Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

އަހަރެން ގެ ނަޒަރުގައި ސްކޫލް ދުވަސް ވަރު

venom Level 210 Stories
January 13, 2019 One Min Read
2 Comments

އުމުރުން އެންމެ 2 އަހަރުގައި ސްކޫލް އަށް ވައްދައެވެ . އަހަރެން އެންމެ ފުރަތަމަ ސްކޫލް އަށް ދިޔަ ދުވަހު އަހަރެން ރުއީމެއެވެ . އަދި ނުވީތަކަށް އަހަރެން ގެ މަންމަ ކާރިޔަށް ދާން އެހާ ވަރަށް ވެސް ރުއީމެއެވެ . ސަބަބަކަށް ވަނީ އާ މާހައުލަކަށް ވުމުގެ ސަބަބުންނެއެވެ . ނަމަވެސް އާ އެކުވެރިން ތަކެއް ވެސް ލިބެމުން ދިޔައެވެ . 2 ދުވަސް ފަހުން އަހަރެން އެމީހުންނާ އެކުވެރި ވެއްޖެއެވެ . ނުލާހިކު މަޖަލުގައި އަހަރެން އުޅުނީމެވެ . ސްކޫލް ކިޔަވައިދޭ ގަޑި ދާ ގޮތެއް ވެސް ނޭގެއެވެ . ހިތް ގައިމު ދުވަސް ވަރެއެވެ .

ޓީޗަރުން ނަކީ އަހަރުމެން ގެ 2 ވަނަ މައިންބަފައިންނެވެ . އެ ތަނުން ނުބާ އަދި ރަގަޅު ގޮތް އަންގައިދެއެވެ . އަދި މަޖަލުގައި ކިޔެވުމުގެ ފުރުސަތު ލިބިގެން ދެއެވެ . 2015 ވަނަ އަހަރަކީ އަހަންނަށް އެންމެ ހިތް ދަތި ދުވަހެއެވެ . ސަބަބަކަށް ވަނީ އަހަރެންގެ ކިޔެވުމުގެ ދުވަސް ވަރު ނިންމާލަން ޖެހޭ ދުވަސް ޖެހޭތީއެވެ . ނަމަވެސް އަހަރެން ބެލީ އަހަންނަށް ކުރެވުނު މަޖަލެއް ކުރުމަށެއެވެ . އެގޮތުން އަހަރެން ގެ އެކި  ކަންކަމުގައި އުޅުމުގެ ސަބަބުން އަހަރެން ގެ ނަން އެމީހުން ގެ ތެރޭގައި ހިގިއެވެ . އަދި އަހަރެން ނަށް ލޭބި ލިބުނެއެވެ .

ދެން އަހަރެން ނިކުތީ މުޖުތަމައުގެ ތެރެއަށެއެވެ . އެތަނުން ވެސް އަހަންނަށް ދިމާވާން ފެށީ ވެސް އެހެން ކަހަލަ އެކުވެރިން ތަކެކެވެ . ކޮންމެ މީހަކު ވެސް އެޑީ ނުވަތަ ޖެކް މި ނަން ތަކުން ގޮވަމުން ދެއެވެ . އަދި ސްކޫލް ދުވަސް ވަރު އެންޓެޓެއިނާ  ގެ ނަމުން ވަނީ މަޝްހޫރު ކަމެއް ލިބިފައެވެ .

އާދެ ! ސްކޫލް ދުވަސް ވަރަކީ ވަރަށް ވެސް މަޖާ އެހާމެ ހިތް ހަމަ ޖެހޭ ދުވަސް ވަރެއެވެ . އެކި ފަހަރު މަތިން އަހަރުމެން ސްކޫލް ގެ ފަރާތުން އެކި އެކި ކަންކަން ކުރުވައެވެ .

ލޮބުވެތި ބެލެނެވެރިން ….. ތިޔަ ބެލެނެވރިން ނަކީ ޒިންމާ ދާރު ބައެކެވެ . ކޮންމެ ބެލެނެވެރިޔަކު ވެސް އެ މީހެއް ގެ ދަރިޔަކު އެންމެ މޮޅު މީހަކަށް ހަދަން ބޭނުން ވާނެއެވެ .  1 މަހާއި 15 ދުވަސް ވޭތުވެގެން ދިޔައިރު ތިޔަ ބެލެނެވެރިން އެ ކުދިން ނޫޅޭ ގޮތް ބެލިން ހެއްޔެއެވެ . އަދި އެކުދިން ގުޅިގެން އުޅުނީ ކޮން ކަހަލަ ކުދިންނާ ތޯ ބަލާލިން ހެއްޔެ ؟ ނަމާދު ކުރިތޯ ނުކުރިތޯ ބަލާލިން ހެއްޔެ ؟ ފޮތް ތައް ހަމަ ތޯ ބަލާލިން ހެއްޔެ ؟

ސްކޫލް ޓީޗަރުން ނަކީ 2 ވަނަ މައިންބަފައިންނެވެ . އެމީހުން ނަކީ އެމީހުންނަށް ދަސްވެފައި ހުރި އެއްޗެއް އެމީހުން ގެ ވިސްނުމުން އެ ކުދިންނަށް އުގަނައިދޭން ތިބި މީހުންނެވެ . އެމީހުން ގެ ފެންވަރުންނާއި އެމީހުން ގެ އަމަލުން ދައްކުވައި ދޭން ވީ ޓީޗަރުންނަކީ ކުދިން ގެ ނަމޫނާ ބައެއް ގެ ގޮތުގައެވެ .

މާދަމާ އަކީ ހުރިހާ ސްކޫލް އެއްގައި ވެސް ކިޔަވަން ފަށާ ދުވަހެއެވެ . ހުރިހާ ޓީޗަރުން ވެސް ކުދިން ވެސް މާދަމާ އަށް ތައްޔާރު ތޯ ބަލާލުން މުހިއްމު .

ﷲ ހުރިހާ ޓީޗަރުން ގެ މަސައްކަތުގައި ބަރަކާއް ލައްވާށި ޢާމީން

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

އެހެނަސް…(18)

Next

މާބުރުގެ އުޞޫލު

Next
January 13, 2019

މާބުރުގެ އުޞޫލު

Previews
January 13, 2019

އެހެނަސް…(18)

2 Comments!

  1. Mohamed Kuday says:
    January 13, 2019 at 6:43 am

    Sharoo Sharuu Mohamed Hussain

  2. Anonymous says:
    January 13, 2019 at 11:33 am

    Mi writer miee girl eh tha boy Ehtha? Boy akaa vrh vahtharu.. ? btw liyun hama baraabaru.?☺️

Comments are closed.



All Right Reserved!