Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންމަޖާ

ނަމެއްނެތި

Dhern Level 510 Stories100 Comments100 Login100 Stories500 Comments
September 16, 2018 2 Mins Read
17 Comments

“ސިޔާސީ” މިލަފުޒަކީ މީގެ އަހަރުތަކެއް ކުރިން އާންމު ރައްޔިތުންގެ މެދުގައި އެހާމެ ފަރިތަ ބަހެކޭ ނުބުނެވޭނެއެވެ. އެހެނަސް އެޒަމާނަކީވެސް ސިޔާސީ ކަންތައްތައްކޮށް އުޅުނު ޒަމާނެވެ. އެޒަމާނުގައި ތިއްބެވި ސިޔާސީ ވެރިންވެސް މަދެއް ނޫނެވެ. ސިޔާސީ ވާހަކަވެސް ދައްކައި އުޅުނެވެ. މިހާރާއި އަޅާބަލާއިރު ތަފާތަކީ ސިޔާސީ ވާހަކަ ދައްކާ މިންވަރު މަދުވުން ކަމުގައި ވެދާނެއެވެ.

ކޮންމެއަކަސް ދިވެހިރާއްޖެއަށް މިއައި ސިޔާސީ ބަދަލުތަކުގެ ސަބަބުން އެންމެހައި ދިވެހިން އާދަޔާ ޚިލާފަށް ސިޔާސީ ވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން ދޭދޭ ދެމީހުންގެ މެދުގައި ކުރެވޭ ބައެއްކަހަލަ މުޢާމަލާތްތަކުގައި ސިޔާސީ ކުލަޖެހިފައި ހުންނަކަން ފާހަގަވެއެވެ. ހަމަ އެހެންމެ ޢާއިލާ އެއް މެންބަރަކު އަނެއް މެންބަރަކާއި ވާހަކަ ދެއްކުމުގައިވެސް ކުލަޖެހިފައި ހުންނަނީ މަދުންނޭ ނުދެންނެވޭނެއެވެ.

މިގޮތުން ދެކެވޭ ވާހަކަތަކުގެ ފަހަތުގައި ކޮންމެފަދަ ވާހަކައެއްވެސް ފޮރުވިފައި އޮވެދާނެއެވެ. ހަމަ އެހެންމެ ބުނާ ޖުމުލައިން ތަފާތު ކިތަންމެ މާނައެއްވެސް ނެގިދާގޮތަށް ވާހަކަތައް ބައްޓަން ކޮށްލެވޭގޮތަށް ބަސްތައް އަމުނާލުން އެއީ އާންމުކަމަކަށް މިވަނީ ވެފައެވެ.

އަޅުގަނޑުގެ ރައްޓެއްސަކުގެ އަންހެނުން ވިހަން ހޮސްޕިޓަލަށް ގެންދިޔަ ދުވަހެކެވެ. ވަގުތުތަކެއް ވަންދެން ރަހުމަތްތެރިޔާގެ ޚަބަރެއް ނުވެ ހުރުމަށްފަހު ގުޅައިފިޔެވެ. ދަރިފުޅު އުފަންވީ ކަމަށް ހީކޮށް ސުވާލު ކޮށްފީމެވެ. ނަމަވެސް ޖަވާބު ލިބުނީ މުޅިން ތަފާތު ގޮތަކަށެވެ. “މަޖިލީހުން ބިލު ބަލައެއް ނުގަތް”. ރައްޓެހި މީހާ އަކީ ވެސް ސިޔާސީ ވާހަކަ އަބަދުމެ ދައްކައި މީހެއްކަމުން އަޅުގަނޑަށް ވިސްނުނީ އެހޮސްޕިޓަލުން ވިއްސެން ނެތިގެން އެހެން ހޮސްޕިޓަލަކަށް ބަދަލު ކުރަންވީ ވާހަކަ ބުނީ ކަމަށެވެ. އެހެންވެ ދެން އަވަހަށް ދަތުރަށް ތައްޔާރުވާން އިރުޝާދު ދީފީމެވެ. ނަމަވެސް އޭނާ އައީ ރުޅިއެވެ. “ބަލަ ކަލޭމެން ސިޔާސީ ވާހަކަ ދައްކަންވާނީ ސިޔާސީ ވާހަކަ ދައްކަން ނިކަން އެނގިގެން ތިބެ” ރަހުމަތްތެރިޔާ ބުނެލިއެވެ. ރަނގަޅަށް ބަލައިލިއިރު ރަހުމަތްތެރިޔާ މިބުނީ އޭނާ އިންތިޒާރުކޮށްގެން ހުރި ޖިންސު ނޫން އަނެއް ޖިންސުގެ ކުއްޖަކު ވިހެއި ވާހަކައެވެ.

އެހެން ރަހުމަތްތެރިއެކެވެ. ޚަބަރެއް ނުވާތާ ދުވަސްތަކެއް ވެފައި ވުމުން ޙާލު ބަލައިލަން ގުޅައިފީމެވެ. ކޮބާތޯ ސުވާލުކުރުމުން ، މުއްދަތު ޖަހަން އައިސް ހުރިކަމަށް ބުނެ ނިކަން އަވަހަށް ފޯނު ބާއްވައިފިއެވެ. އެއީ މީގެ ކުރިން ދުވަހަކުވެސް ކުށެއްގެ ތުހުމަތަކަށް ޕޮލިހަށް ކީއްތޯ ހެކިބަހެއް ދޭން ކޯޓާއި ހިސާބަށް ވެސް ދިޔަ މީހެއް ނޫންކަމުން ވަރަށް ޙައިރާން ވެއްޖެއެވެ. އަވަހަށް ވެގެން އުޅޭގޮތެއް ބަލަން އޭނާގެ ޢާއިލާ މީހަކަށް ގުޅައި އޮޅުން ފިލުވީމެވެ. ނަމަވެސް މިއީ އާއިލާގެ އެއްވެސް މީހަކަށް އެނގިފައި އޮތް ކަމެއް ކަމަކަށް ނުވިއެވެ. އެއްވެސް މައްސަލައެއް ޖެހިގެން އޭނާ ހައްޔަރުކުރިކަން އެނގޭ އެކަކުވެސް ނެތެވެ. ކޮންމެއަކަސް އެކި މީހުނަށް ގުޅަމުން ގުޅަމުން ދަނިކޮށް އެނގުނު ހައިވެސް ކަމަކީ އެދުވަހު ހޮސްޕިޓަލަށް ދާންޖެހިފައި އޮތްކަމެވެ. އަދި އެދުވަހު އެއިގެ ގަޑިއެއްހާއިރު ކުރިން ޢާއިލާގެ ކޮންމެވެސް މީހަކަށް ގުޅިކަމެވެ. މިކަމާއި ގުޅިގެން ޢާއިލާގެ މީހުން ޕޮލިހަށް ގުޅައި މައުލޫމާތު ވެސް ހޯދިފަހުން ވެގެން އުޅޭގޮތް އޮޅުން ފިލީ މާ ފަހުންނެވެ.

މިވީ ގޮތަކީ އޭނާ ދިޔައީ ކޮންމެވެސް ބައްޔަކަށް ބޭސްކުރަމުންނެވެ. ހޮސްޕިޓަލަށް ދާ ކޮންމެ ދުވަހަކު ޑޮކްޓަރ ބެއްލެވުމަށްފަހު 10 ދުވަސް ފަހުން އަނެއްކާ ދައްކަން ޑޮކްޓަރ އިރުޝާދު ދެއްވަނީއެވެ. މިގޮތަށް 10 ދުވަހުން 10 ދުވަހުން ދައްކާތާ ދެމަސް ދުވަސްވީއެވެ. އެހެންކަމުން ހޮސްޕިޓަލަށް ދާ ކޮންމެ ފަހަރަކު 10 ދުވަސް އިތުރުކުރާނެކަން އެނގޭތީ އެއީ މުއްދަތުޖަހަން ގެންދަނީކަމުގައި އޭނާ ބުނެލީއެވެ. އަޅުގަނޑަށް ގުޅުނު ގަޑީގައި އޭނާހުރީ ޑޮކްޓަރ ބައްލަވާ ކޮޓަރީގައެވެ. އެހެންވެ އަވަހަށް ޖަވާބު ދީފައި ފޯނު ބޭއްވީއެވެ. އެއީ އެހެންވެގެން އޭނާ ބުނެލި “ސިޔާސީ” ވާހަކައެކެވެ.

އެހެން ހާދިސާއެކެވެ. ރައްޓެއްސަކާއެކު ކޮފީއަކަށް އަރައިފީމެވެ. އެކި އެކި ވާހަކަ ދައްކަމުންގޮސް ކޮންމެވެސް ބިލެއް ތަސްދީގު ނުކުރި ވާހަކަ ބުނުމުން އިތުރަށް އޮޅުން ފިލުވަން އަހައިފީމެވެ. ޖަވާބުގައި އެއީ އަންހެނުން ބަލިވެ އިނުމަށްފަހު ދުވަސްކޮޅަކުން އެބޯޓްވި ވާހަކަ ކުރުގޮތަކަށް ބުނެލިކަމަށް އޭނާ ކިޔައިދިނެވެ. އެނގޭނީ ކިހިނެއްތޯއެވެ؟

މިކަހަލަ ކިތަންމެ ކިތަންމެ ގޮތްގޮތަށް މީހުން އެމީހުން ބުނަން ބޭނުންވާ ވާހަކަ ގޮތްގޮތަށް ފުރޮޅާލައިގެން ބުނެއުޅެއެވެ.

Share Article

Follow Me Written By

Dhern

Level 510 Stories100 Comments100 Login100 Stories500 Comments

Writer and Journalist since 2014 I write what is on my mind. I try to deliver it with my own style. Your feedbacks are always welcome. Will never sacrifice who i am for anyone else. Wil be myself always proudly. - Zidhan

Other Articles

Previous

ވީމޭ މަ ކައިރީގާ (4)

Next

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ

Next
September 16, 2018

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަ ﷲ ޢަންހާ

Previews
September 15, 2018

ވީމޭ މަ ކައިރީގާ (4)

17 Comments!

  1. Meesh says:
    September 16, 2018 at 6:02 am

    Varah reethi zidhaan liyaa vaahaka zidhaan ge ehen vaahaka akah inthizaar kohlaanan

    1. Zidhan Mohamed says:
      September 16, 2018 at 6:21 am

      Shukuru! 🙂

  2. Dark princess?? says:
    September 16, 2018 at 6:06 am

    ???nice????
    But miss u zidh
    V nufeney mihaaru stories u ge ??

  3. baby girl says:
    September 16, 2018 at 7:53 am

    Nice…….
    Waiting for you’r next new story….

    1. Zidhan Mohamed says:
      September 16, 2018 at 8:06 am

      Thanks! ❤☺ soon!

  4. Aaana says:
    September 16, 2018 at 7:53 am

    Tho hama thehdhu VaAhakah eyy. Dhen kniraku eh vaahakah eh kiyaalan lihneyneeh.

    1. Zidhan Mohamed says:
      September 16, 2018 at 8:07 am

      Thanks! ❤☺ soon!

  5. Zzzzz says:
    September 16, 2018 at 12:15 pm

    Bodu moya eh

    1. Zidhan Mohamed says:
      September 17, 2018 at 5:55 am

      Ehentha? Oki! ☺

  6. ކުއްޖެ މީ says:
    September 16, 2018 at 12:54 pm

    moya akaa dhimaalah mooya ekey buunaany vx moya ehh………

    1. Zidhan Mohamed says:
      September 17, 2018 at 5:55 am

      Hehe. No. ☺

  7. Hudher says:
    September 16, 2018 at 1:04 pm

    Nyc stry dear…..maasha allah….waiting for your nww lovely and beatiful stry??????

    1. Zidhan Mohamed says:
      September 17, 2018 at 12:45 am

      Thank you ??

  8. naash says:
    September 17, 2018 at 4:57 pm

    thii hama bst ngey zidhaan… waiting waiting 4 ur nw stry…. abadhuvx vvvv kiyaahithn zidhaan ge stories kiyaniii.. maasha allah ur so talented buddy.. may allah protect ur talent from evil eyes?????

  9. aysha says:
    October 14, 2018 at 9:49 am

    zidhaange vaahakathah maa kuree…sifa kurunthah ithuru koh vaahakaage suspense hifahetteema varah reethi vane….best of luck u can do it….

  10. Kiaraa says:
    October 22, 2018 at 2:35 am

    Ur a great story writer.. I think u should start writing long stories too… Perhaps this one is also very funny … V majaa …

  11. heyo edhey faraatheh says:
    November 22, 2018 at 1:19 pm

    story vvv nice ekam nimmun eha eha eh nun
    but still keep ur good work

Comments are closed.



All Right Reserved!