Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުން

ޝަލީން 9

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
September 26, 2024 3 Mins Read
16 Comments

ދުވަސްތައް ފާއިތުވަމުން ގޮސް ދުވަހެކެވެ. އަހަރެން ސްކޫލަށް ދާން ނުކުތީމެވެ. އެދުވަސްކޮޅު ވިސާމާ ބަލިކަމުން ގަވައިދުން ކްލާހަށް ހާޒިރުނުވެއެވެ. އަހަރެން އެކަނިމައި އެކަނި ކުރިޔަށް ހިނގަމުން ދިޔައީމެވެ. ކުއްލިޔަކަށް ސިއްސައިންގޮސް އަހަރެން ފަހަތަށް ބަލައިލީ ކައިރިން އައި ސައިކަލުގެ ބަރުގަނޑުގެ އަޑަށެވެ. އަހަންނަށް ބަލައިލެވުނު އިރު ސައިކަލުން އަހަރެން ގައިގައި ނުޖެހުނީ ހަމަކިރިޔާއެވެ. ބިރުންހުރެ އަހަރެން ބަލައިލީ ސައިކަލުގައި އިން މީހާއަށެވެ.

“އަރާ.. ގެންގޮސްދޭނަން.” ނުބައި ގޮތަކަށް ހިނިއައިސްފާހުރެ ޒާހިރު ބުނެލިއެވެ.

“ނޫން. އަހަންނަށް ދެވޭނެ. އެހެން ނޫނަސް ދަނީ އެކަނި.” އަހަރެން ބުނެލީމެވެ.

“ތިކަން އިނގެޔޭ.. ދެން އަރާބަލަ.” އަނެއްކާވެސް ޒާހިރު އާދޭސްކުރިއެވެ.

“ނޫނެކޭ. ތިދެން ވަރަށް ހަޑިގޮތެއް. މީހުން ބެލީމަ ލަދުގަންނާނީ އަހަންނޭ.” ހިތްހަމަ ނުޖެހިފައިހުރެ އަނެއްކާވެސް އަހަރެން ބުނީމެވެ.

“ބުނެލީމަ ވަގުތުން އެރީމަ ލަދެއް ނުގަންނާނެއްނު.” އަނެއްކާވެސް ޒާހިރު ބުނެލިއެވެ.

“އަހަރެން ބޭނުމީ ހިނގާފަދާން. އެހެންނޫނަސް މުހައްމަދުބެވެސް ދުވަހަކު އަހަރެން ނުގެންދޭ ސައިކަލުގަ ގެއިން އެހިސާބަށް.” އަނެއްކާވެސް އުޒުރު ދައްކަމުން އަހަރެން ބުނެލީމެވެ.

“އެންމެ ރަނގަޅު. އެހެންވީމަ ނިމޭގަޑިޔަށް އަންނާނަން.” އަހަރެން ރުޅި އައިކަން އެނގުމުން އެއްލޯ މަރާލުމަށްފަހު، ޒާހިރު ދިޔައީއެވެ.

އެދުވަހުގެ ކްލާސް ނިންމާލުމަށް އަހަރެން ސްކޫލުން ބޭރަށް ނުކުތީމެވެ. ފާރަލަމުންނެވެ. ޒާހިރުގެ އަވައިގައި ޖެހެން އަހަރެން ބޭނުމެއް ނޫނެވެ. އެހަރެން ބޭނުން ނުވިޔަސް، ޒާހިރުގެ އަމަލުތައް ހުންނަގޮތުން މިވަގުތުވެސް އަހަރެން ފަހަތުން ސައިކަލުގައި ޒާހިރު އައިސްފާނެތީ އަހަރެން ހުންނަނީ ޖެހިލުންވެފައެވެ.

އެކި ދިމަދިމާލަށް ފާރަލަމުން އަހަރެން ވިސްނީ މޮޅުގޮތެކެވެ. ޒާހިރު އަހަރެން ފަހަތުން މުގޯލިއަޅާނީ ސައިކަލުގައިކަން އެއީ އަހަންނަށް ޔަގީންވާކަމެކެވެ. އެހެންވެ އަހަރެން އިޚްތިޔާރުކުރީ، ވަންވޭއާ އިދިކޮޅަށް ހުންނަ މަގުތަކުން ހިނގާފައި ގެޔަށްދިޔުމަށެވެ. އަހަރެން އެހެން ހެދުމުގެ ސަބަބުން ފައިދާވީވެސް އަހަންނަށެވެ. ޒާހިރުއަށް ދޮންކަޅުވެސް އަންގާނުލާ އަހަރެން އައިސް ގެއަށް ވަނީ ހިތްހަމަޖެހިގެން ހުރެއެވެ.

“ޝަލީން.. މިރޭ ހާދަ ލަސްވީ.. ކިހިނެއްވީ؟” އަހަރެން ފެނުމާއެކު މުހައްމަދުބޭ އަހާލިއެވެ.

“ކަމެއްނުވޭ..” ރުންކުރު ވެލާފައި އަހަރެން ބުނެލީ ކުރުޖަވާބެކެވެ.

“ހާދަ ފާޑަކަށް.. ސްކޫލުގަ ހިތްހަމަނުޖެހޭ ކަމެއްވީތަ؟” އަހަރެންގެ ދެލޮލަށް ވަރަށް ފަރުވާތެރިކަމާއެކު ބަލައިލަމުން އަނެއްކާވެސް މުހައްމަދުބޭ ބުނެލިއެވެ.

“ޕިސް.. ސްކޫލަކުން ނޫން..” އަނެއްކާވެސް އަހަރެން ބުނެލީމެވެ.

“ދެން ކިހިނެއްތަވީ؟ މިމާލޭގެ ކަމެއްވިޔަސް ބުނީމަ އިނގޭނީ.. އަދި އެކަނި ސްކޫލަށްދާއިރު ހިތްހަމަނުޖެހޭ ކަމެއްވިޔަސް ބުނެލީމަ ދެންވެސް ކުރަންވީކަމެއް އިނގޭނީ.” މުހައްމަދުބެ ބެލީ އަހަންނަށް ވިސްނައިދެވޭތޯއެވެ.

“ވީކަމެއް ބުންޏަސް ހިތްހަމަ ނުޖެހޭނީ މުހައްމަދުބެ” އަހަރެން ކުޑަކޮށް ހަމަޖެހިލަމުން ބުނީމެވެ.

“ބުނެބަލަ… ކޮންކަމެއްތަ ބޭބެއަށް ގޯސްކޮށް ކުރެވުނީ؟” އިތުރަށް ޝައުގުވެރިކަން ފާޅުކުރަމުން މުހައްމަދުބެ އަހާލިއެވެ.

“ޒާހިރު… އޭނަ މިއަދު އަހަރެން ފަހަތުން އާދޭސްކުރީ… ސައިކަލަށް އަރާށޭ ކިޔައިގެން.. އަހަރެން ބޭނުމެއްނޫން އެހެން އެކަން ކުރާކަށް. ބޭބެއަށް ބުނެވޭނެތަ އޭނަ ކައިރީ އެހެން ނުހަދާށޭ. އަހަންނަށް އުނދަގޫ ނުކުރާށޭ.. ” އަހަރެން އެދުނީ އާދޭހުގެ ރާގުގައެވެ.

އެވަގުތު މަރިއްތަ އައިސް ކޮޓަރިތެރެއަށް ވަނެވެ. އޭރު އަހަރުމެން ވާހަކަދައްކަން ތިބީ މަރިއްތަގެ ކޮޓަރީގައިކަމުން އަހަރުމެން ދައްކާ ވާހަކަ އަޑުއަހަން މަރިއްތަ ހުއްޓެވެ.

“އެއީތަ ވީކަމަކީ؟ އެއީ އެވަރު ކަމެއް ނޫނެއްނު. ދެން އޭނާއާއެކީ ދުއްވާލާފަގޮސް ފޭބިނަމަ.” ކަންވީގޮތް މާބޮޑުކަމަކަށް ނުހަދާ
މުހައްމަދުބޭ ބުނެލިއެވެ.

ދެފަރާތަށް ބޯހަލުވާލަމުން އަހަރެން ނޫނެކޭ ބުނީ ކަންބޮޑުވެފައި ހުރީ މީހެއް ފަދައިންނެވެ. މުހައްމަދުބެ އެހެން ބުނުމުން ހަގީގަތުގައި އަހަރެން އަދި މާބޮޑަށްވެސް ހިތްހަމަ ނުޖެހުނެވެ.

“ތެދެކޭއެއީ… ދެން އެވަރުކަމެއް ނޫނެއްނޭއެއީ. ކީއްވާނީ ހަމަ؟ ޒާހިރުއެއީ އަހަރުމެންގެ ރައްޓެއްސެކޭ.” މުހައްމަދުބެއަށް ބާރުދެމުން މަރިއްތަ ބުނެލިއެވެ.

“މިހާރު ތިވީކިހިނެއް؟ އަހަރެންދެކެ ހިތްހަމަ ނުޖެހުނަސް، ވާހަކައެއް ބުނެފާނަން.. ޒާހިރުކަހަލަ ހިލޭ ފިރިހެނަކާއެކީ މަގުމަތީ ސައިކަލު ދުއްވަން މަރިއްތަމެން އެއްބަސްވީމަ ހައިރާންވެއްޖެ.. އެކަމު ވިސާމާގެ ގެއަށްދަންޏާ އަހަރެންޖެހޭ މަންމައަށް ގުޅާފަ ކޮންމެފަހަރަކު އަހަން.. ނޫނީ ކޮންމެސް މީހަކާއެކީ ދާންޖެހެނީ. ތީގަ އެއްވެސް އިންސާފެއްނެތެއްނު؟.” ހިތްހަމަ ނުޖެހިފައިހުރެ އެހެން ބުނަމުން އަހަރެން ކޮޓަރިން ނުކުމެގެން ދިޔައީމެވެ.

ދުވަސްތައް ވޭތުވަމުން ދިޔައެވެ. ދޭތެރެއަކުން ހަފްތާ ބަންދުތަކަށް މީކާލް މާލެއާދެއެވެ. އެކުގައި އަހަންނާ ވާހަކަދައްކާ ނުހެދުނަސް، މީކާލްއަށް އަހަރެން ފެނުމުން އެލިބޭ ހިތްހަމަޖެހުން އެއީ މީކާލްގެ އަމިއްލަ އުފަލެކެވެ. އެހެން މާލެ އަންނަ ކޮންމެފަހަރަކު ސަހަރާކައިރި އަހަރެން ފެނޭތޯ މީކާލް އިންތިޒާރުގައި ހުރެއެވެ. އެހެން އަންނަ އެއްވެސް ފަހަރަކު އަހަންނަށް ނުފެނި މީކާލް ފުރައިގެންނުދެއެވެ. އަހަންނަށް އެކަން އެނގެނީ ވިސާމާގެ ފޯނަށްއަންނަ މެސެޖްތަކުންނެވެ. މީކާލް މާލެ އަންނަދުވަހާ ފުރައިގެން ރަށަށްދާ ދުވަސް ކޮންމެ ފަހަރަކުވެސް މެސެޖް ކުރެއެވެ. އެހެންވެ، މީކާލް އަހަންނަށް އިންތިޒާރު ކުރާނެކަން އެއީ އަހަންނަށް އެނގޭކަމެކެވެ.

ކޮންމެ ފަހަރަކުވެސް ޝާނީޒް އޭނާގެ ގެއަށް ވަނުމުގެ ކުރިން އަހަރުމެންގެ ގޭދޮރުމަތިން ދެބުރުޖަހާނެއެވެ. އަހަރެންނަށް ފާރަލާކަން އަހަންނަށް އެނގެނީ ބައެއްފަހަރު އަހަރެން ފެނުމުން އެކަހަލަގޮތަކަށް ޝާނިޒްގެ ބަސްމަގު ހުންނާތީއެވެ. މީކާލްއަށްޓަކާ އަހަރެން ހިތުގައި ކުޑަކުޑަ ވިންދެއް ޖަހަމުންދާއިރު އެހެން މީހަކަށް އަހަރެންގެ ހިތުން ޖާގަ ދޭނީ ކިހިނެތްހެއްޔެވެ؟ ކުރިން ޝާނިޒްއާއެކު ބެހެއްޓި ގާތްގުޅުން މަޑުމަޑުން އަހަރެން ހީނަރު ކުރަމުން ދިޔައީމެވެ. ހަމަ ގަސްތުގައެވެ.. އެއީ އަހަންނަށްވުރެ އެތައްގުނައެއް ދޮށީ މީހަކަށް ވީއިރު ފަހަރެއްގައިވެސް އަހަރެންގެ ޝައުގުވެރިކަން އޭނާއަކަށް ނުހުރެއެވެ.

ވޭތުވަމުންދިޔަ ކޮންމެ ދުވަހަކުވެސް ޒާހިރު ގެއަށް އާދެއެވެ. ޒާހިރުގެ ބޭނުމަކީ ނުވަތަ މަގްސަދަކީ ކޮބައިކަން އަހަންނަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އަހަރެން ހިތްހަމަ ނުޖެހޭ ކަން އެނގޭއިރުވެސް ބައެއްފަހަރު އަހަންނަށް ކުދިކުދި ގޯނާކޮށްހަދައެވެ. ބައެއްފަހަރަށް ގައިގެ އެކި ދިމާލުގައި އަތްލާހަދައެވެ. ބުރަކަށީގައެވެ. ބޮލުގައެވެ. ނޫނީ ކޮނޑުގައެވެ. އަނެއްބައި ފަހަރަށް އަހަރެންގެ ގައިގައި ބައްދާލައެވެ. މިހުރިހާ ކަމެއްވެސް ހިނގަމުންދަނީ ބޭބެއާއި މަރިއްތަ ގޭގައި ނޫޅޭ ވަގުތުތަކުގައެވެ. ޒާހިރުގެ އަމަލުތަށް ހުންނަގޮތުން އަހަރެން އިންތިހާއަށް ރުޅިއަޔަސް މިއިން އެއްވެސް ވާހަކައެއް އަހަރެން ބޭބެމެންގާތު ނުބުނަމެވެ. އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަންނަށްވުރެ ޒާހިރު އެމީހުންނަށް މާބޮޑަށްވެސް މުހިއްމުކަމެވެ. މިއިން ވާހަކައެއް ބުންޏަސް ހަޑިގޮތުގައި ގެއިން ނުކުމެގެން ދާންޖެހޭނީވެސް ހުދު އަހަރެންނެވެ. އެހެންވެ އަހަރެން އުޅެންޖެހުނީ ވަރަށް ވިސްނައިގެންނެވެ.

“ޝަލީން! ސްކޫލް ނިމުނީދޯ؟ މިއަދު ކާންވެސް ނުބުނާންތަ ތިއިންނަނީ؟” ގްރައުންޑް ފްލޯގައި އަހަރެން އިންދާ ޒާހިރު ބުނެލިއެވެ.

“ކާންހަދާފަ ހުންނާނީ. މިރުސްވެސް ތެލުލިން. ފެންވެސް ނަގާފަ ހުންނާނީ.” ފަރުވާކުޑަ ރާގެއްގައި އަހަރެން ބުނެލީމެވެ.

“އާޗާ! ހުރިހާކަމެއް ރެޑީގަދޯ؟ ހިނގާ ދާން އަހަރެން ކާތަނަށް.” އަނެއްކާވެސް ޒާހިރު ބުނެލިއެވެ.

“މިއުޅެނީ އީނާޝް ރީތިކުރަންދާން. އަހަންނަށް ކާގޭގަ މަޑެއް ނުކުރެވޭނެ.” ގަސްދުގައިވެސް ދާން ބޭނުންނުވާތީ އަހަރެން ބުނެލީމެވެ.

“އަހަރެން ބިޓު އިންނާނެ އަހަރެން ކައި ނިމެންދެންވެސް. ޝަލީންވެސް ވާނެ އެގޮތަށް ފަރިތަކުރުން. ފިރިހެނުން ކާންތިބޭއިރު ކައިރީގަ މަޑުކޮށްލިއްޔާ ރަނގަޅުވާނީ.. މަގޭ ވަހޫ ވަރަށް ރަނގަޅުވާނެ.
ވަހޫއަކީ ވަހުޝިއްޔާ.” ޒާހިރު ތަޢާރަފްކޮށް ދިނީ އޭނާގެ ބިޓުކަމަށް ބުނާ މަންޖެއެވެ.

ނުނިމެ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ލޯބިން ބަލާލީމާ 17

Next

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 3

Next
September 26, 2024

ނޭވާ ލާ ހިނދު ހީވޭ ގާތުގާ ވާހެން 3

Previews
September 26, 2024

ލޯބިން ބަލާލީމާ 17

16 Comments!

  1. Nawar says:
    September 26, 2024 at 2:45 pm

    Mi part vx varah varah reethi…
    Huvaa e zaahiru e ulheny moya vegen thr..
    Shaleen gaiga nufirumaa bitu gaiga firuman dhaan v nu…
    Whn next??.

    1. Shaleen says:
      September 26, 2024 at 9:28 pm

      Hehe… Nawar v rulhi aissi dho zaahiru ulhey gothun…komme meeheivves rulhi annaane aslu.
      Midhen Hama mujthamauga kankan hingaa gothuge vaahaka.
      Author shaleen Hama mi vhk mi liyelanee aslu mikahala Gina haadhisaathah himanaalaigen..
      Mujthamau A, amilla nafsuge ithurun ehen meehunge rakkaatherikamah base koh my vhk mi liyelanee…
      Thanks for the comment Nawar.
      Next part next Thursday GA in sha allah

  2. Amaya says:
    September 26, 2024 at 5:32 pm

    Vahushiyyaa ey😆

    1. Shaleen says:
      September 26, 2024 at 9:30 pm

      Hmm. Zaahiru ebunaa kujjayo eiiiiiiiiii…….🥱🥱🥱

  3. gurrrrl says:
    September 27, 2024 at 1:09 pm

    mi part ves vrh reethi
    huvaa mi bunii e zaahiru gandhu dheke vrh rulhi aadhevihje
    biteh hunna iruves ehn meehun fahathun dhuvanii
    when next.. curiously waithing

    1. Shaleen says:
      September 27, 2024 at 9:32 pm

      Comment kolleema v ufaavejje. Vaahaka kiyaalaahithun hureemavesss…
      Kykkuraanee dho zaahiru kahala kithamme baeh dhuniyeyge ulheyne. Ehenve ekahala character eh mi vhk GA miulhenyves.. mujthamauga thibey ekikahala meehun dho.
      Next part next Thursday GA in sha Allah.

      Zaahiru dheke rulhi aiss aissfaves mi vhk kiyahchey. 💪💪

  4. Cutie girl says:
    September 28, 2024 at 12:19 pm

    Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Zaahiru ulhey gotheh dhw
    Shaleen and miykaal gulhuvachey
    They both are made for each other
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih I understand
    Alhugandu ge support Abadhuves libeyne insha Allah
    Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
    Love you ❤️😍

    1. Shaleen says:
      September 28, 2024 at 2:47 pm

      Thanks cutie girl…
      ❤️❤️

  5. Someone says:
    October 2, 2024 at 2:15 pm

    Vaahk up nuvaathy dhn vrh foohi 😞+😡=😭

    1. Shaleen says:
      October 2, 2024 at 3:13 pm

      Understand vey… Ekam shaleen aslu mi vhk liye nimifaeh noon ineekee… Liye nimunuhaa avahah vaahaka week Aku 2 part up kollan visnaafa mihaaru Hama time nagaigen v balan nimmeytho…
      Dhen in kamakee shaleen akee teacher akah vefa, small business egge gothun, handmade masakkaives kuraa meehakah vaathee… Time adjust kollaigen mikankan kuranee… Ehenveema aslu miulheny mihen lassvumei. Also kids GE kankan kuran jeheytheeves ekee…

      Ekam mi hurihaa kamakaa ekuves… shaleen abadhuves v liyaahihvey. Ehenve migothah ves Mikan kollanee…
      Thanks for the comment..
      👍❤️
      Ehenve mihenves time nagamun liyelanee…

  6. Raani says:
    October 2, 2024 at 2:18 pm

    Vaahk vrh reethi
    Hama emme shakuvaa eh othy maa lahy vaahk up vaaleh 😞😞😞
    Plus ehaa dhuvas koffa up vaa iru ehaa kuru vaahk 😭😭😭

    1. Someone says:
      October 2, 2024 at 2:21 pm

      Aslu vx dhww

    2. Shaleen says:
      October 2, 2024 at 3:16 pm

      Understand vey RAANI .. Ekam shaleen aslu mi vhk liye nimifaeh noon ineekee… Liye nimunuhaa avahah vaahaka week Aku 2 part up kollan visnaafa mihaaru Hama time nagaigen v balan nimmeytho…
      Dhen in kamakee shaleen akee teacher akah vefa, small business egge gothun, handmade masakkaives kuraa meehakah vaathee… Time adjust kollaigen mikankan kuranee… Ehenveema aslu miulheny mihen lassvumei. Also kids GE kankan kuran jeheytheeves ekee…

      Ekam mi hurihaa kamakaa ekuves… shaleen abadhuves v liyaahihvey. Ehenve migothah ves Mikan kollanee…
      Thanks for the comment..
      👍❤️
      Ehenve mihenves time nagamun liyelanee…

  7. Laura says:
    October 2, 2024 at 2:26 pm

    Haadha foosseh veyey e zaahiru dheke…
    Kithamme muskulhiyas ladhu kuda kamun lha anhen kudhin fahathun dhuvaathi….
    Huvaa mibuny haadha rulhi eh aassi ey e zaahiru dheke…

  8. John says:
    October 2, 2024 at 2:28 pm

    E zaahiru eii Shaleen bappa kiyaa varuge meehekey…
    Aas gaiga firumaa iru heevany thimaage anbimeehaa hen…

    1. Shaleen says:
      October 2, 2024 at 3:20 pm

      John mi dhen mihaaru baeh insaanunge haalathu dho…
      Mi vhk in mikahala kithamme kamei hurun ekasheegenvey.
      Shaleen adhi mi vaahaka mi liyanee varah bodah sensor Bai nuvanna gothah. Understand vaagothakah. Let’s c dhen kanthahthah vaagoiy
      Thank you john

Comments are closed.

Next Episodeޝަލީން 10←


All Right Reserved!