުން ދާއިރު އަހަރުމެންނަށް ކުރިމަތި ވެގެން ދިޔަ ސުނާމީ ކާރިސާ އަކީ އަހަރުމެން މި މުޖުތަމައު ގަބުލޫން ކުރަން ވެއްޖެ ކަމެއެވެ . އަހަރުމެން ގެ ދީނާއި ވައްޓަފާޅި އެ ފުއްމިފުށައް ޖެހިގެން ދިޔައީ އަހަރުމެން ގެ އުޅޭ ގޮތުންނެވެ . ނަމަވެސް އަހަރުމެންނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ . އެއް ހަށިގަނޑެއް ފަދަ ބައެކެވެ . އެއް ސަޖިދައެއް ޖަހާ ބައެކެވެ .
2004 ގެ ޑިސެމްބަރ 26 ވަނަ ދުވަހަކީ އަހަރުމެންނަށް އިމްތިހާނެއް ގެ ގޮތުގައި ދެއްކެވި ކަމެކެވެ . އަދި އަހަރުމެން ގެ ދިރިއުޅުން ރަގަޅު ކުރުމަށް މެދުވެރި ކުރެއްވި ކަމަކެވެ . ސަބަބަކަށް ވަނީ 25 ޑިސެމްބަރ އަކީ ކުރިސްޓިޔަން އިން އެމީހުންގެ އީދު ދުވަހެއް ކަމަށް ބަލާ ފާހަގަ ކުރާ ދުވަހެއްގެ ގޮތުގައި ހަމަ ޖެހި އެމީހުން ކުރަމުން އަންނަ ކަމެކެވެ . އެ ދުވަހު އަހަރުމެން ގެ މުޖުތަމައުގައި ގިނަ ބަޔަކު ވަނީ އެ މީހުން ގެ އީދުގައި ބައިވެރި ވެ މަޖާ ކޮށް ފައެވެ .
26 ވަނަ ދުވަހު އަލި ވިލިގެން އައީ އެންމެންނަށް ވަރަށް އުފާވެރި ދުވަހަކަށެވެ . ނަމަވެސް 9:20 އެހާ ކަށް ހާއިރު އަހަރުމެންނަށް ކުރިމަތި ވި ސުނާމީ ކާރިސާ އަކީ އަހަރުމެންނަށް އިބުރަތެއް ގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމެކެވެ . އިންޑިނޭޝިއާ އަށް އައި ބިންހެލުމެކެވެ . ނަމަވެސް ފަހުން ބަދަލުވީ ސުނާމީ އަކަށެވެ .
މިޔަދާ ހަމަޔަށް 14 އަހަރު ފުރިގެން ދިޔައިރު ކިތައް ދިވެހިންނަށް ކަށް ތޯ އެދުވަހު މީހުން އިހުސާސް ވީ ؟ ކިތައް ދިވެހިންގެ ދަރިން ގެއްލުނީ ؟ ކިތައް ކިތައް ރަށް ތޯ އެ ކާރިސާގައި ގެ ތައް ދިޔައީ ؟ މި ސުވާލު ގެ ޖަވާބު ދެވޭނެ ހެންނެ ހިޔެއް ނުވޭ …
ކޮންމެ މަޔަކު ވެސް އަދި ކޮންމެ ޒަވާޖީ ހަޔާތެއް ފަށާ ކޮންމެ ދެމަ ފިރިއަކު ވެސް ބަލަމުން ދަނީ އެ މީހުން ގެ ހުވަފެން ތައް ކުލަ ޖައްސަމުންނެވެ . ކިތައް އާއިލާ ގެ މެންބަރުން ތޯ ގެއްލިގެން ދިޔައީ ….
***********************
މި މުޖުތަމައު އަށް ބަލާއިރު ފެނިގެން ދަނީ އެހެންމީހުންނަށް ދިމާ ކުރުމާއި އަދި އެހެނިހެން ކަންކަން ކުރަމުން ނެވެ . އަދި އެ މީހުން ގެ ޖީބު ފުރާ ލެވޭތޯއެވެ . އެ މީހުންނެ ބަލައި އެއް ނުލާ ނިކަމެތި މީހާ އުޅޭނެ ހާލެއްވެސް . އެމީހުން ބަލައެއް ނުލާނެ … އަވަޓެރިން ގެ ހާލަތެއް ވެސް … އެމީހުން ބަލަމުން ގެންދާނީ އެމީހުން ގެ ޖީބު ފުރާލުމެވެ .
**********
އަޅުގަނޑުގެ ދުވާ އަކީ މި މުޖުތަމައު އަކީ އަމާން އަމާން ޤައުމަކަށް ލެއްވުމަށް . އަދި އަހަރުމެން ފަހުން އަންނަ މީހުންނަކީ އެކުވެރި އަދި މީހުންނަށް ހިތް ހެޔޮ ބައެއް ކަމަށް ލެއް ވުން …. އަދި ޤުދުރަތީ ކާރިސާތަކުން ރައްކާތެރި ވުން އެދި އަޅުގަނޑު ދުވާ ކުރަން
މިޤައުމު އަމާން އަމާން ޤައުމަކަށް ލައްވާށި އާމީން ……
9 Comments!
Comments are closed.

V. RANGALHU LIYUMEH.
Aameen
Aameen…..can I ask you if you don’t mind. ..thy kn rifoo eh tha cox thinan kiaa kuhjrh a r mee ge frnd eh v ma …plx can u tell me ur full name
Varah iburahteri vaahaka kolheh?? mee mihaaruge haalathu??
Duvaa eh noon dhuaa
Aameen
Aameen
Aameen
aameen