Skip to content
އެސްފިޔަ

ީވީ އޭ މި ލޯބި2

އޮލަ ވާހަކައި ގައި 3 މައިން އައިސް ޔާނާ މެން ގެޔަށް އާދެވިއްޖެ އެވެ . ” މަންމާ މިޔޮށް އައީ އަހަރެންގެ އެންމެ ގާޔް އެކުވެރިޔާ ، އަޅުގަނޑުމެން ސްކޫލް ކުއްޖެއް ” ޔާނާ މަންމަ އަށް ގޮވާލަމުން ބުނެލިއެވެ .

. [ޔާނާ އެހެން ބުނުމުން ޔާނާ މަންމަ ބަދިގެ ތެރެއިން ނިކުމެއްޖެއެވެ . އުފާވެރި ހިނތުން ވުމަކާ އެކު އަހަރެންގެ މަންމަ އާއި އަހަރެންނަށް ސަލާމް ކޮއްލިއެވެ .

އަހަރެންގެ އާއިލާގައި ތިބެނީ 2 މީހުންނެއެވެ . އެއީ އަހަރެންނާއި އަހަރެންގެ މަންމަ އެވެ . އަހަރެން ވަރަށް ކުޑައިރު އަހަރެން ބައްޕަ ވަނީ މި ދުނިޔެ އާ ވަކި ވެގެން ގޮސްފައެވެ .އަހަރެންގެ މަންމަ އަބަދު ވެސް އަހަރެންނަށް   އަޅާލައެވެ . ބައްޕަ ނެތް ކަމުގެ އިހުސާސް އެއް އަހަރެންނަށް ނުކުރެވެއެވެ .

އަހަރެންނާ ޔާނާ ހިގައި ގަތީ އަހަރެންނަށް ހަމަ ޖެހިފައިވާ ކޮޓަރި އަށެއެވެ .  ވަރަށް ވެސް ތަނަވަސް ކޮޓަރި އެކެވެ .  ޑްރެސިންޓޭބަލް އަކާ ، އޭސީ ވެސް ހުއްޓެއެވެ .  އަދި އަހަރެންނަށް ބޭނުން ވާ ހުރިހާ ކަމެއް އެ ކޮޓަރި ތެރޭގައި ހުއްޓެއެވެ .

ޔާނާ އަހަރެން ބޭނުން ވަނީ ޖައްސާލަން މި ވަގުތު . ވަރަށް ވަރު ބަލި ” އަހަރެން ވަރަށް ވަރުބަލި ކަމާ އެކު ބުނެލީމެއެވެ . ޔާނާ އޯކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ . އަހަރެން ވެސް ކޮޓަރި އަށް ވަދެ އެދުގެ ހުރަސް ވާ ގޮތަށް ޖައްސާލެވުނެއެވެ . އަހަންނަށް ވީ ނުވީ އެއް ނޭންގެ އަހަންނަށް ނިދިއްޖެއެވެ .

އަހަންނަށް ހޭލެވުނީ އަހަރެންގެ މަންމަ ގޮވާ އަޑަށެއެވެ . ދަރިފުޅާ އެޔޮއްގެން ހަވީރު ވީ … ޔާނާ އެބަހުރި ދަރިފުޅު ގެ އިންތިޒާގައި . ހިގާލަން ދާ ށޯ .. އަހަރެން ނިދި މޫނަކާ އެކު މި ތެދުވަނީ އޭ ކިޔާފައި އަހަރެން ތެދުވެފީމެއެވެ . ހޭވިފައި ހުރި ފަން އިސްތަށިގަނޑު އަތުގެ އިގިލަތުން މަހާލީމެއެވެ . އަހަރެން ދަބަހުން ތުވާލި ނެގުމަށް ފަހު އަހަރެން ގޮސް ވަދުނީ ފާހާނާ އަށެއެވެ .

ފާހާނާ ކޮށްގެން ނިކުމެ އަހަރެން ރީތި ވެލީމެއެވެ . އަތު ކުރިގައި އޮތް ގަޑީ ބަލާލި އިރު 4:30 ވާން ކައިރި ވަނީއެވެ . އަހަރެން ނިކުމެލީ އަހަރެން އަތުގައި އޮތް އެންމެ މީރު ވަސް ދުވާ ސެންޓް ޖަހާލާގެންނެވެ . ” އަހަ ޔާނާ އަދިވެސް ނުދަން ތަ . އަހަރެން ހީކުރީ އަހަރެން ލަސް ވީމާ ދިޔައީ ކަމަށް ”

ޔާނާ ފޫހި ގޮތަކަށް އަހަންނާ ދިމާލަށް ލޯ އެޅުމަށް ފަހު ބުނެލިއެވެ . ” މި ގޭޣައި އުޅޭ މެހެމާނުންނަށް ވާނެ ދޯ އިޙްތިރާމް ކުރަން  އަދި ތީ އަހަރެންގެ ކްލާސް މޭޓް އެއް ވިއްޔާ ؟ ” ޔާނާ ހާސަރު ދަމަން ފެށިއެވެ .

އަހަރެން ހެވިލާފައި ބުނެލީމެއެވެ . ދެން ތިހާ ވަރަށް ކުދި ނުކިޔާ ހިގާބަލަ ތި ދާ ތާކަށް .، އަހަރެންނަށް ނިދުނީ އެއޭ ،،، އެހެން ބުނުމަށް އަހަރެންނާ ޔާނާ ހިގައި ގަތީ އަތިރި އާ ދިމާ އަށެއެވެ . އެއީ އިރު އޮއްސޭ މަންޒަރު ބަލާލުމަށެއެވެ .

އަހަންނާ ޔާނާ 2 މީހުން ދިޔައީ ރަށުގެ ފުއްޓާރު ފަރާތަށެއެވެ . ސަބަބަކަށް ވަނީ އެ ހިސާބުން ރީތި ކޮށް އިރު އޮއްސޭ މަންޒަރު ބަލާލުމަށެއެވެ .  އެއްލި ކަޅި އެއްލި ދިމާލު  ދުރު ނޫން ހިސާބަކުން ރީތި ފިރިހެން ކުއްޖެ ފެނިގެން ދިޔައެވެ .  ހަށިގަނޑު ހެޔޮ ވަރު ، އިސްކޮޅުން ވެސް ދިގު ފިރިހެން ކުއްޖެކެވެ .  ރާޅު ބާނީގެ  އިސްތަށިގަނޑެއް ލިބިފައި ހުރި ޒުވާނެކެވެ .

އަންހެން ކުދިން ހިތް ކިޔާ ކަހަލައިގެ ފިރިހެން ކުއްޖެކެވެ . އަހަރެން ޔާނާ ކައިރިން އަހަން ބޭނުން ވިއެވެ . ނަމަވެސް އަހަންނަށް އަހަން ނުކެރުނީ  މިއީ އަހަރެން މި ރަށަށް އައި އެންމެ ފުރަތަމަ ދުވަސް ވީމައެވެ .

3 ވަނަ ބަޔަށް އިންތިޒާރު ކޮއްލަވާ

Comments (2)

  1. Hadheeja Mohamed

    Haadha kurey

  2. Fathimath Saeedha

    Mi vaahakkaiga ulhey yaana ge furendhu akey nameh kiha kujjeh nunba ei ekujja names naadhey 2 part au v iruves

Comments are closed.