Skip to content
އެސްފިޔަ

ބްލަޑް 2 ޓްރެއިލާ

ފުރަތަމަ ސީޒަންގެ ތެރެއިން……..

[ހަމަ ދެން ތިކަން ކުރަނީތަ؟ އަޅެ ރުވާންއަށް ތީގެން ނުބައި އަސަރެއް ކޮއްފިއްޔާއޯ] ރަވާން އަތުގައި އޮތް ސިރެންޖްއަށް ބަލައިލަމުން ނޯޔާ އަހާލީ ހާސްވެ ހުރެއެވެ.

ނިދިފައި އޮތް ރުވާން ދެލޯ ބޮޑު ކޮއްލީ ކުއްލިއަކަށެވެ. ހަށިގަނޑަށް ވާން ވަމުން ދާކަހަލަ އިހުސާސްއެއް ރުވާންއަށް ދިޔައީ ކުރެވެމުންނެވެ. ދެއަތުން ބެޑުޝީޓުގައި ހިފާ ބާރު ކޮއްލެވުނު އިރު ދަތްކުނޑީ ވިކާލެވުނެވެ. ބަލަބަލާ ހުއްޓައި ރުވާންގެ ކަޅުކަން ގަދަ ކަޅި ރަތް ކުލައަށް ބަދަލުވިއެވެ. [ކެނައިން] ދަތް ދިގުވެ އަތުގެ ނިޔަފަތި ތައްވެސް ދިގުވެލިއެވެ. ހަށިގަނޑުގެ ހުރިހާ ނާރެއް ފުއްޕާލާފައި ހުރުމުން ހަށިގަނޑު ހުރީ ފާޑަކަށް ނޫވެފައެވެ. ރުވާންގެ ކަޅުކަން ގަދަ އިސްތަށިގަނޑުވެސް ރަތްކުލައަށް ބަދަލުވިއެވެ. މަންޒަރު ބަލަން ހުރި މީހަކު ބިރުން ރޫރޫ އަޅާނެކަން ގައިމެވެ.

ރުވާން ގޮވައިގެން ރާއްޖޭން ބޭރަށް ގޮސް ސައިސް ލެބްއެއްގައި ރަވާން ހިމެނި 20 ސައިންޓިސްޓުންގެ އެހީގައި ރުވާންއަށް ޖެހިފައި ހުރީ [ޔޫބީޓީ-01] ނަމަކަށް ކިޔާ ވައިރަސްއެއް ޖެހިފައިކަން ދެނެގަނެވުނެވެ.

ރަވާންއަށް ކުރެވުނު ހަމައެކަނި ކަމަކީ [އެޓެސައިން] ނަމަކަށް ކިޔާބޭހެއް ރުވާންއަށ ތައްޔާރު ކޮއްދިނުމަށެވެ. ލޭ ފެނިއްޖެ ނަމަ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް އެ ބޭސް އެހީތެރިވެދެއެވެ.

ޔޫރާ [ބެސްޓްފްރެންޑް] އޭ ކިޔަސް ވެސް ޔޫރާ ހަގީގަތުގައި ރުވާންދެކެ ލޯބިވެއެވެ. އެއީ އެންމެނަށްވެސް އިނގޭ ކަމެކެވެ. ރުވާންއަށްވެސް މެއެވެ. ނަމަވެސް ރުވާންއަކަށް ލޯބީގެ ގޮތުން ކުއްޖަކާ ގުޅުމުގެ ނަސީބެއްނެތެވެ. އެހެންކަމުން ރުވާން އަޅާނުލަނީއެވެ.

[ހެލޯ ހެލޯ ހައު އިޒް މައި ފިއުޗާރ [ފްލެބޮޓޮމިސްޓް] ޑުއިން] ފޯނު ނެގުމާއި އެކު ނަބީލް އަހާލިއެވެ.

[ރުވާން…އައި..އައި ލައިކް ޔޫ..ނޯ.. އައި ލަވް ޔޫ ރުވާން.. ވަރަށް ވަރަށް ބޮޑަށް…]

[މިއީ މޫސަ.. މަގޭ ރައްޓެއްސެއް.. މާދަމާނޫން އަނެއްދުހު ކަލޭ ޖެހޭނެ މޫސަ އާއި އިންނަން ރަން ކިޔަން! އެއް ހަފްތާ ފަހުން ޖެހޭނެ ކައިވެނި ކުރަން! އަޑު އިވިއްޖެ؟ ދެކޮޅު ހަދަން ހިތަށްވެސް ނާރުވާތި!!!!] ޔުސްރާ ބުނެލިއެވެ.

ޖެހިގެންއައި ދުވަހު ރަށު އެންމެންގެ ދުލުކުރީގައި އޮތީ އިހާނަތި ގޮތަކަށް މަރާލާފައި އޮތް ފިރިހެނެއްގެ ވާހަކައެވެ.

“ލ.ފޮނަދޫގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އިހާނަތިގޮތަކަށް މަރާލާފައި އަތިރިމައްޗައް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ. ޕޮލިހުން އަޅުގަނޑުމެންނަށް ޙަބަރުދިން ގޮތުގައި މަރުވެފައިވާ މީހާ ފެނުނީ މިއަދު ފަތިހު ކަސްރަތު ކުރުމަށް އަތިރިމައްޗަށް ދިޔަބަޔަކަށެވެ. އަޅުގަނޑުމެންނަށް ޙަބަރު ލިބުނު ގޮތުގައި އެމީހާ ފެނުނު އިރު މުޅި ހަށިގަނޑުގައިވަނީ އަލިފާން ރޯވެ އަނދާފައެވެ. ކާކުކަން އެނގުނީވެސް ޑީ އެން އޭ ޓެސްޓް ހެދުމުންކަމެވެ. ޓެސްޓު ހަދަން ބެލިބެލުމުގައި އެމީހާގެ ހަށިގަނޑުގައި އެންމެ ލޭފޮދެއްވެސް ނެތްވާހަކަ ހޮސްޕިޓަލުން ޕޮލިހުންނަށްވަނީ ރިޕޯޓު ކޮއްފައެވެ. ޑީ އެން އޭ ޓެސްޓު ހަދަންވެސް ބޭނުންކޮށްފައިވަނީ ހަށިގަނޑުގައި ސަލާމަތުން ހުރި ދެތިން އިސްތަށްޓަކުންކަމަށް އަޅުގަނޑު މެންނަށްވަނީ ޙަބަރު ލިބިފައެވެ. އެހެންކަމުން އެމީހާގެ މަރުގެ ހަގީގަތް ބެލުމަށް މިއަދު މެންދުރުވަގުތެއްގައި ވަނީ އޮޓޮޕްސީ ހެދުމަށްވަނީ އިންޑިއާއަށް ފޮނުވާލާފައެވެ. އިތުރު ޙަބަރު އަންނަނީ..

“ހަހަ ކަލޭ ބުންޏޭ ކިޔާފަ އަހަރުން ޖެހޭތަ ހުއްޓަން؟ ކަލޭ ދޮންއަމާ އަހަރުން ކޮންމެ މީހަކަށް 1000 ރުފިޔާ ދީފަފައި ބުނީ ކަލޭއަށް ހަދާނެ އެއްޗެއް ހަދާށޭ ރޭޕް ކޮއްލިޔަސް ހެވޭ”

އަތުގައި އޮތް ލައިޓަރު ނަގާ ފަހަތުގައި ހުރި ސްވިޗްގައި އޭނާ ރޯކޮއްލިއެވެ. ވަގުތުން ސްވިޗް ގޮވާ ކޮޓަރީގައި އަލިފާން ހިފިއެވެ. އިސާހިތަކު ރުވާން ގައިގައިވެސް ވަނީ އަލިފާން ހިފާފައެވެ.

 

“ލޯބިވާ ޔޫރާއަށް…..

 

ޔޫރާ.. މިނޯޓްކޮޅު ލިބޭއިރު އަހަރެން ހުންނާނީ ޔޫރާއާއި ވަރަށް ދުރުގަ. ޔޫރާ. އަހަރެން ޔޫރާދެކެ ވަރަށް ލޯބިވޭ. މިހާރު ޔޫރާއަށް އަހަރެންގެ އަސްލު ސިފަވާނީ ފެނިފާ. މިއީ އަހަރެންގެ ބައްޕަ އަހަރެން ކުޑަ އިރު އަހަރެންނަށް ހެދި އެކްސްޕެރިމެންޓްއެއްގެ ނަތީޖާ. އަހަރެންނަށް މިވަނީ “ޔޫބީޓީ-01” ނަމަކަށް ކިޔާ ނަމަކަށް ކިޔާވައިރަސް އެއް ޖެހިފައި. މީހުންގެ ތެރެއިން މައްޝޫރު ނަމުންނަމަ ވޭމްޕަޔާއެކެވެ. ބައްޕަ ބޭނުންކުރި ވާލުގެ “އެބިލިޓީސް” އަހަރެންގެވެސް ހުރެއެވެ. އާދައިގެ އިންސާނުންނަށްވުރެ އެތަށް ހާސްމޭލެއް ބާރަށް ދުވެވެއެވެ. އާދައިގެ އިންސާނުންނަށްވުރެ މައްޗަށް ފުންމޭ. ރުވާންއަށް ކިތަންމެ ދުރުން މީހަކު ދައްކާވާހަކަވެސް އަޑުއިވޭ. ލޭފެނުމުން ނޫނީ ރުޅިއައުމުން ނޫނީ ރުވާން ހުންނަނީ ހަމަ އިންސާނެއްގެ ސިފައިގައި. ލޭފެނިއްޖެ ނަމަ ލޮލުގެ ކަޅިރަވަ ރަތްކުލައަށް ބަދަލުވެ، “ކެނައިން” ދަތްތަށް ދިގުވެ، ނިޔަފަތިތަށްވެސް ދިގުވޭ. ހަށިގަނޑުގެ ހުރިހާ ނާރެއް ފުއްޕާލާއިރު އަހަރެން ހުންނަނީ ފާޑަކަށް ނޫވެފަ. އޭގެ ފަހުން ރުވާންގެ އިސްތަށިގަނޑުވެސް ރަތް ކުލައަށް ބަދަލުވީ. ކަޅު ކުލަ ޖައްސަން އުޅުނިންވެސްމެ. ނަމަވެސް އިސްތަށިގަނޑުގައި ކުލަނުވެސް ހޭކޭ. މިއީ ރުވާންގެ ހަގީގަތަކީ. މިކަމުގެ ސަބަބުން މީހަކާ ލޯބީގެ ގޮތުން ގުޅުން ވަނީ ރުވާންއަށް މަނާވެފަ. އައިމް ސޮރީ. އައި ލަވް ޔޫ ޓޫ ޔޫރާ. އެހެންވެ އަހަރެން ނޯބުނީ. އައިމް ވެރީ ސޮރީ.

 

ލޯބިވާ ރުވާން…”

*******

މިހިސާބުން ދެން ކަންތަށްވާނީ ކިހިނެއްބާއެވެ؟

ޔޫރާ ރުވާން މަތިން ހަނދާންނައްތާލާ ދިރިއުޅުމައިގެން ކުރިއަށް ދާނީބާއެވެ؟

ރަވާން އެނބުރި ރާއްޖެއަހިސް ދެންކަންތަށް ކުރާނީ ކިހިނެއްބާއެވެ؟

ހުސް ސުވާލެވެ. މިސުވާލު ތަކުގެ ޖަވާބު ހޯދުމަށް “ބްލަޑް” ސީޒަން 2 އަށް އިންތިޒާރުކޮށްލައްވާ…

Comments (10)

  1. ninja19

    Idk why but i dnt think ruwaan is dead..cantttt waiiittttt<333

    1. shihaamaa ali
      ninja19

      hehe i know right? dhn let’s see dhw
      part 1 in 29th october 2024 tuesday stay tuned<3

  2. Yokss🖤

    When is the first part ??

    1. shihaamaa ali
      Yokss🖤

      part 1 in 29th october 2024 tuesday stay tuned<3

  3. Yokss🖤

    Can’t wait…vrh interesting story eh…

    1. shihaamaa ali
      Yokss🖤

      Jazaakallah<3

    2. shihaamaa ali
      Yokss🖤

      Follow me on snap, insta or fb for more details 🙂

  4. Yokss🖤

    ID ??

    1. shihaamaa ali
      Yokss🖤

      it’s available on my esfiya profile. my insta, snap and fb

  5. gurrrrl

    this is hama perfect season 2 yeyy
    one of my fav
    cannnnnn’t waitttttt
    pls keep it up

Comments are closed.