Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

އަހަރެން ދެކޭ ގޮތުގައި ދިވެހި ރާއްޖެ އެހާރާ މިހާރު

venom Level 210 Stories
January 7, 2019 One Min Read
0 Comments

އަހަރުމެންނަކީ އެއްބައެއް އަދި އެއް ހަށިގަނޑެއް ފަދަ ބައެކެވެ . އެއް ގުނަވަނެއްގައި ރިއްސާލާނަމަ މުޅި ހަށިގަނޑު އެ ވޭނުގައި ބައިވެރި ވެއެވެ . ދިވެހިންނަކީ މިކަހަލަ ބައެކެވެ . މީހަކަށް އެހީ އެއް ވާން އެއްބާރު ލައެވެ . އަހަރުމެން ގެ ކާބައިން ޒަމާނުގައި ދައްކުވައިދެނީ އަހަރުމެންނަކީ އެއްބައެއް ގެ ގޮތުގައެވެ . އެއް ގެ އެއްގައި ތެލީގެ ފުލުގައި ހާކާލައިފި ނަމަ އަވައްޓެރި މީހަކު އައިސް އެހީ ވެދެއެވެ . އަދި ދޯނި ފަހަރު ބާލާ އަދި އަރުވާ ދުވަހަކު އެންމެން އާ ބަސް ކިޔުމަށް ފަހު އެކަމުގައި ބައިވެރި ވެދެއެވެ . ގެޔެއް ރާނަށް ނުވަތަ ސިމެންތި ޖަހާ ދުވަހެއް ވެއްޖެ ނަމަ އަވައްޓެރިން އެކަމުގައި ބައިވެރި ވެދެއެވެ . އެކަމުގައި އުޅެމުން ދެއެވެ .

ގިނަ ފަތުރުވެރިން ގެ 2 ވަނަ މަންޒިލަކީ މި ކުޑަ ދިވެހި ރާއްޖެ އެވެ . އެމީހުން ވެސް ބުނަމުން ދަނީ ރާއްޖެ އަކީ ދުނިޔޭގެ ސުވަރުގެ ކަމަށެވެ . ސަބަބަކަށް ވަނީ ރީތި ގޮޑުދޮށް ތަކާއި ނޫކަން ގަދަ ސާފް މޫދާއި ނޫ ވިލު ތަކުން ނެވެ . ނަމަވެސް އަހަރުމެން މިކަމަށް ޝުކުރު ވެރި ވާ ހެންނެ ހިޔެއް ނުވެއެވެ . ﷲ ދެއްވި ނިޔުމަތް ތަކަށް ޝުކުރު ވާ ބަޔަކު ނެތް ފަދައެވެ . އަހަރުމެންނަށް ކޮންކަހަލަ ނިޔުމަތް ތަކެއް ކަން އެކަކު ވެސް ހަދާން ނުވެއެެވެ .

ނަމަވެސް އަހަރުމެން ކޮންމެ މީހަކު ވެސް މޭގައި އަށް ޖަހާލައިފައި ބުނާނެ މިއީ ދިވެހި ރާއްޖެ މީހެކޭ… ސައްތައިން ސައްތަ މުސްލިމް މީހެކޭ .. ނަމަވެސް އަހަރުމެން އުޅޭ ގޮތް ގޮތަށް ބަލާނަމަ … ކަންތައްތައް ދަނީ އެ ފުއް މިފުށަށް ޖެހިފައެވެ . އަހަރުމެން ގެ ފޭރާން ވަނީ ވީދި ފައެވެ .

މިހާރު ގެ މުޖުތަމައު އަށް ބަލާލައިފި ނަމަ އަހަރުމެންނަށް ފެނިގެން ދަނީ އެހެން ކަމެކެވެ . މީހުންނަށް ދިމާ ކުރުމާއި ފުރައްސާރަ ކުރުމެއެވެ . މީހުން ގެ ދިރިއުޅުމަށް ވަދެ އެމީހުން ގެ ދިރިއުޅުން ހަލާކު ކުރާ މަންޒަރެއެވެ . ކައިވެނީގެ ބޭރުން އެތަކެއް ކުދިން ތަކެއް އުފަން ވަމުން ދެއެވެ .  ވައްކަން ކުރުމާއި ފޭރުމާ ކުރުން ފަދަ ބޮޑެތި ފާފަތައް ކުރަމުން ދެއެވެ . އެއްވެސް ޖެހުލެއް ނެތި އެކަހަލަ މަންޒަރު ތައް ފެނިގެންދެއެވެ un excelente sitio. އަހަރުމެން ފަހުން އަންނަން އޮތް ޖީލް ތަކަށް ދައްކުވައިދެނީ އެހެން ކަހަލަ މަންޒަރު ތަކެކެވެ . ހެދިފައިވާ ޤާނޫނު ތަކާއި ގަވައިދު ތަކަށް ބޯ ނުލަބާ މަންޒަރު ތަކެކެވެ .

***********

އަހަރުމެން ގެ ކާބަފައިން ޒަމާނުގައި އަހަރުމެން ކުށެއް ކޮށްފިނަމަ އެކަމަށް ފިޔަވަޅު އަޅައެވެ . ހައްދު ޖަހައެވެ .  ވައްކަމެއް ކޮއްފި ނަމަ އަރުވާލައެވެ . އަދި އެނޫން ވެސް ކަންކަން ކުރަމުން ދެއެވެ . ދީން ދެކެ ލޯބިވެއެވެ . އެމީހުން ޖާން ޤުރުބާން ކޮށްފައި ދީނުގައި ވާ ކަންތައްތައް ކުރެއެވެ ..

ނަމަވެސް މިހާރު އެކަމެއް ކުރާ މަންޒަރެއް ނުފެނެއެވެ . ޖަލައް ލުމުން އަނެއް ދުވަހު ގޮޅިން ނެރެއެވެ . މިއީ އަހަރުމެން ގެ އަދު ގެ ޒުވާނުން ގެ އާދައެވެ .

މީގެ 14 އަހަރު ކުރިން އަހަރުމެންނަށް ކުރިމަތި ވި ސުނާމީ ކާރިސާ އަކީ އަހަރުމެން ނަށް ހުރި އިބުރަތަކަށް ވާނެއެވެ . ސަބަބަކަށް ވަނީ 25 ޑިސެމްބަރ  އަކީ ކުރިސްޓިއަން ގެ އީދެއް ކަމަށް ހަދާފައެވެ . އެ އީދުގައި އަހަރުމެން ގެ ތެރެއިން ބައެއް މީހުން ވަނީ ބައިވެރި ވެފައެވެ . 26 ޑިސެމްބަރ އަކީ އަހަރުމެންނަށް އިމްތިހާނެއް ގޮތުން މެދުވެރި ކުރެއްވި ކަމެކެވެ . ނަމަވެސް އަހަރުމެން ގެ ތެރެއިން ކިތައް މީހުންނަކަށް ތޯ މިކަން އިގެނީ އެދުވަހު ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ރޮއި ހޭރޭ އަޑު ކިތައް މީހުންނަކަށް ތޯ މިޔަދު އިގެނީ .. ކިތައް މީހުން ގެ ދިރިއުޅުން ތޯ ގެއްލިގެން ދިޔައީ … އެކަމެއް މިހާރަކު ނޭންގެއެވެ .

********

އަޅުގަނޑު ގެ ދުޢާ އަކީ އަހަރުމެންނަކީ އެއްބައެއް ވައްތަ ކަމުގައި ލެއްވުން . އަދި އަހަރުމެން ގެ ތެރޭގައި ކުރަމުން އަންނަ ވިޔާ  ނުދާ ކަންކަމުން ޒުވާނުން ދުރުވުން . އަދި ދީނަށް ލޯބި ކުރާ ބަޔަކަށް ވުން އާމީން

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

ހިތެއް ނުފުރޭނެއެވެ.

Next

ހަޔާތުގެ ކުލަތައް 2

Next
January 7, 2019

ހަޔާތުގެ ކުލަތައް 2

Previews
January 6, 2019

ހިތެއް ނުފުރޭނެއެވެ.



All Right Reserved!