ޝަލީން 10
“އަހަރެން ބިޓު އިންނާނެ އަހަރެން ކައި ނިމެންދެންވެސް. ޝަލީންވެސް ވާނެ އެގޮތަށް ފަރިތަކުރުން. ފިރިހެނުން ކާންތިބޭއިރު ކައިރީގަ މަޑުކޮށްލިއްޔާ ރަނގަޅުވާނީ.. މަގޭ ވަހޫ ވަރަށް ރަނގަޅުވާނެ.
ވަހޫއަކީ ވަހުޝިއްޔާ.” ޒާހިރު ތަޢާރަފްކޮށް ދިނީ އޭނާގެ ބިޓުކަމަށް ބުނާ މަންޖެއެވެ.
އޭރު ޒާހިރު އިނީ ފާޑަކަށް ދެލޯ ކުޑަކޮށްގެންނެވެ. ހިނިއައިސްފައެވެ. އެއްމިޔަކަނުން ހިނިއައިސްފައި އިންއިރު އެއިން އަހަރެންގެ ހިތަށް ލިބުނީ ބިރުވެރި ސިގްނަލެކެވެ. ހަގީގަތުގައި ޒާހިރުގެ އަތްމުނިމުނިކަވާ އަމަލުތައް ހުންނަގޮތުން އަހަރެން އަމިއްލައަށް، އަހަންނާ ދޭތެރޭ ވިސްނަން މަޖުބޫރެވެ. އަހަރެންގެ ހަށިގަނޑުގެ ޒިންމާއަކީ އަހަރެން އަމިއްލައަށް ނަގަންޖެހޭ އެއްޗެއްކަން އަމިއްލައަށް ވިސްނަންޖެހެއެވެ.
“ވަހުޝިއްޔާއޭ!!.. ޗި …. އެވެސްދެން މީހުންނަށް ކިޔާނަންތަ؟ މުސްލިމަކަށް ކިޔަން ހެޔޮނުވާވަރު ނަމެއް” ހައިރާންވެފައިހުރެ، އަހަރެން ބެލީ އަވަހަށް އެކަމުން ރެކެވޭތޯއެވެ.
“އޭތް!! ދެން މަޑުކޮށްލަބަލަ.. ބޭނުމިއްޔާ ދެން އަންނަ ގަޑިޔަކުން ޗޮކްލެޓެއްވެސް ގެނެސްދީފާނަން.” އަހަރެން ހުއްޓުވުމުގެ ގޮތުން އެއްޗެކޭ ކިޔައިން ހައްލާލަން ޒާހިރު ބޭނުންވިއެވެ.
“ބުނަން؟ ކަލޭގެ ވަހުޝިއްޔާ ދޯޅު ކުރަން ތިހެން ވާހަކަ ދެއްކިޔަސް، އަހަރެން ތިހިންދައްކާހާ ވާހަކައަކަށް ދޯޅެއް ނުވާނަން. އަހަންނަކީ ކިޔަވާ ކުއްޖެއް. ކަލެއަށް އެވަރު ނޭނގުނުތާ އަހަންނަކީ ކުޑަކުއްޖެކޭ ހިތަށްއަރާ އިހްތިރާމް ކުރަންވެސް ނޭނގުނު… އެހެން ނޫނަސް، އަހަންނަށް މިވަގުތު ނެތް މަޑުކުރެވޭކަށް. އެވެސް މަގޭ ނަސީބު ކަންނޭނގެ.” އެހެން ބުނަމުން އަހަރެން ކާގެއިން ނުކުންނަން ހިނގައިގަތީ ޒާހިރަށް ފަސްދެމުންނެވެ.
ޒާހިރު އެއީ ކޮންކަހަލަ މީހެއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެންގެ ޅަސިކުނޑިއަށް ޒާހިރު ސިފަވަނީ، ނުބައި ވިސްނުންތަކުގައި ކަސްތޮޅު އެޅިފައިވާ މީހެއް ފަދައިންނެވެ. ޒާހިރުގެ މިޒާޖް އަހަންނަށް އެނގެމުން ދިޔަވަރަކަށް އަހަރެން އޭނާމަތިން ފޫހިވާލެއް އަވަސްވަމުން ދިޔައެވެ. ބޭބޭމެންނަށް ޒާހިރަކީ މާބޮޑަށް މާތް މީހަކަށްވިޔަސް އަހަރެންގެ ނަޒަރުގައި ޒާހިރަކީ ރަނގަޅު އަހްލާޤެއް ހުރި މީހެއް ނޫނެވެ. ބޭބެމެން އެކަން ނުވިސްނާނަމަ ދެން އެކަން ވިސްނާނީ އަހަރެން އަމިއްލައަށް ކަމުގައި އަހަރެން ނިންމީމެވެ.
ދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެން އިނީ ސިޓިންގް ރޫމުގައި ވާހަކަ ލިޔާށެވެ. މުޅި ވާހަކައިގެ ތެރެއަށް ގެނބިފައި އަހަރެން އިނީ ވާހާކަލިޔުމަށް އޮންނަ ޝައުގުވެރި ކަމެއްގެ ސަބަބުންނެވެ. ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ ބޭރުން އިވުނު އަޑެއްގެ ސަބަބުންނެވެ. އެއީ ކޮން އަޑެއްކަން ދެނެގަންނަން އަހަންނަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. ވަގުތުން އަހަރެން ބަލައިލީ ދޮރާ ދިމާލަށެވެ. އެއީ ކުރިމަތީ ހުރި ބިލްޑިންގއަށް ގެންގޮސް އަހަރެން އިއްފަތްތެރިކަން ފޭރެން މަސައްކަތްކުރި “ފުއްޓަކި” ޖެހި މީހާއެވެ. ވަގުތުން އަހަރެން ގޭތެރެއަށް ދުއްވައިގަތީ ކޮޓަރިއަކަށްވަދެ ހިމާޔަތް ހޯދުމަށެވެ.
“ކިހިނެއްވީ؟ މާބާރަށް އައިސް ދޮރު ތަޅުލީ؟ މުޅިމީހާ ތިހުރީ ބިރުން..” މުހައްމަދުބެ ކޮޓަރިތެރޭގައި ހުރިކަން އަހަންނަށް އެނގުނީ ވާހަކަ ދެއްކުމުންނެވެ.
“ބޭބޭ. މީހަކު… އަޅެ އޭނަ ހަމަ އަހަރެން ފެންނައިރަށް “ފުއްޓަކި” ޖަހަނީއޭ… އަހަރެން މިއައީ އެކަމާ ބިރުން ފިލަން.” އަހަންނަށް އެހެން ބުނެވުނުއިރު މުހައްމަދުބެ ކޮޓަރީގެ ދޮރު ހުޅުވާލާ، ބޭރު ދޮރާދިމާ ބަލާލިއެވެ..
“މީހަކުނެތް…” މުހައްމަދުބެ އެހެން ބުނަމުން އެތެރެއަށް ވަނެވެ. އަހަރެން ބެލީ ފޮތްތައް ހިފައިން ދުވެފައިގޮސް މައްޗަށް އެރޭތޯއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ ބާރުދުވެލީގައެވެ. ދެމަހުން އެއްމަހު ކަހަލަ ގޮތަކަށް މީކާލް މާލެ އާދެއެވެ. ފާޅުގައި ވާހަކަ ދައްކަން ފުރުސަތު ނުލިބުނަސް، އަހަރެންގެ އިންތިޒާރުގައި ސަހަރާގެ ފާރުކައިރީގައި މަޑުކޮށްލައިގެން މީކާލް ހުރެއެވެ. އަހަރެން ފެނުމުން މީކާލްއަށް ހިތްހަމަޖެހުން ލިބޭގޮތަށް، މީކާލް ފެނުމުން އަހަރެންވެސް އުފާވެއެވެ.
އެފަދަ ރެއެއްގެ އިރާކޮޅު ވަގުތެވެ. ކޮޓަރިތެރޭގައި ތިބީ ޔާނީއާއި އަހަރެން އެކަންޏެވެ. އާދައިގެ މަތިން މަޣްރިބު ނަމާދުކޮށްލައިގެން އަހަރެން އޮތީ ކުޑަދޮރުން ބޭރު ބަލާލާށެވެ. އޭރު މީކާލް މާލެ އައިސްއުޅޭތާ ދެދުވަސްވަރު ވެދާނެއެވެ. ސަހަރާކައިރި ހުއްޓިލައިން ހުރި މީކާލް ހިނިއައިސްފާހުރެ އަތުގެ އިޝާރާތުން މަޑުކޮށްލުމަށް އެދުނެވެ. މީކާލްގެ އެއިޝާރާތަށް ތަބާވަމުން އަހަރެން މަޑުކޮށްލައިން ބަލަން އޮތީމެވެ.
އަހަންނަށް ފެނުނީ މަޑުމަޑުން މީކާލް ކުރިޔަށް އަންނަތަނެވެ. ތަންކޮޅަކަށް ހިނގާލުމަށްފަހު މީކާލް އޭނާގެ ޖިންސްގެ ފަހަތު ޖީބުން އެއްޗެއް ނެގިއެވެ. އަހަރެން ހުރީ މީކާލްގެ ޖާދުވީ ހަރަކާތްތަށްފެނި ވާންއުޅޭގޮތްވެސް ނޭނގިފައެވެ.
“ހިފާ” އަތުގާވާއެތި އަހަންނާދިމާ މައްޗަށް އެއްލަމުން މަޑުކުރުމެއްނެތި މީކާލް ހިނގައިގަތެވެ.
މީކާލް އެއްލި އެއްޗެއް ހިފުމަށް އަހަރެން ދުރާލާ ތައްޔާރެއް ނުވަމެވެ. އެއީ މީކާލް އަހަންނަށް އެއްޗެއް ދޭން އުޅޭކަން އެނގިފައިވެސް ނުވާތީއެވެ. މީކާލް އެއްލި އެތީގައި ހިފަން އުޅުމުގެ ތެރޭގައި އަހަރެންގެ ބޯ ޖެހުނީ ދޮރުގެ މަތީ ދާރަފަށުގައެވެ. ވީތަދުން ބޮލުގައި އަތް އަޅާލަމުން އަހަންނަށް ދެލޯމަރަލެވުނެވެ. އެހެންވުމުން ފުރަތަމަ ފަހަރަށް މީކާލް ކުރިމަތީގައި ލަދުވެސްގަތެވެ.
“ޝަލީން… ކިހިނެއް ތިވީ؟ ހާދަ ބާރަކަށް ބޯޖެހުނީ؟ ދައްކަބަލަ ބަލާލަން..” އަހަރެންގެ ބޯ ޖެހުނު އަޑަށް ސިއްސައިގެންގޮސް ޔާނީ ބުނެލިއެވެ.
“މަގޭ ބޯޖެހުނީޔޭ؟ ޕިސް.. އެހެންނޭ ވަނީ.. ނަސީބެއްނު އަދި ފަޅައިން ނުދިޔަކަން.. މިބުނީ… ފަޅައިން ނުދާކަން…. މިހާއަވަހަށް ބޮޑު ގޮތންބެއް ނަގައިފި.” އަހަންނަށްވީ ތަދު ފޮރުވަން މަސައްކަތެއް ނުކުރެވުނެވެ.
“ކޮން ކަމަކާތަ ބޯޖެހުނީ؟ ހަމަ ހުރެފަ ބޮލެއް ނުޖެހޭނެދޯ؟” ޔާނީ ސުވާލު ކުރަންފެށިއެވެ.
“ބޯ ދޯ؟ މަވެސް މިބަލަނީ ކިހިނެއްވީ ކަމެއްތޯ… ބަލަންނޭ މިއުޅެނީ… ޔާނީވެސް ބަލާބަލަ.” އަތްތިލަ ހުޅުވާލަމުން އަހަރެން ބަލާލީމެވެ.
” ވާވް…. ފަށެއް؟ ކާކުދިން އެއްޗ…؟ އަހަރެން ވަގުތުން ޔާނީގެ އަނގަމަތީ އަތްއެޅީމެވެ.
“ޝްޝް… ބުނަންތަ ވާހަކައެއް.. އަހަރެން މިހުރީ ދެންމެ ބޯޖެހިފަ.. ފަހަރެއްގަ މަދައްކާ ހުރިހާ ވާހަކައެއް ރަނގަޅު ނުވެދާނެ. ކުޑަކޮށް ބޯގޯސް ވާހަކަވެސް ދެއްކިދާނެ. އަހަރެން ބޯގޯސް ވާހަކަ ދެއްކިޔަސް ޔާނީ ދެން މިގޭ މީހުންކައިރި ބުނާނީއެއް ނޫން އިނގޭ. ވަރަށް މޮޅެތި ވާހަކަވެސް ދެއްކިދާނެ… ދެން އެކަމު މަންމަމެން ކައިރީ ނުބުނާތި..” ޔާނީގެ އަނގަ ގަދަކަމުން އެވާހަކަ ދައްކަފާނެތީ އަހަރެން ވަގުތުން ބޯގޯސް މީހަކަށް ހެދެން މަސައްކަތް ކުރީމެވެ.
“ހޫމް… ނުބުނާނަން..” ފާޑަކަށް އިނދެ ޔާނީ އެހެން ބުނެލުމުން އަހަރެން ހިނިއައެވެ.
“މިތަނުން ދިޔަ ފިރިހެން ކުއްޖަކު އެއްލި އެއްޗެއްމީ.. އެހިފަން އުޅެނިކޮށް ތެޅިގަތްވަގުތު ބޯޖެހުނީ. ދެން ބޯޖެހުނަސް، ހަދިޔާއެއް ލިބިއްޖެތާ.. ބުނަންތަ؟ އެއީ އަހަރެންގެ ބޯއީ ފްރެންޑްއަށް ވާހިތުން އުޅޭކުއްޖެއް. އެކަމު މިވާހަކަތައް ނުބުނައްޗެ އިޝާނީ ކައިރީވެސް.” އަހަރެން ވާހަކަތައް ހިއްސާ ކުރަމުން ދިޔައީ ޔާނީއަކީ އަހަންނަށްވުރެ މާބޮޑަށްވެސް ހަގު ކުއްޖަކަށްވީމައެވެ.
އަހަރެން ދެއްކި ވާހަކަތަކަށް ޔާނީ އެއްބަސްވުމުން އަހަރެން ހިތްހަމަ ޖެހުނެވެ. ޔާނީ އޭނާގެ ފޮތްތައްނަގާ ކިޔަވަން ފެށުމުން އަހަރެން އެނދުގައި އިށީންދެލީމެވެ. އަދި އެއަށްފަހު، އަތުގައިވާ ތުނިތުނި ފަށަށް ބަލައިލީމެވެ. އެއީ އަސްލު ރިހި ނޫނަސް ހަމަ ރިހި ކުލައިގެ ފަށެކެވެ. އެފަށުގެ ފުލުގައި ވަނީ ރޭޒަރު ތިލައެކެވެ. ފަށުގެފޫ ފެނިފައި އަހަރެން ކޮންމެސް ވަރަކަށް ބިރުގަތެވެ. ޖެހިލުން ވިއެވެ.
“އެއްފަހަރުން ޒަޚަމް” ފަށުގައިވާ ފޫ ފެނުމުން މަޑުމަޑުން އަހަރެން ބުނެލީމެވެ. އެއީ ރޭޒަރު ތިލައެއްހެން އޭގެ ފަށުފޫ އިނުމުންނެވެ.
“ކީކޭ؟ މިހާރު ކޮން ޒަޚަމެއް.؟ މަންމަ ގެންގުޅޭ ވާހަކަ ފޮތަކަށް ކިޔާނޭ ޒަޚަމް.” ފޮތެއް ދުރަށް ޖައްސާލަމުން ޔާނީ ބުނެލިއެވެ.
“އާނ… އެޒަޚަމްއޭ މިކިޔަނީ.. ޕިސްޕިސް ޔާނީވެސް ދޯ!! ދެން އަޑުނާހަނީ ކޮންވާހަކައެއް؟ ތި ފޮތްކިޔާބަލަ.. އަހަރެން ބުނިންތަ މިއިނީ ބޯ ސަކަރާތްވެފައޭ.. އެހެންވިއްޔާ އަހަރެން ކިޔާނެ މޮޔައެއްޗިސް.. މިކިޔާ އެއްޗަކަށް ނުވިސްނާ.. ތިކަމަށް ވިސްނާ.. އިނގޭ…!” އަހަރެން އަނެއްކާވެސް ވާހަކަ އޮޅުވާލަމުން ބުނެލީމެވެ.
މީކާލް ލޯބީގެ ގޮތުން އަހަންނަށް ދިން ފުރަތަމަ ހަދިޔާއަކީ ލޯބިލޯބި ފަށެއްގެ އިތުރުން ބޮލުގައި އަޅަން ޖެހުނު ވެނީތަދެވެ. އަހަރެން އަބަދުވެސް އެކަން ހަނދާން ހުރެއެވެ. އެހެން މީހުންނަށް މިފަދަ ލޯބީގެ ހަދިޔާ ލިބެނީ އަތުން އަތަށެވެ. ގައިމުވެސް، އަހަރެންގެ ކަރުގައި އަޅަން ލިބުނުފަށަކީ އަހަރެންގެ އަތުން އަޅަންޖެހުނު ލޯބީގެ ފަށެކެވެ. އެހެނަސް ހަގީގަތަކީ، ފާޅުގައި އެފަށް އަޅަން އަހަންނަށް ނުކެރޭނޭކަމެވެ. އަހަރެންގެ ކަރުން ކުއްލިޔަކަށް ފަށެއް ފެނުމުން މަރިއްތަމެންގެ ނިމުމެއްނެތް އެތަައް ސުވާލެއް ކުރާނެކަން އަހަންނަށް އެނގެއެވެ. އެހެންވެ އަހަރެން ވަގުތުން އެފޮރުވާލީމެވެ.
ނިދަން އޮށޯތުމާއެކު އަހަރެންގެ ބޮލަށް ސަވާރުވީ ޒައިޝްގެ ހިޔާލުތަކެވެ. އެއީ އަހަރެން އެންމެ ލޯބިވީ ކުއްޖާއެވެ. އަހަންނާއި ޒައިޝް ދުވަހަކުވެސް ވާހަކަނުދައްކާ 3 އަހަރު ހޭދަކުރީ އެއް ކްލާސްތެރޭގައެވެ. އޭރު އަހަރެންގެ ޝައުގުވެރިކަން ޒައިޝްއަށް ހުރިކަން އެނގިހުރެވެސް ޒައިޝް ދިޔައީ އަހަރެންގެ ހިތުގައި ޖައްސަމުންނެވެ. އަހަރެންގެ ކުރިމަތީ ކުޅެމުންދިޔަ ޑްރާމާއަކީ ކްލާހުގައި އިން ދޮންދޮން ރީތި އަންހެން ކުއްޖާއާ ވާހަކަ ދައްކަން ޒައިޝް ކުރަމުންދިޔަ މަސައްކަތްތަކެވެ. އެއަންހެން ކުއްޖާއަކީ އަހަރެންގެ ބެސްޓްފްރެންޑްގެ ކޮއްކޮއެވެ. އަހަރެން ދިޔައީ ކޮންމެ ދުވަހަކުވެސް ޒައިޝް ކުޅެމުންދާ ހިތްދަތި ޑްރާމާތައް ކެތްތެރި ކަމާއެކު ބަލަމުންނެވެ.
ޒައިޝްގެ ހަނދާންތައް ފޮހެލަން ކުރާ މަސައްކަތް ކާމިޔާބު ވާނެބާއޭ އަހަރެންގެ ހިތަށްއަރައެވެ. މީކާލްގެ ދުނިޔެއަށް ފުރަތަމަ ފަހަރަށް އަހަރެން ނޭވާލުމުގެ ކުރިން ވިސްނާލީމެވެ. މީކާލްގެ އުޅުން ކިތަންމެހާވެސް ރަނގަޅުކަން ފެންނަނީ އަހަރެންގެ ލޮލަށެވެ. އަދިވެސް އަހަރެންގެ ހިތަށް ފެންނަނީ ޒައިޝްގެ ރީތި ސޫރައެކެވެ. ހަގީގަތުގައި ހަދަންވީގޮތް އަހަންނަށްވެސް ނޭނގެއެވެ. މީކާލްދެކެ އަހަންނަށް ލޯބިވެވޭކަމާމެދު އަހަންނަށް އަދިވެސް ޝައްކެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.







Maasha Allah mi part vx varah varah reethi….
Boagoas hehe🤣🤣🤣
Whn next..
Thanks Nawar
Next part up vaanee Thursday GA in sha allah
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Shaleen and miykaal gulhuvachey
They both are made for each other
Shaleen ah miykaal dheke loabi vevigen eulheni
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you shalee
Thanks dear..
Ufaavejje ❤️
Dhen balamaa dho shaleen ge gulhun dhanee kon side akahtho…
V happy Hama kiyaalaa gothun kiyaalaathee. V Gina kudhin beynunvey kannenge aslu vhk Ava’s avahah kiyaalan.
Ekamah shaleen midhanee v BZ viyas, v bodah masakkai kuramun.
Ummeedhu kuran next part ahves inthizaaru kuraane kamah
heyy this is hama perfect
curiouslywaiting for next
keep it up
love you author
Thanks gurrrl.
Love you more ❤️
Thanks and luv you 💞
Hey Shaleen
Nxt prt thankolheh dhigukohlache
When nxt
Avahah up kohdheche
Balaanan ingey in sha Allah.
Next part inee ready GA Hama.
Dhen fahareigga dhiguves vedhaane mi part ah vuren.
Next part will be on next Thursday in sha Allah. 🙂
Pis pis pis
Month aku 4 episode up vany…
Dhn vrh foohi
Kiyaa hitheh vx neh dhn mi vaahk eh
Byeeee👋 Shaleen
Mi vhk ge 10 parts kiyaaleema v bodah thanks..
V ufaavejje part 10 AA Hama ah ves keitheri veethee…
Shaleen ah understand vey lasveema foohi vaanekan..
Ekam kiyaa hihvaa readers Hama keitheri kamaa eku madukolladhevvaa..
( It’s ok for me dear.. ❤️ Someone )