ހަމަހިމޭން
މެމްދަމުގެ ހަމަ ހިމޭން ވަގުތެ . އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ . ރަށް ވަނީ ވަރަށް ވެސް ހަމަހިމޭން ކަން މަތީގައެވެ . މީހުން ވަނީ އެ މީހުން ގެ ނިދިން ފޮނި މީރު ކަން ހޯދަމުންނެއެވެ . ނަމަވެސް އަހަރެން ގެ ލޮލަކަށް ނިންޖެއް ނާދެއެވެ . މިއީ ދުވަހަކު ވެސް ވީ ކަމެއް ނޫން ކަން އަހަރެންނަށް އިހުސާސް ކުރެވުނެއެވެ .
ލޯ މަރާލާ ގަޑީގައި އަހަންނަށް ފެންނަނީ ކުއްޖެގެ ސޫރައެވެ . އެ ރީތި ސޫރަ ދެކެން އަހަރެން އަބަދު ވެސް ބޭނުން ވި ކަހަލައެވެ . އަހަރެންނަށް އެ ސޫރަ ލިބޭނެ ނަމަ އޭ ވެސް ހިތަށް އަރާ ކަހަލައެވެ .
އަހަންނާ އެކު ކިޔަވަމުން ދާ ކުއްޖަކާ ވައްތަރެއެވެ . އެކަމް އެއީ ކާކު ކަމެއް އަހަންނަކަށް އެއްވެސް ވަހުމެއް ނެތެއެވެ . ލޮއިތްބަކީ ގޮތް ނޭގެނިސް ވާ އެއްޗެއް ކަން އަހަންނަށް ކުރެވުނު ފުރަތަމަ ފަހަރު ކަންނޭގެއެވެ .
މިއީ އަހަރެންގެ 2 އަށް ލޯބި އަންހެން ކުއްޖާ ދިޔަ ފަހުން އަހަންނަށް ގަޔާ ވެވުނު ފުރަތަމަ އަންހެން ކުއްޖާ އަށް ވެސް ވެދާނެއެވެ . އެކަމަކު އެއިން އެއްވެސް ކަމެއް އަހަރެންނަށް ހިއްސާ ކުރާކަށެއް ބޭނުން ނުވެއެވެ .
އެ ހިޔާލުގައި އޮއްވައި އަހަންނަށް މަޑު މަޑުން ނިދެން ފެށިއްޖެއެވެ . އަހަރެންގެ ލޮލަށް ނިދި ސަވާރު ވެއްޖެ ކަން ކަށަވަރު ވެއްޖެއެވެ .. ވީ ނުވީ އެއް ނޭގި އަހަރެންނަށް ނިދިއްޖެއެވެ . ގަޑިން ވީ ވަރު ވެސް އަހަންނަކަށް ނޭންގެއެވެ . އަހަންނަށް ހޭވެރިކަން ވީ އިރު އަހަރެންނަށް މަންމަ ގޮވައެވެ . 12 ޖަހައިފި ކަން އަހަރެން މަންމަ ބުންޏެއެވެ . އަދި އަވަހަށް ފާޙާނާ ކޮށް ލުމަށް ފަހު ހެދުނު ގެ ނާސްތާ ކުރުމަށް އަހަރެން ކާރީ އެދުނެއެވެ . އަހަރެން ބޯ ކަހާލުމަށް ފަހު ފޯނުގެ ގަޑި ބަލާލެވުނެއެވެ . އާއެކެވެ . މެންދުރު 12 ޖަހަނީ އެވެ . ލައްކަ އިރު ނިދިއްޖެ ކަން އަހަންނަށް އިހުސާސް ކުރެވެން ފެށިއެވެ .
ފޯން އެދުމަތީގައި ބޭއްވުމަށް ފަހު އަހަރެން ހިގައިގަތީ ފާހާނާ އާއި ދިމާލަށެއެވެ . ފާޙާނާ ކޮށްލުމަށް ފަހު ރީތި ވެލައިގެން އަހަރެން ހިގައި ގަތީ ކޮޓަރިން ބޭރަށް ދިޔުމަށެއެވެ . އެކަމަކު ފޯނަށް މެސެޖް އެއް އަންނަ ހެން ހީވެގެން އަހަރެން ބަލާލީމެއެވެ . އާއެކެވެ . އެ އައީ މެސެޖެކެވެ .މިޔަދު ކުލާސް އޮއް ވާހަކަ ބުނި މެސެޖެކެވެ . އެ މެސެޖް ކޮށްފައި ވަނީ އަހަރެން ހިތް ގަޔާވާ ކުއްޖާއެވެ . ( ނަން ހާމަ ނުކުރުމަށް )
އެ މެސްޖް އަށް ރަށްދު ދިނުމަށް ފަހު އަހަރެން ހިގައި ގަތީ އަނެއްކާވެސް ކޮޓަރިން ބޭރަށެއެވެ ..ނަމަވެސް އަހަރެން ބޮލުގައި އަދި ވެސް ހިގަމުން ދަނީ އެއް ހިޔާލެކެވެ . ބުނަން ވެސް ބޭނުން ވިޔަސް އަދި ދިމާ ވި ފަހުން ވެސް ދުވަސް ކޮޅެއް ނުވޭތާއެވެ .
ހިދު ކޮޅެއްގެ ތެރޭގައި އަހަންނަށް ވެވުނީ ލޯބި ކަން ކަށަވަރެއެވެ . ފުން ހިޔާލު ތަކުގެ ތެރެއިން އަހަންނަށް ހޭވެރި ކަން ގެނުވީ އަހަރެންގެ މަންމަ ބުނި ބަހަކުންނެއެވެ . ދަރިފުޅާއެވެ . ކޮން ވިސްނުމެއްގާ ހެއްޔެވެ ؟ އަހަރެން ބުނީމެއެވެ . އެއްވެސް ކަހަލައިގެ ވިސްނުމެއްގައެއް ނޫނެއެވެ .
ލޯބި! އަހަރެން މާނަ ކުރަނީ ނޭގި ނަމަވެސް މީހެއް ދެކެ ހިތް ގަޔާވުން ނުވަތަ ހިތް ކަތިލެވިގެން ދިޔުމަށެއެވެ . ކޮންމެ އަކަސް މިއީ އަހަރެންނަށް އެޅުނު ކަތި ފިޔަވަޅެއްކަން ކަށަވަރު ވި ކަހަލައެވެ . އެކަމަކު ވެސް އަހަރެންނަށް މި ކުރެވުނީ ވެސް ރަގަޅު ކަމެއްބާ އޭވެސް އަހަރެން ހިތައް އަރައެވެ .
އެ ދުވަސް ވެސް އެ ދިޔައީ އެ ގޮތަށެއެވެ . ވަރަށް ވެސް އުފާވެރި ކޮށެއެވެ . އަދި ނުލާހިކު ހިތް ހަމަ ޖެހިގެންނެވެއެވެ . އަހަރެންނާއި އެ އަންހެން ކުއްޖާ ކޮންމެ ރެޔަކު ވެސް ވާހަކަ ދެކެވި މަޖާ މާހައުލެއްގައި އުޅެމުންނެއެވެ .މި އީ ހިޔާލީ ވާހަކައެކެވެ . މީގައި ( ނަން ހާމަ ނުކުރުމަށް ) މިހެން ބުނީ އަހަރެންނަށް އެ އަންހެން ކުއްޖާ އަކީ ކާކު ކަން ނޭގޭ ތީއެވެ . ދިރިއުޅުމުގައި އަންނަ ކޮންމެ އައު ކަމަކީ އައު ތަޖުރިބާ އެކެވެ . ނުވަތަ … އައު ކަންކަމާއި ކުރިމަތި ކުރުވާނޭ ކަމެކެވެ .
ބައެއް ފަހަރު ބައެއް ކަހަލަ ކަންކަމާއި ކުރިމަތި ކުރުވަފާނެއެވެ . ހިތް ދަތި ކަމާއި ވޭނާއި ރިހުމުގައި އުޅެން ވެސް ޖެހިދާނެއެވެ . އެކަމަކު އެޔަށް ޖެހޭނީ ކެއްތެރި ކަމާއެކު ކުރިމަތި ލާށެއެވެ .މާތް ﷲ ވާގި ފުޅަށް އެދޭށެއެވެ . ﷲ ހަޝްރަތުގައި ދުވާ ދަންނަވާށެވެ .
މި ކިޔުމަށް ފަހު އެސްފިޔަ ކިޔުންތެރިން ކޮންމެ ވެސް ކަހަލައިގެ ކޮމެޓް އެއް ކޮށްލާނެ ކަމަ ހީކުރަމެއެވެ . ތިޔަ ބޭފުޅުންގެ ހިޔާލަކީ އަޅުގަނޑެ ކުރި އެރުން …….

