Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއުފެއްދުންތެރި ލިޔުން

ޖެހިފާ މަގޭ ހާލަތް

venom Level 210 Stories
January 15, 2019 5 Mins Read
1 Comment

އަހަރެންނަކީ އުމުރުން 21 އަހަރު ގެ ޒުވާނެކެވެ . މި ވީ ހާ ދުވަހު އަހަރެން ގެ ދިރިއުޅުމުގެ އެއް ވެސް ކަމަކަށް ވިސްނާނެ ވަގުތެއް ނުވެއެވެ . އަހަރެން ޤަބޫލް ކުރާ ގޮތުގައި އަހަރެން ގެ ދިރިއުޅުމަށް ވިސްނަނީ އަހަރެން ގެ މައިންބަފައިންނެއެވެ . މި ވީ ކުޑަ ދުވަސް ކޮޅު އަހަރެން ގެ ދިރިއުޅުމަށް އެކި އެކި ކަހަލައިގެ ގޮންޖެހުންތައް އައެ. ނަމަވެސް އަހަރެން އެކަމަކަށް އެއްވެސް ކަހަލައިގެ އިހުސާސް ތަކެއް ނުވިއްއެއް ކަމަކު މިޔަދު މިވަނީ އަހަރެން ގެ ދިރިއުޅުމަށް ވިސްނަން ޖެހިފައެވެ . އެތަކެއް ހުރަސްތަކެއް އައެވެ . އަހަރެން އެންމެ ލޯބިވާ މީހާ ވެސް އަހަރެންނަށް ގެއްލި އަހަރެން އެއްކޮށް ބަދަލު ވެއްޖެއެވެ .  އަދިރި ވަޅުގަޑަކަށް އަހަރެން ވެއްޓިޖެއެވެ . ނަގާނެ އެކަކު ވެސް ނެތެއެވެ . އަހަރެންނަކީ ނެތް މީހެއް ކަހަލައެވެ . ﷲ އަށް ވަކީލް ކުރުން ނޫން ގޮތެއް ނެތެއެވެ . މިއީ އަހަރެން ގެ ދިރިއުޅުމަށް އައި ބަދަލު ތަކެއެވެ .
މީގެ 21 އަހަރު ކުރިން . އަހަރެން އަހަރެން ގެ މަންމަ ބަނޑުގައި އޮތް ދުވަހު އަހަރެން ގޮވައިގެން އެތަކެއް ބުރައެއް އުފުލިއެވެ . އެތަކެއް ވޭނެއް އުފުލިއެވެ . 15 ޑިސެމްބަރ 1997 ވަނަ ދުވަހަކީ އަހަރެން އަލަށް ވެސް މި ދުނިޔެ އަށް ނޭވާލީ ފުރަތަމަ ދުވަހެއެވެ . އެ ދުވަހު އަހަރެން މި ދުނިޔެއަށް އައިމާ އެންމެން ކަހަލަ ގޮތަކަށް މަޖާ ކޮށް ހެދިއެވެ . ޕާޓީ ބާއްވައި ހެދިއެވެ . އަހަރެން އެކަކު އަތުން އަނެކަކު އަތުން ގެން ގުޅެން ފެށިއެވެ .

7 ދުވަސް ވުމުން އަހަންނަށް ނަން ކިޔާފިއެވެ . ބޮޑު ޕާޓީ އަކުންނެއެވެ . ރަށު އެންމެން ކަހަލަ ގޮތަކަށް އެ ޕާޓީގައި ބާވެރި ވެއްޖެއެވެ .  އަހަރެން ހަދާނުން ގައި ހުންނަށް ފެށީއްސުރެން އަހަރެން އުޅުނީ ވަރަށް ވެސް މަޖަލުގައެވެ . ކުޅިވަރުގައެވެ . އެކުވެރިންނާ އެކު މަޖާ ކުރުމުގައެވެ . ސްކޫލް ދުވަސް ވަރު އަހަރެން އުޅެމުން ދިޔައީ ވަރަށް ވެސް މަޖަލުގަޔާއި ކުޅިވަރުގައެވެ . އަދި ކިޔެވުމުގައެވެ .

ނަމަވެސް އަހަރެން ސްކޫލް ނިމްމާލާފައި މުޖުތަމައު ގެ ތެރެއަށް ވަދެ ޒުވާނުންނާ އެކު މަޖަލުގައި އުޅެނިކޮށް މުޅި ހަޔާތް ބަނަ ވެގެން ހިގައްޖެއެވެ . އަހަރެން އޭރު ދެކުނު އެކުވެރިން ތައް ހިގައްޖެއެވެ . ސްކޫލް ދުވަސް ވަރު ވީ އެކުވެރިން ހިގައްޖެއެވެ . އަހަރެން މުޅިން އެކަނި ވެއްޖެއެވެ . އަހަރެން ދެން އުޅެމުން ދިޔައީ ސޯސަލް މީޑިޔާގައެވެ . އެތަނުން ވެސް އަހަރެންނަށް ދިމާ ވެގެން ދިޔައީ އެހެން ކަހަލަ އެކުވެރިންނެއެވެ . އެދުވަސް ވަރު އަހަރެން ދެކެމުން އައީ އެ އެކުވެރިންނަކީ އަހަރެން ގެ ހުރިހާ ކަމެއް ވެސް ކުރާނެ ކަމަށެއެވެ . އަހަރެން ބަލި ވެއްޖެ ނަމަ އަޅާލާނެ ބައެއް ގެ ގޮތުގައެވެ . ނަމަވެސް ކަން ވީ އެހެންނެއް ނޫނެއެވެ . އަހަރެން ހީވެސް ކުރި ގޮތަކަށް ނޫނެއެވެ . އެންމެން ވެސް ބޭނުން ވަނީ އަހަރެން ގެ ފަރާތުން ކޮންމެވެސް ފައިދާ އަކަށެއެވެ . އަހަރެން އެކަމެއް ނުކުރުމުން އަހަރެން ދުރުކޮށް އަހަރެން މީ ބޭ ކާރު މީހެއްގެ ގޮތުގައި ދެކެމުން އައެވެ .

ކޮންމެ ޔަކަސް ދެން ބަލާލަމާ ހެއްޔެ ؟ އަހަރެން ގެ އާއިލާ އަކީ ވަރަށް ރަގަޅު ބައެކެވެ . ނަމަވެސް އަހަރެން ވިސްނި ގެން އައީ އެއީ ވެސް އަހަރެން ގެ ކަންކަން ހުރަސް އަޅާބައެއްގެ ގޮތުގައެވެ . އަހަރެން ބޭނުން ވާ އެއްވެސް ކަމެއް ނުވެއެވެ . އަހަރެން އެކަމަކަށް ކުރިމަތި ލާއިރު އަހަރެން ގެ ހިތް ވަރު ދޫވާ ފަދަ އެއްޗިހި ބުނެއެވެ . ނަމަވެސް އަހަރެން ގެ އާއިލާ އަށް  ހުރަސް ކަޑާ ކަށް ނެތީމެއެވެ ، ނަމަވެސް އަހަރެން ހިތް ހަމަ ނުޖޭހޭ ކަމެއް ކުރުވައެވެ . އަހަރެން އެއްވެސް ތަނަކަށް ނުފޮނުވައި މިހުންނަނީ ކޮންމެވެސް ކަމެއް ގައޭ ބުނެ އެމީހުން ބޭނުން ކަމެއް ކުރުވައެވެ . އެއްވެސް ވަޒީފާ އަކަށް ނުފޮނުވައެވެ . އަހަރެން މިހާރު އުމުރުން 21 އަހަރު ވެގެން ދިޔައިރު އަހަރެން ބޭނުން ވާ ވަޒީފާ އަކަށް ނުފޮނުވައި މިހުންނަނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ އަދި އަހަރެން ކުރި ކުށަކީ ކޮބާ ހެއްޔެ ؟  މި ސުވާލު ގެ ޖަވާބު އަހަރެން ބޭނުމެއެވެ . ނަމަވެސް އަހަރެން ގެ ޒިމްމާ އަދާ ކުރެވޭ ތޯ ބަލާނަމެއެވެ .

ޓިކް ޓޮކް ހަޔާތް .

އާދެ އަހަރެން ދެން ފެށީ މިހާރު އެންމެ މަޝްހޫރު އެއް އެޕް ކަމަށް ވާ ޓިކް ޓޮކް ކުޅުމަށެއެވެ . ސަބަބަކަށް ވަނީ އަހަރެން ގެ ހިތް ހަމަ ޖެއްސުމަށެއެވެ . އެ އެޕް އިން އަހަރެން ބޭނުން ވާ ކަހަލައިގެ ކަމެއް އަދި ހިތް ގައިމް އެއްޗިހި ތަކެއް އަހަރެން ގެ ފަރާތުން ނިކުތެއެވެ . އާ އެކުވެރިން ތަކެއް ލިބިގެން ދިޔައެވެ . މުޅި ހަޔާތް ބަދަލު ކޮށްލި އެކަށްޗަކަށް ޓިކް ޓޮކް ވާނެއެވެ .

އަދި އެ މީހުންނަށް އަހަރެން ގެ ފަރާތުން އެކި ކަހަލަ ކޮމެންޓް ތަކެއް އެވެ . އަހަރެން ގަބޫލް ކުރާ ގޮތުގައި އަހަރެން ބަލައިގެންފި ކަމެއެވެ ،

އަހަރެން އެ ދިރިއުޅުމުން ނިކުމެ އާ ދިރިއުޅުމަކަށް މިޔަދު މިވަނީ ނިކުމެވިފައެވެ . އެކި މިޒާޖުގެ އެކުވެރިން ތަކެއް އަހަރެން ނަށް ލިބުނެއެވެ .

އަދިރީގެ ހަޔާތުން އަލި ކަމަކަށް އަހަރެން ނިކުމެވުނީ އަހަރެން ނަށް އެކި އެކި ކޮމެންޓް އިންނެއެވެ  . އަހަރެން ބަލައިގަންނަނީ އެ މީހުންނަކީ އަހަރެންނަށް ސަޕޯޓް އަދި ރަގަޅު ބައެއް ކަމުގައެވެ .

އާއްމު ދިރިއުޅުން

އާދެ އާއްމު ދިރިއުޅުމުގައި އަހަރެން ކިތައްމެ ހިތްދަތިކޮށް އުޅުނު ކަމުގައި ވިޔަސް އަހަރެން ސޯސަލް މީޑިޔާގައި އަހަރެން އުޅެމުން ދަނީ ވަރަށް ވެސް އުފަލުގައެވެ . އަހަރެން ގެ ގާތް އެކުވެރިންނަކީ އަހަރެން ގެ އެއް ބައެކެވެ . އަހަރެންނާ ދޭތެރޭ ކޮއްމެ ގޮތެއް ހެދިޔަސް އަހަރެން ފޭން އަކީ އަހަރެން ގެ އެންމެ ހިތްހަމަޖެހޭ ބައެކެވެ .

އަހަރެން ކުރިން އަހަރެން މީ އެކަކަށް ނުވިއެވެ . ނަމަވެސް މިޔަދު އަހަރެންނަކީ މިޔަދު އެންމެން އިހްތިރާމް ކުރާ މީހަކަށް ވެއްޖެއެވެ .

ފޭސްބުކް

ފޭސްބުކް އަކީ އަހަރެން ހިތް ހަމަ ޖައްސާލުމަށް ޓަކައި ކުރާ ކަމެކެވެ . ސޯސަލް ވުމައް ޓަކައި އަހަރެން ފޭސްބުކް ބޭނުން ކުރަމެއެވެ . އެކަމަކު އަހަރެންނަށް ފޭސްބުކް އިން އަހަންނަށް ލިބެމުން ދަނީ ހިތް ދަތި ކަމެއެވެ . އެހެން ކަހަލަ އެކުވެރިން ތަކެއް ފޭސް ބުކް އިން އަހަންނަށް ލިބުނެއެވެ . ދުވަހަކުވެސް ހީ ނުކުރާ ބައެއް ލިބުނެއެވެ . އަހަރެން ހީ ކުރަމުންދަނީ އެއީ އަހަރެން ގެ ވަރަށް ގާތް އެކުވެރިން ތަކެއް ކަމަށެއެވެ . ދެ ހާސް އަށް ތުރެން ގިނަ އެކުވެރިން ތަކެއް އަހަރެން  ހުއްޓަސް އަހަރެން އެ މީހުން ގެ ފަރާތުން އެއްވެސް ކަމެއް ނުވެއެވެ .

2012 އިން ފެށިގެން އަހަރެން ފޭސްބުކް ބޭނުން ކުރަން ފެށީމެއެވެ . ނަމަވެސް އަހަރެންނަށް ރަގަޅު އެކަކު ވެސް ފޭސް ބުކް އިން ނުލިބުނެއެވެ . ހަތްތަހާ ވެސް ލިބެމުން ދަނީ އެހެން ކަހަލަ ގޯސް އެކުވެރިން ތަކެވެ . ނަމަވެސް އަހަރެން ގެ ފަރާތުން އަހަރެން ބަލަނީ އަހަރެން ގެ ރަގަޅު ކަން ދައްކުވައި ދިނުމަށެއެވެ .  ލޮއިއްބާ އަޅާލުމާ އެކު އަހަރެން ބަލަނީ އެމީހުން ގެ ކަންކަން ކޮށް ދިނުމަށެއެވެ . ނަމަވެސް އެމީހުންނަށް އެގިފައި އޮންނަ ގޮތުން އަހަރެން ނަކީ ވަރަށް ގޯސް އަދި ނުލާހިކު ވިޔާ ނުދާ މީހެއްގެ ގޮތުގައެވެ . ނަމަވެސް މިޔަދު އެހާ ގިނަ ރައްޓެހިން އަހަރެން ތިއްބަސް  އަހަރެން ޕަބްލިކް ކުރަމުން އަންނަ ކަންކަމަކީ އަހަރެން ގެ ހަޔާތުގައި ދިމާ ވެފައި ހުރި ކަންކަމެއެވެ . ބައެއް މީހުން ބުނަމުން ގެންދަނީ އެއީ އަހަރެނަށް ސައުޤު ވެރިކަން ހޯދުމަށް ޓަކައި ކުރަމުން އަންނަ ކަމެއް ގޮތުގައެވެ

އަހަރެން އެކަން ކަމަށް އަޅައެއް ނުލަމެއެވެ . ކިޔާ އެއްޗެއް ކިޔާ ކިޔާ ތިބިދާނެ.

ފޭސްބުކް ނުވަތަ ޓިކް ޓޮކް މިތަނުން އެންމެ ރަގަޅީ

ޓިކް ޓޮކް އަކީ އެކުވެރި ކަމާ ލޮއިތްބާ އަޅާލުން ލިބެމުން އަންނަ ތަނެކެވެ . އަދި އެ މީހެއް ގައިގައި ހުންނަ ކަމެއް ދައްކާލުމުގެ ފުރުސަތު އޮންނަ ތަނެކެވެ . ރަގަޅު ކުރަން ޖެހޭ ކަމެއް ރަގަޅު ކުރުމަށް އޮތް ބޮޑު ރަނުގެ ފުރުސަތެކެވެ

ފޭސް ބުކް އަކީ އެހެން މީހުން ގަޅަ ހައްދައި އަދި އެކަކު އަނެކަކަށް ބަދުނާމު ކުރަމުން އަންނަ ތަނެކެވެ . ނުވި ތާކަށް އެމީހަކު ބަދުނާމު ވެ އެހެން މީހުން ވެސް ބަދު ނާމު ކުރަމުން އަންނަ ތަނެކެވެ . ނަމަވެސް ފޭސް ބުކް އިން އަހަރުމެން ގެ ކަންކަން ހިތްސާ ކުރަމުން ދެއެވެ . އަދި ގޮތް ނޭންގޭ މީހުންނަށް އެކަށް ހިއްސާކޮށް އަދި ލޯބީގެ މާތަށް ފޮޅުވައިދޭ ބަގީޗާ އެވެ .

ކޮންމެ ކަމެއް ފޭސްބުކް ގައި ހިއްސާ ކުރުމަކީ އަހަރުމެންނަށް ވަރަށް ބޮޑު ހެދޭ ގޯހެކެވެ . ސަބަބަކަށް ވަނީ ގޮތް ނޭގޭ މީހުން އެޔަށް ކޮމެންޓް ކޮށް އަދި އެހެންމީހުން ކާރި ދެއްކުމުގެ ފުރުސަތު އޮވެއެވެ . އަހަރެން ގަބޫލް ކުރާ ގޮތުގައި ފޭސްބުކް އަށް ތުރެން ޓިކް ޓޮކް މާ ރަގަޅު ވާ ކަމެއެވެ . ސަބަބަކަށް ވަނީ ހިތް ހެޔޮ އެކުވެރިން ތަކެއް ލިބި އަދި ނުވި ތާކަށް އަހަރުމެން ކުރާ ކަންތައް އެމީހުން ގެ ހިޔާލު ފާޅު ކުރުމުގެ ކަންކަން އޮވެއެވެ .  ނަމަވެސް އަހަރުމެން ބަލަން ވީ އަގަ މަޑު ކޮއްގެން ތިބެ އަމަލު ގިނަ ކުރުމެއެވެ

ދިރިއުޅުމަކީ އެހެން ކަހަލަ އެއްޗެކެވެ . ބައެއް ފަހަރު ހިޔް ދަތި ކަމާއި ރުޔުން އޮންނަ ތަނެކެވެ . އެ އެތި އަހަރުމެން ކަންކަން ހިއްސާ ކުރުމުން ދެކޭ މީހުން ދެކެމުން ދާނީ އެއީ ހާދާ ވިޔާ ނުދާ ކުއްޖެއްގެ ގޮތުގައެވެ . އަދި ގޮތް ނޭގޭ މީހުން ނާ ވާހަކަ ދެއްކުމުގެ ސަބަބުން އެމީހުން ބޭނުން ވާ ކަންތައް ވަރަށް ފަސޭހައިން ހާސިލް ކުރުމުގެ ފުރުސަތު އޮންނާނެއެވެ . އަދި ބަދުނާމު ކުރުމުގެ ފުރުސަތް އޮންނާނެއެވެ .

ހަޔާތަކީ އިމްތިހާނެއް ނުވަތަ ނޫން ކަން

ހަޔާތަކީ އިމްތިހާނެކެވެ . ބައެއް ފަހަރު ހިތް ދަތި ކަމާއި ކުރިމަތި ލާން ޖެހި ދާނެއެވެ . އަނެއް ބައިފަހަރު އުފަލުގައި އުޅެން މެދުވެރި ކުރައްވަފާނެއެވެ . ބުނަން ވެސް އުދަގޫ ދުވަސް ތަކަކާ ކުރިމަތި ލާން ޖެހިދާނެއެވެ . އޭގައި ޖެހޭނީ ﷲ އަށް ޝުކުރުވެރި ވުމެއެވެ . އަދި އެ އިމްތިހާނަށް ކުރިމަތި ލާށެވެ . ގިނަ މީހުން ދެކެމުން ދަނީ މީ ކުޅިަރެއްގެ ގޮތުގައެވެ . ކޮންމެ އިންސާނަކީ މަރުވާނެ ބައެކެވެ . ނަމަވެސް އަހަރުމެން ގެ ތެރެއިން އެކަކު ވެސް ނުދަނެއެވެ .

*******************

މި އަހަރެން ގެ ދިރިއުޅުމުގައި ދިމާވި ކަމެއްގެ މައްޗަށް ބިނާ ކުރެވިފައި ވާ އުފެއްދުން ތެރި އަދި ހިޔާލީ އެއްޗެކެވެ . ސޯސަލް މީޑިޔާ ގަޔާއި އަދި އެ ނޫން ވެސް ތަންތާގައި އުޅެން ނުވާނެ ގޮތާއި އުޅެން ވީ ގޮތުގެ ވާހަކައެވެ .

 

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

ހަޔާތުގެ މަގު

Next

ބުނެދެންހޭ… 5

Next
January 15, 2019

ބުނެދެންހޭ… 5

Previews
January 15, 2019

ހަޔާތުގެ މަގު

One Comment

  1. Kita says:
    January 15, 2019 at 10:46 pm

    Sad, infirmative, and touching.
    Simply lovd it.

Comments are closed.



All Right Reserved!