ަހަރެންގެ މި ހަޔާތަކީ ވަރަށް ވެސް ހިތްދަތި އެހާމެ އަދިރި ހަޔާތެކެވެ . އަލި ކަމެއް އަހަރެންގެ މި ހަޔާތަކު ނެތެއެވެ . އުއްމީދު ކޮށްގެން ހުރި އަހަންނަށް ހިތްދަތިކަމާއި ނާމާން ކަން އަހަންނަށް ވަނީ ވެރި ވެފައެވެ . އަހަރެންނަކީ ބޭކާރު މީހެއްގެ ގޮތުގައި އަހަރެން އަބަދު ވެސް ދެކެމެވެ . އަހަރެންނަށް އަބަދު ވެސް ބަލަމުން އައީ އަހަރެންގެ އެންމެ ގާތް އެކުވެރިން ތަކަކީ އަހަރެން ދެކެ އެންމެ ލޯބިވާ ބައެއްގެ ގޮތުގައެވެ . ނަމަވެސް މިޔަދު އަހަރެންނަށް މި ވަނީ އެކަނި ވެރިކަމާއި ހިތްދަތި ކަމެއެވެ . އަހަރެންނަށް އަބަދުވެސް ހިތްދަތި ކަންތައްތައް ކުރިމަތި ވާ ކަހަލައެވެ . މިއީ އަހަރެންނަށް އެޅުނު އެންމެ ފަހު އަދި އެހާމެ ހިތްދަތި ފިޔަވަޅަކަށް ވަނީ ވެފައެވެ . އަހަރެންނަށް ކުޑަ ކުޑަ ކޮށް ވެސް އަބަދު ވެސް ޤުރުބާނީ ތަކެއް ވީ ބަޔަކު ވަނީ ވިއްސި ވިހާލި ވެގެން ގޮސްފައެވެ . އަހަރެންނަށް އަބަދުވެސް އެހީ ވަމުން އަންނަ މީޙުން ވަނީ މި ހަޔާތުން ގެއްލި ގޮސްފައެވެ . ދާދި ކުޑަ ކުޑަ ވަގުތު ކޮޅެއްެ ތެރޭގައެވެ .
އަހަރެންނަށް އެންމެ ހިތް އެދޭ މީހުން މި ވަނީ އަހަރެންނަށް ނަފުރަތު ކޮށްފައެވެ . އަހަރެން މީ ބޭކާރު މީހެއް ކެވެ . އަހަރެންނަށް އަބަދު ވެސް ވާ ގޮތަކީ މިއީ އެވެ . އެއްވެސް އުފާވެރި ކަމެއް އަހަރެންގެ ހަޔާތުގައި ނެތް ކަހަލައެވެ .
ލޯބިވާ އެކުވެރިންނޭ . އަދި ލޯބިވާ މީހުންނޭ . އަހަރެންނަށް މިޔަދު ހިތް ހަލާސް ކޮށްދެއްވާށެއެވެ . އަހަރެންނަށް ޓަކައި އަހަރެންނަށް ހިތް ސާފް ކޮށްދެއްވާށެއެވެ .
މާދަމާވެސް އަހަރެން ލޯ މަރާލަން ޖެހިދާނެއެވެ . އަހަރެންނަށް މިޔަދު އެއްވެސް ކަމެއް ކުރާ ހިތް ނުވާ ކަހަލައެވެ . އަހަރެން ފަދައިން މި ގޮތަށް ކިތައް މީހުންބާ އުޅެމުން ދަނީ އަހަރެން ހިތު ތުރޭގައި އުފެދިގެން ދެއެވެ .
އެތަކެއް މަޖަލަކާއި އެތަކެއް އުފާވެރި ކަމެއް މިޔަދު ވަނީ ގޮސް ހަލާކު ވެފައެވެ . މާޒީ އާއި އެއް ވެފައެވެ . ވެފައި އޮތް ކަމެއް މިޔަދު ވަނީ ގޮސްފައެވެ . ކުޅިވަރާ މަޖަލުގައި އުޅުނު އެންމެ ގާތް އަދި އެންމެ ހިތް ހެޔޮ މީހުން ވަނީ ގޮސް ހަލާކު ވެފައެވެ . އަހަރެންނަކީ އެއްވެސް މީހެއް ނޫން ކަން އަހަރެންނަށް މިޔަދު މި ވަނީ އިހުސާސް ވެފައެވެ . ކޮންމެ ކަމެއް ވެސް ވާނީ އެންމެ ރަގަޅަށް ކަން އަހަރެން އަބަދު ވެސް ގަބޫލް ކުރަމެއެވެ . އަހަންނަށް މިހެން މި ދިމާވަނީ އަހަރެންނަށް އެ މީހުން ދައްކާ ވާހަކަ ތަކަށް ހެއްލި އަދި އެ ވާހަކަ ތައް ގަބޫލް ކޮށް ހެދޭތީއެވެ .
އަހަންނަށް މިހެން މި ދިމާވީ އަހަންނަށް ކުރެވުނު އެންމެ ކުޑަ ކުޑަ ކަމަކުން އަދި ކުޑަ ކުޑަ ކުށަކުން ކަން އަހަރެން ގަބޫލް ކުރަމެއެވެ ، އަހަރެންނަށް އަބަދު ވެސް އަހަރެންގެ ކުއް ގަބޫލް ކުރަމެއެވެ . އަހަރެންނަށް ހިތްދަތި ކަން މިވަނީ އަހަރެންނަށް އެމީޙުންނަށް މާ ބޮޑަށް އިތުބާރު ކުރެވެން ފެށީމައެވެ .
އެކުވެރި ކަމަކީ ގަދަ ފަދަ ބާރެކޭ މީހުން ބުނެ އުޅެއެވެ . ނަމަވެސް އަހަރެން ގަބޫލް ކުރާ ގޮތުގައި އެކުވެރި ކަމަކީ ބޭކާރު ކަމެއްގެ ގޮތުގައި އެވެ . އެޙީ ޥާނޭ ޔާރެއް ނުވަތަ ވާޙަކަ ތައް ހިއްސާ ކުރާނެ މީހެއް ވެސް ނެތެއެވެ .
މާދަމާ އަހަރެން މުހިއްމު ކަން އިގޭ ހިސާބުން އަހަރެން ނުފެންނާނެއެވެ . ސަބަބަކަށް ވަނީ އަހަރެން ފަތަމުން ދިޔަ ބިޔަ ރާޅު ތަކުގައި އަހަރެން އެކަނިމާ އެކަނި އަހަރެން ފެތި އިރު ސަލާމަތް ކުރާނޭ މީހަކު ވެސް ނެތް ކަހަލައެވެ .
އެއްވެސް ކަހަލައިގެ ރަހުމެއް ނުވަތަ ކުލުނެއް އަހަރެން ހިތުގައި އެ ދުވަހަކުން ނޯންނާއެވެ . މިޔަދު އަހަރެން އެއްލައިލާފާ ދާ ކޮންމެ މީހަކަށް އަހަރެން ބުނަމުން ގެންދާނީ ދެން އަހަރެންގެ މި ދިރިއުޅުމަށް ނާންނަޗެއެވެ . އަހަރެންނަށް މި ގޮތަށް ކިތައް ދުވަހު ކެއްކޮށްގެން އަދި އަހަރެންނަށް ކިތައް ދުވަހު އަހަރެންނަށް ހިތް ދަތި ކަމެއް ކުރުވިން ހެއްޔެވެ .
މިޔަދު އަހަރެން ނަށް މޮޅު ގޮތް ތަކެއް ވާން ފެށުމުން މިޔަދު އަހަރެން ކާރި އަށް އަންނާނެ ކަމެއް ނެތެއެވެ . އަދި އަހަރެންނަކީ ކައެ މެންނަށް ބޭކާރު މީހެއްގެ ގޮތުގައި ދެކުނީމެނުން ހެއްޔެވެ . މިޔަދު އަހަރެންނަށް ކަލޭމެން އެންމެން އަހަންނަށް ވަނީ ބޭކާރު ވެގެން ގޮސްފައެވެ . މިޔަދު އަހަރެން ބޭކާރު ވެގެން އެއްލާލާ މީހަކު މާދަމާ އަހަންނަކަށް އެ މީހަކު ނުފެންނާނެކަން ކަށަވަރެއެވެ .މިޔަދު މި ގޮތަށް ކިތައް މީހުން އުޅޭނެ ބާއޭ ހިތައް އަރައެވެ .އެއްވެސް މީހެއް ގެ އެހީ ތެރި ކަމެއް ނުވަތަ އެއް ވެސް މީހަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު އަހަންނަށް ނެއް ކަމުގައި ވިޔަސް އަހަރެން ހުންނާނީ ވަރަށް ވެސް އުފަލުން ކަން އެންމެންނަށް ސާބިތު ކޮށްދޭނަމައެވެ .
13 މަރޗް 2021 ވަނަ ދުވަހު ގެ ރޭ 3:12 ގައި އަހަރެން އެސްފިޔަ އަށް ޑައިރީ އެއް ގޮތުގައި މި ލަނީ އަހަރެންގެ ބައެއް ވާހަކަ ތަކެއެވެ . އަހަރެން ދަންނަ މީހުންނަށް އަހަރެން މިއީ ކާކު ކަން ވެސް އެގިގެން ގޮސްދާނެއެވެ . އަހަރެން ގެ ހިތް އެންމެންނަށް ވެސް ސާފް ކަން އަހަރެން މި ގޮތަށް ވެސް ބުނެލާނަމެއެވެ . ލޯބިވާ މީހުންނޭ އަހަރެންނަށް ކުށެއް ކުރެވިފައި ވާނަމަ އެކަމަށް މާފް ކޮށްދިނުން އެދެމެވެ .
މާތް ﷲ ތިޔަ އެންމެ ބޭފުޅުންނާއި ކަބަލުންނަށް އުފާވެރި ދިރިއުޅުމަކަށް އެދެން އަދި އެޗް.ޕީ.އޭ ގައިޑް ލައިން އާ އެއްގޮތް ވާ މަތިން އަތް ދޮވުމާއި އަތް ސެނެޓައިޒް ކުރުމަށް އަޅުގަނޑު އިއުތިމާސް ކުރަން .
މި ޑައިރީ ކިޔުމަށް ފަހު ކިޔުން ތެރިންނާއި ލިޔުންތެރިން އަހަންނަށް ( ވެނޮމް ) އަށް ކޮމެންޓް އެއް ކޮއްލާނެ ކަމަށް ހީ ކުރަމެއެވެ .

