Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ތިޔަ ލޯތްބަށް އެދެމޭ – 10

Baby Devil Level 610 Stories100 Stories
March 23, 2021 4 Mins Read
1 Comment

ފެން ބޯން ވެގެން ނިކުތް އިލްޔާ އަށް ރާއިލް އާއި މަޔާން ދެއްކި ވާހަކަތައް އަޑު އިވުނެވެ.” ކޮން ވާހަކައެއް އިލޫ ކައިރީ ނުބުނެވިގެން އެއުޅެނީ… ” އިލްޔާ ހިތާއި ހިތުން އަހާލިއެވެ.” ނޭނގެ ދޯ… އެކަމް ވަރަށް ބޭނުން އިނގެން.. ” އިލްޔާ ކާގެއަށް ވަންނަމުން ބުންޏެވެ. އެވަގުތުވީ މަޔާން ވެސް ފެން ފުޅިއެއް ބަލާ ވަތް ވަގުތަށެވެ.” ޔާން.. ކޮން ކަމެއް އިލޫ އަށް ސިއްރު ކުރަނީތި.. އަޑު އުވިއްޖެ ދެންމެ ދެއްކި ވާހަކަތައް؟؟ ” އިލްޔާ ބުންޏެވެ. އެވަގުތު ހީވީ މަޔާން މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ.

 

**10 ވަނަ ޕާޓު**

 

” ކަ.. ކަމެއް.. ނޫން.. މަޖަލަކަށް ބުނެލި އެއްޗެއް… ” މަޔާން ފުރިޖުން ފެންފުޅިއެއް ނަގައިގެން އެތަނުން ހިނގައިގަތެވެ. އިލްޔާ މަޔާން ހުއްޓުވަން ނޫޅެ ނިދިއައިސްފައި ހުރުމުން ފެންބޮއިގެން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. ނަމަވެސް މިހާރަކަށް އައިސް މަޔާން އިލްޔާ ހާދަ ދުރުކޮށްލައިފިއެވެ. އޭނަ ސަބަބެއްނެތި އެކަމެއް ނުކުރާނެއެވެ. އިލްޔާ ނިންމީ ރާއިލް ކައިރީ އަހައިގެން ވެސް މަޔާން އަށް ވެފައި ހުރި ގޮތް އޮޅުން ފިލުވަންށެވެ.

 

އަނެއް ދުވަހު ހެނދުނު ހޭލީރު ހިޝާ ހެވިދިލިފައި ކުރިމަތީގައި ހުއްޓެވެ. އިލްޔާ ކިހިނެއްވީތޯ އަހާލިއެވެ.” ހެޕީ ބަރތްޑޭ އިލޫ !!!! ” ހިޝާ ހަޅޭއްލަވައި ގަތެވެ. ވަގުތުން އިލްޔާ ފޯނު ނަގައި ތާރީޚު ބަލާލިއެވެ. އާއެކެވެ މިއަދު މީ އޭނަ އުފަންދުވަހެވެ. މަޔާން އާއި މެދު ވިސްނަން ހަދައިގެން އަމިއްލަ އުފަން ދުވަސްވެސް ހަނދާން ނެތުނީ އެވެ. އެވަގުތު ވީ އަޒާމް ވެސް އިލްޔާއަށް ގުޅި ވަގުތަށެވެ.” ހަލޯ ބައްޕާ.. ” އިލްޔާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.

” އުފާވެރި އުފަން ދުވަހަކަށް އެދެން ދަރިފުޅާ.. ” އަޒާމް ވެސް ތަހުނިޔާ ކިޔާލިއެވެ.” މަންމަގެ ފަރާތުންވެސް އުފާވެރި އުފަންދުވަހެއް.. ” ސަނާގެ އަޑު ވެސް ކަންފަތުގައި ޖެހުނެވެ.” ތެންކިއު މަންމާ އެންޑް ބައްޕާ.. ” އިލްޔާ އުފަލުން ޝުކުރު އަދާކުރިއެވެ. އަދި ފެންވަރަން ދަނީ ކަމަށްބުނެ ފޯނު ބޭއްވި އެވެ.

 

” ތެންކްސް ހިޝްޝް… ” އިލްޔާ ހިޝާ ގައިގައި ބައްދާލިއެވެ.” ދެންވެސް ދޭބަލަ ފެންވަރައިގެން ރީތީވާން.. ބޯއިޒް އެބަތިބި އިލޫގެ އިންތިޒާރުގަ.. އަވަސް ކުރޭ.. ” ހިޝާ ކޮޓަރިން ނިކުންނަމުން ބުންޏެވެ. އިލްޔާ އެނދުން ތެދުވެ ދުވެލާފައި ގޮސް ފާހަނައަށް ވަދެފައި ފެންވަރައިގެން ނިކުތެވެ. މި އުފަންދުވަހު މަންމައާއި ބައްޕަ އެރަށުގައި ނެތީމައި އިލްޔާ ދެރަވިއެވެ. ނަމަވެސް އެމީހުން ތަހުނިޔާ ކިޔުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.

 

” އަދި ކިރިޔާ ތި ނިކުމެވުނީ… ” އިލްޔާ ނިކުތުމުން ރާއިލް ބުންޏެވެ. އޭރު މަޔާން ފެންނާކަށް ނެތެވެ. ހިޝާ ރާއިލް ކައިރީގައި އިށީނދެ އިނެވެ. އިލްޔާ އަށް ކުއްލިއަކަށް ހަޅޭއްލަވައި ގަނެވުނީ މީހަކު ބޮލަށް ފުށް އެޅުމުންނެވެ. މަޔާން ފުށްއަޅައިފައި ހުރި ފުޅި ހިފައިގެން ހުރުމުން އެއީ މަޔާން ކުރި ކަމެއްކަން އެނގުނެވެ. ވަގުތުން މަޔާން ގައިގައި ޖަހަން އިލްޔާ ދުއްވައިގަތެވެ. މަޔާން ވެސް އިލްޔާ އަށް އަތު ނުވާންވެގެން ގޭތެރޭގައި ދުވުނެވެ.” މާއްޔެއްހެން ހުންނަ އިރު ވެސް ދުވެވޭތޯ ބަލާތި އިލޫ.. ” މަޔާން މަޑުން ނުހުރެ އެއްޗެކޭ ބުންޏެވެ.

 

” އާހ… ދެން ޔާން ވެސް… އަނެއްކާ ފެންވަރާކަށްނު މިޖެހުނީ… ” އިލްޔާ ތުން ދަމާލާފައި ކޮޓަރިއަށް ވަނެވެ. ދެން އިލްޔާ ނިކުތީ ޖާރޒީ އަކާއި ނޫ ކުލައިގެ ޖީންސް އެއް ލައިގެންނެވެ. އޭރު ވެސް ހުރީ ދެވަނަ ފަހަރަށް ފެންވަރަން ޖެހުމުން ރުޅި އައިސްފައެވެ.” ތުން ނުދަމާ ހިނގާ ދާން… ” ހިޝާ މެން ރާވާފައި އޮތީ ބަނދަރަށް އިލްޔާ ގެންގޮސް އެތަނަށް ކޮއްޕާލަންށެވެ. އިލްޔާ އަކީ ފަތަން އިނގޭ ކުއްޖަކަށް ވުމުން އެމީހުން އެގޮތަށް ނިންމީ އެވެ.

 

” ކޮންތާކަށް.. ” އިލްޔާ މޫނު ކުނި ކޮށްލިއެވެ.” ދެން ހިނގާލަންށޭ… ޕްލީޒް.. ” ހިޝާ އެދުނެވެ. އެންމެ ފަހުން އިލްޔާ ވެސް ބޯ ޖަހާލާފައި ހިނގައިގަތެވެ. ރާއިލް މެން މިއޮއް ގަޑީގައި ބަނދަރާއި ދިމާއަށް ދާތީ އިލްޔާ ހުރީ ވާނުވާ ނޭނގިފައެވެ.” މިއޮއް ފަދަ ގަޑީގައި ކީއްކުރާކަށް ބަނދަރަށް ދަނީ… ” އިލްޔާ އަހާލިއެވެ.” ދިޔައީމަ އިނގޭނެދޯ.. ” މަޔާން ބުންޏެވެ.

 

ހިޝާ އާއި ވާހަކަ ދައްކަމުން އައި އިލްޔާއަށް ހުއްޓެވުނީ މީހެއް ގައިގައި ލައިގަތުމުންނެވެ.” ޕިސް ޕިސް… މިރަށުގައި ހުސް މީހުން ގައިގަ ޖެހިފަ ދޯ އޮ… ” އިލްޔާ އަށް ޖުމްލަ މަޑު ޖައްސާލެވުނީ ކުރިމަތީގައި ހުރި ސޫރަ ފެނުމުންނެވެ.” ވާޓް !!! ހޫ އާރ ޔޫ؟؟!! ” އިލްޔާ އަނގަ ހުޅުވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ކުރިމަތީގައި އެހުރީ ހަމަ އޭނައެވެ. ނޫނީ ދެން ކާކުބާއެވެ؟

 

” ތީ ކާކުތަ ފުރަތަމަ… އެކަމް ހާދަ ވައްތެރޭ.. ” އެ ކުއްޖާ ވެސް އާގަމު ވެފައި ހުއްޓެވެ.” އައިމް އައިމިނަތު އިލްޔާ އަޒާމް.. ” އިލްޔާ ސަލާންކޮށްލަން އަތް ދިއްކޮށްލިއެވެ.” ފާތިމަތު ހިލްޔާ އަޒާމް.. ” ހިލްޔާ ވެސް ސަލާމް ކޮށްލިއެވެ. އިލްޔާ ހުރީ ޝޮކެއްގައެވެ. މީ އަނެއްކާ އޭނާއާ އެއްބަނޑު އެއްބަފާ ކުއްޖެއް ހެއްޔެވެ. ނޫނީ ދެން ކާކުބާއެވެ.” ޔުއަރ ޑޭޑް އިޒް އޯލްސޯ އަޒާމް.. ” ހިލްޔާ ދެލޯ ބޮޑުވިއެވެ.” ޔެސް !! އެކަމް ކިހިނެއް..؟! ” އިލްޔާ ކަންތައް ސާފުކުރަން ބޭނުން ވިއެވެ.

 

” ހެޕީ ބަރތްޑޭ ހިލޫ… ” އެވަގުތު އިވުނީ އީތަންގެ އަޑެވެ. ކައިރީގައި އައިހާ ވެސް ހުއްޓެވެ.” ހިލޫ؟؟… މިތާ މިހުރީ ލޯގަނޑެއްތަ.. އެކަމް ހެދުންތައް ތަފާތު… ” އައިހާ އަޖައިބު ވިއެވެ. އީތަންގެ ހިތަށް ވެސް އެރީ ހަމަ އެ ސުވާލެވެ.” މަށަކަށް ނޭނގެ މި ވާ ނުވާއެެއް… އަޅެ ޔާން މެންނަށް އެބަ އެނގޭތަ… މަ ބޭނުން މިހާރުން މިހާރަށް މަންމައަށް ގުޅަން.. ” އިލްޔާ ބޯ ގޮވާވަރު ވިއެވެ. އަދި ވަގުތުން ފޯނު ނަގައި ސަނާއަށް ގުޅާލިއެވެ.

 

” ހަލޯ.. ހާދަ އެހެން ގަޑިއެއްގަ ތި ގުޅީ.. ” ސަނާ ހިނިތުން ވެލަމުން ބުންޏެވެ.” ސުވާލެއް އަހާލަން.. ” އިލްޔާ ބުންޏެވެ. ސަނާ އަހާށޭ ބުނުމުން އިލްޔާ ވާހަކަ ދައްކަން ފެށިއެވެ.” މަންމާ… މަންމަ އިލޫ އަށް ކޮންމެސް ކަމެއް ސިއްރު ކުރޭނުން… އެކަންތައް އެނގެން މިއަދު ވަރަށް ބޭނުން… އަޅެ ކިޔާދީބަ.. އިލޫ އަހަން އުޅުން ސުވާލަކީ މަންމަގެ އެހެން ދަރިއެއް ހުރޭތަ..؟؟ ނުހުންނަންޏާ އިލޫ އާ ވައްތަރު މީހަކު މި ދުނިޔޭގަ އުޅެނީތަ… އެންޑް ދެމީހުންގެ ނަމުގެ ފަހަތައް ވެސް އިނީ އަޒާމް… އެހެންވެ ވަރަށް ޝައްކުވޭ އެބަ… ” އިލްޔާ ވާހަކަ ދެއްކި އިރު ސަނާ ހިތް އަވަސް ވާން ފެށިއެވެ.” މަންމާ؟؟ ” ސަނާގެ ފަރާތުން ޖަވާބެއް ނުލިބުމުން އިލްޔާ ގޮވާލިއެވެ.

 

” އާނ ދަރިފުޅާ.. ދަރިފުޅުގެ އެއްބަނޑު އެއްބަފާ ކުއްޖެއް ހުރޭ.. އެކުއްޖާގެ ނަމަކީ ހިލްޔާ.. ހިލްޔާ އަޒާމް…. މަންމައަށް އިނގޭ އަބަދު އެ ކަންތައް ސިއްރުވެފައި ނޯންނާނެ ކަން… އެކަމް… ހީވެސް ނުކޮށް ހުއްޓާ ތި އިނގުނީ… ” ސަނާ ހިތްވަރު ކޮށްފައި ބުންޏެވެ.” ކީއްވެ… ކީއްވެ ކުރިން ނުބުނީ… ނޫނީ ކީއްވެ އެހެން ރަށެއްގަ އެ އުޅެން ޖެހުނީ… ” އިލްޔާ ފެންކަޅި ވެއްޖެއެވެ.” ދަރިފުޅު ރަށަށް އައީމަ ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން މަންމަ… ” ސަނާ ބުންޏެވެ.

 

” ވޯވް.. ކޮންފަދަ ބޮޑު އިއްތިފާޤެއް… ” ރާއިލް ހުރީ ހަމަ ރަނގަޅަށް ވެސް ކޮސްވެފައެވެ. ހިޝާ އަށާއި މަޔާން އަށް ވެސް ވީ އެވަރެވެ.” ސޯ އެދުވަހު ހިލޫ ކަމަށް ހީކޮށް އިލްޔާ އާ ދޯ މި ވާހަކަ ދެއްކުނީ.. ” އައިހާ ވިސްނާލިއެވެ. އިލްޔާ ބޯ ޖަހާލިއެވެ.” އިލޫ އެންޑް ހިލޫ… މާ ނޭމް އޮޅޭ… ސޯ ހިނގާ ހިލްޔާއަށް ލުޔާ ކިޔަން … ” އައިހާ އަނގަ ގަދަކަން އިލްޔާ އަށް އިނގުނެވެ. ” އޯކޭ އޯކޭ.. ދެން ތި ވީ ގޮތުން ދެމީހުން ދޯ ޔާން.. ” ރާއިލް މަޔާން އަށް ބަލާލިއެވެ. މަޔާން ބޯ ޖަހާލިއެވެ.

 

” އޯކޭ… ސޯ ތައާރަފެއް މި ދެނީ… މީ މަގޭ ބެސްޓު ފްރެންޑް މަޔާން… ދެން އޭނާގެ ބޭބެ ރާއިލް އެންޑް ރާއިލްގެ ގާރލް ފްރެންޑް ހިޝާ… ” އިލްޔާ ބުންޏެވެ. ހިޝާ ދެމީހުން އަތުގައި ހިފާފައި މޫދަށް ވައްޓާލަން އުޅުނެވެ.” ނޯ ވެއިޓް ހިޝާ… އަހަރެން ވަރަށް ބިރުގަނޭ މޫދު ދެކެ… ފަތާކަށް ނޭނގެ.. މޫދަށް ނު ވައްޓާލާ.. ” ލުޔާ އިލްޔާ އަތުގައި ހިފެހެއްޓި އެވެ.” އޯހ… އޯކޭ… އިލޫ ތި ސަލާމަތްވީ އިލޫގެ ސިސްގެ ސަބަބުން އިނގޭ… އަހަރެމެން އުޅުނީ އިލޫ ވައްޓާލަން.. ” ހިޝާ ހޭން ފެށިއެވެ.” ހިޝް ސާބަސް.. ” އިލްޔާ މޫނު ކުނިކޮށްލިއެވެ.

 

” އެހެމް… އަހަރެމެން ހުރި ބަޔަކަށް ނަހަދަނީތަ.. ” އައިހާ ގަސްދުގައި ކަރު ކެހިލިއެވެ.” ނޫނޭ… ” އިލްޔާ އައިހާ އާއި އީތަން އާ ސަލާމް ކޮށްލިއެވެ.” ހަނދާން ވޭ އެބަ އެއްކަލަ ދުވަހު މަ ހޮޓޭ ބުނި ހަނދާން.. އަނެއްކާ ހިތް ކީތަ.. ” އީތަން މަލާމާތް ކޮށްލިއެވެ.” ނޯވޭ… ހަމަ އެހެން ބުނެލީ… ” އިލްޔާ ދޫ ނެރެލިއެވެ. އީތަން ވެސް ވައްތަރެއް ޖައްސާލިއެވެ.

 

ހަވީރު ގަޑީގައި އިލްޔާ އާއި ލުޔާ ތައްޔާރު ވެގެން ތިއްބެވެ. ޔާނީ އާއި ނިހާ ވެސް އައިސްފިއެވެ. އައިހާ އާއި އީތަންވެސް މެއެވެ. އެންމެން ހަމަވުމުން ލުޔާ އާއި އިލްޔާ ކޭކު ފެޅިއެވެ. ހަމަ ގައިމުވެސް މި އުފަންދުވަހު މި ލިބުނީ ދުވަހަކު ވެސް ހަނދާނުން ފޮހެ ނުލެވޭފަދަ ހަދިޔާ އެކެވެ. ކުޑައިރުއްސުރެ އެއްބަނޑު އެއްބަފާ ދައްތައެއް ނުލިބިގެން އޭނަ އުޅުނެވެ. ނަމަވެސް މިއަދު ﷲ އިރާދަފުޅުން އެކަން ވެސް ވަނީ ފުރިހަމަ ވެ ފައެވެ. ދެން އިލްޔާ ވިސްނެމުން ދަނީ ރަށަށް ގޮސް ސަނާ ދައްކާނެ ވާހަކަ އާއި މެދުއެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Baby Devil

Level 610 Stories100 Stories

Other Articles

Previous

ހިރާސް 19

Next

ނިކަން ލޯބިން-18

Next
March 23, 2021

ނިކަން ލޯބިން-18

Previews
March 22, 2021

ހިރާސް 19

One Comment

  1. Lailac Baby says:
    March 23, 2021 at 2:24 pm

    Nice ??? stay safe ??

Comments are closed.

Next Episodeތިޔަ ލޯތްބަށް އެދެމޭ – 11 & 12←


All Right Reserved!