Skip to content
އެސްފިޔަ

އަބަދުވެސް…7

ކޮޓަރިއަށް ވަދެވުމާއި އެކު މައިޝާ ހައިރާންވިއެވެ. އަދި ލުއި ހިނިތުންވުމެއް ތުންފަތް މައްޗައް ވެރިވިއެވެ. ފަހަތުން އައި ނިހާލް އަށް ވެސް ވީ މައިޝާ އަށް ވީ ވަރެވެ. ކޮޓަރި ދޮރުމަތީގައި ގަބުވެފައި ހުރެވުނީއެވެ.

“ސުބުހާނަﷲ.. މިއޮތީ ކޮން ލޯބީގެ ތޫފާނެއް މިތަނަށް އަރާފަ” ނިހާލް މައިޝާ އާ ދިމަލަށް ބަލާލާފައި ކޮޓަރި ތެރެއަށް ނަޒަރު ބަދަލު ކޮށްލާ މައިޝާގެ ބުރަ މަސައްކަތަށް ހިތާހިތުން ތައުރީފު ކުރަމުން ދިޔައެވެ.

“ކިހިނެއްވީ ރީތިތަ” “ދެން މަގޭ ލޯބި ވައިފް ކޮއްފަ ހުރި މި ރީތި މަސައްކަތް ތަކަށް ހަޑިއެކޭ އެއް ނުބުނާނެއެއްނުން.” ނިހާލް ކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ.

ރަތާ ހުދާ ކަޅު ކުލައިގެ ފުއްޕާ ހަންތަކުން ކޮޓަރީގެ ތިރި ޖަރީކޮށްފައި ވާއިރު ސީލީންގުގައި ރަތް ކުލައިގެ ޓިޝޫ ކަރުދާސް އެލުވާފައި ހުއްޓެވެ. ނިހާލް އެކޮޓަރި ތެރެއަށް ބަލަމުން ގޮސް ހުއްޓުނީ ކުޑަ މޭޒެއްގެ ކައިރީގަ އެވެ. ރީތި ވަރަކަށް އައިސިންކޮސްފަ އިން ކޭކަކާއި ރަތް ފިނިފެނމާ ބޮޑިއެއް އޭގެ ކައިތީގައި އޮތެވެ. އާށޯހު ވެފައި ހުރެ ނިހާލް މައިޝާ ކައިރިއަށް ޖެހިލާ އެ ހިމަ ހަށިގަނޑުގައި ބައްދާލިއެވެ.

“އައި ލަވް ޔޫ… އެން ތެންކިޔޫ ފޯ ބީއިންގ މައި ވައިފް…” “ހެހެހެ… އައި ލަވް ޔު މޯ…” މައިޝާ ނިހާލް ގެ ކަރިގައި އަތް ވަށާލަމުން އެ ރިތި ލޯބީގެ ބަސްތައް ކިޔާލިއެވެ.

 

 

ނޫރަކީ ހިތުގެ ތީމަގޭ

ފަރި ހޫރަކީ މިތުރަކީ މަގޭ

 

ލޯބިން ބުނެލަން ލޯބިން އާދޭ އެކު އުޅެލަން

ގާތުގާ އަބަދަށް އެކުހުރެލަން ދުރުވާކަށް އެދިގެން ނުމެވަން

ކަމަނާ، ލޯބިން ބުނެލަން ލޯބިން އާދޭ އެކު އުޅެލަން

ގާތުގާ އަބަދަށް އެކުހުރެލަން ދުރުވާކަށް އެދިގެން ނުމެވަން….

~ ނުނިމޭ ~

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.