ބްލަޑް 2 (2)
އެލީންއާއި ޔޫރާއާއި އެކު އެރޭ އިލްޔާއާއި އިޝްޔާވެސް ހޭދަ ކުރީ އުފާވެރި ވަގުތުތަކެވެ. ޔުސްރާ ދުނިޔޭގައި ހުރި އިރު ޔޫރާ ހުސްބަނޑާވެސް ކިތަންމެ ދުވަހަކު ބަހައްޓައެވެ. އެދުވަސް ދުވަހު ޔޫރާއަށް ކާނެއެއްޗެއް ލިބެނީ އިލްޔާގެ ފަރާތުންނެވެ. އެހެންކަމުން ޔޫރާއާއި އިލްޔާގެ ދެމެދުގައިވެސް ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. އިލްޔާވެސް ޔޫރާ ދެކެނީ އަމިއްލަ ދަރިއެއްފަދައިންނެވެ. އެރޭ ޔޫރާއާއި އެލީން ކޮޓަރިއަށް ނިދަންވަނީ 12 ވެސް ޖެހިފަހުންނެވެ.
****
ދަންވަރު މިހާރު 2 ވެސް ޖަހައިފިއެވެ. ބަންކްބެޑްގެ ތިރީއެނދުގައި އެލީން އަރާމު ނިންޖަކުން ނިދާލާފައިވީ އިރު މަތީ އެނދުގައި އޮތް ޔޫރާގެ ލޮލުގައި ނިދީގެ ކުނޑިފުކެއްވެސް ނެތެވެ. ޔޫރާގެ ހިތާ ސިކުނޑީގައި މިރޭ ރަސްކަން ކުރަމުން ދިޔައީ ކައިޝަންއެވެ.
“ކިހިނެއްބާ ކައިޝަންއަށް އަހަރެންގެ ނަންއެނގުނީ؟ ކައިޝަންއާއި ރުވާންއާއި އެއީ ރިލޭޓިވްސްބާ؟” ޔޫރާއަށް ހިތާހިތާ އަހާލެވުނީ ރުވާންއާއި ކައިޝަންގެ ހުރި އެއްގޮތްކަމުންނެވެ. ހަމައެލޮލެވެ. އެހިނިތުންވުމެވެ. އެދޮން ހަންގަނޑެވެ. ނަމަވެސް ޔޫރާގެ ރުވާން ހުންނަނީ ރަތް އިސްތަށިކޮޅެކެވެ. ފަން އިސްތަށިކޮޅެކެވެ. ނަމަވެސް ކައިޝަންގެ ހުރީ ކަޅުކަން ގަދަ ބުޅި އިސްތަށިކޮޅެކެވެ.
“އޭގެ ފަހުން ރުވާންގެ އިސްތަށިގަނޑުވެސް ރަތް ކުލައަށް ބަދަލުވީ. ކަޅު ކުލަ ޖައްސަން އުޅުނިންވެސްމެ. ނަމަވެސް އިސްތަށިގަނޑުގައި ކުލަނުވެސް ހޭކޭ” ރުވާންގެ ނޯޓުގައިވެސް އޮތީ އެހެންނެވެ. ނަމަވެސް ޔޫރާގެ އެވިސްނުން ދިޔައީ ޔޫރާގެ ހިތާ އުނދަގޫ ކުރަމުންނެވެ.
****
“ޔޫރީ؟ ކޮންފިކުރެއްގަ؟” ލޯގަނޑު ކުރިމަތީގައި ފުނާއަޅަން އިން ޔޫރާ އެއްތަންކޮޅެއްގައި ފުނާ ހާކާލަ އިންތަން ފެނުމުން ޔޫރާ އިނީ ފިކުރެއްގައިކަން އެލީންއަށް އެނގުމުން ޔޫރާގައިގައިކޮއްޓާލާފައި ބުނެލިއެވެ.
“އެލީން… އެލީންއަކަށް އަޅެ ކައިޝަން ރުވާންއަކާ ވައްތަރެއްނޫންތަ” ޔޫރާ ޑްރެސިންގ ޓޭބަލް މަތީގައި ފުނާ ބާއްވާލާ އެލީންއާއި ކުރިމަތިލަމުން ޔޫރާ ބުނެލިއެވެ. އެލީން ދޫކޮށްލީ ފުންނޭވާއެކެވެ.
“ވައްތަރު.. އެކަމުން ޑިސްޓްރާކްޓް ކުރަންވެގެން އަހަރެން އޭނާ ހޮޓޭ ކިޔަންފެށީވެސް. ޔޫރީ. ޔޫރީގެ ރުވާން މިހާރު ދުނިޔެއަކުނެތް. ގަބޫލު ކުރަން އުނދަގޫވާނެ. އައި ނޯ އިޓްސް ސްޓިލް ހާރޓިންގ ޔޫ. އެކަމްވެސް ޔޫރީ ވާނެ މިކަމާ ކުރިމަތި ލާން. ﷲ އިރާދަކުރެއްވިއްޔާ ސުވަރުގޭގައި ރުވާންއާއި ޔޫރީ ބައްދަލުވާނެ އިންޝާ ﷲ” އެލީން ބުނެލިއެވެ. ޔޫރާ އިސްޖަހާލީ ހިތަށް ތަދުވުމުނެވެ.
“ބިސައިޑްސް. މީހުން ބުނޭ ތިމާއާއި އެއްސިފައެއްގައި ހުންނަ 7 މީހުން ދުނިޔެއަށް އާދެއޭ. ނޭނގެއޭނުން އެއީ ރުވާންގެ ކޮޕީނޫންކަމެއް؟” ޔޫރާ ދެރަވެފައި އިނުމުން ޔޫރާހެއްވާލުމުގެ ގޮތުން އެލީން ބުނެލިއެވެ.
“ޕިސް ޕިސް އެލީ ތީއްޗެހި ގަބޫލުކުރަންތަ؟” ފުނާ ނަގާ އިސްތަށިގަނޑުގައި ހާކާލަމުން ޔޫރާ ބުނެލިއެވެ.
“ހަމަ އަސްލޭ ޔޫރީ. ދި ލޯންލީ އެންޑް ދި ގްރެއިޓް ގޮޑް ނުބަލަންތަ؟ އޭގަ ގޮބްލިންއަށްވެސް އެހެންއޭވީ. އޭގަކިޔާ ހަމައެހެން” އެލީން ބުނެލިއެވެ.
“ޔޫ އެންޑް ޔުއަރ ކޭ ޑްރާމާރސް” ޔޫރާ ހެމުން ބުނެލިއެވެ.
“ޔޫ އެންޑް ޔުއަރ ޖޭ ޑްރާމާސް” އެލީންވެސް ޔޫރާ ބުނި ރާގުގައި ބުނެލިއެވެ.
****
8 ޖެހުމާއި އެކު ކޮލެޖު ތެރޭގައި ކުދިންތަށް ހޭލަމޭލަ ވާންފެށިއެވެ. މިއަދު އަދި އަލަށް ސައިކޮލޮޖީ އަދި ބިސްނަސް މެނޭޖްމެންޓް ކިޔަވަން އައިކުދިންވެސް އުޅުނެވެ. އެހެންކަމުން ކޮލެޖު ތެރެ މިއަދު ވަކިން ހަލަބޮލިވެފައިވާހެން ހީވެއެވެ.
ފޯނާ ކުޅެމުންއައި އާދިން ސިއްސައިގެން ދިޔައީ އަންހެން ކުއްޖެއްގައިގައި ވިދުމުންނެވެ.
“ސޮރީ ސޮ-” އާދިންގެ އެ ޖުމްލަވެސް ހުއްޓުނީ ކުރިމަތިން ފެނުނު އަންހެންކުއްޖާގެ ރީތިކަމުގެ ޖާދޫގައި ޖެހިގެންނެވެ. ކަޅުކުލައިގެ ޓޮޕްކޮޅަކާއި ހުދުކުލައިގެ ޖިންސްއެއް ލައިގެން އެކުއްޖާ ހުރި އިރު އެކުއްޖާގެ ފަންކަޅު އިސްތަށިކޮޅުގައި ވަނީ ހުޅި ޖަހާލެވިފައެވެ.
‘އަމް.. ހޭ؟” އެކުއްޖާ އާދިންގެ ލޯމަތީގައި އަތް ހިންގާލަމުން ގޮވާލިއެވެ. އާދިންއަށް ހަމަ ބިމަށް އާދެވުނީދެނެ.
“ސޮރީ އަޅުގަނޑަށްވެސް ބަލާ ނުލާ އާދެވުނީ. މިއީ އަޅުގަނޑުގެ ފުރަތަމަ ދުވަސްވީމަ” އެކުއްޖާ މައުސޫމްކަމާއި އެކު ބުނެލިއެވެ.
“އިޓްސް އޯކޭ. އައި އަށްވެސް ފޯނާ ކުޅެމުންއާދެވުނީ. އައިމް އާދިން. ތިއީ؟ ކޮން ކްލާސްއެއްތަ؟” އާދިން އެއްސެވެ.
“މިލްޔާ. ސައިކޮލޮޖީ ކްލާސް” މިލްޔާ ބުނެލިއެވެ.
“ލެޓްސް ގޯ. އައި ނޯ ދިވޭ” އާދިން އެހެން ބުނެ މިލްޔާއާއި އެކު ކުރިއަށް ހިނގައިގަތެވެ.
ޔޫރާއާއި އެކު ކޮލެޖަށް ވަދެގެންއައި އެލީންއަށް މިމަންޒަރު ވަރަށް ރީތިކޮށްފެނުނެވެ. ކީއްވެކަމެއްނޭނގުނެވެ. އެލީންގެ ހިތުގައި ރިއްސާލިއެވެ. އާދިން އަކީ އެހެން އަންހެންކުދިންނާ ވާހަކަ ދައްކާ މީހެއްނޫނެވެ. އާދިން މިއަދާ ހަމައަށްދަންދެން ވާހަކަދެއްކީ ޔޫރާއާއި އެލީންއަށް އެކަންޏެވެ. ފޯނާ ކުޅެން ހުރި ޔޫރާއަކަށް އެއިން އެއްވިސް މަންޒަރެއް ނުފެނުނެވެ. އެހެން ކަމުން ޔޫރާއަތުގައި ހިފާ ކިލާހާއި ދިމާލަށް ދިޔުމަށް އެލީންދިޔައެވެ.
“އެލީ ދޭ އިނގޭ ކްލާސްއަށް އައިމް ރިގްރެޓިންގް ޑްރިންކިންގ ދެޓް ދަޅު” ޔޫރާ ބުނެލިއެވެ. ހިނިގަނޑެއްޖަހާލާފައި “އޯކޭ” ކަމަށް ބުނެ އެލީން ކިލާހަށް ދިޔުމަށް ހިނގައިގަތެވެ.
ފާހަނައިން ނިކުމެގެން ދިޔަ ޔޫރާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ޔޫރާ އަތުގައި ހިފުމުންނެވެ.
“ހެއި ބޭބީ. ރާއްޖޭގަ ސެކްސީ ކުދިން އަދިވެސް އުޅޭތާދޯ؟ ކޮންނަމެއްތަ ކިޔަނީ؟ މަށަށް ކިޔަނީ ރިޝްވާން. ބޭބީޑޯލްގެ ނޭމް ބުނެބާ” ރިޝްވާން ޔޫރާ އަތުގައި ފިރުމާލަމުން ބުނެލިއެވެ. ކަޅު ކުލައިގެ ޓީޝާޓެއްމަތިން ކަޅުކުލައިގެ ޖެކެޓެއްލާފައި ހުރުމުން ރިޝްވާން ޖަހަނީވެސް ބޭރުމީހެއްގެ ވައްތަރެވެ. ލައިފާ ހުރި ކަޅުކުލައިގެ ސްކިނީ ޖީންސްގައި ޗޭނުއަޅުވައިފައި ހުރި އިރު، ކަންފަތުގައާއި ކަރުގަވެސް ވަނީ އެއްޗެހި އެލުވާފައެވެ. ފުރަތަމަ ނަޒަރުންވެސް އެއީ ބޮޑު ޕާރޓޭއެއްކަން ޔޫރާއަށް އެނގުނެވެ.
“އިއު” އެހެން ބުނެ މޫނުމައްޗައް ކުނި ވައްތަރެއް ޖައްސާލަމުން ޔޫރާ ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ރިޝްވާން ހުރީ އެހިސާބުން ނިންމާ ގޮތަކަށް ނޫނެވެ. ޔޫރާއަތުގައި ހިފާ ގެނެސް ފާރުކައިރީ ބަހައްޓާ ޔޫރާ ހައްޔަރުކޮއްލިއެވެ.
“ދެން ހަމަ ދަނީތަ؟ އަޅެ ޕްލީޒް ބުނެބާ” ރިޝްވާން ބުނެލިއެވެ.
“އަހަރެން ދޫކޮށްލާ. ނެއް ޝައުގެއް” ޔޫރާ ރިޝްވާންގެ އަތްދަށުން ސަލާމަތްވާ މަސައްކަތް ފެށިއެވެ.
ޔޫރާ ގަދަ ހަދަން ފެށުމުން ޔޫރާ ދެއަތުގައި ހިފާ މައްޗައް ނަގާފައި ޔޫރާގެ ތުންފަތަށް ބޮސް ދިނެވެ. އެވަގުތު ދުރުގައި އެމަންޒަރު ބަލަން ހުރި ރިޝްވާންގެ “ގޭންގް” ހަޅޭއްލަވާ ހޯއް ހޯއް ގޮވާ ފޮޓޯ ނަގަން ފެށިއެވެ.
އަމިއްލަ ސަލާމަތަށް ކުރެވޭނެ ކަމެއްނެތިފައި ހުރި ޔޫރާގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ހިތާހިތުން އެތަނަށް ޓީޗަރަކު އާދޭތޯ ދުޢާކުރެވެން ފެށިއެވެ.
“ނަންބަރު އިނގޭ. ގުޅާލައްޗޭ” ހިތްފުރޭ ވަރު ވުމުން ޔޫރާގެ ޖީބަށް ކަރުދާސް ކޮޅެއް ލާފައި އެއްލޯ މަރާލަމުން ރިޝްވާން ބުނެލިއެވެ.
“ޕްލީޒް އަހަރެން ދޫކޮށްލާ” ޔޫރާގެ އަޑު އައީ ކެނޑި ކެނޑީގެންނެވެ. ހިނިތުންވެލާފައި ޔޫރާގެ ދޮންކަރުގައި ބޮސް ދެމުން ރިޝްވާން ޔޫރާގެ އަތުން ދޫކޮށްލިއެވެ. ޔޫރާ އަވަހަށް ދުއްވައިގަތެވެ.
“ބްރޯ އޭ ކަލޭ ވާހާ މޮޅޭ އިނގޭ” ރާއިލްއަހިސް ރިޝްވާން އަތުގައި ބޮނޑިއެއް އަޅަމުން ބުނެލިއެވެ.
“ކޮބާ ދެން ބުނެބަލަ. އެ މަންޖެއަށް ކޮންނަމެއްތަ ކިޔަނީ؟” ރިޝްވާން އެއްސެވެ.
“ޔޫރާ ކިޔަނީ. ސިންގަލް ބްރޯ. ޝީ ހޭސް ނޯ ޕޭރެންޓްސް. އޭނަ ދޮންމަންމަ ނިޔާ ވުމުގެ ކުރިން 4 ފިރިހެނުންނަށް ތޯއްޗެއް ރުފިޔާދިން އޭނަ ދުއްވާލަން. އެކަމަކު އެމީހުން ނަސީބުދެރަކަމުން އެކަން ނުވީ. ސޯ ހަމަ ފްރެޝް މަލެއް ހަމަ” ކައިރީގައި ހުރި ޝިޔާން ބުނެލިއެވެ.
“މްމްމް މަބޭނުން ތިކަންކުރަން. ނަމާ އެއްވަރަށް މީހާވެސް ރީތީ ވާ.. އެހެރެ ހަށިގަނޑެއް ހަމަ ހުވާ. މިރޭ ނުވެސް ނިދޭނެ” ރިޝްވާން މޭގައި ފިރުމާލަމުން ބުނެލިއެވެ.
ރިޝްވާންގެ އެކުވެރިން ވަގުތުން ދިމާކުރަން ފެށިއެވެ. ހީހީފައި އެންމެން އެވާހަކަ ދައްކަމުން ދިޔައިރު ދުރުގައި ވެދިޔަ ހުރިހާކަމެއް ބަލަން ތިންވަނަ މީހަކު ހުރިކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ. އޭނާގެ ދެލޮލުން އަހިސްފައިވީ ރުޅިން އަލިފާންކަނި ބުރާ ފަދައެވެ.
(ނުނިމޭ)
3 ވަނަބައި މާދަމާ ރޭ 7 ޖަހާއިރުގެނެސްދޭނަން (:
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







oh no rishavaan im gonna kill yuu yoora ah ehn hedhima haadha mean eyy rishvaan gandhu alhe…ruvaan hurinama yageen eynage dhuvas vx dhuhvaalaane kann…ekm kaakubaaa ehuri ehurihaa manzareh balan??cantttt wait for it n when next part… curiously waiting..keep it up
love you so much author 😍 😊
jazaakallah dear
hehe aslu vess dhw ruwaan huri nama. dhn neynge dhw kaaku kameh e stock kurany keevess hehe.. lets see
in sha allah 45 minutes therey part 3 kiyaalan libeyne
LYM:)
I know kaishan eiiii ruwaan..
Mi part vx varah varah reethi…