Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 12

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
October 17, 2024 5 Mins Read
20 Comments

ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ އަހަރެންގެ ޔުނީފޯމުގެ އަތުކުރިއަށް މީހަކު ދަމާލުމުންނެވެ. ވަގުތުން އެދިމާލަށް އަހަރެން ބަލައިލީމެވެ. އަދި ވަށައިގެން ތިބި އެހެން ކުދިންނާ ދިމާލަށްވެސް އަހަންނަށް ނަޒަރު ހިންގާލެވުނެވެ.

“ކަލޯ ސަޅި ބިޓެއްމީ.” ޔުފޯރމްގައި ހިފާލި ކުއްޖާއާ ދިމާލަށް އަނެއްކާވެސް އަހަރެން ބަލައިލުމާއެކު އެކުއްޖާ ބުންޏެވެ.

ވަގުތުން އަހަރެން ޝާނީއާ ދިމާލަށް ބަލައިލީމެވެ. އަހަރެން ބަލައިލި ގޮތުން ޝާނީއަށްވެސް ހީވާނީ އަހަރެން ޝާނީގާތު އާދޭސްކުރާ ހެންނެވެ. ހަގީގަތުގައިވެސް އަހަރެންހުރީ އެހުރިހާ ފިރިހެން ކުދިން ކައިރިން ސަލާމަތްވާން ބޭނުންވެފައެވެ.

އެތަނުން އެއްކުއްޖެއްގެ ލޮލުގައި ހުރީ ގަދަކަޅުކުލައިން އަނދުން އަޅާލާފައެވެ. އަނެއް ކުއްޖެއްގެ އެއް ކަންފަތުގެ ފޫޅުގަނޑުގައި ވަނީ ރިހި ކުލައިގެ ކުޑަކުޑަ އެއްޗެއް ލައްވާލާފައެވެ. އެހެންވެ އަހަންނަށް ޝާނީއާ ދިމާލަށް ބަލައިލެވުނީވެސް ސަލާމަތްވާނެ މަގެއް ހޯދަން ބޭނުންވާތީއެވެ. އެކުދިންދެކެ ބިރުގަނެ ޖެހިލުންވެފައި ވީތީއެވެ.

“ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟ ސެޓްކުރަން ބޭނުންވެގެން މިއަހާލީ.” އަހަރެންގެ އަތުގަ ހިފެއްޓިކުއްޖާ އަހަންނާ މޫނު ކައިރިކޮށްލަމުން ބުނެލިއެވެ. ބޭއިޙްތިޔާރުގައި އަހަންނަށް މޫނު އަނބުރާލެވުނީ އެކުއްޖާއާ ދުރަށެވެ.

“ހަލޯ ޝާނީ! ކޮބާ ކިހިނެއް؟” މާދުރުން އައި އެހެން ފިރިހެންކުއްޖެއް އެއް އަތުން ވޭވް ކޮށްލަމުން މަޖާ ވެފައިހުރެ ބުންޏެވެ.

“ޝަލީންގެ ބިޓެއްނުހުރެ. ދެންދޭ މިތަނުން.” ޝާނީ ބެލީ އެކުދިން ފޮނުވާލެވޭތޯއެވެ.

“އޯހް!! އެހެންވިއްޔާ ވަރަށް އާވާނެ. ތިކަން ކޮށްފަނޫނީ ދުރަކަށް ނުދާނަން.” އަނެއްކާވެސް އެކުއްޖާ ބުނެލިއެވެ.

“އޭތް ފަތުހު ﷲ… ކަލޭމެން މިތާ ކީއްތަ ތިކުރަނީ.؟ އެކުއްޖާ އެހާ ބަސްއަހައިން ހުންނައިރުވެސް… ދޭދޭ މިތަނުން. އަވަހަށް ދޭ.” ފަހުން އައި ކުއްޖާ އެހެން ބުނެލުމާއެކު އެކުދިން ވަރަށް އަވަހަށް ހިނގައްޖެއެވެ.

ހައިރާންވެފައި އަހަންނަށް ބަލަންހުރެވުނީ ޝާނީ ގާތުހުރި ފިރިހެންކުއްޖާއާ ދިމާލަށެވެ. އަހަރެން ހިތަށް އެރިއެވެ. މީނައަށް އޮތީ އެމީހުން ކައިރީ ކޮން ބާރެއްހެއްޔެވެ؟ އެކުއްޖާ ބުނެލި ބަހަކަށް ކިޔަމަންވަމުން އެވަރުގެ ބޮޑު ގްރޫޕެއް ވަގުތުން ދިޔައުމުން އަހަރެންނަށް ހައިރާން ވެފައި ހުރެވުނީއެވެ. އަހަރެން ސިއްސައިން ދިޔައީ އެކުއްޖާ އަހަރެންގެ މޫނާ ދިމާލުން އަތްހޫރާލަ ހޫރާލާ ހުރުމުންނެވެ.

“އެހޭ! ކިހިނެއްވެފަ ކަޅިހުއްޓިފަ؟ މީދޯ ތިކްލާހަށް އަލަށްއައި ކުއްޖަކީ؟ މުސްތޮއަށް އިނގޭ ކީއްވެކަން ފަތުހު ﷲ މެން އެއުޅެނީ.” އަހަރެން ސިއްސުވާލުމަށްފަހު އެކުއްޖާ ދެން ވާހަކަދެއްކީ ޝާނީއާއެވެ.

“ކީއްވެ އެއުޅެނީ؟ ޝަލީން.. މީ މުސްޠަފާ… މުސްތޮ… ވަރަށް ރަނގަޅު ފްރެންޑެއް.” ޝާނީ އަހަންނަށް އެކުއްޖާ ތަޢާރަފްކޮށްދިނެވެ.

ޝާނީ އެހެން ބުނުމާއެކު ހިނިއައިސްފައިހުރެ މުސްތޮ އަތްދިއްކޮށްލީ ސަލާމް ކުރުމުގެ ނިޔަތުގައެވެ. އެހެނަސް އަހަރެން މުސްތޮއާ ސަލާމްކުރަން ބޭނުމެއް ނޫނެވެ. މުސްތޮއަކީ އިސްކޮޅުންދިގު ގައިހަމުގެ ކުލަ އަނދިރި ކުއްޖެކެވެ. އިސްކޮޅުން ދިގުކަމުގައި ވިޔަސް މުސްތޮއަކީ އަބަދުހެން ހިނިތުންވެފައި ހުންނަ ކުއްޖެކޭވެސް ބުނެވިދާނެއެވެ. އެއީ އަހަންނަށް މުސްތޮގެ ފަރާތުން ފާހަގަވި ރަނގަޅު ސިފައެކެވެ.

“ސަލާމް ވެސް ނުކުރާނަންތަ؟ ދެން ފަތުހު ﷲ މެން އެހެން އުޅުނަސް މުސްތޮއަށް ޓްރަސްޓް ކޮށްބަލަ.” މުސްތޮ އެހެން ބުނެލީ ދެކޮނޑު އެއްފަހަރާ ހިއްލާލަމުންނެވެ.

“މީ މީހަކު އިތުބާރުކުރާކަހަލަ ކުދިންއުޅޭ ސްކޫލެއް ނޫން. އެތިބީ އެމީހުން ތިބި ގޮތް…. ސްކޫލު ކުދިންގެ ސިފަވެސް އެމީހުންގެ ނެތް. މީ ކޮންކަހަލަ ސްކޫލެއް؟” އަހަރެން އެހެން ބުނަމުން ބެލްކަނިން ބޭރު ބަލާލީމެވެ.

“އޯކޭ… މުސްތޮ ދެންމެ ޝަލޫ.. ޝަލީ…ޝަލީންދޯ؟.. ޝަލީން އެމީހުން ގާތުން ސަލާމަތް މިކޮށްދިނީ ކޮންމެހެން މުސްތޮއަށް ފައިދާއަކަށް ނޫން އިނގޭ. ޝަލީންއަށް ރަނގަޅަކަށް.” މުސްތޮ ބުނެލިއެވެ.

މުސްތޮ ބުނެލި ޖުމްލައިން ހީވަނީ އޭނާއަށް ކޮންމެސް ކަމެއް އެނގޭހެންނެވެ. އަހަރެން އިތުރަށް ޝައުގުވެރިވިއެވެ. ޝާނީއާ ދިމާލަށް ބަލާލުމަށްފަހު އަހަންނަށް ބަލައިލެވުނީ އަނެއްކާވެސް މުސްތޮއާ ދިމާލަށެވެ.

“އަހަރެން ސަލާމަތްކޮށްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމު ބުނަން. އަހަންނަކަށް ހިއެއްނުވެ އަހަންނަށް ހެޔޮއެދޭ ކުއްޖަކު މިތާ އުޅޭހެނެއް. މިތާ މިއުޅެނީ ވަރަށް ގޮތެއްނެތް ކުދިންތަކެއް. ޓީޗަރުންނަށްވެސް އެއްވެސް އިހްތިރާމެއް ނުކުރެ. ކައިރީގަ އިންނަ ކުއްޖާއަށްވެސް.” އަހަރެން ބޭނުންވާ އެއްޗެއް ބުނުމަށްފަހު ހިނގައިގަތީމެވެ.

“އައްޔަ ސަރ ދެއްކި ވާހަކައަކުން ފަތުހު ﷲ މެން އެކުއްޖާ ހޯދަން މިތަނަށް އައީ. މުސްތޮ ކިޔައިދޭނަން އެވާހަކަ. ސްކޫލް ނިމިގެން ޝާނީ މަޑުކުރޭ ތިރީގަ.. ޝަލީންވެސް ހުރިއްޔާ ރަނގަޅީ. ބްރޭކް ގަޑި އެނިމުނީ… ދެން ދޭ ކްލާހަށް… އެއޮއް ބެލްޖެހީ ” މުސްތޮ ވާހަކަ ދެއްކީ ޝާނީއާއެވެ.

މުސްތޮދެއްކި ވާހަކައިން އަހަންނަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ކްލާހަށް ވަންނަން ދަމުން އަހަރެން ވިސްނާލީމެވެ. ކޮން އައްޔަ ސަރއެއް ހެއްޔެވެ؟ އަހަންނޭ ކިޔައިން އެމީހަކު ދެއްކީ ކޮން ވާހަކައެއްބާއެވެ؟ މުސްތޮ އަހަރެން ދިފާއުކުރަން އެއައީ ކޮން ކަމެއް އެނގިގެންހެއްޔެވެ؟

ކްލާސް ފެށިގެން ކުރިޔަށްގޮސް އެންމެ ފަހުގަޑިއެވެ. ކްލާސް ޓީޗަރ އެތެރެއަށް ވަނުމަށްފަހު މާދަމާގެ އެސެމްބްލީއަށް ކުދިން ސެލެކްޓް ކުރަންފެށިއެވެ. އެއަށްފަހު ގަޑި ޖެހުމުން ޓީޗަރު ނުކުމެގެން ދިޔައީއެވެ. އަހަންނަށް ޖެހުނީ އެސެމްބްލީގެ ފުރަތަމަ އައިޓަމްއެވެ. އެއީ ގުރްއާން ކިޔެވުމެވެ. ޖެހިލުންވެ ހުރެވެސް އަހަރެން އެކަން ގަބޫލުކުރީމެވެ. މީގެކުރިން ދުވަހަކުވެސް މާލޭ ސްކޫލެއްގައި އަހަރެން ގުރްއާން ކިޔަވާފައި ނުވާތީއެވެ.

“ޝަލީން. މަޑުކޮށްބަލަ. އަހަންނާއެކީ… ޕްލީސް.” ޝާނީ ގޮވާލީ އަހަންނަށެވެ.

އަހަރެން މަޑުކޮށްލީމެވެ. ޝާނީ އަހަންނަށް ގޮވިކަމީ އަހަރެންގެ ނަސީބެވެ. މުސްތޮ ބުނަން އެއުޅެނީ ކޮން ވާހަކައެއްތޯ ބަލަން އަހަރެން ޝައުގުވެރި ވެފައިވާ މިންވަރު އަހަރެންގެ ބޭރުފުށަކުން ނުފެންނާނެއެވެ. ގިނަ ކުދިންތަކެއް ކުލާހުން ނުކުތްއިރުވެސް ޝާނީ ދިޔައީ ގަސްތުގައި ލަސްކުރަމުންނެވެ. ކްލާހުން އެންމެ ފަހުން. ނުކުތް ކުއްޖަކަށްވީ އަހަންނާ ޝާނީއެވެ.

“ހިނގާބާ.. މުސްތޮ ހުންނާނެ ތިރީގަ. މިހާރު އެންމެން ގެއަށް އެދިޔަައީ. ދެން މިހާރު ތިރީގަވެސް ތިބޭނީ ދެތިން ޕްރިފެކްޓުން.” އަހަރެންގެ އަތުގައި ހިފަމުން ޝާނީ ހިނގައިގަތީ ސިޑިއާދިމާލަށެވެ. ބާރު ހިނގުމުގައި ދެމީހުން ގޮސް އެންމެ ތިރިއަށް ވާސިލް ވީއިރުވެސް ނޭނގުނެވެ.

“އޭތް.. މިއައީއޭ. ދެންވެސް އަވަހަށް ކިޔާބަލަ ވެގެން އުޅޭގޮތް މުސްތޯ! ޝަލީން މީ ވަރަށް ބަސްއަހާ ކުއްޖެއް. އޭނަ އަވަހަށް ގެއަށްދާން ޖެހޭނެ.” މުސްތޮއާ ދިމާލަށް ބަލަންހުރެ ޝާނީ ބުނެލިއެވެ.

“ޝަލީންއެއް ނޫން ވީގޮތް ތިއެހީކީ.. އެކަމުވެސް އޯކޭ. ތިބުނީނު އޭނަ އަވަހަށް ގެއަށްދާންޖެހޭނޭ. އަހަރެން ޝަލީންއަށް ރެސްޕެކްޓް ކުރާނަން.. އަސްލު ވީގޮތަކީ އައްޔަ ސަރ އަހަރުމެން ކްލާހަށް ގަޑި ނަގައިދޭން އައިސްފަ ބުނީ، މިއަދު މިސްކޫލަށް އައިސްފިޔޯ ވަރަށް ރީތި ކުއްޖެއް. ސަޅި ބިޓެކޯއެއީ..” ކަޅި ޖަހާނުލާ އަހަންނާދިމާލަށް ބަލަން ހުރެ މުސްތޮ ބުނެލީ އެއްމިޔަކަނުން ހިނިތުންވެ ހުރެއެވެ.

މުސްތޮގެ ބަސްތަކާއި މުސްތޮގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތަކުން އަހަރެން އިސްދަށަށް ޖަހާލީމެވެ. ލަދުންނެވެ. ޓީޗަރެއްގެ ފަރާތުން އެކަހަލަ ކަމެއްވުމުން އަސްލުވެސް އަހަރެން ހިތްހަމައެއް ނުޖެހުނެވެ. މުސްތޮގެ ވާހަކަތައް އަޑު އަހަންހުރި ޝާނީ ރަކިފާޑަށް އަހަންނާދިމާލަށް ބަލައިލިކަން އަހަންނަށް އެނގެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކޮންމެ މީހަކުވެސް ހުންނަނީ އަނެކާގެ ފުށުން ކަމެއް ނުފެނިފައެވެ.

“ދެން އެހެން ބުނީމަ ފަތުހުއް ﷲ މެން ނުހުންނާނު ހަށީގަހެޔެއް. ސަމާހު ކިޔައިފި ސަރ ކައިރީ, ތިބުނާ ކުއްޖާ ދައްކަބަލާށޯ. ބުނީމަ އަދި ކްލާހުން ނުކުމެގެން ގޮސް ސިޑިމަތީހުރެ ދެއްކީ ޝަލީންއޯ. އެހެންވެ ފަތުހުއް ﷲ މެން އެދިޔައީ ސަމާހު ކިޔައިދިނީމަ، ޝަލީން އެއީ ކާކުތޯބަލަން. މުސްތޮއަށް ހީވިޔޭ އެމީހުންގެ އުނދަގޫ ޖެހޭނީ ޝާނީ މެން ކްލާހަށްހެން. އެހެންވެ އެގަޑީގަ އެތަނަށް އެވަގުތު މުސްތޮ ދިޔައީވެސް. ކޮންމެހެން މުސްތޮގެ ބޭނުމަކު ނޫން. ޝަލީންއަށް ސަލާމަތް ހޯދައިދޭން. ޝަލީންއަކީ އަލަށް އައި ކުއްޖެއްވީމަ. އަދިވެސް މުސްތޮއަށް ޓްރަސްޓް ނުކުރާނަންދޯ؟ މުސްތޮގެ ނެތް އެއްވެސް މައްސަލައެއް. ޝަލީން ބޭނުމިއްޔާ ހަމަ އަދިވެސް ބުނަންވީ އެމީހުންގެ އުނދަގޫވަންޏާ.. ބަލާނަން އެހީވެވޭތޯ.” ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު މުސްތޮ ހިނގައިގަތީ ސްކޫލްގެ މައިގޭޓުން ބޭރަށް ނުކުންނާށެވެ.

“ތޭ… ތޭންކްސް ވަރަށްބޮޑަށް. އެކަމަކު… މަޑުކޮށްބަލަ. އަހަރެންގެ އެބައޮތް ސުވާލެއް.” މުސްތޮ މަޑުކުރުވަން މަސައްކަތް ކުރަމުން އަހަރެން ބުނެލީމެވެ.

“މިގަޑިއަކު ނޫންދޯ… މިހާރު ރަނގަޅުވާނީ ތިވާހަކަ ހުއްޓާލިއްޔާ. ބައި.” މުސްތޮދިނީ އަހަންނާއި ޝާނީ ހީކޮށްގެން ހުރި ޖަވާބެއް ނޫނެވެ. އެއަށްފަހު މުސްތޮ ގޭޓުން ބޭރަށް ނުކުމެ ހިނގައިގަތެވެ.

“ކޮބާ؟ ތީވާވަރަކީ… ދާދި ދެންމެ ބުނި އެހީވާނަމޭ. އަހަރެން ހީކުރީ ތީވަރަށް ރަނގަޅު ކުއްޖެއްކަމަށް. މިތާ ނޫޅޭ ޓްރަސްޓް ކުރަން ޖެހޭވަރުގެ އެކަކުވެސް. ޓީޗަރުން އުޅޭގޮތް ތިބުނީ. ދެންކިހި…….؟ ބާރު އަޑުން އަހަރެން މުސްތޮއަށް ބަސްބުނެބުނެ ހުއްޓާ ގޭޓުން އެތެރެއަށް ވަނީ ކޮން ޓީޗަރެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އެމީހަކަށް، އަހަރެން ދެއްކި ވާހަކަ އިވުނުކަމެއް އަހަންނަށް ޔަގީނެއް ނޫނެވެ. އަހަރެން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ ޝާނީ އަހަރެން ގައިގައި ކޮށްޓާލުމުންނެވެ.

ކުރިޔަށް ހިނގަމުން ދިޔަ ޓީޗަރު އަހަރުމެންނަށް ފަސްދީފައި ދިއުމުން އަހަންނާ ޝާނީ ވެސް ސްކޫލުން ނުކުންނަން ހިނގައިގަތީމެވެ.

“ޝަލީންއަށް ސާބަސް.. އެހެންވިއްޔާ މުސްތޮއަށް އައްޔަ ސަރ ފެނުނީމަ އެދިޔައީ އެހާއަވަހަށް.” ޝާނީ ސިއްރުސިއްރުން ބުނެލިއެވެ.

“އައްޔަ ސަރ!… އެއީތަ ތިކިޔާ އައްޔަ ސަރ އަކީ؟” އަހަރެންގެ ހަލުވި ފިޔަވަޅުތައް މަޑުޖައްސާލަމުން ހައިރާންވެފައިހުރެ އަހާލީމެވެ. ފަސްއެނބުރި އައްޔަ ސަރއަށް ބަލައިލަމުންނެވެ.

“އާނ! އެއީ.. ކިހިނެއްވީ؟” ޝާނީވެސް ހުއްޓިލަމުން އަހާލިއެވެ.

” އަހަންނަށް ވިސްނިއްޖެ… މުސްތޮ އެބުނީ ތެދެއް….” އަހަރެން ބުނެލީމެވެ.

“އައްދެ!! މިހާރު ކުއްލިޔަކަށް މުސްތޮއަށް ބުނެވުނު ވާހަކަ ރަނގަވީ؟” ހީލަމުން ޝާނީ އަހާލިއެވެ.

“އާނ! އަހަންނަށް ފުރަތަމަ ދުވަހު ދިމާވި ކަންކަމާ، މުސްތޮދެއްކި ވާހަކައާ އެޓީޗަރާ ގުޅުންތަކެއް އެބަހުރި. އެހެންވެ.” ޝާނީގެ ޖަވާބަކަށް މަޑުކުރުމެއް ނެތި އަނެއްކާވެސް އަހަރެން ވާހަކަދެއްކީމެވެ.

“ދެންދަނީ… ވަރަށް ލަސްވެއްޖެ.” އަހަރެން ގެއަށް ދާން ހިނގައިގަތީމެވެ.

އެރޭ ގެއަށް ދިޔުމަށްފަހު އަހަރެން ހަމަޖެހިލީ ގްރައުންޑް ފްލޯރގެ ސޯފާގައެވެ. ޓީވީ ރިމޯޓް އަތަށް ލައިގެން މުހައްމަދުބެ އިނީ 8 ގެ ޚަބަރު ބަލާށެވެ. އެއްފަރާތުން ގޮނޑިއެއްގައި މަރިއްތަ އިންއިރު، އަނެއްފަރާތުގައި އިޝާނީއާއި ޔާނީވެސް އިނެވެ.

“ކޮބާ ޝަލީން… ތިސްކޫލް ކިހިނެއް؟” މުހައްމަދުބެ އަހާލިއެވެ.

“އެއްވެސް ރަނގަޅެއް ނޫން. އެއީ ސްކޫލެއްތަ؟ ނޫނީ ޖަންގައްޔެއްތަ؟ ވަރަށް ފޫހި…” އަހަރެން ބުނެލީ ފަރުވާކުޑަ ރާގެއްގައެވެ.

“ޝަލީން ކިހިނެއް ތިވާހަކަ ދައްކަނީ؟ އަދި ގިނަދުވަސް ވާންފެށީމަ ރަނގަޅުވާނީ.. ކުދިންވެސް ރައްޓެހިވެލާނެ.. ޓީޗަރުންނާ ކުދިންގެ މިޒާޖު ތަފާތުވާނެ.” މަރިއްތަ ބުނެލިއެވެ.

“ތެދެއް.. އަބަދު ވިސާމާއެއް ނުހުންނާނެއްނު ކޮންމެތާކު. އެހެން ނޫނަސް އަހްމަދިއްޔާ ސްކޫލަކީ ވަރަށް ތަފާތު ސްކޫލެއް. އެސްކޫލް ވަރެއް ހަމަ ނުވާނެ.” އިޝާނީވެސް ވާހަކަދެއްކުމުގެ ގޮތުން ބުނެލިއެވެ.

“އެކަމު ޝަލީންއަށް ވިސާމާ ވަރަށް ރަނގަޅު.. އެގޭ މީހުންވެސް ވަރަށް ކައިންޑް..” ޔާނީވެސް ކޮންމެސް އެއްޗެކޭ ބުނެލިއެވެ.

“ހެއި… ކޮބާ ޝަލީން.. މިހާރު މީނަ ނުވެސްފެނޭ.. އިއްޔެވެސް މި ސީޑީ ދޭންވެގެން އައީ..” ޝާނިޒްގެ އަޑަށް އެންމެންވެސް ދޮރާދިމާލަށް ބަލައިލިއެވެ.

ޝާނީޒް ގެނައި ސީޑީގައި ހިފީ މުހައްމަދުބެއެވެ. ވަރަށް ފަރުވާތެރި ކަމާއެކު މުހައްމަދުބެ އެޔަށް ބަލަން އިނެވެ. އަދި ޝަނީޒްއަށް ބަލައިލުމަށްފަހު އަހަންނާދިމާލަށް ބަލައިލިއެވެ.

ނުނިމެ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ވާނަމޭ އުމުރަށް އެކީ ޖާނާ…….2

Next

އިންސާފް (ފަންސަވީސްވަނަ ބައި)

Next
October 17, 2024

އިންސާފް (ފަންސަވީސްވަނަ ބައި)

Previews
October 16, 2024

ވާނަމޭ އުމުރަށް އެކީ ޖާނާ…….2

20 Comments!

  1. gurrrrl says:
    October 17, 2024 at 9:30 pm

    nice shaleen … mi part vx vrh hama reethi
    when next part kiyaalan libeyni
    curiously waiting … shaleen thii alhugandhuge vrh favorite author eh hama
    keep it up
    love you 😍

    1. Shaleen says:
      October 17, 2024 at 10:45 pm

      Thanks my dear
      Next part Thursday GA in sha Allah…
      V balan eba parts thah liye nimmaaleveytho …
      Avahah eyrun up kureven fashaanee

  2. Cutie girl says:
    October 18, 2024 at 10:46 am

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Shaleen and miykaal gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you

    1. Shaleen says:
      October 19, 2024 at 3:22 pm

      Thanks 👍
      Ummeedhu kuran kuriyah huri parts kiyaalaane kamah

  3. Ma says:
    October 20, 2024 at 6:14 pm

    Dhn oiyy bai kiyaalan libeynee anekkaa vx bai garunu fahun dhw
    Kithamme kiyaa hiyy viyas neh viyya kiyeykah
    Dhe aharu thin aharu vaairu vx mashakah hiyeh nuve mi vaahaka kuriah araaneheneh

    1. Shaleen says:
      October 20, 2024 at 10:08 pm

      Kurevvi comment ah v bodah shukuriyyaa…
      Alhuganduves Hama mashhooru baeh liyuntheringe vaahaka kiyaahadhan.. comment ves kuran.
      Ekam Hama week Aku emme faharaku part eh kiyaalan libunas shakuvaaeh nukuran.
      Alhugandah nengeyne hageegathuga liyuntheriyaa akee konkahala zimmaa eh nagaigen dhiriulhumuga ulhey meehei kamei.
      So alhugandu vhk kiyaahihvanyaa Hama inthizaaru kuran.
      Ekam beynun nooniyyaa dhen Hama ekkoh dhookollanee..
      Vhk kiyaalan beynun noon Nama egoiy hedhiyas emme rangalhu.
      Alhugandah maaf kuravva… Mi speed ga vhk kuriyah dhanee aslu alhuganduge dhiri ulhunee zimmaathahves boduvefa mikamah heydha kurevey vaguthu kudaveema..

      Thanks for the comment ❤️

    2. Malher says:
      October 22, 2024 at 5:02 pm

      Shut up and get lost
      Adhi fake names ga mi myhun annany

  4. Ufalaa eku vaahaka kiyaa zuvaaneh says:
    October 22, 2024 at 1:14 pm

    Hello shaleen Friday Saturday ga baindhaalaba 2 varakah episode liyelaafa if u can igey

    Kuriyah oi week ah ready kohlaafa

    Eyrun weekly 2 episode genesdheveyne

    Evaru madheh nuvaane

    Egothah ves bxy vanyaa we most of us understand you dear…

    And dear readers
    You guyz also have to understand what authors are gonna through
    Mivarun ves vaahaka genesdhevey kamahtakaa shukuru kurey shaleen ah

    Bunefaane shaleen aa dhimaalah kyhve hey nuvaa varu kanthah kuran ulheny
    Bunelan othy vaki vaguthu thah ginave kuraane kameh nethi eh nooney liyuntherin liyany ki
    Baeh myhunnaky ekani ulhey myhun

    Kudhi kudhi dharin thah govaagen e zinma aa firimyhaa ge zinma r aaila ge zimma ves konduga alhaagen mi masahkai kura kudhin gina vaany
    Nuvithaakah ehurihaa kamakah fahu job ah goas ais liyaa kudhin ves ulhey

    Kyhve kameh egeytha ehaa haluga ves ehn vaahaka liyany !!
    Eii Kura hiyhvaa masahkathakah v ma

    Kiyuntherinnah kiyaalan libey vaahaka ige part kiyaafa
    U will just judge like this
    Hithah ekahches ves naaraatha!! Huh

    Furihama vaahaka eh gensdhinumah liyuntherin haadba bura masahkatheh kureyey

    Mihaa haaluga Hama liyaa iru copy kurany eh maa kurey noony lahun up kurany noony kiyen onnan nubai faadeh kiyaa eba.. hunaru tharahgee kurevey kahala faadeh noon kiyany hiyh maruvaa fadha faadu kiyany…
    Kamehnu kiyuntherinney…
    knme ves hiymaruvaa fadha basthakeh amunaagen comment kuran eii thiya ige thereyn baeh kiyunyherinnah hama vajib kameh tha ??? Mi dhaairaa ah alah nukunna kudhinnaa fosheny adhi vakin bodah

    Heyknuvaane kaleymen satisfy kohdheyne ekudhin ekuraa bura masahkai blaaganey

    Haadha bura mashakathey ekurany
    You losers won’t understand what writers are gonna suffer 😫😞

    1. Shara says:
      October 23, 2024 at 10:40 am

      Saabahey mi comment mikuri dhariyah 💯

    2. Shaleen says:
      October 23, 2024 at 10:47 am

      💯 SELUTE 👍❤️👍
      Shaleen dhakkanvaa hurihaa vhk thah ebahuri bunelaafa.
      V ufaavejje asluves mi comment libuneema
      Liyuntheriyaage ihsaas dhanna kiyuntherinnakee hageegee kiyuntherin..
      Alhugandu bunelan othee alhugandu aslu v ves Gina vaahaka publish kuraahihvey.
      Ehen namaves alhuganduge dream AA eggothah kankan nuvanee alhugandah evarah vaguthu nulibeythee…
      Alhugandakee mamma eh teacher eh adhi ithurun small business eh hingaa meehei veema time hoadhan dhathi vanee.
      Ehen namaves alhuganduge mi masakkai huttaa nulaanan in sha Allah

  5. Shaleen says:
    October 23, 2024 at 10:34 am

    Malher ge namuga comment kollaafa in liyuntheriyaa ah

    Thiya kurevvi comment akee alhugandah koffa in comment eh Nama:-
    Alhugandumen beynun user name jahaigen mi site GA vhk publish kureveygothah innanee..
    Dhen vhk kamunudhaa kamah vaanama emme rangalhu gothakee Kamu nudhaa vhk eh nukiyaa dhookollun.
    Alhugandu mi site GA vhk liyanee alhugandu ge Hunaru tharaggee kuran.
    Alhugandah yageen vaa kamakee, evves liyuntheriyakah Emmen kiyaa vhk thah Kamu nudhaanekan, baeh liyuntherinnah e liyun kamudhaa iru aneibai kiyun therinnah kamunudhaafaharu ves aadhey.

    Shaleen ge evves massala eh nei
    Shaleen mi site ah aee hihvaraa eku… Positive and negative comment libeynekan ingihuregen.

    1. Shara says:
      October 23, 2024 at 10:50 am

      Hello shaleen

      Alhugadah heevany malher e mean kury “MA” ge comment ah hen
      Alhugadah v ginain feney malhet shaleen ah ragalhu feedback dheefa hunna than

  6. Malher says:
    October 23, 2024 at 10:44 am

    Alhey malher mi mean kury shaleen akah noonennu

    Balaala bala thankolheh ragalhah einy MA name ga in kuhja ah reply dheefa 😭😭😭
    Dhera vehje 😭😭
    I just wanted shaleen defend kohdheyn
    Ehnve ma jahaafa in myha ah mi reply kohlii ves
    Shaleen ves eyah reply dheefa inyma egothah e fennany

    Alhugadaky gavaaidhun mj vaahaka kiyaa myheh
    Thigothah vaanuvaa balalaa fa vaany
    U r just something 😭😭😭
    V dher avehje ehaa kamudhaa author eh defend kohfhinyma ves malher r dhimaalah thigothah bunyma

    Eyni bodu comment fenifa ekuhja r agree vegen hama ekuhja r ekkolhah shaleen defend kihdhehn migadyga ves comment eh kohlan miaee

    But how rude
    💔💔💔

  7. Malher says:
    October 23, 2024 at 10:48 am

    All ikr shaleen thi ee fake name eh noon kan.

    BUT E COMMENT E KURI “MA” eii kihaa fake name eh kan shaleen ah vaane egen

    E vaahaka ebuny

    Meega alhugadu shaleen ah dhera kin vahaka dhahakaafa ves neh

    Defend kihdhjnyma ves thihury knthah kuri goi

    Try ehn comment akah reply kuran
    Egothah hama shaleen ge comment ves fennaany

    Eii vaki myhehge massala akun vaakameh noon
    Eiii myga hama inna process
    Ekm balaalaifiyya u will know eii ehn kan

    1. Shahula says:
      October 23, 2024 at 11:24 am

      Ahhh malher
      I feel you🥺
      Its better to not to comment here
      If we defend her see what happening

  8. Shaleen says:
    October 23, 2024 at 1:54 pm

    Dear Malher
    Shaleen koffa in comment ves rangalhah kiyaalan adhi..
    Shaleen e ineenu bunelaafa

    “Thi kurevvi comment akee alhugandah kurevvi communent eh mama:- ”

    Ei shaleen ah kuri comment eh Nama shaleen ekujjakah buneli ehchei.. 🙏🙏🙏

    Aslu comment kuraa iru baeh kudhin ehen comment koffa hunnaatheeve.

    Ehen viyas Malher ge Gina comment thakah adhi Malher noon ehen kudhinge comments ah shaleen Hama v loabin comment kuranee..

    Hama e gothun shaleen heekuree ehen kuhjaku shaleen ah koffa in comment eh kamah.
    Ehen post akah Eben kujja vhk foohivegen dhookollaafa vhk nukiyaanamey bunefa.
    Ekahala kujjei aslu foohi kuri comment eh kamah heekuree
    “Shaleen ” nooni “Ma” ge nan mentioned kollaafa netheema confused 🤔 vee.

    Ekahala kujjei kuri comment eh kamah hadhaafa shaleen yeah comment kollee.

    So understanding GA massala eh mi ulhunee kamah balaafa shaleen v bodah maaf ah edhen.
    Shaleen ves v dhera vejje migothah kanthah veena
    V v dheravejje.
    Please forgive me 😭 😭 😭 😭 😭

  9. Shaleen says:
    October 23, 2024 at 1:57 pm

    Hi Shara
    Thanks v bodah
    Shaleen thi comment kiyaaleema mi visnaalevunee… Shaleen ah ves mihaaru visnaaleema heevanee Malher aslu shaleen defend kohdheefahen.
    Thanks 👍 😊

  10. Shaleen says:
    October 23, 2024 at 3:03 pm

    Hi shahula
    Shaleen defend kohdheefa In gothun confuse vefa inee shaleen ah.
    Komme beyfulhukahves ingeyne aslu shaleen akee mee evves reader akah rude koh comment kuraa meehei noonkan.
    V Gina comments ah shaleen hunnaanee v loabin reply dheefaves.

    V dheravejje shaleen ah confuse vee kameigga ehen readers faraathun migothah shaleen ah comment libeytheeves..
    😔😔😔😔

    Shaleen ah confuse vefa veevarun e comment GA jahaaleeves ” ei alhugandah koffa in comment eh ( NAMA ) :-” eyyy…
    🥺🥺🥺

    1. Shahula says:
      October 23, 2024 at 6:01 pm

      Nama kiyaa egothah comment inyma aslu e kuhja v dhera vaane

      First shaleen egothah nubune madu kohli nama
      Hama ekani ahaali nama shaleen ah hey egothah
      😊
      Malher aky v gavaaidhun v gina story ghakah comment kuraa kuhjeh
      V ragalhu comments hama hunnany

      Nama kiyaafa ves eyge fahathah shleen bunelaafa huri ehchis in kanneyge egothah dhera v e

    2. Shahula says:
      October 23, 2024 at 6:03 pm

      E vaahaka mibunelii

      On not beating anyone
      Just because of that comment i said i feel her ey
      Dhera vaane thaa dhw ehn v ma
      E vaahaka

      Have a good day shaleen

Comments are closed.

Next Episodeޝަލީން 13←


All Right Reserved!