
“ލޯބި. ވާ އެކުވެރިޔާ އެއެވެ . މިޔަދު އަހަރެން އެއްލާލިޔަސް މާދަމާ އަހަރެން ތިބާ އެއްލާލާނަމެއެވެ . އަހަރެން ތިބާ އަށްޓަކައި ވީ ގުރުބާނީ ހަދާން ނެތުނު ކަމުގައި ވިޔަސް މާދަމާ ތިބާ އަންނަ ހިދު އަހަރެން ތިބާ ކޮށްދީފައި ހުރި ކަންތައްތައް އަހަރެން ވެސް ހަދާން ނަތުވާލާނަމެއެވެ . މި ވީ 5 ހަފްތާގައި އަހަރެން ބޭނުން ކުރުމަށް ފަހު ތިޔަ އެއްލާލީ އެއްވެސް ރަހުމެއް ނެތިއެވެ . މިޔަދު ތިބާ ކުރިމަތީގައި އެއްވެސް މީހެއް ނެތެނުން ހެއްޔެވެ .މިއީ އަހަރެންނަށް ނައުރާގެ ފަރާތުން ހިތްދަތި ކަމެއެވެ . އަހަރެން އުއްމީދު ކޮށްގެން ހުރި ކަމެއް ވެސް ނުމެ ނޫނެއެވެ . މާދަމާ ނޫރާ އަހަރެން ކާރިއަށް އަންނަ ދުވަހަކުނ އަހަރެން ވެސް ކަންތައް ކުރަމުން ގެންދާނީ ހަމަ ތިގޮތަށް ކަން ހަދާން ކުރާނެ ކަމަށް ހީކުރަމެއެވެ . ”
މިއީ ކައިލް އަށް ކުރެވުނު އިހުސާސް ކައިލް މެއިލް އިން ނޫރާ އަށް ފޮނުވާލި މެސެޖް ކޮޅެކެވެ . ކައިލް ނޫރާ އަށް ވީ ގުރުބާނީ ތައް މިޔަދު މި ވަނީ ވެއްޔާ މޮޑެވި ގޮސްފައެވެ . އެއްވެސް ކަހަލައިގެ ރަހުމެއް ނެތިއެވެ . އާ އެކުވެރިއެއް ލިބުމުގެ ސަބަބުން ނޫރާ ކައިލް ދޫ ކޮށްލުމަށް ފަހު އެ ވަކި ވެގެން ދިޔައީ 5 ހަފްތާ ތެރޭގައި އެތަކެއް ހަދާން ތަކެއް އާލާ ކުރުމަށް ފަހު ގައެވެ . ނަމަވެސް ކައިލްގެ އެކުވެރިން ގެ ސަބަބުން ކައިލް ވަނީ އެ ކަންތައްތައް ހަދާނުން ވެސް ފޮހެލިވިގެން ގޮސްފައެވެ . ނަމަވެސް އެކަނިވާ ވަގުތު ގައި ކައިލް ހިތުގައި ބިންވަޅު ނެގެނީ އެކަންތައްތަކެއެވެ . ވިސްނެމުން ގެންދެވެނީ އެކަން ތައްތަކެއެވެ . ނޫރާގެ އެ ބަސްތަކާއި އެ ސަކަރާތް ޖެހުމުގެ އަޑެއެވެ . މިއީ ކައިލް އަށް ވާ ގޮތް ބާވަެވެ ބައެއް ފަހަރު ހިތައް ވެސް އަރައެވެ .
އެ ހިޔާލުގައި އިންދައި ހަމަ ބިމައް އައީ ކައިލް ގެ ފޯން ވައިބްރޭޓް ވާން ފެށުމުންނެއެވެ . އެއީ ކާކުތޯ ބަލާލެވުނެއެވެ . އެއީ ކައިލްގެ މަންމައެވެ . ވަގުތުން ފޯން ނެގުމަށް ފަހު ކައިލް ހަލޯ އޭ ބުންޏެއެވެ
މަންމަ : ދަރިފުޅާ ކިހިނެއް ތަ ؟
ކައިލް : ރަގަޅު ….
މަންމަ : އެއްޗެއް ކާފިން ތަ ؟
ކައިލް : ނޫން އަދި ނުކަން … (އަޑު ކުރަކި ވެފައި އަޑަކުން )
މަންމަ : ކަމެއް ގޯސް ވެފަތަ ؟ މަންމަ އަށް ހާދަ ހީވިއޭ
ކައިލް : ނޫން ވަރުބަލި ވެފާ … މަންމާ މިދަނީ ފާހާނާ ކޮއްލަން
އެހެން ބުނުމަށް ފޯން ކަޑާލިއެވެ .
މިއީ ކައިލް އަށް ހެދުނު އެންމެ ގޯސް އެއްސިފައެއް ކަމަށް ކައިލް އަށް ވިސްނުނެއެވެ . މަންމަ ކާރީގައި ދޮގެއް ހެދުނީމައެވެ . ދުވަހަކު ވެސް ކައިލް މަންމަ އަށް އެއްވެސް ވަރަކަށް ދޮގު ނުހަދައެވެ . ނަމަވެސް މިޔަދު ކައިލް އަށް މިހެދުނީ ވަރަށް ވެސް ބޮޑު ގޯހެއް ކަން އިގެއެވެ . ނަމަވެސް ކައިލް މި ދުވަސް ކޮޅު ކައިލް އަބަދު ވެސް އިންނަނީ ހަމަ ހިމޭން ކޮށެއެވެ ކައިލް އެންމެ ކުޑައިރުން އެންމެ ކިޔަވަން ބޭނުން ވާ އެއްދާއިރާ އަކީ ޖާރނަލިސަމް ކަމުން ކައިލް ޖާރނަލިސަމް ކިޔެވުމުގެ ފުރުސަތު ހޯދިއެވެ . އެއީ އެމް އެމް އައީ އިން ހިންގަމުން ގެންދާ 15 ހަފްތާ އެއްގެ ކިލާސް ތަކެކެވެ .
ކައިލް އަކީ އަތޮޅު ތެރޭއިން ބައިވެރި ކުއްޖެކެވެ . އެހެން ކަމުން ކައިލް އަށް ކިޔެނީ އިންޓަރނެޓް ގެ ޒަރިއްޔާއިންނެއެވެ . މި ކިޔެވުމުން ކައިލް އަށް ވަރަށް ވެސް ހިތް ހެޔޮ އެކުވެރި އަކާ ވެސް ދިމާވިއެވެ . އެއީ ނޫރާ އެއެވެ . ކައިލް އަށް ނޫރާ ދެކެ ވެވުނީ އެހެން ކަހަލަ އިހުސާސް ތަކެކެވެ . ކޮއްކޮ އެއްގެ އިހުސާސް އެވެ . ނަމަވެސް …..