ޝަލީން 14
“އެހެންތަ؟ ތިކަން ހަނދާން ނައްތާލަންވީނު.. އަން… މިއޮތީ.. މީކާލް ފޮނުވި މެސެޖްތައް ލިޔެގެން ގެނެސްފަ.” ހައެއްކަ ގަނޑުކޮޅު ދެމުން ވިސާމާ ބުނެލިއެވެ.
އަހަރެންގެ އޮފް ވެފައިވާ މޫޑް ކުއްލިޔަކަށް ތާޒާވެލިއެވެ. ވަގުތުން ގަނޑުކޮޅުތަކުގައި ހިފަމުން ބޭގްގެ ކުޑަ ޕޮކެޓް ތެރެއަށް ޖަހާލީމެވެ.
“އަދިވެސް ހާދަ ފާޑަކަށް ތިހުންނަނީ؟ ތިދެން އެހާ ބޮޑުކަމަކަށް ނުހަދަބަލަ. އަހަންނަށް ހީވަނީ ބޮޑަށް ޝަލީންއަށްވެސް ރަނގަޅުވާނީ އެގޮތްހެން.” އަހަރެން އެއްވެސް ބަހެއް ނުބުނެ ހުރުމުން އަނެއްކާވެސް ވިސާމާ ވާހަކަދެއްކިއެވެ.
“ވިސާ! ތިހެން ބުންޏަސް ވިސްނަބަލަ… އަހަރެން ގެޔަށް ދިޔަސް ވިސްނަންޖެހޭ ކަންތައްތައް އެހާ ގިނަ. އަހަރެން ސްކޫލަށް ދިޔަސް މުޅިން މިކަހަލަ ވިސްނުންތަކުގަ. ބުލީކުރުމާ، ސްކޫލުގަ ބާކީވުމާ، ގެއަށް ދިޔައިމަ އެއްކަލަ ޒާހިރުގެ އުނދަގޫ ޖެހުމާ….. ދެން ނޭނގެ. ހިތަށްއަރާ ކޮން ދުވަހަކުންބާއޭ ޖީސީއީ ނިންމާފަ ސަލާމަތްވެވޭނީ؟” އަހަރެންގެ ޝަކުވާތައް މަގުމައްޗަށް ބަންޑުން ކުރަމުންގޮސް ގެޔާއި ކައިރިވިއެވެ.
“ޝަލީން.. މާލޭ މީހުންކައިރި ތިބެގެން ކިޔެވޭނީ ތިކަހަލަ ގޮތަކަށް. ޖެހޭނީ ވަރަށް ކެތްތެރިވާން. ކެތްކޮށްގެންވެސް ކިޔެވިއްޔާ އަހަރުމެންނަށް މޮޅުވާނީ.. އެހެންނޫނަސް އެބަޖެހޭނު އަދި ކޯހެއްވެސް
ހަދަން. ކިޔެވުންތައް އެއްކޮށް ނިންމާފަ ރަށަށް ދިޔައިމަ ކޮންމެސް ވަޒީފާއެއްވެސް ލިބޭނީ.” ވިސާމާ އަހަންނަށްދިނީ ވަރަށް އަގުހުރި ނަސޭހަތެކެވެ.
“ތިބުނީ ތެދެއް… އަހަރެން ބަލާނަން ތިހެންވޭތޯ…” އަހަރެން ބުނެލީމެވެ.
“ޝަލީން ހަދާނީ ކޮންކަހަލަ ކޯހެއް؟” އަހަރެންގެ ބޭކާރު ހިޔާލުތަކުން އެއްކިބާކޮށްލަން ވިސާމާ އަހާލިއެވެ.
“އަދި ނޭނގެ. މަންމަމެން ބޭނުންވަނީ ގުރްއާން ކޯހެއް. އަހަރެން އެކަމު ލައިކް ވަނީ ދިވެހި ޓީޗިންގ. ހިދުމަތް ކުރަން އެންމެ ބޭނުމީ ސައިކޮލޮޖިސްޓަކަށްވެގެން.” އެކި ހިޔާލުތައް ހުރިގޮތުން ބުނެލީމެވެ.
“ހާދަކަމެއް… ދެން ތިއިން އެންމެ ފައިދާ ވާކަމެއް ކުރޭ އެހެންވީމަ.” ވިސާމާ ބުނެލިއެވެ
“އާނ… ގުރްއާން ކޯސް ފުރަތަމަ ހަދާނީ. ރަށުގަ ނެތް އެކަމުގެ ހާއްސަ ޓީޗަރުންނެއް. ސްކޫލުން ނޫނީ ކްލާހަކުން ވިޔަސް ޖޮބެއް ލިބިދާނެ. ނޫނީ ގޭގަ އެމަސައްކަތް ކޮށްގެން ރުފިޔާ ހޯދިޔަސް ކީތްތަ؟ ދެން ދިވެހި ޓީޗިންގ… އެކަމު މިހާރުވެސް ރަށު ސްކޫލްގަ ވަރަށް މޮޅު ދެޓީޗަރުން އެބަތިބި.. އެހެންވީމަ އެހާ ހޯޕެއްނެތް އެކަމަށް. ދެން ސައިކޮލޮޖީ… އެކިޔަވައިންގޮސް ރަށުން ވަޒީފާއެއް ނުލިބޭނެ. އާބާދީ އެހާކުޑަވެފަ، މީހުން ހޭލުންތެރި ނޫންވިމަ” އަހަރެން ކިޔައިދިނީމެވެ.
“އޯހް… އެހެންވީމަ ތީގަ މޮޅީ ގުރްއާން ޓީޗިންގ… ގައިމު ޑިމާންޑް އޮވެފަ، ދަރިން ލިބުނަސް ކިޔަވާލަދޭން އިނގޭނު.” ވިސާމާ އޭނާގެ ހިޔާލުދިނެވެ.
“އޭތް ދެން ގެއަށް ވަންނަނީމި.. ވަރަށް އަވަހަށް މި މެސެޖްތަކުގެ ޖަވާބު ލިޔެލާފަ ގަނޑުކޮޅެއް ދޭނަން. ވިސާދެން އަބަދުވެސް ހަދާހެން ރިޕްލައި ލިޔެލާފަ އެ ނަމްބަރަށް ސެންޑްކޮށްލަދީ.. ބައި ..” ގެއަށް ވަންނަން ދަމުން އަހަރެން ބުނެލީމެވެ.
އެރޭ އަހަރެން ގެޔަށް އައިއިރު އިޝާނީ އާއި ޔާނީވެސް ނެތެވެ. މުހައްމަދުބެ އޭރު ކުޑަކުޑަ އީނާޝް އުރައިގެން ހުއްޓެވެ. އެކުއްޖާ ނިންދެވުމަށްޓަކާ ކޮނޑުމަތީގައި ބާއްވައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީއެވެ.
“ކޮބާ މަރިއްތަމެން.؟” އަހަރެން އަހާލީމެވެ.
“ޝަލީން ބޮޑުދައިތަގެ ކުއްޖަކު އަންނަ ހަފްތާގަ މެރީކުރާތީ ފޮތިތަކެއް ހިފައިން ފަޒްލާ ކައިރިޔަށްގޮސްވީ.” މުހައްމަދުބެ ބުންޏެވެ.
“އެހެންތަ؟…” އަހަރެން ބުނެލީމެވެ.
“ޝަލީންވެސް ޖެހޭނެއްނު އެޕާރޓީއަށް ދާން.” މުހައްމަދުބެ ބުންޏެވެ.
“އާނ… ދާންވާނެއްނު ތިމައިގެ މީހުންވީމަވެސް.” އަހަރެން ބުނެލީމެވެ.
“މަރިއްތަ ފަހާދޭނެ ކަންނޭނގެ ޝަލީންއަށްވެސް ހެދުމެއް.” މުހައްމަދުބެ ވަރަށް އުންމީދާއެކު ބުނެލިއެވެ.
“ނޫނޭ.. ޕާރޓީއަކަށް ގަނެފަ އިންނާނެ ފެހި ކުލައިގެ ހެދުމެއް. އެހެންވެ އަހަރެން ދެން އެކުލައިގެ ހެދުމެއް ނުހޯދާނަން. މަރިއްތައޭ ގަނެދިނީވެސް…. އެހެންވެ އިޝާނީއާ ޔާނީ ގޮވައިން އެދިޔައީ..” އަހަރެން އޮޅުން ފިލުވައިދިނީމެވެ.
“އެހެންދޯ އެވީ.” މުހައްމަދުބެ ބުންޏެވެ.
“ބޭބޭ! ކުޑަކޮށް ބޮލުގަ ރިއްސާތީ މިއުޅެނީ.. މައްޗަށް ގޮސްފަ އެހާއަވަހަށް ތިރިޔަށް ނާދެވިދާނެ. އީނާޝް ކައިރިޔަށްވެސް…. ދެން އަހަރެން މިރޭ ނުވެސް ކާނަން… އެހެންވީމަ މަރިއްތަމެން އައިއްޔާ ބުނެލަދީ އަހަރެން ބޮލުގަރިއްސާތީއޭ އުޅެނީ.” ހާލަތު ބަޔާންކުރަމުން އަހަރެން ސިޑިން މައްޗަށް އެރީމެވެ.
އަހަރެން ދަބަސް ބެހެއްޓުމަށްފަހު ވިސާމާދިން ގަނޑުކޮޅުތައް ބަލައިލީމެވެ. އޭގައި ގާތްގަނޑަކަށް 7 ގަނޑުކޮޅު އޮތެވެ. އަހަރެން ފަހަރަކު ގަނޑުކޮޅެއް ކިޔަމުން ދިޔައީމެވެ. ކޮންމެ ގަނޑުކޮޅެއްގައި އަހަރެންގެ ހާލު އަހާފައިވާއިރު، އޭގައިވަނީ މުޅިންވެސް އަހަރެންދެކެ މީކާލް ލޯބިވާ ވާހަކަތަކެވެ. މިހާރާއި މުސްތަގްބަލްގައި ވެސް އެގޮތުގައި ހުންނާނެ ވާހަކައެވެ. އިންތިޒާރު ކުރާނެ ކަމުގެ އެތައް ވާހަކައެއް ލިޔެފައިވާއިރު، އަހަރެން ދެކެލާހިތުން ހުންނަ ވާހަކަވެސް އޭގައި ލިޔެފައި ވެއެވެ.
މީކާލްގެ ރިޕްލައިގާ އިންތިޒާރުގެ ވާހަކަ ލިޔެފައިވާތީ އަހަރެން ހަނދާންވީ ރާހިން މަތިންނެވެ. ރާހިންއަކީ އަހަރެންގެ އުމުރުން އެންމެ 8 އަހަރުގައި އަހަންނަށް ފާރަލަމުންދިޔަ ކުއްޖެކެވެ. އޭރު އަހަންނަށް އެކަމެއް ނޭނގެއެވެ. ރަށު ސްކޫލްގައި އޭރު އަހަރެން ކިޔަވަމުން ދިޔައީ ގްރޭޑް 2 ގައެވެ. ކްލާހުން އަހަރެންގެ އެންމެ ކައިރީގައި އިންނަނީ ރާހިންގެ ކޮއްކޮ ޝުހައިލާއެވެ.
ރާހިންއަކީ ގްރޭޑް 3 ގެ ކުއްޖެކެވެ. އަހަރެންގެ ކްލާހާ ދިމާލުން ތަންކޮޅެއް ދުރުން ކުރިމަތީގައި ހުންނާނީ އެކްލާހެވެ. އަހަންނާ ޝުހައިލާ އިންނަނީ ކްލާހުގެ އެންމެ ފަހަތުގައިކަމުން، ރާހިންގެ ކްލާސް ވަރަށް ރީއްޗަށް ފެނެއެވެ. ރާހިން ސްކޫލަށް ނާންނަ ދުވަހެއްގައިނަމަ އަހަންނަށް ރާހިން ފެންނަނީ ކްލާހުގެ ބޭރުފަރާތުން ހުންނަ ގެއެއްގެ ޖޯލީގައި އެކަނިމައި އެކަނި އިންނަތަނެވެ. ރާހިން އަހަންނާ ދިމާލަށް ބަލާކަން ފާހަގަކުރަން އޭރު އަހަންނަށް ނޭނގުނީއެވެ. ބައެއް ދުވަސް ދުވަހު އަހަރެންގެ ޕީއީ ގަޑީގައި ރާހިން ހުންނާނީ އަތިރިމަތީގައެވެ. އަހަރެންނަށް އޭރު ވިސްނުނީ އެއީ ޝުހައިލާ ކުޅޭތަން ބަލަން އަންނަ ކުއްޖެއް ގޮތުގައެވެ.
އެއްދުވަހަކު އަހަރެން ސްކޫލް ނިމުމާއެކު، ގޭޓުން ނުކުންނަން ހިނގައިގަތީމެވެ. އެއީ ރާހިން އަހަންނާ ދޭތެރޭ ދެކެންފެށި ގޮތް ފުރަތަމަ ފަހަރަށް އަހަންނަށް ފާޅުގައި އެނގުނު ދުވަހެވެ. ބިޓުންނާ ރިލޭޝަންޝިޕްއަކީ ކޮބައިކަން އޭރު އަހަންނަކަށް ނޭނގެއެވެ. އެހެނަސް އެކަންކަން ހަނދާންވުމުން މިވަމުންދާގޮތް މިހާރު އަހަންނަށް އެނގެންފަށައެވެ. އަހަރެން ނުކުންނަން އައި ވަގުތެވެ. އޭރު ރާހިންގެ ކްލާހުގައި ކިޔަވަމުންދާ އަހަރެންގެ ބޭބެ އަހަންނަށް ގޮވާލީއެވެ.
“ޝަލީން! އޭތް…. ޝަލީން! އާދެބަލަ.” އަޒީމްގެ އަޑަށް އަހަރެން މަޑުކޮށްލީމެވެ. އޭރު އެހަލަބޮލި މާހައުލުން ކުދިންތައް ނުކުންނަމުން ދިޔައެވެ.
“އެހެރަ ކުއްޖާ ސަލާމްބުނި” އަޒީމް އަހަންނާދިމާލަށް ބުނެލިއެވެ.
“އާނ ރަނގަޅު..” އަހަރެން ބުނެލީމެވެ.
“މަޑުކޮށްބަލަ! ޝަލީންއަށް އެކުއްޖާ ރީތިތަ؟” އަޒީމް އަނެއްކާވެސް ބުނެލިއެވެ. އަޒީމްއަކީ އަހަރެންގެ ކަޒިންއެއްކަމުން، އިހްތިރާމް ކުރުމުގެގޮތުން އަހަރެން މަޑުކުރީމެވެ.
“އައްޗީޑި…. އެކުއްޖަ މާކަޅު. ރީއްޗެއްވެސް ނޫން.” އަހަރެން އެހެން ބުނީ އޭރު އަހަންނަށް ވާނުވާއެއް އަދި ކަމުގެ މަގްސަދެއް ނޭނގޭތީއެވެ. އަހަރެންގެ ސިކުނޑި އެކަހަލަ ބޮޑެތި ވިސްނުންތަކަށް ހޭލާ ވަރަށްވުރެ އަހަރެން މާކުޑައެވެ.
“އޭތް! އޭނައެއް ނޫން މިދައްކަނީ… އެހެރަ އަންނަ ކުއްޖާ.” އަޒީމް އެހެން ކުއްޖަކަށް އިޝާރާތް ކުރަމުން ދެއްކީ ރާހިންއެވެ.
“އާނ އޭނަ ރަނގަޅު. ޕިސް… ދައްކަބަލަ އަހަރެން ދާންވެއްޖެއޭ.” އަޒީމްގެ އުނދަގޫ ބޮޑުކަމުން އަހަރެން ބޭނުންވީ އަވަހަށް ސްކޫލުން ނުކުންނާށެވެ.
ކުއްލިޔަކަށް ރާހިންގެ ހިޔާލުތަކުން އަހަރެން ނުކުތީމެވެ. އިތުރަށް ބޮލުގައި ރިއްސާފާނެތީއެވެ. ގަނޑުކޮޅުތައް ފަތްޖަހާލުމަށްފަހު އަހަރެން ގެންގުޅޭ ސިއްރު ފޮތްތެރެއަށް ލީމެވެ. އަހަރެންގެ ތުންފަތުން މާބޮޑު ހިނިތުންވުމެއް ނުފެންނަނީ ކްލާހުގައި އަހަންނާދޭތެރޭ ކަންތައްތައް ވެގެންދިޔަ ގޮތުންނާވެސް އެކުގައެވެ.. އެހަނދާންތަކުގައި ހުރެ ފޫހިގޮތަކަށް ބާމު ފުޅިއެއް ނަގަމުން އަހަރެން އެނދުގައި އޮށޯތީމެވެ. ނިތްކުރިޔާއެކު ބޮލުގެ ވަކި ހިސާބެއްގައި ބާމު ހާކާލުމަށްފަހު ދެލޯމަރާލީމެވެ.
“މީކާލް! ޝަލީންއޭމީ..” ފޯނުން ގުޅައިން އަހަރެން ވާހަކަ ދެއްކީ މީކާލްއާއެވެ.
“ކީއްކުރަން އަހަންނަށް ތިގުޅީ.. އަހަންނަށް ރަނގަޅީ ޝަލީން އަހަންނަށް ނުގުޅިއްޔާ. އެންމެ ފަހުން ފޮނުވި މެސެޖްތައް ރަނގަޅަށް ނުކިޔަންދޯ؟ އޭގަ އޮންނާނެ ސަބަބު ބުނެފަ.. ތީއެހެން ރަށެއްގެ ކުއްޖެއްވީމަ، އަހަރެން މަންމަމެން އެހާ ގަބޫލެއްނޫން ޝަލީންއާ ގުޅޭކަށް.” ފުރަތަމަ ފަހަރަށް ހިތްހަމަނުޖެހިގެން މީކާލްގެ ދުލުން ބުނެލި ބަސްތަކުން އަހަރެން ހައިރާންވިއެވެ.
“ދެން މީގެ ފަހުން އަހަންނަށް ނުގުޅާތި.. އަހަންނަށް މެސެޖްވެސް ނުކުރާތި. އަހަންނަށް އުޅެވޭނީ މަންމަމެން ބުނާގޮތަށް. އަޑުއިވިއްޖެތަ؟”
މީކާލްއަށް އެވަރު ބޮޑު ބަދަލެއް ކުއްލިޔަކަށް އައީ އޭނާގެ މަންމަގެ ސަބަބުންކަމުގައި ވާނަމަ، އަހަންނަށް ދެން ރަނގަޅުވާނީ ވެސް މީކާލްއާ ދުރުވުމެވެ. އަހަރެންގެ ވިސްނުންތައް އެގޮތުގައި ދައުރުވަމުން ދަނިކޮށް ސިއްސައިން ދިޔައީ މީކާލް ފޯނު ކަނޑާލުމުންނެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







meekaal shaleen ah ehn hedhii whyy meekaal ah neyngeneetha shaleen meekaal ah inthixaaru kuraavaru… alheyyyy so sad…… ekm ves vrh reethi mi part vx when next part
keep it upp
Thanks gurrrrl
Next part will be on Thursday in sha Allah
Dheravey dho Meekaal mihedhi gothakun 😔
I ah heevany eii huvafeneh hen…
Am I right??….
Shaleen aa meekaal ge baeh vrh kiyaalan hithun huryyy..
Mi part haadha kureyyy….
Nxt part avahah up kohdheebaaa
Pls pls pls pls pls pls pls pls pls…… I’m begging you 🙏
Pls pls pls 😭 pls pls pls…….pls 😭😭😭🙏
Hi kokko
V ufaavejje comment eh libuneema..
Yes mi part kurukan shaleen ah ves ingey..
Ehenve mi balanee next part dhigu kollanvegen.
Next part kiyaaleema dhen ingidhaane shaleen n Meekaal ah miveegothei. 🥺🥺🥺🥺
Ok ok v balaanan avahah next part publish kureveytho in sha allah
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Meekaal and shaleen gulhuvachey
Meekaal Ehn nuhadhaa shaleen ah
Mi part kiyaafa rovijje
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you
Thanks dear cutie girl
V ufaavey thihen alhugandah support dhevvaathee ..
Hingaa dho balaalan dhen Meekaal n shaleen GE life ah mivaagoiy ..
Thanks anekkaaves