ްސްކޫލް ދުވަސް ވަރުން ފެށިގެން  އަންނަނީ އަހަރެންނަށް އުދަގުލާ ދުއްތުރާ ކުރަމުންނެވެ .  އަހަރެން އެކަމަށް ކެއްތެރިވީމެއެވެ . ކިލާހުގައި ވެސް އަހަންނަށް ޖެހުނީ ކެއްތެރިވާށެވެ އެތަކެއް އާދޭސް ކުރުމުން ވެސް އެ މީހުން އަންނަނީ އަހަންނަށް ހަދާނެ އެއްޗެއް ހަދަމުންނެވެ . ﷲ އިރާދަ ކުރެވިއްޖިޔާ 2015 ވަނަ އަހަރު ސްކޫލް ނިމްމާލީމެއެވެ .

**********************************

އެދުވަހު އަހަރެން ހުރީ ވަރަށް ވެސް އުފަލުންނެވެ . ސަބަބަކަށް ވަނީ ދެން އަހަންނަކަށް އެމީހުން ގެ ދުއްތުރާ ތަކުގައި ނުޖެނޭތީއެވެ

2016 ވަނަ އަހަރު ފެށިއްޖެއެވެ . އާ އުއްމީދަކާ އަދި އާ އަޒުމަކާ އެކު 2016 ވަނަ އަހަރު އަހަރެން ކުރިމަތި ލީމެއެވެ . ފުރަތަމަ މަހުގައި އަހަންނަށް ވަރަށް ސަޅި ވިއެވެ . އަހަންނަށް ތައުރީފް ގެ ބަސްތައް އޮހެމުން ދިޔައެވެ . ދީލަތި ކަމާއި ހިތް ހެޔޮ ވާހަކައެވެ . އެކުވެރިކަމެއެވެ . ކަންކަމަށް ފަރުވާތެރި ވާ ވާހަކައެވެ . ނަމަވެސް 2 ވަނަ މަސް ވެސް ސަޅި ވާނެ ކަމަށް އަހަރެން ވަރަށް ވެސް އުއްމީދު ކުރީމެވެ . ހީވެސް ނުކުރާ ގޮތަކަށް އަހަރެންނަށް ދިމާވިއެވެ . އެއީ އަހަންނޭ ކިޔާގެން މުޅި ރަށުގައި ގޮތް ނޭންގޭ ވާހަކަ އެއް ފެތުރިގެން ދިޔަ ހަބަރު އަހަރެން ގެ ކަންފަތައް ޖެހުމުންނެވެ . އެ ވާހަކަ ކަންފަތުގައި ޖެހުމާ އެކު އަހަރެން ވެސް ވިސްނި ވިސްނުމުގައި އެއީ ދޮގު ވާހަކަ ތަކެއް ގެ ގޮތުގައެވެ . ނަމަވެސް 2016 ވަނަ އަހަރު ނިމިގެން ދިޔައީ ވަރަށް ވެސް ގޮތް ނޭންގޭ ކަންތައްތައް ތަކާއެކުއެވެ . އެހެނޭ ކިޔާފައި އަހަރެން ހިތްވަރު އެލުވައެއް ނުލަމެއެވެ . 2017 ވަނަ އަހަރު އަހަރެންނަށް ދިމާވީ އެހެން ކަހަލަ ރައްޓެހިންނެވެ . އަހަރެން ދެކުނުގޮތުގައި އެމީހުންނަކީ އަބަދުވެސް ތިބޭނެ ބައެއް ގެ ގޮތުގައެވެ . އަޅާލާނެ ބައެއްގެ ގޮތުގައެވެ . އަހަންނަށް އެ މީހުން ގެ ފަރާތުން ދަސް ވެގެން ދިޔައީ އެހެންކަހަލަ ސިފަ ތަކެކެވެ . އަހަންނަށް ވިސްނުނު ގޮތުގައި އެ އެކުވެރިން ގެ ސަބަބުން އަހަންނަށް އެކި ކަހަލަ ގޯސް ކަންތައްތައް ވުމުގެ ފުރުސަތު ބޮޑުވެގެން ދިޔައެވެ . އެމީހުން އަހަންނާ ދިމާލަށް ބުލީ ކުރަމުން ދިޔައެވެ . ނަމަވެސް އަހަރެން އެމީހުން ކިޔާ އެއްޗަކަށް އަޅައެއް ނުލަމެވެ . ނަމަވެސް އަހަރެން ކަހަލަ ރަގަޅު މީހަކު ގޯސް ކޮށް ކަންކަން ކުރެވެން ފެށުނެއެވެ .

. ނަމަވެސް އަހަރެން ކަހަލަ ރަގަޅު މީހަކު ގޯސް ކޮށް ކަންކަން ކުރެވެން ފެށުނެއެވެ .  އަހަރެންނަށް އެމީހުން ގާތް ކުރެވުނެއެވެ .

ކޮންމެ އަކަސް އަހަރެން ގެ ޒިމްމާ ހަދާން ނެތި ގެން ހިގައްޖެއެވެ . އަހަރެން ގެ ކުރި ފޮނި އުއްމީދު ހިގައްޖެއެވެ . އަހަރެންނަކީ އިންސާނެއް ކަން ހަދާނެއް ނެއްކަން އެމީހުންނަށް އެގިއްޖެއެވެ . 2017 ވަނަ އަހަރު އަހަރެން ގެ ދިރިއުޅުމަށް އެކި ހުރަސްތައް އެޅެމުން ދިޔައެވެ . ދެން އަހަރެން މިއުޅެމުން ދާ މުޖުތަމައުގައި އަހަރެން ނަކީ ބާކީ މީހެއް ކަން ހަދާން ނެތިއްޖެއެވެ . އަހަރެން އެއްވެސް ކަމެއް ކުރުމުގެ ޝައުޤެއް ނުހުރެއެވެ .

2018 ވަނަ އަހަރު އަހަރެން ވަޒީފާ އަކަށް ދިޔުމަށް އަހަރެން ގެ މައިންބަފައި ކާރީ ގައި ކިޔަން ފެށީމެވެ . އޭރު އަހަރެން ގެ ފިހާރަ ވެސް ވަނީ ހުޅުވިފައެވެ . ނަމަވެސް އަހަރެން ކުރާ ހިތް ނުވާ ކަމެއް ކުރުމުގެ މަޖުބޫރުން ކުރުން އެހާ ރަގަޅު ނުވާނެ ކަން އަހަރެން ހިތައް އެރިއެވެ ، ނަމަވެސް އަހަރެން ގެ މައިންބަފައިން ނަށް ވުމުން އަހަރެން އެކަމަށް ދެކޮޅު ހެދިޔަސް އެހާ ރަގަޅު ނުވާނެކަން ގަބޫލް ކުރީމެވެ .

2018 ވަނަ އަހަރު ގެ ފެބްރުއަރީ މަހު ގެ 28 ވަނަ ދުވަހަކީ އަހަރެން ގެ ހަޔާތަށް އުފާވި ދުވަހެއެވެ . އެއީ އަހަރެން ގެ ހަޔާތަށް އައި އުފާވެރި ދުވަހެއެވެ . ލޯބީގެ ގޮތުން ރަގަޅު ކުއްޖަކާ ރައްޓެހި ވުމެއެވެ . ނަމަވެސް އެ ގުޅުމަކަށް އެހާ ގިނަ ދުވަހެއް ނުވަނީސް އެ ގުޅުން އެކޮށް ކަހަލަ ގޮތަކަށް ހިގައްޖެއެވެ . އެ ކުއްޖާ ކިޔަމުން ދަނީ އަހަރެން ވަޒީފާ އަކަށް ނުގޮސް އެއް ކަމަކަށް ބަރޯސާ ނުވެ ހުރުމެވެ ، އެކަމަކު އަހަރެން ގެ މައިންބަފައިންނަށް އިހްތިރާ ކުމުގެ ގޮތުން އަހަރެން އެކަމަށް އެއްވެސް އެއްޗެއް ނުބުނަމެއެވެ . އަހަރެން އަބަދު ވެސް ރޮއި އަދޭސް ކުރަމުން ދަނީ އަހަންނަށް އަމިއްލަ ފައިމައްޗައް ތެދުވުމަށެވެ . އަބަދު އަހަރެން މިހެން ނުހުންނާނެ ކަމެވެ .

*******************

ލޮބުވެތި ކިޔުން ތެރިން … ލޮބުވެތި ބެލެނެވެރިން . އެކުއްޖަކު ބޭނުން ދާއިރާ އަކުން ކުރިޔަށް ދިޔުމުގެ ފުރުސަތު މި ޤައުމުގައި އޮތްކަން . އިންސާނުންނަކީ އަބަދު އެއް ގޮތަކަށް ތިބޭނެ ބައެއް ނޫން ކަން .

މި އީ ހަޤީޤީ ހާދިސާއެކެވެ . ޒުވާން ފިރިހެން ކުއްޖެ ގެ ހިތުގެ ހިތުގެ އާދޭހެކެވެ . ކޮންމެ މީހަކު ކޮންމެ ކުއްޖަކު ވެސް ހުވަފެން ތަކެއް ހުންނާނެއެވެ . އެ ހުވަފެން ތައް ސިދާ ކުރަމުން ދާނީ ތިޔަ ލޮބުވެތި ބެލެނެވެރިން .

ކޮންމެ ބެލެނެވެރިޔަކު ވެސް އެކުއްޖަކު ބޭނުން ވާ ކަންތައް ތައް އަދި ބޭނުން ވަނީ ކޮން ކަމެއް ކަން އަހާލެވިދާނެއެވެ . ދީނުގައި ހަރާމް ކޮށްފައި ވާ ކަމެއް ނޫނީ ކޮންމެ ކަމެއް ކުރުމުގެ ފުރުސަތު ލިބިގެން ދެވިދާނެއެވެ .  ކުޑަ ކުދިން ނަކީ މާދަމާ ގެ މުސްތަޤްބަލް އަދި އަހަރުމެން ގެ ހިތް ހަމަ ޖެހުން . ލޮލުުގެ ފިނިކަން .

**********************

ޝުކުރިއްޔާ ………

ނިމުނީ

21

3 Comments

 1. Shafiya Shafiya

  January 7, 2019 at 5:15 pm

  Vrh iburaiy theri vaahakaeh

 2. Aika

  January 8, 2019 at 3:12 pm

  Vara iburatheri reethi vaahakae

 3. Maida

  January 15, 2019 at 10:41 pm

  Very relatable.
  Good luck with the writings

Comments are closed.