Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ބްލަޑް 2 (1)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 29, 2024 3 Mins Read
6 Comments

އިރުގެ ރަންދޯދިތަށް ދުނިޔެއަށް ދައްކާލީ ދުނިޔެމަތިން އަނދިރިކަން ފުހެލާ ދުނިޔެމައްޗަށް އަލިކަން ގެނައީ އެއްބައެއްގެ ހަޔާތަށް އުފާވެރިކަން އަދި އަނެއްބައި މީހުންގެ ހަޔާތަށް ހިތާމަވެރިކަން ގެންނަމުންނެވެ. މަގުމަތީގައި މަޑުމަޑުން މީހުންތަށްވެސް ދިޔައީ ހަލަބޮލި ވަމުންނެވެ. އާދުވަހަކަށް މުޅިން ތައްޔާރުވެލީ ދުނިޔޭގެ އެކި ހިސާބަށް އެކި ކުލަކުލަ ދައްކާލަމުންނެވެ.

ނިދިފައި އޮތް ޔޫރާއަށް ހޭލެވުނީ ޖާލިދޮރުން އިރުގެ ރަންދޯދިތަށް ޔޫރާގެ ލޮލަށް އުނދަގޫ ކުރަންފެށުމުންނެވެ. ދެލޯ ކަހާލާފައި ޔޫރާތެދުވެ އިށީނެވެ. ކަނދުރާއާއި ހަމައަށް އަރާ ޔޫރާގެ ބުޅި އިސްތަށިކޮޅުވަނީ އެގޮތް މިގޮތަށް ހޭވިފައެވެ. ޔޫރާ ބޮލުގައި ޖައްސާފައިވީ ރަތްކުލަ މަޑުމަޑުން ފަނޑުވަމުންގޮސް މިހާރު އިސްތަށިގަނޑުގެ ބޮޑުބައިވީ ކަޅުކުލައިގައެވެ. އިސްތަށިގަނޑުގައި އަތްހާކާލަމުން ޔޫރާ ބަލައިލާ އެނދުމަތީގައި އޮތް ފޮޓޯ ފްރޭމްއަށެވެ. ވަގުތުން ޔޫރާގެ ކުޑަ ކުޑަ ދެލޯ ކަރުނުން ފުރުނެވެ.

“ރުވާން. ކީއްވެ އަޅެ އަހަރެން ދޫކޮށްލާފަ ދިޔައީ؟ ރުވާންއަކަށް ނޭނގޭތަ އަހަރެން އެކަނި ވެރިވާނެވަރެއް؟” ޔޫރާ ދިޔައީ ރުވާންއާއި އެކު ޔޫރާ ނަގާފައިވީ އޮފޮޓޯގަނޑަށް ބަލަމުން ރޮމުން ވާހަކަ ދައްކަމުންނެވެ. އިރުކޮޅަކު އެހެން އިނުމަށް ފަހު ޔޫރާ ކަރުނަ ފުހެލާފައި ތެދުވީ ކޮލެޖަށް ދާން ރެޑީ ވުމަށެވެ. [ފްލެބޮޓޮމިސްޓް” އަކަށް ވުމަކީ ރުވާންގެ އެންމެ ބޮޑު އުންމީދުކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ޔޫރާއެވެ. ރުވާންއަށް އެކަން ހާސިލްކުރުމަށް ދުނިޔޭގައި ނެތްނަމަވެސް ރުވާންގެ އެ ހުވަފެން ޔޫރާ ކާމިޔާބުކޮށްދޭނެއެވެ.

****

ޑިއުޓީއަށް ދާންވެގެން ރެޑީވެގެން ނުކުން ރަވާންގެ މޫނުމަތީގައި އެއްވިސް ދިރުމެއްނެތެވެ. ގަމީހުގެ އަތުގޮށްތަށް އަޅުވަމުން ރަވާން ބަދިގެއަށް ހިނގައިގަތެވެ. ބަދިގެތެރޭގައި ހުރި ނޯޔާވެސް ހުރީ ރަވާން ހުރި ފަދަ ހާލެއްގައެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ގެއްލިގެންއެދިޔައީ އެދެމަފިރިންގެ ހުރި ހަމަ އެކަނި ދަރިފުޅެވެ.

8 ޖެހި އިރު ކޮލެޖުތެރޭގައި އެކު ކިލާސް ތަކުގެ ކުދިންތަށް ދިޔައީ ހޭލަމޭލަވަމުންނެވެ. ކަޅުކުލައިގެ ހޫޑީއަކާއި އެކު ކަޅުކުލައިގެ ޖީންސްއެއްގައި ހުރި ޔޫރާ ބެންޗެއްގައިއިނީ އެލީންގެ އިންތިޒާރުގައެވެ. ޔޫރާގެ އަތުގައި އޮތް ރުވާންދިން ކެވެލިކޮޅުގައި ފިރުމަމުން ދިޔައިރު ޔޫރާގެ މޫނުމަތީގައިވީ ފަނޑު ހިނިތުންވުމެކެވެ.

“އެކްސްކިއޔުޒް؟” ފަހަތުން ފިރިހެން ކުއްޖެއްގެ އަޑު އިވުމުން ޔޫރާ ފަސްއެނބުރި ބަލައިލިއެވެ. ފަހަތުގައި ހުރީ އިސްކޮޅުން ދިގު ޒުވާނެކެވެ. ބައިމަތިފުޅާ ހަށިގަނޑެއްލިބިފައިވީއިރު، ފަން، ކަޅުކަންގަދަ އިސްތަށިގައޑުގެ އެއްބައިވަނީ ލޯމައްޗަށް ވައްޓާލެވިފައެވެ. ކަޅުކަންގަދަ ކަޅިރަވައްލިބިފައިވީ އިރު އަންހެންކުދިން މޮޔަވާނެކަންގައިމެވެ.

“ހޫ؟” ޔޫރާ އެއްބުމަ މައްޗަށް ހިއްލާލަމުން އެއްސެވެ.

“އައިމް ކައިޝަން. ތީދޯ ޔޫރާއަކީ؟” ކައިޝަން އެއްސެވެ. ޔޫރާ ހައިރާންވިއެވެ. މިޒުވާނާއަށް ޔޫރާގެ ނަންއިނގުނީ ކިހިނެއްހެއްޔެވެ؟

“ކިހިނެއް މަގޭ ނަންއެނގުނީ؟ ޔޫރާ އެއްސެވެ. ނަމަވެސް ކައިޝަންއެއްވިސް އެއްޗެއްނުބުނެ ކުރިއަށް ހިނގައިގަތީ ހިނިތުންވެލާފައެވެ. ނަމަވެސް އެހިނިތުންވުން ފަނޑުވީ އެސާހިތަކުއެވެ.

ޔޫރާ ހުރި ގޮތަށް ގަބުކައިފައި ހުއްޓާ ފަހަތުން އަހިސް އެލީން ޔޫރާގައިގައި ކޮއްޓާލިއެވެ. “ކޮން ފިކުރެއް” އެލީންއެއްސެވެ. ކަމެއްނުވޭ ކަމަށް ބުނެ ޔޫރާ އަވަހަށް މައުލޫ ބަދަލުކޮށްލިއެވެ.

“ކޮބާތަ މަންޖެގެ ބޭބީ؟” ލާނެއްގޮތަކަށް ޔޫރާއެއްސެވެ.

“ބޭބީއޭ؟ އެ އާދިންގަނޑު؟ ދެން އަޅެ ދެރަކަމެއްނުންދޯ. ހީއިސް ނޮޓް އީވެން މައި ޓައިޕް ލައިކް ޔަކް” ވައްތަރެއްޖައްސާލަމުން އެލީން ބުނެލިގޮތުން ޔޫރާއަށް ހެވުނެވެ. އެލީންއަށްވެސް ހިނިތުންވެލެވުނެވެ. ރުވާންގެއްލުމުން ޔޫރާއަށް ވަނީ ފުންއަސަރުތަކެއްކޮށްފައި ކަން އެންމެރަނގަޅަށް އެނގޭ ފަރާތަކީ އެލީންއެވެ. ދެއެކުވެރިން އަވަސްވެގަތީ އަވަހަށް ކިލާހަށް ދިޔުމަށެވެ.

ކިލާހަށް ވައިންއިރު ކިލާސް ތެރޭގައި އިން ކައިޝަން ފެނި އެލީން ފުމެންފެށިއެވެ. “އޯމައިގޯޑް ޔޫރީ ބަލާލަ އޭންދި އޭންޖަލްއެއް. މާޝާ ﷲ ވާހް ވާހް” އެލީން ޔޫރާ ތަޅުވަމުން ބުނެލިއެވެ.

“ހޫމް ދެން ތިހެން އުޅޭތަން އާދިންއަށް ފެނިއްޖިއްޔާ އެސޮރު ޔަގީން މިރޭ ދަންޖެހޭނެކަން” ޔޫރާބުނެލިއެވެ. އެލީން ތުންއަނބުރާލާފައި ފޮތްނަގާ ރެޑީވެލީ ޓީޗަރު ވަދެގެންއައިތަން ފެނުމުންނެވެ.

***

ރަތްކުލައާއި ކަޅުކުލައިން ޖަރީކުރެވިފައިވީ ރުވާންގެ ކޮޓަރީގައި ނޯޔާ އިނދެ ދިޔައީ ހުރިހާ ފަރާތްތަކަށް ބަލަމުންނެވެ. ރުވާންގެ ހަނދާތަށް އާކޮށްލުމަށެވެ.

“މަގޭ ދަރިފުޅު. އޭނަ ދުނިޔެދޫކޮށްއެދިޔައީ އެއްވިސް އުފަލެއްނުލިބި. ޔާ ﷲ މިއަޅާގެ ދަރިފުޅަށް ސުވަރުގެ މިންވަރު ކުރަށްވާޝި. ޔާ ﷲ” ނޯޔާ ރޮމުން ރޮމުން ދިޔައީ ހެއްދެވި ފަރާތަށް ވާހަކަ ދައްކަމުންނެވެ.

“ޔޫރީ ދެންއަޅެ އަހަރެމެން ގެއަށް އަންނަންވީނުން؟ ޔޫރީ ތިހެން އެކަނި އުޅޭތީ އެލީ ވަރަށް ދެރަވޭ. އެކަނި އުޅެންޔާވެސް ބޮޑަށް ކަންކަމާ ވިސްނޭނެ. ޕްލީޒް ޔޫރީ ސޭޔެސް. ކޮންމެ ދުވަހަކު މަންމަވެސް ބުނޭ ދެން ޔޫރީ މިގެއަށް ގެންނަންވީނުންހޭ. ޕްލީޒް ސޭ ޔެސް” އެލީން ޔޫރާގެ އަތުގައި ހިފާ ދަމަމުން ކުޑަކުއްޖެއް ފަދައިން ކިޔަންފެށިއެވެ.

“ހޫމް ހޫމް އޯކޭ. ހެޕީ” ޔޫރާ އެންމެ ފަހުން ގޮތް ދޫކުރިއެވެ. އެލީން އުފަލުން ހުރެ ޔޫރާ ގައިގައި ބައްދާލިއެވެ.

މަންޒަރު ބަލަން ދުރުގައި ހުރި މީހާ ދިޔައީ އެހުރިހާ މަންޒަރެއް ރެކޯރޑް ކުރަމުންނެވެ. އޭނާގެ ހާއްސަކަން ވަކިން ބޮޑަށް ހުރީ ޔޫރާއަށެވެ. ފޯނުން ޒޫމް ކުރަމުން އޭނާ ދިޔައީ ޔޫރާގެ ހުރިހާ ހަރަކާތްތަކެއް އޭނާގެ ފޯނުގައި ރައްކާ ކުރަމުންނެވެ.

ހަވީރުގެ ވަގުތެވެ. ޔޫރާ ދިޔައީ އޭނާގެ ދަބަހަށް އެއްޗެހި އަޅާ އެލީންމެން ގެއަށް ދިޔުމަށް ތައްޔާރުވުމަށެވެ. ހުރިހާ ހެދުންތަށް ޕެކްކޮށް ނިމުމަށް ފަހު ޔޫރާ އެންމެ ފަހު ކަމަކަށް ބާލިސް ދަށުގައި އޮތް ރުވާންގެ ފޮޓޯގަނޑުނެގިއެވެ. އިސާހިނދަކު އެމައުސޫމް ދެލޮލުގައި ކަރުނަ އުފެދުނެވެ. “އައި މިސް ޔޫ ސޯ މަޗް” ރުވާންގެ އެފޮޓޯ ގަނޑުގައި ބޮސް ދެމުން ޔޫރާ ބުނެލިއެވެ.

“ޔޫރީ ކޮބާ ރެޑީތަ؟” އެވަގުތު ޔޫރާގެ އެޕާރޓްމެންޓަށް ވަދެގެންއައި އެލީންގެ އަޑުއިވި އަވަސް އަވަށް ދަބަސްތެރެއަށް އެފޮޓޯގަނޑުލައި ޒިބުއެޅުވިއެވެ.

“ޔެސް” ކޮޓަރިއަށް އެލީންވަނުމުން ޔޫރާ ބުނެލިއެވެ. އަދި އެލީންއާއި އެކު އެލީންގެ ގެއަށް ދިޔުމަށް ދެއެކުވެރިން ހިނގައިގަތެވެ. ދެއެކުވެރިން ތަފާތު ވާހަކަތައް ދައްކަމުން ދިޔައިރު އެކުދިންގެ ފަހަތުން 3 ވަނަ މީހަކުވެސް ދިޔައީ ކުރިއަށް ދަމުންނެވެ.

“އަނހާ މިއޮއް އައީނުން؟ އަވަހަށް އާދޭ ދެކުދިން” ގޭތެރެއަށް ވަދެގެންއައި ޔޫރާއާއި އެލީންފެނި އެލީންގެ މަންމަ އިލްޔާ ބުނެލިއެވެ.

އިލްޔާކައިރީގައި އިން އެލީން ގެ 2 އަހަރުގެ ކޮއްކޮ އިޝްޔާ، ޔޫރާ ފެނި ޔޫރާ ކައިރިއަށް ދުއްވައިގަތެވެ.

“އާޗާ ދައްތި ނާހިސްގެންދޯ އިޝްކޮ މީނީ؟” އިޝްޔާ ކޮލަށް ދޮނެއްދެމުން ޔޫރާ ބުނެލިއެވެ. އިޝްޔާ ބޯޖަހައިލީ މައުސޫމް ގޮތަކަށެވެ.

އެލީންއާއި ޔޫރާއާއި އެކު އެރޭ އިލްޔާއާއި އިޝްޔާވެސް ހޭދަ ކުރީ އުފާވެރި ވަގުތުތަކެވެ. ޔުސްރާ ދުނިޔޭގައި ހުރި އިރު ޔޫރާ ހުސްބަނޑާވެސް ކިތަންމެ ދުވަހަކު ބަހައްޓައެވެ. އެދުވަސް ދުވަހު ޔޫރާއަށް ކާނެއެއްޗެއް ލިބެނީ އިލްޔާގެ ފަރާތުންނެވެ. އެހެންކަމުން ޔޫރާއާއި އިލްޔާގެ ދެމެދުގައިވެސް ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. އިލްޔާވެސް ޔޫރާ ދެކެނީ އަމިއްލަ ދަރިއެއްފަދައިންނެވެ. އެރޭ ޔޫރާއާއި އެލީން ކޮޓަރިއަށް ނިދަންވަނީ 12 ވެސް ޖެހިފަހުންނެވެ.

(ނުނިމޭ)

2 ވަނަ ބައި މިހަފްތާ ހޮނިހިރު ދުވަހުގެ ރޭގަނޑު 7 ޖަހާއިރު ކިޔާލަން ލިބޭނެ. (:

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ކަށްވަޅަށްދާންދެން މަސްތުވާނަން

Next

ހަނދުވަރު ދިން އެރޭ … 9

Next
October 29, 2024

ހަނދުވަރު ދިން އެރޭ … 9

Previews
October 28, 2024

ކަށްވަޅަށްދާންދެން މަސްތުވާނަން

6 Comments!

  1. Nora says:
    October 29, 2024 at 5:57 pm

    Masha Allah 😍❤️‍🔥
    Curiously waiting for the next part 😻😻
    I love you so much my wifey 👄💋
    😻😻😻

    1. shihaamaa ali shihaamaa ali says:
      October 29, 2024 at 6:10 pm

      Jazaakallah <3
      Love you more wifey 😉

  2. gurrrrl says:
    October 29, 2024 at 7:00 pm

    finallyy yeshhh
    up vehje alhe kaakubaa yoora ah faara lanii e
    cant waitt for it
    love you 😍

    1. shihaamaa ali shihaamaa ali says:
      October 30, 2024 at 5:09 pm

      hehe neynge dhw then let’s see kaaku kan.. shihaa akah neynge kaaku kameh haha >.<
      Love u more dear <3

  3. LIM🖤 says:
    October 29, 2024 at 10:44 pm

    When’s next vrh reethi mi part

    1. shihaamaa ali shihaamaa ali says:
      October 30, 2024 at 5:09 pm

      Jazaakallah<3
      In sha allah this saturday ga part 2 geness dheynan

Comments are closed.

Next Episodeބްލަޑް 2 (2)←


All Right Reserved!