Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންމަޒުމޫނު

އުފެއްދުންތެރި ލިޔުމަކީ ކޮބާ؟

Dhern Level 510 Stories100 Comments100 Login100 Stories500 Comments
November 25, 2018 One Min Read
4 Comments

އުފެއްދުންތެރި ލިޔުމަކީ ތިމާގެ އަމިއްލަ ޚިޔާލަށް އެއްޗެއް ނުވަތަ އެއްޗެތިތަކެއް ލިޔެ އުފެއްދުމެވެ. އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް، އޭގެ ކުރިން އެއެއްޗަކާ މެދު ހުށަހަޅައިދެވިފައި ނުވާ ފަދަ އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ.

ނޫސްވެރިކަން، ޢިޖްތިމާޢިއްޔާތު، މަޒުމޫނުލިޔުން މިއީ ހައްތާވެސް ކޮންމެވެސް ހާދިސާއަކާ ގުޅުވައިގެން ލިޔާ އެއްޗިއްސެވެ.

މިއާ ޚިލާފަށް އުފެއްދުންތެރި ލިޔުންތައް ލާމެހިފައިވަނީ އިންސާނާގެ ހިތުގެ އިޙްސާސްތަކާއެވެ. އަދި އެއީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ލިޔުމެކެވެ.

އިންސާނާގެ ދިރިއުޅުމުގައި ހިތްތަކަށް ކުރާ އަސަރުތަކާއި އިޙްސާސްތައް އެންމެ އެކަށީގެންވާ ގޮތަށް ފުރާނައެޅިގެން އަދަބިއްޔާތުގެ ތެރެއިން ނެރެ ދެއްކުމަކީ، އުފެއްދުންތެރި ލިޔުންތެރިއަކަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

އުފެއްދުންތެރި ލިޔުންތެރިކަމަކީ ތިމާ ލިޔަން ޖެހިއްޖެ ކޮންމެ ވައްތަރެއްގެ ލިޔުމެއް ވެސް ލިޔުމުގެ ލިޔެލުމުގެ ކުޅަދާނަކަން ލިބިފައިވާ ލިޔުންތެރިކަމެވެ. ފަހަރެއްގައި އެ ލިޔުމެއް ލިޔާއިރު ގެންނަންވީ ތަރުތީބު ރަނގަޅަށް ނޭނގިދާނެ އެވެ. އެކަމަކު ޢިބާރާތްކޮށްލުމަކީ އުދަނގޫ ކަމަކަށްނުވާނެ އެވެ.

އުފެއްދުންތެރި ޚިޔާލު ނުވަތަ އުފެއްދުންތެރި ލިޔުމަކީ ޚިޔާލުކުރުމުގެ މިނިވަންކަމުގެތެރެއިން އުފެދިގެން އަންނަ ލިޔުންތެރިކަމެކެވެ. ކޮންމެކަމަކާ ގުޅިގެން ނަމަވެސް ތިމާ އަމިއްލައަށް ލިޔުމެއް ލިޔަން އެނގުމަކީ އުފެއްދުންތެރި ޚިޔާލުގެ މައިގަނޑު އެއް ކަންތަކެވެ. މިސާލަކަށް މިވެނި ވައްތަރެއްގެ ލިޔުމެއް ލިޔާށޭ ބުނުމުން އިތުރު ސުވާލެއް ނެތި އަމިއްލައަށް އެ ލިޔުމެއް ލިޔަން އެނގުމަކީ ލިޔުންތެރިކަމުގެ ހުނަރުވެރިކަން ގެންދަން ބޭނުންވާ ފެންވަރުކަމަށް ވަނީ ނަމަ، އުފެއްދުންތެރި ލިޔުން ލިޔުމަށް ތަރުޙީބުދީ އިސްކަންދިނުން ވަރަށް މުހިއްމެވެ.

ޢިބާރާތެއް ލިޔާއިރު ކިޔާ މީހާއަށް ވިސްނޭ ގޮތަށް ތިމާ ބުނަން ބޭނުންވާ އެއްޗެއް އޭގެ އަސަރާއެކު ނަގައިގަނެވޭ ގޮތަށް ޖުމްލަތައް ޢިބާރާތް ކުރަންވާނެ އެވެ.

އެހެން މީހުން ކިޔާހިތްވާ އަދި މޮޅު އުފެއްދުންތެރި ލިޔުމެއް ލިޔެވޭނީ ލިޔުންތެރިޔާ އަށް އެނގޭ ނުވަތަ ތަޖުރިބާކުރެވިފައިވާ ކަމަކުންނެވެ. މިސާލަކަށް ހިތްދަތިކަމުގެ ތަޖުރިބާ ކުރެވިފައިވާ މީހަކު ލިޔާ އެއްޗަކާ އެ ކަން ތަޖުރިބާ ކުރެވިފައި ނުވާ މީހާ ލިޔާ އެއްޗަކާ ވަރަށް ބޮޑަށް ތަފާތުވާނެ އެވެ.

އަޅުގަނޑު އުއްމީދުކުރަނީ މި ލިޔުމުގެ ސަބަބުން ޙާއްސަކޮށް ކަރާނީންނަށް (ލިޔުންތެރިންނަށް) ބޭނުންތެރި މައުލޫމާތު ތަކެއް ލިބިގެންދާނެ ކަމަށެވެ.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ހަދިޔާ (ހަތަރުވަނަ ބައި)

Next

މާފެއް ނުކުރާނަން ހެއްޔެވެ؟10

Next
November 25, 2018

މާފެއް ނުކުރާނަން ހެއްޔެވެ؟10

Previews
November 25, 2018

ހަދިޔާ (ހަތަރުވަނަ ބައި)

4 Comments!

  1. rai says:
    November 25, 2018 at 9:32 am

    ❤❤❤

  2. Leen says:
    November 26, 2018 at 7:41 am

    ???

  3. Broken?? says:
    November 26, 2018 at 8:32 am

    Messenge *

  4. Aishath Aala says:
    November 28, 2018 at 4:29 pm

    Thankx for the kind information?

Comments are closed.



All Right Reserved!