Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ލޯބި_1

Princess Level 210 Stories100 Comments
April 1, 2021 One Min Read
1 Comment

އެކުވެރިންނެވެ. ތިޔަ އެކުވެރިންނެވެ އެއްގޮތަށް އަހަރެންވެސް ބޮޑުވެގެން އައިދުވަސްވަރު، އަހަރެންގެ ހިތުގައިވެސް ލޯތްބޭ މިކިޔާ ޖަޒްބާތު އުނދުންމަތީ ކެކިހުރި ތެޔޮއެއްޗެއް ފަދައިން ގަޑަގަޑަލާފައި ކެކެން ފަށައިފިއެވެ. އަހަރެން ހަތަރުފަތިން މޮހައިގެ ދިޔަކަހަލައެވެ. ހަތަރެސްފަޔަށް ބާރުލާފައި ރާޑަވެފައިވާ އަސްދޫންޏެއް ފަދައިން ރަށުގެ މަސްއޮޑި އަތިރިމަތީގައި ބާޑީފަށުގައި މުގޯލި އަޅަން ފަށައިފީމެވެ. ބޮޑުމަގު މަތީގަޔާއި ކަންކަންމަތީގައި އަޑަށް ބާރުލައި ހަޅޭއްލައި ކަރުތެރޭން ހަން ދުއްވާލައިފިީމެވެ. އަހަރެންނަށް އެ ޖިންސުއްލަޠީފަކު ދެކެ ލޯބިވެބޭކަހަލަ އޮމާން ފަރި ޕަރީއެއް ފަދަ މަލިކާއަކު ފެނޭތޯ އެތެރޭވަރީގައި ދާބުރިޖަހައި ތަފާތު ކަނޑުއޮޅިތަކަށް ފައްތައި އަދި މަޑިމިޔަރަށްވެސް ދާންފަށައިފީމެވެ. ބުނަން. މިވަރަށް މަސައްކަތް ކުރެވުނުއިރު ނަތީޖާ ދައްކަނީ ހަމަސުމަކުންނެވެ. ލޮލަށް ނިދިނައިސް ، ހިތަށް ހަމަޖެހުން ނުލިބި، ރަށުތެރެ އާވާރާވެގެން އެނބުރެނިކޮށް، އަހަރެންގެ ނަޒަރުގޮސް ހުއްޓުނީ ރަށުގެ އޮއިވަރު ވަނަވަރަކަށެވެ.

ފުރަތަމަވެސް އަހަރެންނަށް ބޭއިޚްތިޔާރުގައި ފައިގެ ބޮޑުވައި އިނގިލި އަނގަޔަށް ލެވުނެވެ. ޔެޅތެޅއޮތް ރޯމަހެއް ފަދައިން އަހަރެންގެ މޭތެރޭގައި މިވާހިތް ނެގިނެގިފައި ޖެހުނެވެ. މި އަންހެންކުއްޖާ ޙާޞިލް ކުރުމަށްޓަކައި ފުން ކަނޑެއްގައި ވަގުތުތައް ހޭދަކުރަން ޖެހުނަސް، އެކަމަށް އަހަރެން ފޫހަޅަން ގަސްތު ކޮށްފީމެވެ. އަހަރެން އަވަސްވެގަތީ އަހަރެންގެ ހިތުގެ ރަނިކަމަނާއަކަށް ހެދުމަށް އަހަރެން މި ގަސްތުކުރާ ކަމަނާއާބެހޭ މަޢުލޫމާތުތައް ހޯދުމަށެވެ. ވަރަށް ނަސީބު ގަދައެވެ.

_ނުނިމޭ_

ލިޔުންތެރިޔާގެ ބަސް:  މި ބައިވެސް ކަމުދާނެ ކަމަށާއި އުއްމީދުކުރަން. ވަރަށް އަވަހަށް އަނެއް ބައި ގެނެސްދޭނަން އިންޝާ ﷲ. އަނެއް ބަޔަށް އިންތިޒާރު ކޮށްލައްވާ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Princess

Level 210 Stories100 Comments

Other Articles

Previous

އާދޭސްކުރާހިތްވޭ ރޮމުން..

Next

ތިޔަ ލޯތްބަށް އެދެމޭ – 14

Next
April 1, 2021

ތިޔަ ލޯތްބަށް އެދެމޭ – 14

Previews
April 1, 2021

އާދޭސްކުރާހިތްވޭ ރޮމުން..

One Comment

  1. Princess says:
    April 2, 2021 at 8:00 am

    Salaam readers mee alhugadu he vhk first part reethi vaane kamah ummeedhu kuran 2 vana part vex innaane up vefa mihaaru kiyaalahchey love you readers????

Comments are closed.

Next Episodeލޯބި_2←


All Right Reserved!