
ތިޔަ ލޯތްބަށް އެދެމޭ – 8 & 9
” އޭ ކައެމެން ކައިވެނި ކުރަނީ ކޮން އިރަކުން.. ” މަޔާން އަހާލިއެވެ. ރާއިލް ވިސްނާލިއެވެ.” މި އަންނަ މަހު ކިހިނެއް ވާނެ.. ” ރާއިލް ބުންޏެވެ.” ކަލޯ ހާދަ އަވަހޭ… އަދި ރައްޓެހިވިތާ ދެތިން ދުވަސް މިވީ .. ” މަޔާން ހައިރާންވިއެވެ.” ޗިލް ޑޫޑް.. އެއް އަހަރާ ގާތް ވަނީ ރައްޓެހިވެގެން އުޅޭތާ… ޔާން މެން ކައިރީ ނުބުނީ ހަމަ ގަސްދުގަ… އިހަކަށްދުވަހު މަ ބުނީ މިއުޅެނީ މީދޫ އަށް ދާންށޭ ހިޝް ކައިރީގަ.. އެހެން ބުނީމަ އޭނަ ވެސް އެއައީ މި ރަށަށް… ވަރަށް ވަގަށޭ މިއުޅެނީ.. ” ރާއިލް ފޮނި ދައްކާލަން ދެފަހަރަކު ބުމަ އަރުވާލިއެވެ.” ސުބުހާނަﷲ… ” މަޔާން ދެލޯ ބޮޑުވިއެވެ.
**8 ވަނަ ޕާޓު**
” ހެހެހެހެހެ… ސަޕްރައިޒް ދޯ.. ” ރާއިލް އެއް ލޯ މަރާލި އެވެ. މަޔާން ބޯ ހޫރުވާލާފައި ޓީޝާޓު ބޭލުމަށްފަހު ސޯޓެއް ލައިގެން އެނދަށް ވެއްޓިގަތެވެ. ރާއިލް ވެސް ސޯޓެއް ލުމަށް ފަހު ގަމީސް ބާލައި އެނދުގައި އޮށޯތެވެ. ދެމީހުން ސަކަރާތް ޖަހަން އުޅެފައި ނިދުނު އިރެއް ވެސް ނޭނގުނެވެ.
ހޭލެވުނީ މީހަކު އައިސް ދޮރުގައި ޖަހާ އަޑަށެވެ. މަޔާން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި އިލްޔާ ރުޅި މޫނު ހަދައިގެން ހުއްޓެވެ.” ކިހާ އިރެއް ގޮވާތާ.. އާދޭ ހަމަ މިހާރު ސައި ބޯން.. ” އިލްޔާ ތުން ދަމާލިއެވެ.” މިދަނީ އޭ.. ” އެހެން ބުނެފައި މަޔާން ދޮރު ޖެހިއެވެ. އިލްޔާ ގޮސް މޭޒު ދޮށުގައި އިށީންތާ މާ ގިނައިރެއްނުވެ މަޔާން އާއި ރާއިލް ވެސް އައެވެ. އިސްތަށިގަނޑުގައި ތެތްކަން ހުރުމުން އިލްޔާ ކުދި ކިޔައިގަތެވެ. މަޔާން ވެސް ބަދަލުގައި އެއްޗެއް ބުނަމުން ސައި ބުއެވެ. ހިޝާ ވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
އެކަހަލަ ގޮތަކަށް ވަގުތުތައް ފާއިތުވަމުން ހަވީރުވިއެވެ. މަޔާން އާއި އިލްޔާ ބީޗަށް ދިޔައީ ވާހަކަ ދައްކާލާންށެވެ.” ޔާން … ވާހަކަ އެއް އަހާލަންތަ.. ” އިލްޔާ އަހާލިއެވެ.” އަހާބަލަ.. ” މަޔާން ބުންޏެވެ.” މަށާ ވައްތަރު ކުއްޖަކު ފެނުނުތަ.. ” އިލްޔާ އަހާލިއެވެ.” ނޫން.. މުޅި މެންދުރު ހިނގީރު ވެސް ނުފެނުން.. ” މަޔާން ކޮނޑު އަރުވާލިއެވެ.” އެހެން.. އޭ އަސްލު ސުވާލަކީ އެޔެއް ނޫނޭ.. ” އިލްޔާ އެހެން ބުނުމުން މަޔާން ކޮން ސުވާލެއްތޯ އަހާލިއެވެ.” މީ.. ލީޝާގެ މަތިން ހަނދާންވެ ދެރަވޭތަ އަދި ވެސް.. ” އިލްޔާ މަޔާންގެ މޫނަށް ބަލާލިއެވެ.” ނޯ.. އެކަހަލަ މީހެއްގެ ހަނދާން ކުރާކަށް ވެސް ބޭނުމެއްނޫން… ” މަޔާން ދުރަށް ނަޒަރު ހުއްޓާލިއެވެ. އިލްޔާ ހިނިތުން ވިއެވެ.” އެންޑް އިނގޭތަ.. އެހެން ކުއްޖަކަށް މި ހިތް ދެވިއްޖެ… އެކަމް އެކުއްޖާ މަ ދެކެ ލައިކް ވާހެނެއް ހިއެއް ނުވޭ.. ” މަޔާން ހިތާއި ދިމާގައި އަތް އަޅާލިއެވެ. މަޔާން އިން ގޮތުން އިލްޔާ ގާތަށް ހިނި އައެވެ.
” ހޭނެ ކަމެއް ނެތް.. އިލޫ އަށް އިނގިޖެއްޔާ އިލޫ ވެސް ރުޅި އަންނާނެ.. ” މަޔާން އިސް ޖަހާލިއެވެ.” ވަޓް !!؟ ” އިލްޔާ ލޯ ބޮޑުކޮށްލިއެވެ.” ހްމް.. ދެން އަޅާ ނުލާ.. ” މަޔާން ހީލިއެވެ.” އޯހކޭ.. ” އިލްޔާ ވެސް ބަދަލުގައި ހީލިއެވެ. ” ޔާން ކީއްވެ މިހާރަކަށް އައިސް މާ މަޑުން ހުންނަނީ.. އެހެން ނޫނިއްޔާ އުޅޭނީ ސަކަރާތް ނުޖެހިގެން … ” އިލްޔާ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ.
” މަޑުތަ އުޅެވޭލެއް.. ސޮރީ… އެންޑް އިނގޭތަ ރާއިލުއާ ހިޝާ އާ ރައްޓެހިވެގެން އުޅޭތާ މިހާރު އަހަރެއް ވެދާނެއޯ.. އަހަރެމެންނަށް ނާނގާ.. މި އަންނަ މަހު ކައިވެނި ކުރަން ވެސް އެބަ ވިސްނައޯ.. ” މަޔާން ވާހަކަ ބަދަލު ކޮށްލިއެވެ.” ލާއިލާހަައިއްލަﷲ.. ” އިލްޔާ އަނގަމަތީގައި އަތް އެޅިއެވެ.
” އާނ އޭ.. ވަގޭ ބުނާކަށް.. ” މަޔާން މޫނަށް ގޮތެއް ހަދާލިއެވެ.” ދެން ތި ވައްތަރެއް ނުޖައްސާ އެމީހުންގެ ވެޑިންގް ރާވަބަލަ.. ” އިލްޔާ މަޔާން ބޮލުގައި ޖަހާލިއެވެ. މަޔާން ބޯ ޖަހާލާފައި ރާއިލް މެންގެ ކައިވެނީގެ ވާހަކަ ފެށިއެވެ. މަޔާން އަށް އިލްޔާއާއި އެކު ހޭދަވި ގަޑިއިރު ވެސް ހީވީ އެންމެ ދެތިން މިނިޓް ހެންނެވެ. ބޭނުންވީ އިތުރަށް ވާހަކަ ދައްކާލަން މަޑު ކުރަންށެވެ. ނަމަވެސް އިރު އޮއްސޭތީ ދެމީހުން ވެސް ނިންމީ ގެއަށް ދިއުމަށެވެ. ރަށުގައި ވެސް ކޮންމެ ދުވަހަކު މިހެން ކަންތައް ކުރާތީ މަޔާން އަށް ބުނަން ނުކެރުނީއެވެ.
އިޝާ ނަމާދަށް ފަހު އެންމެން ކައި ނިންމައިގެން ސިޓިންގް ރޫމުގައި ވާހަކަ ދައްކާލަން މަޑު ކުރިއެވެ.” އަޅޭ ދޯ.. އެއްކަލަ ދުވަހު އިލޫ ގައިގަ ޖެހުން މީހަ ހާދަ ހޮޓް އޭ.. ” ވާހަކައެއްގެ ތެރެއިން އިލްޔާ ބުންޏެވެ.” އޭނަ ފެނޭތޯ ބަލަންވީ ދޯ.. ސެޓު ކޮށްދީފާނަން.. ” ރާއިލް ހޭން ފެށިއެވެ.” އާނ.. ތިކަން ވެސް ކުރަންވީ ހަމަ.. ” އިލްޔާ ވެސް ބުންޏެވެ. އިލްޔާ އެމީހާގެ ވާހަކަ ދެއްކުމުން މަޔާންގެ ހިތަށް އަސަރު ކޮށްލިއެވެ. އެކަމާ ޚުދު އޭނާ ވެސް ހައިރާންވިއެވެ. އިލްޔާ އަކީ ފިރިހެން ކުދިންގެ ވާހަކަ މަޔާން ކައިރީގައި މަޖަލަކަށް ދައްކާ ކުއްޖެއްކަމަކު މިފަހަރު މަޔާން އަށް އެހެން ގޮތެއް ވިއެވެ. އިލްޔާ އަށް އެ މަޑުމައިތިރިކަން ފާހަގަ ވިއެވެ. ނަމަވެސް އެއްޗެއް ނުބުނީ ރާއިލްމެން ތިބީމަ އެވެ.
” އޭ މަ އެބަ އަންނަން ހިޝާ ގެއަށް ލާފައި.. ” ރާއިލް އެހެން ބުނެފައި ގެއިން ނުކުތެވެ. ދަނޑިވަޅު ބަލާފައި އިލްޔާ މަޔާން އާއި ކުރިމަތި ލިއެވެ.” ޔާން.. ކީއްވެ މިހާރު އިލޫ މާ ދުރުކޮށްލީ… ވާހަކަ ވެސް ނުދައްކާ.. ” އިލްޔާ ދެރަވެފައި ބުންޏެވެ. މަޔާން އަށް ބުނާނެ އެއްޗެއް ނޭނގިފައި އިލްޔާ އަށް ބަލަން އިނދެވުނީއެވެ.” ކަމެއް ގޯސްވީތަ.. ” މަޔާން އެއްޗެއް ނުބުނެ އިނުމުން އިލްޔާ އަހާލިއެވެ.” ފާޑަކަށް.. ” މަޔާން ދުރު ބަލާލިއެވެ.” ތިހެން ވީރު ބުނީމަ ދޯ އިނގޭނީ ހެލްޕް ވާންވެސް.. ” އިލްޔާ މަޔާން އަށް ބަލާލިއެވެ.” ނޯ.. ދެން އިލޫ އަޅާ ނުލާ.. ” މަޔާން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. މަޔާން ގެ އެ އަޅާލުން ކުޑަކަމުން އިލްޔާއަށް ޝައްކައް ވިއެވެ.” އަނެއްކާ ޔާންގެ ކްރަޝް މައްސަލަ އެއް ޖެހުނީބާ.. ”
ކޮޓަރިއަށް ވަތް ގޮތަށް މަޔާން ޓީޝާޓު ބާލައި އެނދަށް އެރިއެވެ. އެވަގުތު ރާއިލް ވަދެގެން އައެވެ.” މޭން.. ކިހިނެއްވެފަ.. ” ރާއިލް މޫނުގައި ސުވާލުމާކެއް ޖެހުނެވެ.” ދިމާ ނުކުރާތި.. އިލޫ ކައިރީ ވެސް ނުބުނާތި.. ” މަޔާން އެ އޮތް ގޮތަށް އޮވެ ބުނެލިއެވެ. ރާއިލް ބޯ ޖަހާލިއެވެ. ” އައި ތިންކް އައި ހޭވް ފީލިންގްސް ފޯ އިލޫ.. އޭނަ އެހެން މީހުންގެ ވާހަކަ ދެއްކީމަ މަ ވަރަށް ދެރަވޭ.. ” މަޔާން ނިއްކުރި މަތީގައި އަތް ބޭއްވިއެވެ.” އޭނ؟! ” ރާއިލް ހައިރާންވިއެވެ.” ތީ ދުވަހަކު ވެސް އެހެން އުޅުނު މީހެއް ނޫންނު.. ” ރާއިލް އަހާލިއެވެ.
” ނޯ.. ކުރިން ރައްޓެހިވީން ކުއްޖަކާ ރަށުން.. އެކަމް އޭނާގެ ހަގީގަތް އިނގުނީމަ ރުޅިވީ.. ދެން ދެތިން ދުވަސް ވީތަނާ އަނެއްކާ މިރަށަށް މި އައީ.. ވަރަށް ދެރަވި އޭނަ އެހެން ހެދީމަ… މަގޭ ފުރަތަަމަ ލޯބި..” މަޔާން ބުންޏެވެ.” މަށަށް ނާންގާ ހަމަ… އަޅެ ސުވާލެއް ކޮށްލަންތަ ” ރާއިލް އިށީނެވެ. މަޔާން ހްމްމް އަޅުވާލިއެވެ.” އެއްފަހަރާ ދެމީހުން ދެކެ ލޯބި ވެވޭތަ.. ” ރާއިލް އަހާލިއެވެ.” މަށަކަށް ނޭނގެ ތިއެއް.. އިނގޭހާވެސް އެއްޗަކީ ލީޝާ މަތިން ހަނދާން ނެތިއްޖެކަން… ލައިކް ވަނީ އިލޫ ކަން.. ” މަޔާން ލޯ މަރާލިއެވެ. ” ދެން އިލޫ ކައިރީ ބުނެބަލަ… އޭނަ މީހަކާ ރައްޓެހިވިޔަސް އިނގޭނެ ދޯ ކައެއަށް… ނުބުނެ ނުވާނެ ރައްޓެއްސެއް.. ކަމުދާ މީހަކު ހުއްޓަސް ބުނާނެ.. ” ރާއިލް ވިސްނާލާފައި ބުންޏެވެ.
” ތިކަން އިނގޭ… އެކަމް މަށަށް ހަމަ ނަސީބު މިއަދު އިލޫ މަގޭ ކްރަޝްއެއް ހުންނަ ވާހަކަ ބުނީމަ ކާކުކަން ނޭހީމަ… ” މަޔާން ފުން ނޭވާއެއް ލިއެވެ. ރާއިލް ބޯ ހޫރާލިއެވެ.” ދެން ބުނެބެ ދޯ ފިނޑިނުވެ.. ” ރާއިލް ފާހަނައަށް ވަންނަމުން ބުންޏެވެ. މަޔާން އެނދުގައި ހަމަ ޖެހިލިއެވެ.އިލްޔާ އާއި އެކު ހޭދަވި ވަގުތުތައް ހަނދާން ވެސް ވިއެވެ. ރާއިލް އައުމުން އާދައިގެ މަތިން ދެމީހުން ސަކަރާތް ޖަހަން ފެށިއެވެ.
އަނެއްދުވަހު ހެނދުނު އިލްޔާ ނުނިކުމެގެން ޝަމާ ކަންބޮޑުވިއެވެ. ރޮށި ފިހަން ހުރުމުން ޝަމާ އަށް ދެވޭވަރެއް ނުވިއެވެ. އެހެންކަމުން ފޯނާއި ކުޅެން ސޯފާގައި އިން މަޔާން އަށް ގޮވާލިއެވެ.” މަޔާން… ދޭބަލަ އިލްޔާ ކޮބައިތޯ ބަލައިލަން… ނުނިކުންނާތީ ކިހިނެއްތޯ ވީ ބަލާލަން ޖެހޭނެނުން.. ” ޝަމާ ބުންޏެވެ. މަޔާން ގޮސް އިލްޔާ ނިދާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ޖަވާބެއް ނުލިބުމުން އިލްޔާ މަޔާން ދޮރު ހުޅުވާލިއެވެ. އޭރު އިލްޔާ ބޮލާއި އެއްކޮށް ރަޖާގަނޑު އަޅައިގެން އޮތެވެ. އިލްޔާ އޮންނާނީ ބުރުގާ ނާޅައިކަން އިނގޭތީ ރަޖާ ނަގާކަށް ނުކެރުނެވެ.
” އިލޫ..؟؟ ” މަޔާން ގޮވާލިއެވެ.” ހްމް؟؟ ” އިލްޔާ އަޑެއް ލައްވާލިއެވެ.” އިލޫ ނުނިކުންނާތީ ޝަމާއްތަ ބުނެގެން މިއައީ ވީގޮތް ބަލާލަން.. ” މަޔާން އިށީންނަމުން ބުންޏެވެ.” ބޮލަށް ތަދުވާތީ މިއޮތީ.. ” އިލްޔާ އެ އޮތްގޮތަށް އޮވެ ބުންޏެވެ.” އޯކޭ.. ބޭސް ކާތި.. ޓޭކް ކެއަރ.. ” މަޔާން ޝަމާ ކައިރިއަށް ދާން ހިނގައިގަތެވެ.
” ޝަމާއްތާ… އިލޫ ބޮލަށް ތަދުވާތީއޯ… ” މަޔާން ބަދިގެއަށް ވަދެފައި ބުންޏެވެ.” އެހެންތަ.. ޝަމާއްތަ ދާނަން ސައި ހަދާ ނިންމާފައި ސަޔާއި އެއްކޮށް ބޭސް ހިފައިގެން… ” ޝަމާ އަތް ދޮވެލިއެވެ.” ދެން މި ނިމުނީ އޭ.. އާދޭ ރާއިލް ގޮވައިގެން ސައިބޯން.. ” ޝަމާ ތަށިތައް ނަގަމުން ބުންޏެވެ. މަޔާން ބޯ ޖަހާލާފައި ރާއިލް މެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
ކޮޓަރި ދޮރު ހުޅުވާލިއިރު ރާއިލް ނިކުންނަން އަންނަނީއެވެ.” އަންނާށޯ ސައިބޯން.. ކޮބާ ހިޝް.. ” މަޔާން ނިއް އަރުވާލިއެވެ.” މިއަދު ނާދޭ.. ” ރާއިލް ބުންޏެވެ.” މަޔާން އެންމެ ރަނގަޅޭ ބުނެފައި ސައިބޯން ދިޔައެވެ. ޝަމާ އިލްޔާ ކޮޓަރިއަށް ވަތް އިރު ފެންވަރާނިންމައިގެން ފޯނާ ކުޅެން އިނީއެވެ.” ބޭސް ކައިލާ.. ” ޝަމާ ބޭސް ގުޅަ ދެމުން ބުންޏެވެ. އިލްޔާ ކައިގެން ބޭސް ކައިލިއެވެ.
ކައި ނިންމައިގެން ފިނިކޮށްލުމަށް އިލްޔާ ބޭރަށް ނިކުތެވެ. މަޔާން އާއި ރާއިލް އެމީހުންގެ އަމިއްލަ ވާހަކައިގައި އައެވެ. އިލްޔާ އެކި ތަންތަން ބަލަމުން އެންމެ ފަހުން ވަރުބަލި ވުމުން ރުކެއްގެ ކައިރީގައި އިށީނެވެ. މަޔާން އާއި ރާއިލް ވެސް އިލްޔާ ކައިރީގައި މަޑުކޮށްލިއެވެ. ކުއްލިއަކަށް އިލްޔާ ސިހުނީ ކުރިން ދުވަހު އިވުނު އަޑު ދެންމެ ވެސް އިވުމުންނެވެ. މިފަހަރު އެއީ ކާކުކަން ހޯދަން އިލްޔާ ބޭނުންވިއެވެ. އަދި ޝައުގުވެރިކަމާއެކު އެ އަޑު އިވުން ދިމާއަށް ބަލާލިއެވެ.
– ނުނިމޭ –
#####
ކައި ނިންމައިގެން ފިނިކޮށްލުމަށް އިލްޔާ ބޭރަށް ނިކުތެވެ. މަޔާން އާއި ރާއިލް އެމީހުންގެ އަމިއްލަ ވާހަކައިގައި އައެވެ. އިލްޔާ އެކި ތަންތަން ބަލަމުން އެންމެ ފަހުން ރުކެއްގެ ކައިރީގައި އިށީނެވެ. މަޔާން އާއި ރާއިލް ވެސް އިލްޔާ ކައިރީގައި މަޑުކޮށްލިއެވެ. ކުއްލިއަކަށް އިލްޔާ ސިހުނީ ކުރިން ދުވަހު އިވުނު އަޑު ދެންމެ ވެސް އިވުމުންނެވެ. މިފަހަރު އެއީ ކާކުކަން ހޯދަން އިލްޔާ ބޭނުންވިއެވެ. އަދި ޝައުގުވެރިކަމާއެކު އެ އަޑު އިވުން ދިމާއަށް ބަލާލިއެވެ.
**9 ވަނަ ޕާޓު**
ނަމަވެސް އެކުއްޖެއްގެ މޫނު ފެންނަ ވަރެއް ނުވިއެވެ. އިލްޔާއަށް ފެނުނީ ބުރުގާ އަޅާއިގެން ހުރި އަންހެން ކުއްޖަކު ޓީޝާޓަކާއި ނޫ ޖީންސް އެއްގައި ދުވެފައި ދާތަނެވެ. ފަހަތުން ވެސް އިލްޔާއާ ވައްތަރެވެ.” ޔާން.. އެދާ ކުއްޖާ ވައްތަރެއްނު އިލޫ އާ.. މޫނު ނުފެނުނަސް.. ” އިލްޔާ އެދިމަ ބަލާލަމުން ބުންޏެވެ. މަޔާން އާއި ރާއިލް ވެސް ބަލާލިއެވެ.” އާނ.. އަޅެ އޭނަ ފަހަތުން ހިނގާބަލަ.. ” މަޔާން ބުންޏެވެ. އެވަގުތު އައިހާ އާއި ނިހާ ދުވެފައި އެ ކުއްޖާ ކައިރިއަށް އައެވެ. އިލްޔާ އަނގަ ހަދާލާފައި މަޔާން އާއި ދިމަ ބަލާލިއެވެ.
” ދެން ދާނެ ކަމެއް ނެތް… ފަހުން ދެން އެކަމާ އުޅޭނީ… ހިނގާ ގެއަށް.. ” އިލްޔާ ރުއް ކައިރިން ތެދުވެ ހިނގައިގަތެވެ. ރާއިލް މެން ވެސް އިލްޔާ ފަހަތުން އައެވެ.
އިލްޔާ ގޮސް ކޮޓަރިއަށް ވަނެވެ. އެއީ ކޮން ކުއްޖެއްކަން ހޯދަން ކިތަންމެ ބޭނުންވީ ނަމަވެސް އައިހާމެން ތިބުމުން ނުދިޔައީއެވެ. އިލްޔާ ވިސްނަން އޮއްވައި ކޮޓަރި ދޮރުގައި މީހަކު ޓަކިޖަހާ އަޑު އިވުނެވެ. އިލްޔާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ހިޝާ އެވެ. އިލްޔާ ހިނިތުންވެލާފައި ހިޝާ ވަންނަން ތަން ދެއްކިއެވެ.” ހިޝް… މަށަށް ހީވަނީ ހިޝް ބުނީ ރަނގަޅަށް ހެން… ” ހިޝާ އިށީނުމުން އިލްޔާ ބުންޏެވެ.” ތިބުނީ؟؟ ” ހިޝާ އަހާލިއެވެ.” ހިޝް ބުނީމެއްނު މަށާ ވައްތަރު ކުއްޖަކު ފެންނަ ވާހަކަ… ” އިލްޔާ ހަނދާން ކޮށްދިނެވެ.
” އޯހ.. އެ ވާހަކަ ދޯ… އިލޫ އަށް ފެނުނީތަ.. ” ހިޝާ އެއްސެވެ. އިލްޔާ އަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް އިލްޔާގެ ފޯނު ރިންގުވާންފެށިއެވެ. ސަނާ އަރާފައި އިނުމުން ހިޝާ ކައިރީގައި މަޑު ކުރަން ބުނެފައި ފޯނު ނެގިއެވެ.
” ހަލޯ… ކިހިނެއްތަ އިލޫ… ” ސަނާ އަހާލިއެވެ.” ރަނގަޅު އެކަމް.. ” އިލްޔާ އެ ނުދަންނަ ކުއްޖާގެ ވާހަކަ ބުނަން ބޭނުންވިއެވެ.” އެކަމް..؟ ” ސަނާ ހިތުގައި ސުވާލު އުފެދުނެވެ.” މަންމަ އާ އިލޫގެ އަޑާ ވަރަށް ވައްތަރު އަޑެއް އިވުން… އެންޑް ފެނުން އިލޫ ވައްތަރު ކުއްޖަކު ހިނގާފައި ދާތަން ވެސް… މޫނެއް ނުފެނެ.. ފްރެންޑެއް ވެސް ބުނި މިރަށުގައި ވައްތަރު ކުއްޖަކު އުޅެއޭ.. ” އިލްޔާ ވާހަކަ ދެއްކިއެވެ.” އެހެންތަ.. ” ސަނާ ހިތް އަވަސްވިއެވެ.
” މަންމާ..؟ ” އިލްޔާ ގޮވާލި ގޮތުން ސަނާ ނުތަނަވަސް ވިއެވެ.” ކީކޭ ދަރިފުޅާ.. ” ސަނާ ހަމަޖެހިލަމުން އަހާލިއެވެ.” މަންމަ އަށް އިނގޭތަ އަނެއްކާ… ” އިލްޔާ ކޮށްލި ސުވާލުން ސަނާ ހިތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ.” ނު..ނޫން… ކީއްވެ ތިހެން ތި އެހީ.. ” ސަނާއަށް އަނގަ އުޅޭގޮތް ވިއެވެ.” އޯކޭ… ކޮބާ ބައްޕަ.. ” އިލްޔާ ވާހަކަ ބަދަލު ކޮށްލިއެވެ. އަޒާމް ގެއަކު ނެތޭ ބުނުމުން ފަހުން ގުޅާނެކަމަށް ބުނެ ފޯނު އިލްޔާ ފޯނު ބާއްވާލިއެވެ.
” މަންމަ ދޯ ގުޅީ… ” ފޯނު ކަންފަތުން ދުރުކޮށްލުމުން ހިޝާ އަހާލިއެވެ. އިލްޔާ ހިނިތުންވެލާފައި ބޯ ޖަހާލިއެވެ.” ހޫނ… މަގޭ ކައިރީ ނުވެސް ބުނޭ ވިއްޔަ ރާއިލް އާ ރައްޓެހިވެގެން އުޅޭ ވާހަކަ އެއް… އެއް އަހަރު ވަނިއްޔޯ ގައިމު.. ” އިލްޔާ ހީގަތެވެ.” ވަޓް… ކިހިނެއް އިނގުނީ.. ” ހިޝާ ދެލޯ ބޮޑުކޮށްލިއެވެ.” އިނގޭނެނުން.. ޔާން ބުނީ އޭ… ” އިލްޔާ އިށީނެވެ. ” އެހެންދޯ… ” ހިޝާ ބޯ ކަހާލިއެވެ.
މެންދުރު ގަޑީގައި ނަމާދުކޮށްގެން އެންމެން ނިންމީ މޫދަށް ދާންށެވެ. ހިޝާ އާއި އިލްޔާ އަދި ޝަމާ އުޅުނީ މޫދަށް ދާންވާއިރަށް ނޫޑްލްސް ކައްކާންށެވެ. ތިން މީހުން ވެސް ނުލާހިކު އަވަހަށް ކައްކާ ނިންމާލިއެވެ. އޭރު ރާއިލް އާއި މަޔާން ކޯކް ފުޅިތަކާއި ދަޅުތައް ހިފައިގެން ވަންނަނީއެވެ. އެންމެން އެއްޗެހި ހަމަ ކޮށްފައި މޫދަށްދާން ހިނގައިގަތެވެ.
މޫދަށް ގޮސްފައި ވެސް މަޔާން އިނީ މޫދަށް ނޭރި ވެލިގަނޑު މަތީގައެވެ. އިލްޔާ ވެސް މަޔާން ދުރުގައި އިންތަން ފެނުމުން އައިސް އިށީނެވެ.” ކީއްވެ މޫދަށް ނޭރި.. ” އިލްޔާ އަހާލިއެވެ.” އެރޭ ހިތް ނެތީ… ” މަޔާން ވެލިގަނޑާ ކުލެލަމުން ބުންޏެވެ.” ޔާން ނޭރެންޏާ އިލޫ ވެސް ނޭރޭނަން.. ” އިލްޔާ މަޔާން ކޮނޑުގައި އަތް ބާއްވާލިއެވެ. އެވަގުތު މަޔާން އިލްޔާ އަތް ކޮނޑުމަތިން ނެގިއެވެ.” ކިހިނެއްވީ.. ” އިލްޔާ ހައިރާންވިއެވެ.” ކަމެއް ނުވޭ.. ” މަޔާން ތެދުވެ ހިނގައިގަތެވެ.” ބުނެބަލަ… ޔާން މިހާރު ވަރަށް ބަދަލު ވެއްޖެ… ބޮޑު ކަމެއް ވީތަ.. ” އިލްޔާ ވެސް ތެދުވިއެވެ.
” ކަމެއް ނުވެއޭ.. ” މަޔާން ބުންޏެވެ. އެހެން ބުނި ތަނާ މަޔާން ލޮލުގައި އަޅައިގަތީ އެއްކަލަ ދުވަހު ދިމާވި މިހާއެވެ. މަޔާން ބަލަން ހުރި ދިމާއަށް އިލްޔާ ވެސް ބަލާލިއެވެ.” އޯ ވާވް… އެއްކަލަ ހޮޓް ބޯއި ދޯ.. ” އިލްޔާ ބުންޏެވެ. މަޔާން އެއްޗެކޭ ނުބުންޏެވެ.” އެބަ އަންނަން އޭނަ އާއި ވާހަކަ ދައްކާލާފަ.. ” އިލްޔާ އެމީހާއާއި ދިމާއަށް ހިނގައިގަތެވެ. މަޔާން ފެންކަޅިވެފައި ބަލަން ހުއްޓެވެ.
” ހޭއި.. ” އެމީހާ ކައިރިއަށް ގޮސް އިލްޔާ ބުންޏެވެ.” ހައި.. ” އެމީހާ ގާތް އެކުވެރިއެއް ގޮތަށް ކޮނޑަށް އަތް ވައްޓާލިއެވެ. އިލްޔާ ދެލޯ ބޮޑުވިއެވެ.” ކޮން ނަމެއް ކިޔަނީ.. ” އިލްޔާ އަހާލިއެވެ.” މަގޭ ނަން ހަމަ ނޭނގެނީތަ.. ” އެމީހާ ހިނިގަނޑެއް ޖަހާލިއެވެ.” ޔާ… ދެން ބުނެބަ ދޯ.. އެއްކަލަ ދުވަހު ގައިގަ ޖެހުން ކުއްޖާއޭ މީ.. ” އިލްޔާ ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ.” ހިލޫ!! މަގޭ ނަން ހަނދާން ނެތުނީ… ކިހިނެއްތަ އެހެން ވާންވީ… ބެސްޓް ފްރެންޑްގެ ބޭބެ ނޭމް ހަނދާން ނެތުނީ؟؟ ” އެމީހާ ހިނިގަނޑެއް ޖަހާލިއެވެ.” ތި ކިޔާ އެއްޗެއް ސާފެއް ނުވި.. ” އިލްޔާ ހިތް ތެޅިލިއެވެ.
” އެންމެ ރަނގަޅު… މަށަކީ މުހައްމަދު އީތަން.. މަގޭ ކޮއްކޮ އަކީ އައިޝަތު އައިހާ… އައިހާގެ ބެސްޓް ފްރެންޑުންނަކީ ނިހާ , ޔާނީ އެންޑް ޔޫ.. މި ބުނީ ހިލްޔާ.. ” އީތަން ތަފްސީލެއް ދިނެވެ.” އައިމް ނޮޓް ހިލްޔާ.. އައިމް އިލްޔާ.. ” އިލްޔާ ދެބުމަ ގޮށްޖެހިއެވެ.” ވަޓް… ” އީތަން މޫނު ކުނިކޮށްލިއެވެ.” ނެވާރ މައިންޑް.. ބައި ދަ ވޭ ޔޫ އާރ ހޮޓް.. އޯކޭ ބާއި ދަނީ އިނގޭ.. ” އިލްޔާ ނުތަނަވަސް ވެފައިވާ ހިތަށް ހަމަޖެހުމެއް ހޯދޭތޯ މަޔާން އާއި ދިމާއަށް ދިޔައެވެ. އީތަން ފޮނިވެލާފައި އަލުން ފޯނަށް ނަޒަރެއް ދިނެވެ.
އެހުރިހާ މަންޒަރެއް ބަލަން ހުރި މަޔާން އެންމެ ބޮޑު ކަމަކަށްވީ އެމީހާ އިލްޔާ ކޮނޑަށް އަތް ވައްޓާލަމުންނެވެ.” އީތަން ވެސް ހަމަ އޭއްޗެކޯ ކީ.. މަ ވައްތަރިއްޔޯ އެބުނާ ހިލްޔާ އަކާ… ” މަޔާން ކައިރިއަށް އައިސް އިލްޔާ ބުންޏެވެ.” ވެދާނެ ދޯ ވައްތަރީ ކަމަށްވެސް.. ” މަޔާން ބުންޏެވެ.” ޔަހ.. އެބުނާ ހިލްޔާ ކަމަށް ހީކޮށޯ މަގޭ ކޮނޑަށް އަތް ވެސް ވައްޓާލީ… ” އިލްޔާ އީތަން އާއި ދިމަ ބަލާލިއެވެ. އީތަން ކިތަންމެ ރީއްޗަކަސް އިލްޔާ ގަޔާވާ ގޮތެއް ނުވިއެވެ. މަޔާން އިތުރު އެއްޗެކޭ ނުބުންޏެވެ. ހިނިތުން ވުމަކުން ފުއްދާލާފައި ގަސްތަކާއި ދިމާއަށް ހިނގައިގަތެވެ. އިލްޔާ ވެސް ފަހަތުން ދިޔައެވެ.
” ޔާން ޕްލީޒް ވެގެން އުޅޭގޮތް ކިޔާދީބަ.. ނޫނީ ރާއިލްބެ ކައިރީ އަހަންވީތަ.. ” އިލްޔާ އެދުނީ ވީގޮތް ބުނުމަށެވެ.” ދެން ކަމެއް ނުވެއޭ.. އެއޮށް އައީ މިހާރު ހިޝް މެންވެސް.. ” ހިޝާ މެން އައުމުން މަޔާންއަށް ނަސީބެކޭ ހިތަށް އެރިއެވެ.” ހިނގާ ކާން އެންމެން.. ކޮބާ ޝަމާއްތަ.. ” ރާއިލް ޝަމާ ހޯދާލިއެވެ.” ފޫހިވާތީ މިތާ ހިނގާލަން ގޮސްފި.. ” އިލްޔާ ޖަވާބުދިނެވެ. ހިޝާ އާއި އިލްޔާ ތަށިތަކަށް ކާއެއްޗެހި އަޅައިގެން ރާއިލް އަށާއި މަޔާން އަށް ދިނެވެ. ޝަމާ އަށް ވެސް ތައްޓެއް އަޅާފައި ބެހެއްޓިއެވެ.
ސައި ބޮއި ނިމިގެން އެންމެން ކުޅެން ނިންމިއެވެ. މަޔާން ނުދާން އުޅުމުން ވެސް ރާއިލް ވަރަށް ކިޔައިގެން އެއްބަސް ކުރުވިއެވެ. އޭރު ޝަމާ ވެސް ކާން އިނެވެ.” ދެން ކުޅޭ ހިތް ނެތް އިރު ވެސް ގެނެސްފި ވިއްޔަ މި ރާއިލް ގަނޑު ” މަޔާން ކުސް ތަޅާލިއެވެ.” މަޖާ ވާނީ ގިނަ މީހުން ވީމައޭ… ކުޅެން ފަށާ ދެން… !! ” ރާއިލް ބުންޏެވެ. އެއާއެކު އެންމެން ކުޅެން ފެށިއެވެ.
ކުޅެ ނިންމައިގެން އެންމެންނަށް ގެއަށް އާދެވުނު އިރު ހަވީރު ވެސް ވެއްޖެއެވެ. މިއަދު ހިނގާލަން ދާކަށް ހަމަ އެކަކު ބޭނުމެއް ނުވިއެވެ. އެއީ އެހާވަރަށް ސަކަރާތް ޖެހުމާއެކު ވެފައި ހުރި ވަރުބަލިންނެވެ. ފެންވަރާލައިގެން ގޭތެރޭގައި އަމިއްލަ ވާހަކައިގައި ތިބެފައި ބަންގި ގޮވުމުން އެންމެން ނަމާދަށް ދިޔައެވެ.ނަމާދު ކޮށްގެން އެނދުގައި އޮށޯތް ތަނާ އިލްޔާ އަށް ނުހަނު ފަސޭހައިން ނިދުނެވެ. މަޔާން އާއި ރާއިލް ހޭލައި އުޅުނީ ކޮޓަރި ތައްޔާރު ކުރަންށެވެ. ޝަމާ ލައްވާ އިއްޔަ އޯޑަރ ކުރި ކޭކު ވެސް ތައްޔާރު ކޮށްލާފައި ބެހެއްޓިއެވެ. މާދަމާ ހެނދުނު އިލްޔާ ހޭލާއިރަށް ސަޕްރައިޒް އެއް ދޭން ރާވައިގެން މަޔާން އާއި ރާއިލް ނިދަން އޮށޯތެވެ.” މިހާރު އަހާފިންތަ އިލޫ ކައިރީގަ.. ” އޮށޯވެ އޮވެގެން ރާއިލް އަހާލިއެވެ.” ނޫން.. އަދި ނާހަން.. ” މަޔާން ބުންޏެވެ.” ދެން lކީދޯ ބުނާނީ.. އަވަހަށް އެހުން ބުއްދިވެރީ… ނޫނީ މަ ބުނެފާނަން އިލޫ ކައިރީގަ ޔާން އަށް ނުކެރެންޏާ.. ” ރާއިލް މަޔާން އަށް ބަލާލިއެވެ.
ފެން ބޯން ވެގެން ނިކުތް އިލްޔާ އަށް ރާއިލް އާއި މަޔާން ދެއްކި ވާހަކަތައް އަޑު އިވުނެވެ.” ކޮން ވާހަކައެއް އިލޫ ކައިރީ ނުބުނެވިގެން އެއުޅެނީ… ” އިލްޔާ ހިތާއި ހިތުން އަހާލިއެވެ.” ނޭނގެ ދޯ… އެކަމް ވަރަށް ބޭނުން އިނގެން.. ” އިލްޔާ ކާގެއަށް ވަންނަމުން ބުންޏެވެ. އެވަގުތުވީ މަޔާން ވެސް ފެން ފުޅިއެއް ބަލާ ވަތް ވަގުތަށެވެ.” ޔާން.. ކޮން ކަމެއް އިލޫ އަށް ސިއްރު ކުރަނީތި.. އަޑު އުވިއްޖެ ދެންމެ ދެއްކި ވާހަކަތައް؟؟ ” އިލްޔާ ބުންޏެވެ. އެވަގުތު ހީވީ މަޔާން މެޔަށް ފިނިފެން އެއްޗެއް އޮއްސާލި ހެންނެވެ.
– ނުނިމޭ –
8 ވަނަ ޕާޓް ގެނައުން ލަސްވިކަމަށްޓަކައި ކިއުންތެރިންގެ ފަރާތުން މާފަށް އެދެން… އެހެންކަމުން 8 އަދި 9 ވަނަ ޕާޓް އެކީ ސަބްމިޓް ކޮށްލީ… ❤️
3 Comments!
Comments are closed.
Wow very nice this part also waiting for the next part of the story. Be safe and keep it up.
Its ok dear???stry is awesome ???as a writer i know that how difficult it is to write regularly ??we all are really busy with our daily activities ??nd can’t give proper time for stry writing ??nd stry writing is really time consuming? even i cant post the stories that first ????but i really appreciate your hard work?? waiting for next part ?? nd could u please comment on my stry loibahtakai aharen huvaa maru vs vedhaanamey and loabiveriyeh thi nooney masheh neydhemey ??? hope to see ur comments ??? stay safe
Wooooow its so beautiful…… Keep it up…..