Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއުފެއްދުންތެރި ލިޔުން

ސިހުރުގެ ވަބާ

venom Level 210 Stories
March 25, 2021 4 Mins Read
1 Comment

ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެކެވެ . ބައެއް ފަހަރު އުފާވެރި ކަން ވެސް ދިމާވެދެއެވެ  އަނެއްބައި ފަހަރު ހިތް ދަތި ކަން ކަމާއި ވެސް ކުރިމަތި ކުރުވައެވެ .އެއީ އަހަރުމެންނަށް އިމްތިހާނު ކުރެއްވުމުގެ ގޮތުންނެއެވެ .

އާދެ ! ފަންޑިތަ އާއި ސިހުރު އަކީ އަހަރުމެން މި މުޖުތަމައުގައި ވަރަށް ބޮޑަށް ވެސް ހަރުލާފައި ވާ ކަމެކެވެ .ބައެއް މީހުން ފަންޑިތަ ހަދަމުން ދަނީ މީހަކު މަރާލުމަށް ، މީހަކު ކުރިޔަށް ގޮސްފާނެތީ އެވެ . މި މިރާއްޖޭގައި އުފެދިފައި އޮތް ވަބާއެކެވެ .

މިވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައިވާ ވާހަކައެކެވެ .

އެއީ މީގެ 1 އަހަރު ކުރިއެވެ . 2019 ވަނަ އަހަރެއެވެ . އަހަރެން އުޅެމުން އައީ ވަރަށް ވެސް އުފަލުގައެވެ . އަހަރެންނަށް ހުރިހާ ކަމެއް ވެސް ލިބޭ ކަހަލައެވެ . ނަމަވެސް އަހަރެންގެ މަންމަ މޫނު މަތިން ފެނިގެން ދަނީ ވަރަށް ވެސް މާޔޫސް ކަމެކެވެ . ވާނުވާ ކަމެއެވެ . ގޮތް ހުސްވެފައިވާ މީހެއް ހުރިހެންނެއެވެ . އެތަކެއް ފަހަރު އަހަރެން ކިހިނެއް ވީތޯ ސުވާލު ކުރުމުން އެއްވެސް ކަމެއް ނުވެއޭ ބުނެ އެކަންތައް ފޮރުވައެވެ . ނަމަވެސް އަހަރެން އެކަމެއް ގަބޫލް ކުރާ ހިތް ނުވެއެވެ . އަހަރެންނަށް މަޖުބޫރު ކުރުވީ އެކަން ބެލުމަށެއެވެ . ބައްޕަ ނޫޅޭ ގަޑިއެއް ބެލުމަށް ފަހު އަހަރެން މަންމަ ކާރި ސުވާލު ތަކެއް ކުރީމެއެވެ . އަބަދު ވެސް މަންމަ ތި ވިސްނަނީ ކޮންކަމަކާ ތޯ ސުވާލު ކުރީމެއެވެ . އަހަރެން އެހާ ވަރަށް ކިޔުމުން މަންމަ ބުނި ގޮތުގައި މަންމަ އަށް ޖުމްހޫރީ މޭވާ ކެވުނު ކަމަކަށެވެ . އެވެސް އެއީ މީހަކު ދިން އެއްޗެއް ގޮތުގައެވެ .

މަންމަ އަށް ރަގަޅަށް ފެން ނުބޮވޭ ކަމާއި ރަގަޅަށް ނުކެވޭ ކަމެއެވެ . އެހިސާބުން އަހަންނަށް ޝައްކު ތަކެއް ކުރެވުނު ކަހަލައެވެ . މަންމަ ގެ އަތަށ ބަލާލެވުނެއެވެ . ހީވަނީ މުސްކުޅި ވެފައިވާ އަތެއް ހެންނެއެވެ . މީގެ ކުރިން ނުވާ ގޮތެއް ވުމުން އަހަރެން އަނެއްކާ ވެސް ސުވާލު ކުރެވުނެއެވެ . އެ ފަހަރު ބުނީ އެއީ ތަށި ދޮންނަ ފުޅިން ވާ ކަމެއްގެ ގޮތުގައެވެ .

ރޭގަނޑު ދަންވަރެއެވެ . ވަރަށް ވެސް ރީތި ރޭގަނޑެކެވެ . ވައިގެ ހިލަމެއް ވެސް ނުވެއެވެ . ނަމަވެސް އަހަންނަށް އިވެމުން ދަނީ ގަހެއް ޓިނުގައި ކޭއްތޭ އަޑެއެވެ . ފުރާޅަށް އެއްޗިހި އެއްލާ އަޑެއެވެ . އަހަރެން އެކަމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓަމެއެވެ . ދުވަސް ވާ ވަރަކަށް އެ އަޑު އަހަރެން ކަންފަތުގައި ހަރު ލިއެވެ . ރޭގަނޑު ގަޑީގައި އަހަރެން ބޯ ކައިރިން ވާލު ދިޔުން ފަދަ ކަންކަން ވެގެން ދިޔައެވެ . އަހަރެން އެަމަކަށް ފަރުވާ އެއް ނުބަހައްޓަމެއެވެ .

އެއްރެއްގެ އިރާ ކޮޅެއެވެ . ގާތް ގަޑަކަށް 8:30 އެހާ އިރެއެވެ . އަހަރެންނަށް އަހަރެންގެ މަންމަ ޮވާލިއެވެ . ދެންމެ އެއްޗެއް ވެއްއޓުނުހެން ހީވެގެންނެއެވެ . އެއީ ކޯއްޗެއްތޯ ބަލާލުމަށެއެވެ  އަހަރެން ފޯނުގެ ބައްތި ދިއްލުމަށް ފަހު ބަލާލމެއެވެ . އަހަރެންނަކަށް އެއްވެސް އެއްޗެއް ނުފެނެއެވެ . އަދިރި ވީމާ ކަންނޭގެއެވެ . އަހަރެން ބުނި ގޮތުގައި އެއްވެސް އެއްޗެއް ނުވެއްޓޭ ަމާއި އެއްވެސް މީހެއް ނޫޅޭ ކަން އަހަރެން ބުނީމެއެވެ .

2019 ވަނަ އަހަރު ގެ ސެޕްޓެމްބަރ ނިމެނީއެވެ . މި ކަންތައްތައް ތަކުރާރު ވަމުން ދިޔައެވެ . އަހަރެންނަށް ވިސްނުމަށް އައީ އަހަރެންގެ މަންމަ ގޮވައިގެން ޑޮކްޓަރ އަށް ދެކުމަށެއެވެ . ޑޮކްޓަރ ބުނަނީ އެއްވެސް ކަމެއް ނެތް ކަމަށެވެ .

ދެން އަހަރެންގެ ވިސްނުމުގައި ހުރީ މާލެ ގޮސް އިތުރު ފަރުވާ އަކަށް ދިޔުމަށެއެވެ . އިތުރު ޓެސްޓް ތަކެއް ހޯދައި ބެލުމަށެއެވެ . އަހަރެން އެވާހަކަ އަހަރެންގެ ބައްޕަ އަދި އަހަރެންގެ ބޭބެ އަށް ހިއްސާ ކުރީމެއެވެ . އޭގެ އިތުރުން އަހަރެންގެ މާމަ އަށް އމި ވާހަކަ ހިއްސާ ކުރެވިގެން ދިޔައެވެ

މާމަ ލަފާ ދިނުމުގެ ގޮތުން އަހަރުމެން މަތިން މާލެ ދިޔާމެއެވެ . އެންމެ ކާރި އެއް އެޔާޕޯޓް އިން އަހަރެންމެން ދިޔާމެއެވެ . އެއީ އިފުރު މަގުންނެއެވެ . އޭރު ވެސް އަހަރެންގެ މަންމަ ގެ މޫނު މަތިް ފެނިގެން ދަނީ ދެރަވެ މާޔޫސް ވެފައި ހުރި މީހެއްގެ ގޮތުގައެވެ . އެއްވެސް އުފާވެރި ކަމެއް އަހަރެން ލޯބިވާ މަންމަ މޫނު މަތިންނެއް ނުފެނެއެވެ .

ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް އަށް ޖެއްސިއްޖެއެވެ . އަހަރުމެންނަށް އުފާވެރި ކަމުގެ ކުލަ އލިބުނެއވ . އަހަރުމެން ކުރަމުން އައި އުފާވެރި ކުލަ ޖެހުނު ކަހަލައެވެ . ނަމަވެސް އަހަރެންގެ މަންމަ އަކަށް އެކަމުެ އިހުސާސް ނުކުރެވެ .

ގެޔަށް ދެވުމާއެކު ކީއްތޯ ކުރަން ވީ އަހަރެންނަށް ސުވާލު ކުރެވުނުއެވެ . މަންމަ އެއްމެ ފުރަތަމަ ދެއްކުނީ އެތެރެ ހަށީގެ މީހެއް ކަމުން އެ މީހާ ބުނި ގޮތުގައި އެއްވެސް ކަމެއް ނެތް ކަމެއެވެ .

އެއްރެއްގެ އިރާ ކޮޅެއެވެ . އޭރު ގަޑިން 8:30 ބައި ވަނީއެވެ . އަހަރުން ހުރިގޭ ގައި ބޮޑު މީހާ އަށް ރުޤިޔާ ކުރާ ބައެކެވެ . އެމީހުން އަހަރެން މަންމަ ޓެސްޓް ކުރިއެވެ . ޓެސްޓް ކުރި ކުރުމުގައި . މަންމަ އަށް ވަނީ ސިހުރު ކާން ދީފައެވެ .  މި ކަންތައް ރަގަޅު ކުރެވޭނެ ކަމާއި އަދި މިކަމުގައި ސަލާމަތް ވެވޭނެ ކަމެއެވެ . މާދަމާ އަންނާނަމޭ ބުނުމަށް ފަހު އެ މީހުން ދިޔައެވެ .

އަދި ހޯދަން ޖެހުނު އެއްޗިހީގެ ލިސްޓް ފޮނުވިއެވެ . އަހަރުންނަށް އިހުސާސް ކުރެވެމުން ދިޔައީ އަދި ކިރިޔާ މިފެށުނީ ކަމެއެވެ . އާއެކެވެ . މިކަންތައް ފެށުނީއެވެ .

ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް އެ ރުޤިޔާ ކުރާ މީހާ އާދެއެވެ . އެހެން އައުމުގެ ތެރޭގައި އަހަރެންނަށް އެ މީހުން ދަސްވެ ދެކެފަރިތަ ފިއެވެ . އަދި އަހަރެން އެ މީޙުންނަށް އެކި ސުވާލުތަށް ރައްދު ކުރެވުމުން ދިޔައެވެ .

އައު ކަންތައްތައް ދަސް ވެގެން ދިޔައެވެ . އެއީ ފަންޑިތަ ހަދާ އެއްޗިއްސާއި އަދި މަހަށް ފަންޑީ ތަ ހެދުމުން ކިހިނެއް ކަން ހަދަން ވީ އަހަރެންނަށް އޮޅުން ފިލުވުނެއެވެ . އަދި އެކަން ކުރީ ކޮންބައެއް ކަން ވެސް އެގިގެން ދާނޭ ކަމެއެވެ .

ދުވަސްތައް މާޒީ އާއި އެކު ހިގައްޖެއެވެ . ޖިންނި އާ ވެސް ވާހަކަ ދައްކަން އުޅުނު ކަމުގައި ވިޔަސް އެ އެއްޗެއް ވާހަކަ އެއް ނުދެކުމުން ފަހުން އަޅައެއް ނުލައެވެ . އަހަރެން ވަކިން ސުވާލު ކުރުމުން އެ މީހުން ބުނީ އަހަރުމެންނަކީ ސައްހަ ގޮތުގައި އަދި ހަލާލު ގޮތުގައި ރުޤްގިޔާ ކުރާ ބައެއް ގެ ގޮތުގައެވެ .އަހަންނަށް ވިގިނަ ހުރަސްތަކާއި ކުރިމަތި ކުރުވިއެވެ . އަދި މާ ސިންގާ ކަނޑުގައި އަހަރެން ފެތީ އެކަނިމައި އެކަނި ކަން އަހަރެންގަބޫލް ކުރެވެނުނެއެވެ .

އެދުވަސްތައް މާޒީ ވެ ހިގައްޖެއެވެ . އަހަރެންނަށް ހަމަ ނޭވާ ލެވުނެއެވެ . 5 މަހު އަހަރުން ކުރި ބުރަ މަސައްކަތް ކާމިޔާބަކަށް އާދެވުނެއެވެ..

ލޮބުވެތި އެއްސިފަ ކިޔުން ތެރިންނާއި ލިޔުންތެރިންނަށް. މިޔަދު ކޮންމެ ބޭފުޅަކަށް ހީވެދަނެ . އެންމެ ގާތް ކޮށް އުޅެމުން އަންނަ މީހަކީ ރަގަޅު މީހެއް ކަމަށް . ނަމަވެސް އެމީހަކާއެކު ދުވަސް ކޮޅެއް ވުމުން އެއީ ކޮންކަހަލަ މީހެއްކަން އެގިގެން ދާނެއެވެ . އަދި ކޮންމެ މީހަކީ ގޯސް މީހަކަށް ވެސް ނުވެދާނެއެވެ . ކޮންމެ ގޯސް މީހަކު ރަގަޅެއް ވެސް ނުވާނެއެވެ . މިއީ އިމްތިހާނު ގެ ގޮއިއްޗެކެވެ .

އަދި ޖިންނީން އަހަރުމެން ތެރޭގައި އުޅެދެއެވެ . އެ އެއްޗިހިންގެ ކިބައިން ސަލާމަތް ވުމަށް އެތަކެއް ދުވާ ތަކާއި ޒިކުރު ތަކެއް ވެއެވެ . އެ ޒިކުރު ތަކާއި އާޔަތް ތައް ކިޔަން އަޒުމް ކަޑަ އަޅަމާ ތޯ އެވެ .

މިއީ އަހަރެންނަށް މިހާތަނަށް ކުރެވުނު އެންމެ ހިތި އެއް ތަޖުރިބާއެވެ . އަދި އެހާމެ އުދަގޫ ތަޖުރިބާއެވެ . އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެވެމުން ދިޔަ ބައެއްގެ ކަމަކުން ސަލާމަތް ވުމަށް ކުރެވިގެން ދިޔަ އެއް މަސައްކަތް ކަމުގައި އަހަރެން ގަބޫލް ކުރަމެއެވެ . އެއްސިފިޔަ ކިޔުން ތެރިން އަދި ލިޔުން ތެރިންނަށް … މި ވާހަކައިން ގޯސްކޮށް ތަނެއް ލިޔެވުނު ކަން ތިޔަ ބޭފުޅުންނާއި ކަބަލުންނަށް ފާހަގަ ކުރެވިއްޖެ ނަމަ އެކަމެއް އަޅުގަނޑަށް އިޝާރާތެއް ނުވަތަ ކޮމެޓް އެއް ދޫ ކޮށްލަ ދިނުން އެދެން . ތިޔަ ބޭފުޅުން ގެ ކޮމްޓް ތަކަކީ އަޅުގަނޑުގެ ކުރި އެރުން

Share Article

Follow Me Written By

venom

Level 210 Stories

Other Articles

Previous

ނިކަން ލޯބިން -22

Next

ނިކަން ލޯބިން- 23

Next
March 26, 2021

ނިކަން ލޯބިން- 23

Previews
March 25, 2021

ނިކަން ލޯބިން -22

One Comment

  1. Aishath Shawa says:
    March 26, 2021 at 12:04 am

    Dhoonyaa v mistakes ebahuri… jumla hamanujehumaa jumla ninmaairugayaa baeh sukunthah?? ragalhu kohlaanekamah ummydhukuran… thee Raa Atoll kuhjehthr.
    Best of lck with ur writing.. thiyahvurebodah faruvaatherivegen liyaanama kuhthah madhuvaane kyp the gud wrk❤

Comments are closed.



All Right Reserved!