Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 8

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 19, 2024 3 Mins Read
10 Comments

އަހަރެން ތިރިއަށް ފޭބީމެވެ. މޭޒުމަތީގައި ޕިއްޒާތަކާއި ޑްރިންކްސް އަތުރާފައި ހުއްޓެވެ. އަދި ހަމަ އެޔާއި ޖެހިގެން ފުދޭވަރެއްގެ ބޮޑު ކޭކެއް އިނެވެ. ކޭކުގައި އުއްބައްތި ޖަހާލާފައި ހުރިއިރު ކައިރީގައި ވަޅިއެއް އޮތެވެ. ދުވަސް ފާހަގަ ކުރުމަށްޓަކާ މަރިއްތައާއި އިޝާނީ އަދި ޔާނީގެ އިތުރުން ދެން ހުރީ ޒާހިރެވެ.

“ހެޕީ ބާރތްޑޭ ޝަލީން.” ސަލާމް ކޮށްލަމުން ޒާހިރު އަހަންނަށް ދިނީ ޕާރުސަލެކެވެ.

“ތޭންކްސް.” އޭގައި ހިފަމުން އަހަރެން ބުނެލީ އެއްވެސް ހިނިތުންވުމަކާ ނުލައެވެ. އެކަން މަރިއްތަމެންނަށްވެސް އިހްސާސް ވާނެއެވެ. އެކަމުގައި އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.

“އަވަހަށް ކޭކްފަޅަމާ.. މާދަން ހުކުރު ދުވަސް. މިރޭ އެހާ އަވަހަށް ނުނިދިޔަސް ރަނގަޅުވާނެ.” މަރިއްތަ ބުނެލިއެވެ.

“ތި ކަނޑާބަލަ ދެން…. އަހަރުމެން މިތާތިއްބަ ކެނޑީމައެއްނު އަހަރުމެންނަށް ތިފެންނާނީ.” ޒާހިރު ދިން ޕާރސަލްއަށް އިޝާރާތް ކުރަމުން ޔާނީ ބުނެލިއެވެ.

ވަގުތުން އަހަރެން އެ ޕާރސަލް ކަނޑާލީމެވެ. އޭގައި އޮތީ ރެސާސީ ބްރޭންޑްގެ “ރިލޭޝަން” ސެންޓް ފުޅިއަކާއި ޓޮބްލެރޯން ޗޮކްލެޓެކެވެ. ޗޮކްލެޓް ނެގުމަށްފަހު އަހަރެން އެންމެންނަށް ޗޮކްލެޓް ބެހީމެވެ. އަހަރެން އެއިން އެއްވެސް އެތިކޮޅެއް ނުކެއީ އެވަގުތު ކާހިތްނެތީމައެވެ. ހަގީގަތުގައި ކާހިތް ނެތީކީވެސް ނޫނެވެ. ޗޮކްލެޓު ކެއުމުން އަހަރެން ހިތްއުފާވިކަމުގައި ވިޔަސް، ކާން ބޭނުންނުވީއެވެ.. ޒާހިރުގެ އުޅުމާއި ގުޅުން ހުންނަގޮތް އަހަންނަށް ކަމުނުދާތީއެވެ.

އަހަރެންގެ މުޅި ހަޔާތުގައިވެސް ކޭކެއްފެޅީ އަލަށެވެ. އެއީ އަހަންނަށް އާތަޖްރިބާއަކަސް، އެކަމުގެ ސަބަބުން އަހަރެން އުފަލެއް ނުވިއެވެ. ޒާހިރު ހުރުމުގެ ސަބަބުން އިތުރަށް ވީފޫއްސެވެ. މަޖާކުރުމުގެ ތެރެއިންވެސް އަހަރެން ހިނިތުންވެލަނީ ގަދަކަމުންނެވެ. އެކަމުގައި އެހެންއުޅެ، އެރޭ އަހަރެންގެ ބާރތްޑޭ ސެލެބްރޭޝަން ނިމުމުން ރަނގަޅަށް ނިދާލެވުނީވެސް އެކެއްޖެހި ފަހުންނެވެ.

އާދުވަހެކެވެ. މޫސުން ރީތި ހިތްގައިމު ހުކުރެކެވެ. މިއަދު އަހަރެންގެ މަސައްކަތަކީ އެންމެންގެ ދާއެއްޗެތި ދޮވުމެވެ. ބަންދު ދެދުވަހު ގޭގައި ކައްކާނީ މަރިއްތައެވެ. އެހެންވެ، އަހަރެންގެ މަސައްކަތްތައް ބާރުމިނުގައި ކުރަމުންދިޔައީ ހަވީރު ވިސާމާގެ ގެއަށް ދިއުމަށް އަޒުމް ކަނޑައަޅައިގެން ހުރެއެވެ.

“މަރިއްތާ.. ހުކުރުން އައިސް ކައިގެންދިޔަ މީހުންގެ ތަށިތައް ނަގާފަ މިއައީ. މިބުނީ މުހައްމަދުބެގެ އިތުރުން ޒާހިރުވެސް އައެއްނު ކާން… ދެން ފެންވަރާލަންވީ.. މިއަދު އެންމެ ރަނގަޅުތަ ވިސާމާގެއަށް ގޮސްލިޔަސް.؟” ވާނޭ ގޮތެއް ނޭނގުނަސް، އަހަރެން ހުއްދައަށް އެދި އަހާލީމެވެ.

“ކީއްކުރަން އަނެއްކާ މިއަދު؟ އެހާ ގިނަގިނައިން ދާނެކަމެއްނެތް. ތިހެން ގިނައިން ދާންވިއްޔާ ޝަލީންގެ މަންމަ ހިތްހަމަނުޖެހޭނީ މަރިއްތަދެކެ.” މަރިއްތަ އުޒުރު ދެއްކީ އަހަރެންގެ މަންމަގެ ސަބަބުންނެވެ. އެއީ ހަމައެކަން ވާނެގޮތެވެ. އަހަރެން އެކަން ގަބޫލުވެސް ކުރަމެވެ.

“އިނގޭ ތިކަން… މަންމަވެސް އަހަރެން ކައިރިބުނާނެ “ގިނަ އޮޅި ގިރާކުރަންޏާ ގިނަ އަޑު ކިޔާނެއޭ” އެކަމު އަހަރެން މިއުޅެނީ ގްރޫޕް
މަސައްކަތެއް ކުރަންދާން. މިއަދު ފޮނުވަބަލަ ޔާނީއާ ދެމީހުން… ދެން އެހާއަވަހަށް ނުދާނަން.” އަހަރެން އެހެން ބުނެލީ މާޔޫސްކަމާއެކުގައެވެ. އަހަރެންގެ ރޭވުމާއި އެއްގޮތަށް ކަންކަން ނިމިއްޖެ ނަމަ ދެން އެހާ ގިނައިން އަހަރެން އެގެއަކަށްނުދާނަމެވެ.

ވަރަށް އާދޭސް ކުރުމަށްފަހު އަހަރެން އެގެއަށް ދިޔައީމެވެ. އަހަންނާ ވިސާމާ ތިބީ ވިސާމާގެ ކޮޓަރީގައެވެ. އަހަރެން ދިޔައީ ރިފާޝާ ދީފައިވާ ނަމްބަރ ހިފައިންނެވެ. މީކާލްގެ ހަބަރެއް ވޭތޯއެވެ.

” ޝަލީން.. ގުޅައިގެންތަ ވާހަކަ ދައްކާނީ؟ ނޫނީ މެސެޖް؟” ވިސާމާ ސުވާލު ކޮށްލުމުން އަހަރެން ވިސްނާލަން އިނީމެވެ.

“މެސެޖް… އަހަރެން ކިހިނެއް ގުޅަންވީމަ ކޮންމެ ފަހަރަކު މިގެއަށް އަންނާނީ.؟ އެހެންވީމަ މެސެޖް ކުރާނީ. އަހަރެން ބުނާނަން މީކާލްގާތު ވިސާގެ ނަންބަރަށް ކޮންމެ ފަހަރަކު މެސެޖް ކުރަން.” އަހަރެން ބުނެލީމެވެ. އެއީ އަހަންނަށް ވިސްނުނު އެންމެ މޮޅުގޮތް ކަމުގައި ވީތީއެވެ.

“ދެން.. އޭރުންވެސް ހަމަ ޖެހޭނީ ރިޕްލައި ލިޔަން އަންނާކަށްނު؟” ގޮތް ހުސްވެފައިވާ ވިސާމާ އަނެއްކާވެސްވެސް ބުނެލިއެވެ.

“ހާދަ ހާސްވަނީ!… އަހަރެން ކޮންމެ ފަހަރަކު ނަޔަކަސް ތިކަން ވާނެ. ވިސާއަށް ކެރޭނެތަ މަބުނާކަމެއް ކުރަން؟ މީކާލް ކުރާ ކޮންމެ މެސެޖެއް ލިޔެގެން ކްލާހަށް ދާއިރު އަހަންނަށް ހަވާލުކުރޭ. އޭރުން އަހަރެން ރިޕްލައި ލިޔެފަ ދިނީމަ، ގެއަށް އައިސް ހަމަ އަހަރެން ލިޔެފަ ދޭގޮތަށް ޓައިޕްކޮށްފަ ފޮނުވަދީ. ތިރީގަ ޖަހާލާނީ ޝަލީން. އަހަރެން މިއަދު ލިޔާ މެސެޖްގަ ބުނެލާނަން އެހެންނޭ ހަދާނީ. އޯކޭތަ؟” އަހަރެން ރަނގަޅު ހިޔާލެއް ދިނީމެވެ. އަހަރެން ބުއްދީގެ ބޭނުން ހިފަމުންދާ ގޮތްގޮތުން ވިސާމާ ހުރީ ހައިރާން ވެފައެވެ.

“ޝަލީން… އެކަމަކު…. އަހަންނަށް ނުވެސް ވިސްނޭހާ މޮޅަށް ޝަލީން ތިވިސްނަނީ. މީހުންނަށް ނަން އޮޅުވާލައިގެން ވާހަކަދެއްކުމާ، ހިތާނުވާ ކަމެއްވިއްޔާ މޮޅެތި ގޮތްގޮތަށް ކަންކަމުން ރެކެން އުޅުމާ… ދެން މިހާރު ބޭނުންވީމަ ޝަލީންއާ ނުލާ ރިޕްލައި ކޮށްލެވޭނެ މޮޅެތިގޮތް ރާވާލީމަ… ޕިސް ޕިސް… މަހަމަ ހައިރާން..” ދެއަތަށް ބޯހަލުވަމުން ވިސާމާ ބުނެލިއެވެ.

އެދުވަހަށް ފަހު ކޮންމެ ދުވަހަކުވެސް މީކާލް މެސެޖް ކުރަމުންދިޔައެވެ. މީކާލް ކުރާ ކޮންމެ މެސެޖެއް ލިޔެގެންއައިސް ވިސާމާ ކޮންމެ ދުވަހަކުވެސް ކްލާހުން އަހަންނަށް ހަވާލު ކުރެއެވެ. އަހަރެންގެ ރޭވުމާ އެއްގޮތަށް އަހަރެން ދިޔައީ މެސެޖްގެ ރިޕްލައި ވިސާމާ މެދުވެރިކޮށް މީކާލްއަށް ފޮނުވަމުންނެވެ. މެސެޖް ފޮނުވަނީ މީކާލްގެ އަމިއްލަ ފޯނަށް ނޫނަސް ރިޕްލައި މެސްޖެ ފޮނުވަނީ މީކާލްކަން އަހަންނަށް ޔަގީނެވެ.

އަހަރެންގެ ހަބަރެއްވޭތޯ ޝާނީޒް ވަރަށް މަސައްކަތްކުރާކަން އަހަންނަށް އެނގެއެވެ. ޝާނީޒް ފިހާރާއަށްދާ ގަޑިތަކާ ބްރޭކަށް އައިސް ގޮސްވާ ގަޑިތަކުގެ އިތުރުން ޑިއުޓީ ނިންމާފައި ގެއަށް އަންނަ ގަޑިތައް އަހަންނަށް އޮޅިފަކާ ނޯވެއެވެ. އެގަޑިތަކުގައި އަހަރެން ބޮޑަށް ބަލަނީ ގްރައުންޑް ފްލޯރގައި ނުހުރެވޭތޯއެވެ. ޝާނިޒްއާ ކުރިމަތިލާން ބޭނުންނުވާތީއެވެ. އެހެންނަމަވެސް ދޭތެރެއަކުން އަހަރެން ކޮބައިތޯ ބަލާކަން އަހަންނަށް އެނގެނީ އިޝާނީގެ ފަރާތުންނެވެ.

ކޮންމެ ދުވަހަކުވެސް ދުވާލަކު ދެފަހަރު ގޮތަކަށް ޒާހިރުވެސް ގެއަށް ވަދެހަދައެވެ. ގިނައިން ގެއަށް ވަދެހަދަނީ އަހަރެން ގޭގައި އުޅޭ ވަގުތުތަކުގައެވެ. ގިނަ ދުވަސް ވީވަރަކަށް ޒާހިރުގެ ފަރާތުން އަހަންނަށް ފެންނަމުންދަނީ އާދަޔާހިލާފު ބަދަލުތަކެވެ. ފުރަތަމަ ފެށީ އަހަންނާ ގިނައިން ވާހަކަ ދައްކާށެވެ. އެއަށްފަހު އަހަރެން ފިލާވަޅު ހަދަން އިނަސް މަޖާކުރުމުގެ ގޮތުން ކުދިކުދި އުނދަގޫކޮށް ހަދައެވެ. ފޮތަކަށް ދަމާލަނީއެވެ. ނޫނީ ގަލަމެއް ފޮރުވުންކަހަލަ ކަމެއް ކޮށްލަނީއެވެ. އެއީ ޒާހިރަށް މަޖަލެއް ކަމަށް ވިޔަސް އަހަންނަށް އެއިން ވަނީ އުނދަގުލެވެ. ބޭބެއާއި މަރިއްތަގެ ކުރިމަތީގައިވެސް ޒާހިރުގެ އެއަމަލުތައް ހުންނަނީ އެހެންނެވެ. އެހެނަސް މަރިއްތަމެން އެކަމާ އަޅާނުލާ ހިނިގަނޑެއް ޖަހާލަމުން އެކަން ނިންމާލަނީއެވެ. އަހަރެން އެކަމާ ހިތްހަމައެއް ނުޖެހެއެވެ. އަހަންނަށް އެއްޗެއް ބުނަން ނުކެރެނީ އެއީ އަހަންނަށް މާބޮޑު ބާރެއް އެގޭގައި ލިބިގެން ނުވާނެތީއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ދުވަހެކެވެ. އަހަރެން ސްކޫލަށް ދާން ނުކުތީމެވެ. އެދުވަސްކޮޅު ވިސާމާ ބަލިކަމުން ގަވައިދުން ކްލާހަށް ހާޒިރުނުވެއެވެ. އަހަރެން އެކަނިމައި އެކަނި ކުރިޔަށް ހިނގަމުން ދިޔައީމެވެ. ކުއްލިޔަކަށް ސިއްސައިންގޮސް އަހަރެން ފަހަތަށް ބަލައިލީ ކައިރިން އައި ސައިކަލުގެ ބަރުގަނޑުގެ އަޑަށެވެ. އަހަންނަށް ބަލައިލެވުނު އިރު ސައިކަލުން އަހަރެން ގައިގައި ނުޖެހުނީ ހަމަކިރިޔާއެވެ. ބިރުންހުރެ އަހަރެން ބަލައިލީ ސައިކަލުގައި އިން މީހާއަށެވެ.

ނުނިމެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހަނދުވަރު ދިން އެރޭ

Next

ނުލިބޭނެހޭ އަލުން އެހީ 14

Next
September 19, 2024

ނުލިބޭނެހޭ އަލުން އެހީ 14

Previews
September 18, 2024

ހަނދުވަރު ދިން އެރޭ

10 Comments!

  1. Nawar says:
    September 19, 2024 at 11:44 am

    Oaa
    E vaany mikaal,shaaniz, zaahiru ethanun meehakah…
    Mi part vx varah varah reethi…
    Whn next??

    1. Shaleen says:
      September 19, 2024 at 3:32 pm

      Thanks NAWAR
      Let’s c dho… Ei kaakubaa ?
      Thanks for commenting 😄

  2. Cutie girl says:
    September 19, 2024 at 12:09 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Mikaal and shaleen gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Shaleen says:
      September 19, 2024 at 3:33 pm

      Dhen hingaadho balaalan…
      V ufaavejje comment dhineema,
      Thanks a lot 😊

  3. Raani says:
    October 1, 2024 at 10:24 pm

    Vaahk vrh reethi
    Hama emme shakuvaa eh othy maa lahy vaahk up vaaleh 😞😞😞
    Plus ehaa dhuvas koffa up vaa iru ehaa kuru vaahk 😭😭😭

    1. Shaleen says:
      October 2, 2024 at 4:17 pm

      Sorry RAANI
      Aslu shaleen v Gina ekieki kankamuga v BZ koh miulheny.
      Ehenviyas vhk liyan loabi onnaatheeve Hama kurukoh namaves mihenves vhk up kollevenee..
      Shaleenge ekieki masakkai hunnagothun seedhaa vhk liyumah ekani time dheven netheema vaagothei.
      Handmade masakkaives kuran. Eives Hama shaleen v loabin kuraahithun kuraa masakkaithakei. So hurihaakamakah time nagamun, vhk liyefa teacher ge zimmaa adhaakuramun kids AA eki time spend kuranee v adjustable koh.
      Ehenve vaagoiy.
      Hope u understand

  4. Fathunnn says:
    October 1, 2024 at 10:28 pm

    Author Shaleen ge hayaathuge baiveriyaa ge namaky kobaa???🤗
    Meekaail tha noony Zaish tha????🤭🤭🤭🤭🤭

    1. Shaleen says:
      October 2, 2024 at 4:18 pm

      Hehe.. alhuganduge life partner akee zaish ves noon Meekaal ves noon.
      Ehen meehei

  5. Zahu says:
    October 1, 2024 at 10:31 pm

    Vrh heevey mi author Shaleen ge love story henn….
    Anekka thedheh tha meeee

    1. Shaleen says:
      October 2, 2024 at 4:21 pm

      Dhen aslu bunelaanee, alhuganduge life aaves gulhumei nethekey noon. Ekam dhen mi alhuganduge vaahakaehves noon. Mujthamauga Dhimaavaa baeh haadhisaathah himanaalaafa hunnaanee… Dhen teenage kudhin e age GA ulhey gothah balaafa liyelaafa huri vaahaka eh.

Comments are closed.

Next Episodeޝަލީން 9←


All Right Reserved!