Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

އަބަދުވެސް…8

luvza Level 310 Stories100 Login
March 28, 2021 One Min Read
0 Comments

ފަތިހުގެ ވަގުތެވެ. ނިދިފައި އޮތް މައިޝާ އަށް ހޭވެރިކަން ވީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ނިދަން ބޭނުން ވިޔަސް ތެދުވެ ތުވާލި ހިފައިގެން ވަނީ ފާހާނަ އަށެވެ. ރޭގެ ކަންކަން ހަދާންވުމުން އެ ނާޒުކު ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފިރިމީހާ އާއި އެކު ލޯބީގެ ވަގުތުކޮޅެއް ހޭދަކޮށް ލެވުމުން މިއަދު އޭނާ ވަރަށް އުފާ ވިއެވެ. އަވަހަށް ވުޟޫކޮށްގެން ނުކުމެ އެއްޗިސް ބަދަލު ކޮއްގެން ނަމާދު ކޮށްލިއެވެ.

ނަމާދުކޮށް ނިމުމުން ނިހާލް އަށް ގޮވާ ނަމާދު ކުރުމަށް ބުންޏެވެ. ވަރުބަލި ވެފައި ވާ ވަރު ބޮޑުކަމުން އަނެއްކަވެސް މައިޝާ އަށް ނިދުނެވެ.

ދެން ހޭލެވުނީ ފޯނު ދިހަ ގަޑި ބަޔަށް އެލާމް ވީ އަޑަށެވެ. ފުންމައިގެން ތެދުވެ ނިހާލް އަށް ގޮވީ ނިހާލް އޮފިހަސް ދާ ގަޑި ޖެހިގެން ދިޔައިމައެވެ.

“ބިހާ…! ނިހާ…! ތެދުވެބަލަ… އޮފީހަށް ދާ ގަޑި ޖެހުނީއޭ… ނިހާލޫ!” “އޭން.. އާނ ހޫން… ކީކޭ” “އޮފިހަށް ދާ ގަޑި ޖެހުނީއޭ…” ” ހޫން އެ އޯކޭ ވާނެ މިއަދު ނުދިޔަ ޔާސް…” ” އޭން.. ނިހާލް! އޮފިހަށް ދާން ޖެހޭނެ އެއްނޫންތަ…” “ޕްސް މައި މިއަދު މަ އޮފޭ… އޮފެއް ނަގައިގެންނެ މި އައީ…” ނިހާލް މޮޅިވެރި ގޮތަކަށް ބުންނެވެ.

ނިހާލް އޮފެއް ނަގައިގެން އައީއޭ ބުނުމުން މައިޝާގެ ހިތަށް ބުނެދޭން ނޭނގޭހާ އުފާވެރިކަމެއް ގެނުވިއެވެ. އެކަން އޭނާގެ މޫނުމަތިން ވެސް ބަޔާން ކޮށް ދެއެވެ. އެހެން ނަމަވެސް އެކަން ފިލައިގެން ދިޔައީ މާހިލް މަތިން ހަދާން ވުމުންނެވެ.

ދުވެފައި ގޮސް ކޮޓަރިން ނުކުމެ މާހިލްގެ ކޮޓަރި ދޮރު ތަޅުގައި ހިފާލިއެވެ. ދޮރު ހުރީ ތަޅު ނުލައެވެ. އެހެން ވުމުން މައިޝާ އަވަހަށް އެކޮޓަރި ދޮރު ހުޅުވާ ކޮޓަރި ތެރެއަށް ބަލާލިއެވެ. ރޭގަ ނިހާލް ޖެހުމުން ވެއްޓުނު މާހިލް އެއް ނެތެވެ. އޭނަގެ ބޮލުން ފޭބި ލެއެއްވެސް ނެތެވެ.

އެކަމަކު މާހިލްގެ ކޮޓަރި ކަބަޑު ކައިރީ ކަރުދާސް ގަނޑެއް ވެއްޓިފަ އޮތެވެ. މައިޝާ އެނަގާ ބަލާލި އިރު އެއީ މާހިލް އާ ނިހާލްގެ ވަރީގެ ސެޓްފިކެޓެވެ. މައިޝާގެ ލޯ ކަރުނައިން ފުސްވިއެވެ. މަޑުމަަޑުން ޖަހާލި އެސްފިޔައަކާއި އެކު އެ ކަރުނަތައް މައިޝާގެ ލޮލަށް އަލްވަދާޢު ކިޔެވެ.

މައިޝާ މާހިލް ގެ ކަބަޑު ހުޅުވާލިއެވެ. ދޮރު ހުޅުވާލުމާއިއެކު މައިޝާގެ އަތް އަނގަ މަތީ އެޅުނެވެ.

~ ނުނިމޭ ~

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

luvza

Level 310 Stories100 Login

Other Articles

Previous

ނިކަން ލޯބިން -26

Next

ޤާތިލް-11

Next
March 28, 2021

ޤާތިލް-11

Previews
March 28, 2021

ނިކަން ލޯބިން -26



All Right Reserved!