
ތިޔަ ލޯތްބަށް އެދެމޭ – 13
” މިހާރު ލުޔާ ހާދަ އުފަލުން ހުންނަ ހެން ހީވެއޭ… ކަމެއް ހިނގަނީތަ އަހަރުންނަށް ނޭނގި.. ” ލުޔާ މާ އުފަލުން ހުންނާތީ އިލްޔާ ދިމާކޮށްލިއެވެ. ” ނޯ… އަދި ނުހިނގާ.. އެކަމް… ” ލުޔާ އަނގަ ލައްޕާލިއެވެ.” ހްމް؟ އެކަމް..؟؟ ” އިލްޔާ ކެތްތެރިކަން ކުޑަ ގޮތަކަށް އެއްސެވެ.” އައި ލައިކް ސަމްވަން… އޭނަ ފެންނާން އުޅޭތީ އުފާވަނީ ހަމަ… ނުބުނައްޗޭ ހަމަ އެކަކު ކައިރީ ޕްލީޒް.. ” ލުޔާ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.” ހޯތް… މަގޭ ކޮއްކޮގަނޑު ބޮޑުވަނީދޯ.. އެންމެ ރަނގަޅޭ އިތުބާރު ކޮށްބަލަ… ނުބުނާނަމޭ.. އަނެއްކާ ކާކުތަ..” އިލްޔާ ލުޔާއަށް މަލާމާތް ކޮށްލިއެވެ. ޖަވާބު ދޭން އަނގަ ހުޅުވާލާފައި ކުއްލިއަކަށް ލުޔާ ސިއްސައިގެން ގޮސް އެތަނަށް އައި ސަނާ އިލްޔާއަށް ދައްކާލިއެވެ.
**13 ވަނަ ޕާޓު**
” ދަރިފުޅުމެން ދެކުދިން ކޮން ވާހަކައެއްގަ… ” ސަނާ ހިނިތުންވެލިއެވެ. ލުޔާއަށް ފުން ނޭވާއެއް ލެވުނެވެ. ލުޔާ ނޭވާލީގޮތް ފެނިފައި އިލްޔާ އަށް ހެވުނެވެ.” ހެވޭވަރު އެއްޗެއް ބުނެވުނީތަ މަންމައަށް.. ” ސަނާ އަށް ވެސް ހެވުނެވެ.” ނޫނޭ.. މި ލުޔާ ދައްކާ ވާހަކައަކުން.. ” އިލްޔާ ބުންޏެވެ.” އެ ތެދެއް؟؟ ކޮން ވާހަކައެއްތަ.. ” ސަނާ ވެސް ހެވިފައި އަހާލިއެވެ. ލުޔާގެ ނަސީބު ރަނގަޅުކަމުން އެވަގުތު އަޒާމް ސަނާއަށް ގޮވާލިއެވެ.” ހޫހ.. ނަސީބެއް ހަމަ… އެހެން ނޫން ނަމަ އެ ވާހަކަ ބުނަން ޖެހުނީސް.. ” ލުޔާ ނިއްކުރި މަތީގައި ޖަހާލިއެވެ .” ސާބަހޭ… ތިހާ ނުތަނަވަސް ވާކަށް ނުވާނެ އިނގޭ.. ދެން ބުނެބަ ކޮން ކުއްޖެއްތަ .. ” އިލްޔާ ޖެއްސުންކުރާ ކަހަލަ ގޮތަކަށް ބުންޏެވެ.
” އެއީ.. އަމްމް.. އައިހާގެ ދޮންބެ.. އީތަ.. އީތަން.. ” ލުޔާ އަނގަ އޮޅުނެވެ.” މީދޯ މި ލަކީ ބޯއި އަކީ… ” އިލްޔާ ލުޔާ ކޮނޑަށް އަތް ވައްޓާލިއެވެ.” ޕިސް ދެން އިލޫ ވެސް ދައްކާ ވާހަކަ… ކީއްވެތަ ލަކީ ވާންވީ ” ލުޔާ ބޯ ކަހާލިއެވެ.” އެއީ މަގޭ ލޯބި ކޮއްކޮ ލިބޭނީ ދުނިޔެއިން އެންމެ ލަކީ ކުއްޖާއަށް… ސޯ އީތަން އަކީ އެ ލަކީ ކުއްޖާ.. ” އިލްޔާ ލުޔާގެ ނޭފަތުގައި ހިފާލިއެވެ.” އަހަހަ… މަގޭ ލޯބި ދޮންތި ވެސް އިނގޭ… ކާކުބާ ދޮންތިގެ ލަކީ ބޯއި އަކީ.. ” ލުޔާ ވެސް އިލްޔާ ނޭފަތުގައި ހިފާލިއެވެ.
” ގާއިޒް.. ލޫކް.. ” އެވަގުތު ހިޝާ އައެވެ. ހުރީ ވެޑިންގް ޑްރެސް އެއް ލައިގެންނެވެ.” ކައިވެނި ކުރާހިތުން މިހާ އަވަހަށް އެ ލީ އެ ހެދުން… ” ލުޔާ ހިނިގަނޑެއް ޖަހާލިއެވެ.” ނޯ އޭ… ރަނގަޅުތޯ ބަލާލީ… ” ހިޝާ އެ ހެދުމުގެ ފަސްބައިގައި ހިފައިގެން ކޮޓަރިއަށް ވަނެވެ.” މަގޭ ޕްރިންސަސް ވަރަށް ލޯބި އެ ހެދުމުގަ… ” ރާއިލް ތައުރީފް ކޮށްލިއެވެ. އިލްޔާ އާއި ލުޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.” ކަލޭމެން ހޭނެ ކަމެއް ނެތޭ.. ” ރާއިލް ބުންޏެވެ.
” ހެވޭނެދޯ.. އަހަރުން މިތާ ތިއްބަ ތިހެން ނުކިޔާ… ” ލުޔާ ހެމުން ހެމުން ބުންޏެވެ. ރާއިލް ކުސް ތަޅާލާފައި އިލްޔާ ފަހަތުން ކޮޓަރިއަށް ވަނެވެ.
” އަހަރުން ކޮޓަރީގަ ގަނޑެއް ނުގަންނާތި ކޮންމެސް ކޮންމެސް… ” އިލްޔާ ބާރަށް ގޮވާލިއެވެ.” މަނޫޅެން… ” ރާއިލް ވެސް އިލްޔާ ގޮވާލި ރާގުގައި ބުންޏެވެ. ރާއިލް އެހެން ބުނުމާއެކު އިލްޔާއާއި ލުޔާ ހީގަތެވެ.” މިއަދުގެ ތާވަލުގަ އޮތީ ހަމަ ހުނުންތަ… ” ސަނާ އެތަނަށް އައިސް އަހާލިއެވެ.” އާނ އެ ހިޝާ އާ ރާއިލް ކުރާ ކަންތަކުން… ” އިލްޔާ ބުންޏެވެ.” އެހެންތަ… ކޮބާ އެމީހުން.. ” ސަނާ އަހާލިއެވެ.” ކޮޓަރީގަ.. ” ލުޔާ ބުންޏެވެ.” އެހެން ދޯ.. އެމީހުން ކީ މާދަންނޫން އަނެއްދުވަހުން ކައިވެނި ކުރާ ވާހަކަ… އެކަމް އެހާ އަވަހަށް ތައްޔާރެއް ނުވެވޭނެ ދޯ.. ” ސަނާ އައިސް އިށީނެވެ.
” އާނ.. މާ އަވަހީ… އެކަމް އެމީހުން ބޭނުންވާ ގޮތެއްދޯ އޮންނާނީ.. ” ލުޔާ ބުންޏެވެ.” މިހާރު ތަން ޑިޒައިން ކުރާ މީހުން ވެސް ހޯދައިފި… ރާއިލް މެންގޭގައޯ ކައިވެނި ކުރަނީ… ޕާޓީ ވެސް..” ސަނާ ބުންޏެވެ.” ފޯރި ހުންނާނެ ދޯ… ” އިލްޔާ އަށް މަޖާވިއެވެ.” ޔަގީނެއްނު… ދެން ދަރިފުޅުމެން ކައިވެނި ކުރާނީ ކޮން އިރަކުންތަ… ލޯބިވެރިއެއް ހުރޭތަ.. ” ސަނާ އަހާލިއެވެ. އިލްޔާ ލުޔާއަށް ބަލާލިއެވެ.” ނޯ.. ނުހުރޭ.. ” އިލްޔާ ހިނިގަނޑު މައިތިރި ކުރަމުން ބުންޏެވެ.” އަދި ނަވާރަ ނޫނީ ވިހި އަހަރު ވީމަ ކައިވެނި ކުރާނީ.. އަދި މާ ކުޑަ.. ” ލުޔާ އިނގިލި ކޮޅުގައި ދަތް އަޅާލިއެވެ.
” ދަރިފުޅުމެންނަށް ފެންނަގޮތެއް… މިޒަމާނުގެ ކުދިން ބޭނުންވާނެ ފުރިހަމަ މިނިވަންކަން.. ” ސަނާ ބޯ ހޫރާލިއެވެ.” އިލްޔާ އެއް ބުމަ އަރުވާލާފައި ލުޔާއަށް ބަލާލިއެވެ.” ދަނީ ސައި ހަދަން… ބައްޕަ ވެސް އަންނާނެ އިރުކޮޅަކުން… ” ސަނާ ތެދުވެގެން ހިނގައިގަތެވެ.” ކީއްވެތަ ލުޔާއާ ދިމަ ބަލަނީ.. މަންމައަށް ޝައްކު ވެދާނޭ.. ” ލުޔާ ތުން ދަމާލިއެވެ.” ހެހެ… ރައްޓެހި ވެސް ނުވޭ އަދި… އެކަމު އެ ވާހަކަ ދައްކާއިރަށް ތިހުންނަނީ ރަކިވެގެން ގޮސް ހަލާކުވެފަ… ހިތަށް އަރާ އަދި މެރީ ކުރާއިރުން ކިހާވަރެއް ވާނެ ބާއޭ… ނޫނީ ރައްޓެހިވާ އިރުން.. ” އިލްޔާ ނުހޭންވެގެން ތުން ފިއްތާލިއެވެ.” ދޭންންންް.. ” ލުޔާ އިލްޔާ ގައިގައި ޖަހާލިއެވެ.
” އައްސަލާމް ޢަލައިކުމް.. ” އިލްޔާ އާއި ލުޔާ ސަކަރާތް ޖަހަން ތިއްބައި މީހަކު ސަލާމް ގޮވާލި އެވެ. އިލްޔާ ސަލާމް ބަލައިގަތެވެ.” ވާވް.. ނުވެސް ބުނޭ އަންނަ ދުވަހެއް… ” ކުރިމަތީގައި ހުރި ޔާނީމެން ފެނުމުން ލުޔާ ބުންޏެވެ.” ހިޝާ ބުނީ މާދެން ނޫން އަނެއް ދުވަހު ވެޑިންގް އޮންނަ ވާހަަކަ… އެހެންވެ ކުރިން މި އައީ.. ” ޔާނީ އަޅައިގެން ހުރި އަވި އައިނު ނެގިއެވެ.” އައިހާގެ ދޮންބެ ވެސް އައިދޯ.. ” އިލްޔާ ލާނެއް ގޮތަކަށް އެއްސެވެ.” އާނ… އައިހާގެ ދޮންބެ އެކަންޏެއް ނޫން… އަހަރުން ވެސް ކިޔަނީ ދޮންބެ… އެހެންވެ އިލޫ ވެސް ކިޔަންވާނީ އެހެން.. ” ނިހާ ހީލިއެވެ.
” އޯކޭ… ކޮން ގެއަކު ހުންނަނީ.. ” ލުޔާ އެއްސެވެ.” އިލޫމެން މަންމަ ބުނީ ވަކިން ހުންނަ ދެ ރޫމްގަ އޯ… ދޮންބެ އަށް ވަކިން ރޫމެއް ދެން އަހަރުން ތިން ކުދިންނަށް އަނެއް ރޫމް.. ” އައިހާ ކިޔައިދިނެވެ.” ކިހާ މަޖާ ވާނެ.. އެންމެން އެއް ގެއެއްގަ.. ” އިލްޔާ އަނގަމަތީގައި އަތް އެޅިއެވެ. ލުޔާއަށް ވީގޮތް އިނގުމުން ލަދުން އިސްޖަހާލިއެވެ.” ވަރަށް ވަރުބަލި.. ” އީތަން ގޭތެރެއަށް ވަންނަމުން ބުންޏެވެ.” އެހެންތަ… ތިހެން ވީރު ލުޔާ ދޭބަ އީތަންއަށް ރޫމް ދައްކާލަން.. އިލޫ ދާނަން ނިހާ މެން ގޮވައިގެން.. ” ލުޔާ ރަކިކޮށްލަން ވެގެން އިލްޔާ ބުންޏެވެ.” ދެން.. އޯކޭ..” އިލްޔާ ގައިގައި ޖަހަން އުޅެފައި ލުޔާ ހިނގައި ގަތެވެ. އިލްޔާ ވެސް ނިހާ މެން ގޮވައިގެން ދިޔައެވެ.
” އެއުޅޭ ހިޝްމެން އަދިވެސް ނުނިކުމޭ… ހިނގާބަލަ ތަޅު ހުޅުވާފައިތޯ ބަލާލަން.. ” އެމީހުން ކައިރީ އަރާމުކުރަން ބުނެފައި އަންނަމުން އިލްޔާ ބުންޏެވެ.” އާނ ދޯ.. ހިނގާބަލަ.. ” ލުޔާ ވެސް އިލްޔާ ފަހަތުން ހިނގައިގަތެވެ. އިލްޔާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އޭރު ރާއިލް އާއި ހިޝާ ތިބީ ނުހަނު ކައިރީގައި އެކަކު އަނެކަކަށް ބަލަހައްޓައިގެންނެވެ. އިލްޔާމެން ވަތްކަމެއް ވެސް ނޭނގުނެވެ.” އޭއި… ކަލޭމެންނަށް ކިހިނެއްވެފަ… ” އިލްޔާ ހަޅޭއްލަވައި ގަތެވެ. ލުޔާ ހޭންފެށިއެވެ. އެއަޑަށް ރާއިލް އާއި ހިޝާ އަށް ހަމަ ހޭވެރިކަން ވިއެވެ. އަދި އަވަސްއަވަހަށް ދުރުވެލިއެވެ. ހިޝާ ކިތަންމެ ލަދުގަތް ނަމަވެސް އެކަން ފާޅުކުރާކަށް ބޭނުމެއް ނުވިއެވެ.” ކިހިނެއްވީ.. ކޮންހާ ކަމެއް މިތާ ހިނގީ.. ” ލުޔާ ދިމާކުރާ ކަހަލަ ރާގަކަށް ބުންޏެވެ.
” ކަ.. ކަމެއް… ނުހިނގާ.. ” ރާއިލް ތުންފަތުގައި އަތް އަޅާލިއެވެ.” ނޫނޭ ހިނގައިފި.. އެހެންވެ މާ ބަސް ހުއްޓިފައި ތިހުރީ.. ބުނެބަލަ އަޅެ.. ” އިލްޔާ ހިޝާ ކޮނޑުގައި ޖަހާލިއެވެ.” ކަމެއް ނުވޭ.. ” ހިޝާ އިސްޖަހާލިއެވެ. ރާއިލް އެތާ ނުހުރެ ހިނގައިގަތީ އެގެއިން ނިކުތުމަށެވެ.” ބުނެބަލަ.. ޕްލީޒް… ” ލުޔާ ލާނެއް ހިނިތުންވުމަކާއެކު ބުންޏެވެ. ހިޝާ ޝަހާދަތް އިނގިލީގައި ދަތް އަޅާލިއެވެ.
ރާއިލް ދިޔަގޮތަށް ގޮސް ގޭގައި ހުރި ސޯފާއަށް ވެއްޓިގަތެވެ. މަޔާން އޭރު ކޮފީ ދަޅެއް ހިފައިގެން ބޯން އިނެވެ. މި ދުވަސްކޮޅު މަޔާން އިލްޔާ މެންގެއަކަށް ނުދެއެވެ. ދާން ބޭނުންވި ނަމަވެސް އިލްޔާ ކުރިމައްޗަށް އަރަން ނުކެރެނީއެވެ.” ކައެ ކިހިނެއްވީ.. ހާދަ.. ” ރާއިލް ތުންފަތުގައި އަތް އަޅައިގެން އިން ގޮތުން މަޔާން އަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.” ކިހިނެއްވެފަ.. ” މަޔާން އަހާލިއެވެ. ރާއިލް އިސްތަށިގަނޑު ތެރެއަށް އަތް މަހާލިއެވެ.” އެ ހިޝާ ވެޑިންގް ޑްރެސް ލައިގެން ކޮޓަރިއަށް ވަނީ… މަ ވެސް ފަހަތުން ވަދުނީން… ނަސީބަކުން ހިޝާ ހުރީ ހެދުން މަތިން ލައިގެން.. ދެން ވެޑިންގް ޑްރެސް ބައިލާފަ އެނބުރުން ގަޑީގަ މަ ހުރީ އޭނަކައިރީގަ.. އަސްލު އުޅުނީ ސިއްސުވާލަން.. އެކަމް އޭނަ އެނބުރުން ގަޑީގަަ އޭނަ… ” ރާއިލް އެވަގުތު ކޮޅު ހަނދާންވުމުން ރަކިވާގޮތް ވިއެވެ. ރާއިލް ވީގޮތް ކިޔައި ދިނުމުން މަޔާން ފެށީ ހޭންށެވެ.
” ހޭނެ ކަމެއް ނެތް.. ނުކެރޭނެ އޭނަ ކުރިމައްޗަށް އަރާކަށް ވެސް… ” ރާއިލް ލޯ މަރާލިއެވެ.” ނޫނޭ ހަމަ އަރަން ވާނީ… ތިހާ ފިނޑި ނުވެބަލަ.. ތީ ފިރިހެނެކޭ.. ” މަޔާން ދިމާކޮށްލިއެވެ.” ތިހެން ކިޔަން ރަނގަޅު މީހެއް ނޫނޭ… އިލޫ ކައިރީ އެ ވާހަކަ ނުބުނެވިގެން ތިއުޅެނީ.. ” ރާއިލް ދެބުމަ ގޮށްޖަހާލިއެވެ.” އެގެއަށް ވެސް ދާން ނުކެރޭ.. ” ރާއިލް ވެސް މަލާމާތް ކޮށްލިއެވެ.” ގޮސް ފާނަން.. ހިނގާ މަށާ އެއްކޮށް.. ” މަޔާން މޮޅުވެލަންވެގެން ބުންޏެވެ.
ހިޝާ ވީގޮތް ކިޔާދިނުމުން އިލްޔާ އާއި ލުޔާ ހޭން ފެށިއެވެ.” ދެން ނުހީބަލަ… ” ހިޝާ މޫނު ރަތްވިއެވެ.” ލަދު ވެސް ގަނޭ ދޯ… އެބަ ހަނދާންވޭ… ހިޝް ބުނީ ތިމަންނަ ދުވަހަކު ވެސް ލަދެއް ނުގަންނާނެއޭ ބުނި ހަނދާން.. ” ލުޔާ ބުންޏެވެ. ހިޝާ ބުނާނެ އެއްޗެއް ނޭނގުމުން ބޯ ކަހާލިއެވެ.” ދެން ހެޔޮ.. ” ހިޝާ ލަދުން ކޮޓަރިން ބޭރަށް ނިކުތެވެ.” ހެހެ މިހާރު އެއްކަލަ ޔާން ގެ ހަބަރެއް ނުވޭ ދޯ.. ” ލުޔާ ބުންޏެވެ.” ހްމްމް.. ރާއިލްބެ ކައިރީ އެހީމަ ބުނީ ބަލިއްޔޯ.. ” އިލްޔާ އެނދުގައި އޮށޯވެލިއެވެ.
” މަންމަ އެބަ ކަން ގޮވާ… އާދޭ.. ” ލުޔާ އިލްޔާ އަތުގައި ހިފައިގެން ކާގެއާއި ދިމާއަށް ހިނގައިގަތެވެ.
” ނަބާ..!! ” ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ލީޝާ ބުންޏެވެ. އެ އަޑުން ވެސް ލީޝާ ހިތްހަމަ ނުޖެހިފައި ހުރިވަރު ވިސްނާލެވުނެވެ. ނަބާ ހީކުރީ ނަބާއަށް ނުބައިކޮށް ކަމެއް ކުރެވުނީ ކަމަށެވެ.” ލައްބަ.. ކިހިނެއްވީތޯ.. ” ޖެހިލުންވެ ހުރެ ނަބާ އަހާލިއެވެ.” މަ ދާންޖެހިއްޖެ އިންޑިއާ އަށް… ޝަލާ ފައި އޮޕަރޭޝަން ކުރަން… އެހެންވެ އެހަށް އެކަމާ ނޫޅޭ… މަ އައިސް ނަބާއަށް ހަބަރެއް ވެލާނަން.. މިދުވަސްކޮޅު ނަބާ ކުރަންވީ ކަމަކީ މަޔާން އާ އިލްޔާ އާ އުޅޭނޫޅޭގޮތް ބަލަންވީ… މެސެޖުން މަށަށް ކިޔައިދޭނި… މަށަށް އަޑު އިވިއްޖެ މަޔާންގެ ބޭބެ ކައިވެނި ކުރަން އުޅޭ ވާހަކަ… ހަނދާންކޮށް ދާތި އެމީހުންގެ ޕާޓީއަށް… މަށަށް ޔަގީން ކަމެއް އެއީ އިލްޔާ އެތަނަށް ދާނެކަން… ” ލީޝާ ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.” އޯކޭ ” ނަބާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ލިއެވެ.
ސައިބޮއިގެން ހަވީރު ފިންޏަށް އިލްޔާ އާއި ލުޔާއަދި ހިޝާގެ އިތުރުން އައިހާމެންވެސް ދިޔައެވެ. ރާއިލް އާއި މަޔާން ވެސް މެއެވެ. ހަފްތާއަކަށްފަހު މަޔާން ފެނުމުން އިލްޔާ ބޭނުންވީ މަޔާން އާއި ވާހަކަ ދައްކާލަންށެވެ.” ހައި ޔާން… މިހާރު ކިހިނެއް… ރާއިލްބެ ބުނީ ޔާން ބަލިވިއްޔޯ.. ” މަޔާން އާއި ކައިރިވެލަމުން އިލްޔާ ހިނިތުންވެލިއެވެ.” ހްމް.. މިހާރު ރަނގަޅު… ” މަޔާން ލައިގެން ހުރި ޖީންސްގެ ޖީބަށް އަތް ޖަހާލިއެވެ.” ކީއްވެތަ މާ މަޑުން ހުންނަނީ.. ކަމެއް ވީތަ.. އެންޑް ބުނީމެއްނު މީދޫ އިން ކަމުދާ އަންހެން ކުއްޖަކު ފެނުން ވާހަކަ… އެއީ ކާކުތަ.. ” އިލްޔާ ޝައުގުވެރިކަމާއެކު ބުންޏެވެ. ކުއްލިއަކަށް އިލްޔާއަށް އެއްލި ކަޅިއަކުން ފެނުނީ ގަސްތަކުގެ ފަހަތުގައި ހުރި ހިޔަންޏެކެވެ. އިލްޔާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.
– ނުނިމޭ –
5 Comments!
Comments are closed.
Alheey leesha fonuvi kujjaa dhw ey???so curious to know what will happen ???ilyaa nd mayaan ah dhera gotheh nahadhaati??? story is really beautiful ???? stay safe dear???
Thanks lailac baby… Yh ei leesha fonuvi kujja… Hingaadhw balan vaane goi… You also stay safe??❤
Wow waiting for the next part of the story
Thanks sahoo… Keep waiting patiently ?❤?
vvvv salhi mi prt vx.. whn is thi nxt ❤