ޝަލީން 11
ޒައިޝްގެ ހަނދާންތައް ފޮހެލަން ކުރާ މަސައްކަތް ކާމިޔާބު ވާނެބާއޭ އަހަރެންގެ ހިތަށްއަރައެވެ. މީކާލްގެ ދުނިޔެއަށް ފުރަތަމަ ފަހަރަށް އަހަރެން ނޭވާލުމުގެ ކުރިން ވިސްނާލީމެވެ. މީކާލްގެ އުޅުން ކިތަންމެހާވެސް ރަނގަޅުކަން ފެންނަނީ އަހަރެންގެ ލޮލަށެވެ. އަހަރެންގެ ހިތަށް ފެންނަނީ ޒައިޝްގެ ރީތި ސޫރައެވެ. ހަގީގަތުގައި ހަދަންވީގޮތް އަހަންނަކަށްވެސް ނޭނގެއެވެ. މީކާލްދެކެ އަހަންނަށް ލޯބިވެވިދާނެ ކަމާމެދު އަހަންނަށް އަދިވެސް ޝައްކެވެ.
އަހަރެންގެ ވިސްނުން ދަތުރުކުރީ މާކުރީގެ ހަނދާނަކަށެވެ. މާޒީއަށެވެ. އެއީ އަހަރެންގެ އުމުރުން 8 އަހަރެވެ. ރަށު ސްކޫލްގެ ގްރޭޑް 2 ގެ ކްލާހުގައި އަހަރެން އިނީ ހިސާބު ބޮޑު ފޮތް ހުޅުވައިންނެވެ. ކޮންމެސް ފިލާވަޅެއް ހެދުމުގެ ނިޔަތުގައެވެ. އޭރު ޓީޗަރ ބޯޑުގައި ފިލާވަޅެއް ލިޔަމުން ގެންދިޔައެވެ.
“ޝަލީން! އެއްޗެއް ދެންތަ؟” ދަބަހުގެ ވަތްގަނޑަކަށް އަތް ކޮއްޕާލަމުން ކައިރީގައި އިން ޝުހައިލާ ބުނެލިއެވެ.
“ދީބަލަ.” ހަދިޔާއެއްގެ ބޭނުމުގައި ވަރަށް އަވަހަށް އަހަރެން ބުނެލީމެވެ.
“އެކަމު ތި ބޮޑުފޮތް އަހަރެންގެ މޭޒަށް ލީމަ ދޭނީ…” ޝުހައިލާ ބުނެލިއެވެ. ވަގުތުން އަހަރެން އެގޮތަށް ކަންތައް ކުރީމެވެ.
“އަން.. މީ އަހަރެން ބޭބެ ދިން އެއްޗެއް. ވަރަށް ރީތިދޯ؟” ޝުހައިލާ އެއްޗެއް ދިއްކޮށްލަމުން ބުނެލިއެވެ.
އަހަރެން ހިނިތުންވެފައި އިނދެ ފުންކޮށް އެޔަށް ބަލާލީމެވެ. އެއީ ފޮޓޯ ޕޭޕެރއަށް ޕްރިންޓް ކޮށްފައިވާ ރީތި އޮފް ފިނިފެން މަލެކެވެ. ތަނޑިއެއްނެތެވެ. މަލުގެ ކުލައަކީ ރީނދޫ ކުލައެވެ. ފޮޅިލާފައި އިން އެރީތި ފިނިފެންމާ އިނީ ކައިރިފަށުން މުޅި މަލުގެ ބައްޓަމަށް ވާގޮތަށް ރީތިކޮށް ކަފާލާފައެވެ. މަލުގެ ބޮޑުމިނަކީ އާދައިގެ ކުޑަފޮތެއްގެ ބޭރރުގަނޑުގެ ސައިޒެވެ. އަހަރެން އެފެނުމުން ވަރަށް އުފާވިއެވެ. އަހަންނަށް އެހަދިޔާ ކަމުދިޔައިތީއެވެ.
“ވަރަށް ސަޅި.” އަހަރެން ހިނިއައިސްފާ އިނދެ އެހެން ބުނެލީމެވެ.
“މިއޮތީ ޝަލީންގެ ފޮތް.” އަހަރެންގެ ފޮތް ލައްޕާލަމުން ޝުހައިލާ ބުނެލިއެވެ.
“އިންޓަވަލް ގަޑިޔަށް ހުރިހާ ކުދިން ތައްޔާރުވޭ.. މިސް މިއަންނަނީ ސްޓާފް ރޫމްއަށް ވަދެލާފަ.” ކްލާހުން މިސް ނުކުތްއިރު އިންޓަވަލް ގަޑީގެ ބެލް ޖަހައިފިއެވެ.
“ޝުހޭ!! ޝުހޭ!! ގޮވާބާ ޝަލީންއަށް.” ވަރަށް ބާރަށް ދުވެފައި އަހަރެންގެ ކްލާސް ކައިރިއަށް އައިސް ރާހިން ބުނެލިއެވެ.
“ޝަލީން! އެއޮއް ގޮވަނީ.” ޝުހައިލާ އަހަންނަށް ދައްކާލީ ރާހިންއެވެ. އަހަރެން ދޮރު ކައިރިއަށް ދިޔައިމެވެ.
“އަން.” އަހަރެން އޭގައި ހިފުމުން ރާހިން ވަރަށް އަވަހަށް ދުވަމުން ގޮސް އޭނާގެ ކްލާހަށް ވަނެވެ.
އަހަރެން ބަލާލީމެވެ. އެއީ ރާހިން އަހަންނަށް ހަދިޔާއަކަށް ދިން ޖެލީ އެކެވެ. އެއީ އިންޓަވަލް ގަޑިއަށް ވުމުން ވަރަށް އަވަހަށް އަހަރެން އެޖެލީ ކާލީމެވެ. މާޒީގެ މިކަހަލަ އެތައް ސަފުހާއެއް އަހަރެންގެ އެބަހުއްޓެވެ. އެހެނަސް ރާހިންގެ މި ހަނދާން އަނެއްކާވެސް އަހަރެން މިވަގުތަށް ނިންމާލަމުން އެނދުން ތެދުވީމެވެ.
ދުވަސްތައް ވޭތުވަމުން ގޮސް ކަންދިމާކުރި ގޮތުން ގްރޭޑް 10 ކިޔަވަން އަހަރެން ބަދަލުވީ މާލޭގެ އެހެން ސްކޫލަކަށެވެ. އެއީ އަހަންނަށް މުޅިން އާތަޖްރިބާއެއް ކުރެވުނު ސްކޫލެކެވެ. ކުދިންގެ ފަރާތުންނާ ޓީޗަރުންގެ ފަރާތުން ވެސްމެއެވެ. ވޭތުވެދިޔަ އަހަރު ޒައިޝްގެ ހަނދާންތައް އަހަރެންގެ ހިތުން ފޮހެލުމަށް ކުރެވުނު މަސައްކަތްވީ ނާކާމިޔާބެވެ. އެއީ އަހަންނަށް ފަސޭހަކަމަކަށް ނުވިއެވެ. އަހަންނާ ވިސާމާ ދެ ސްކޫލެއްގައި އުޅެން ޖެހުނު ނަމަވެސް މީކާލްގެ ފަރާތުން ލިބެމުންދިޔަ ކޮންމެ މެސެޖަކަށް ވިސާމާދިޔައީ އަހަރެންގެ ރިޕްލައިތައް ފޮނުވައިދެމުންނެވެ.
ސްކޫލަށް ވަދެގެން ދިޔައިރު އަހަރެން ހުރީ ހާސްވެފައެވެ. ކަންބޮޑުވެފައެވެ. ދެކެ ފަރިތަ އެއްވެސް ރައްޓެއްސެއް އެސްކޫލްގައަ އަހަންނާއެކު ނުވެއެވެ. މުޅި ސްކޫލުގެ މާހައުލާއި ބީރައްޓެހިންފަދަ ދަރިވަރުން އަހަންނަށްވީ ވަރަށް އާތަޖްރިބާއަކަށެވެ.
ކުރިޔަށް ހިނގަމުންދިޔަ އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ސިޑިކައިރިން ކުރިމަތީ ހުރި ބޮޑު ފިރިހެން މީހާ ފެނުމުންނެވެ. އޭރު އޭނާ ހުރީ އަހަންނަށް ފުރަގަސްދީގެންނެވެ. އެއީ ހައިބަތު ހުރި ވަރުގަދަ ފިރިހެނެކެވެ. ހުދުކުލައިގެ ގަމީހެއްގައި ހުރި އެމީހާގެ ފަޓްލޫނު ބެގީ ޖަހާލާފައި ހުރިއިރު އެއީ ސްކޫލްގެ ކޮންމެސް މަގާމެއް ފުރާ މީހެއްކަން އެނގުނެވެ.
“އެކްސްކިއުޒް” ސައިޑް ބޭގެއް އަޅައިން ވައަތުން ޓެކްސްޓް ފޮތްތައް ހިފައިންހުރެ އަހަރެން ބުނެލީމެވެ.
އަހަރެންގެ އަޑަށް ވަގުތުން އެމީހާ އެނބުރިލިއެވެ. އަދި އަހަންނާ ދިމާލަށް ޒާތަކަށް ބަލައިލިއެވެ. އޭރު އޭނާގެ އަތުގައި ކުޑަ ފޮތަކާއި ގަލަމެއް އޮތެވެ. ހީވާ ގޮތުން އެއީ އޭނާ ކޮންމެސް އެއްޗެއް ނޯޓްކުރަމުންދިޔަ ފޮތެކެވެ.
“އަޅުގަނޑުމީ “އެފް.ޓެން.ސީ” ކްލާސް… އެކްލާސް ނުފެނިގެން.” އަހަރެން އަދަބުވެރިކަމާއެކު ބުނެލީމެވެ.
“އާދޭ ސަރ އާއިއެކީ މައްޗަށް. މަތީގަ އެ ކްލާސް އިންނާނީ.. ކޮންނަމެއް ކިޔަނީ؟” ހަލުވި މިނުގައި ސިޑިތަކުން އަރަމުން ދިޔައިރު އޭނާއަކީ އެހާ ބަރުހެލި މީހެއްހެން ހިއެއްނުވެއެވެ. ވަރުގަދަ ރޫފައާ ހަނގުރާމަ ކުރަމުން އެމީހާ މައްޗަށް އަރަމުން ދިޔައީ އަހަންނާއެކު ރޭހެއްގައި ބައިވެރިވެފައިވާ ފަދައިންނެވެ.
“އައިޝަތު ޝަލީން..” އަހަރެން ފުރިހަމަ ނަން ބުނެލީ އެމީހާގެ ޢިއްޒަތްތެރި ކަމުންނެވެ.
“މި ކްލާސް. ވަދޭ.” ކްލާސް ދެއްކުމަށްފަހު އެމީހާ އެތަނުން ދިޔައެވެ .
“ހައި.. އަހަންނަކީ ޝާނީ.. އާދޭ އެތެރެއަށް. އޯކޭ ވާނެ ކޮންމެ ގޮނޑިއެއްގަ އިށީނަސް. ކޮން ނަމެއް ކިޔަނީ؟” އަހަރެންގެ ނިއު ކްލާސްމޭޓް އަހާލިއެވެ..
“ޝަލީން…” ހިސާބަކަށް ހިނިތުންވުން އަހަރެން ބުނެލީމެވެ.
އަންހެން ކުދިންގެ ކްލާހެކެވެ. އަހަންނަށް އިނދެވުނީ އެންމެ ފަހަތު ގޮނޑިބަރިން މެދުތެރޭގައެވެ. ކައިރީގައާއި ކުރިމަތީގައި ތިބީ މުޅިންއާ ކުދިންތަކެއްކަމުން، އަހަރެން އިނީ ޖެހިލުންވެފައެވެ. ވާހަކަދައްކަން ނުކެރިފައެވެ. ލަދުގަނެފައެވެ. މިއީ ފުރަތަމަ ދުވަހުގެ އިހްސާސް ތަކެވެ.
“އޭތް… ކޮންނަމެއްތަ ކިޔަނީ؟ ހާދަ ބަސްއަހައިން ތިއިންނަނީ.. ހައްހައްހާ… ތިގޮލާ ތިހާ ބަސްއަހައިން މި ސްކޫލަކު ނޫޅެވޭނެ. މިތާ ހިނގާނީ އަހަރުމެންގެ ބާރު.. ޓީޗަރު ކުޑަކޮށްލަންވެސް އަހަރުމެން ފަސްނުޖެހޭނެ.” އެތަނުން ކުއްޖަކު ބުނެލިއެވެ.
“ކަލޯ ތެދެއް އެބުނީ.. އަހަރުމެންނާ ބައިވެރިވެގެން އުޅޭ.” އަނެއްކާ އެހެން ކުއްޖަކު ބުނެލިއެވެ.
“އަހްމަދިއްޔާ ސްކޫލުން އައި އެއްޗެއް ދޯތީ؟ އެތަނުން ވިއްޔަ އާންމުކޮށް މިތަނަށް އައިސް ފިނިބޮޑުވެފަ އިންނަ ފިޔޮކެއްހެން ތިބެނީ. ހައްހައްހާ.” ވައަތް ފަޅިން ޖެހިގެންއިން ކުއްޖާ ބުނެލިއެވެ.
“އޭތް ބަލަ އަނގަހުޅުވިފަ އިންނާނެކަމެއްނެތް.. އަހަރުމެންގެ ހަޔާތް ކުޑަކަން ތިއަދި ނޭނގެނީ.” ކަނާއަތް ފަޅިން އިން ކުއްޖަކު ބުނެލިއެވެ.
“ބަލަ ކޮންނަމެއްހޭ ކިޔަނީ؟” ކުރިމަތިމީ އިން އެހެން ކުއްޖަކު ފަސްއެނބުރި ބަލާލަމުން ބުންޏެވެ.
“ޝަ…ޝަލީން.” ބިރުން ޖެހިލުންވެފައި އިނދެ އަހަރެން ބުނެލީ ދޫއޮޅިފައިވާ މީހެއް ފަދައިންނެވެ.
“ޝަ…ޝަލީންދޯ؟ ހައްހައްހާ…. ރަނގަޅަށް ތިއުޅެނީ ވާހަކަ ދައްކަންވެސް ބިރުން. . ކިހިނެއް އަދި މިތާ ޓީޗަރަކާދިމާލަށް ކަލޭ ބަވާނީ؟” އެތަނުން ކުއްޖަކު ބުނެލިއެވެ.
“ކިހާ ދެރަކަމެއް.. ކޮންމެ ސްކޫލަކުން އައި ކުއްޖަކަސް ތިހެން ހަދާކަށް ނުވާނެ. އެވެސްހަމަ ކަލޭމެންފަދަ ކުއްޖެކޭ.. އޭނަ ބަސްއަހާތީ ކޮންމެހެން ނުޖެހޭ ކަލޭމެން އުޅޭހެން އުޅޭކަށް. ޝަލީން ދެން ބުނާތި އަހަރެން ކައިރީ ކަމެއް ވިޔަސް.” އަހަރެންގެ ދިފާއުގައި ނިކުތީ ޝާނީއެވެ.
އެކުދިންގެ ބޭއަދަބީ ބަސްތަކުން ހިސާބަކަށް އަނގަ ހުޅުވިފައި އަހަރެން އިންނަން ޖެހުނީ ކިހާއިރަކު ކަމެއް އަހަންނަކަށް ނޭނގުނެވެ. މިއީ ދުވަހަކުވެސް އަހަރެންގެ ހަޔާތުން ދެކެފައި ނުވާފަދަ ސްކޫލު ކުދިންކޮޅެކެވެ. އެކުދިންގެ ބަހުރުވަ ހުރިގޮތުން އަހަރެންގެ ތާޒާ ސިކުނޑި ހީވީ ކުއްލިޔަކަށް ކަސްތޮޅުއެޅި ގައިދުވީހެންނެވެ.
އަހަންނަށް ހޭވެރިކަން ވެގެން އިސްޖަހާލެވުނީ ޝާނީ އަހަރެން ދިފާއުކުރި ހިސާބުންނެވެ. ޓީޗަރ އައުމުގެ ކުރިން ޝާނީ އަހަރެން ދިފާޢު ކުރިކަންވެސް ނަސީބެކެވެ. ނޫންނަމަ އަހަންނަށް ސަޕޯޓް ދޭނޭ މީހަކު އަހަރެން މިފަދަ ކްލާހަކުން ހޯދާނީ ކިހިނެއްބާއެވެ.؟
އިންޓަވަލް ގަޑީގައި އަހަރެން ނުކުތީ ކްލާސް ކުރިމަތިންއިން ބެލްކަންޏަށެވެ. އެތަނުގައި އެކަނި ހުރެ ބޯހަމަޖައްސާލަން ބޭނުންވީ ކްލާސްތެރޭގައި ހިނގަމުންދާ ކަންތައްތަކުން ދުރުހެލިވުމަށެވެ. އިހްތިރާމްނެތް މާހައުލުން އިވެނީ ޓީޗަރާ ޒުވާބުކުރާ އަޑެވެ. ހަމަހިމޭންކަން ނެތް ކްލާސްތެރެއިން އިވެނީ ހީނސަކަރާތް ޖަހާއަޑެވެ. އަދަބް އަޚްލާގު ހުރި ކުއްޖަކަށްނަމަ އެކުއްޖާ ރުޅިއަރުވަން ބުލީ ކުރާއަޑެވެ.
“ޝަލީން.. ކިހިނެއްވެފަ؟ އިންޓަވަލް ނެގީތަ؟ މިތާތިހުރީ…..؟” ޝާނީ ބުނެލި ޖުމްލައިން އަހަރެން ހާހެއް ނުވެއެވެ.
“ނޫން. އަހަރެން ކާހިތްނެތީ..” އަހަރެން ދިނީ ކުރު ޖަވާބެކެވެ.
“ނުކަން؟ ކިހިނެއްވީ؟ އަސްލު ކީއްވެ ނުކައި މިތަނުގަ ތިހުރީ އެކަނި؟” ޝާނީ ސުވާލުކޮށްލީ އަހަރެންގެ ކޮނޑުގައި އަތްބާއްވާލަމުންނެވެ.
“ކޮންމެ މީހަކުވެސް ސުވާލެއް ކުރީމަ ބުނާނެ ކަމެއްނުވެއޭ.. އެކަމު އަހަރެން ނޫޅެން ދޮގުހަދާކަށް.. މިކަހަލަ މާހައުލެއްގަ ހަމަޖެހިގެން ކާނީ ކިހިނެއް؟ ކާހިތް ކެނޑިއްޖެ. ކިޔަވާހިތްވެސް.. ރައްޓެއްސަކަށް އިތުބާރުކުރާ ހިތްވެސް… އަސްލުމީ ހާދަ ގޮތެއްނެތް ކުދިންތިބި ކްލާހެކޭ.. ފުރަތަމަ ދުވަހުވެސް މިސްކޫލް މަތިން ފޫހިވެއްޖެ.. 30 ކުދިންގެ ތެރެއިންވެސް އަހަންނަށް ހިތްވަރު ދޭން އިނގުނީ ޝާނީއަށް އެކަނިވިއްޔަ.” އަހަރެންގެ އުދާސްތައް ވައިގެ ތެރެއަށް އަހަރެން ދޫކޮށްލީ ޝާނީގެ ކަންފަތް ތޮރުފާލަމުންނެވެ.
ކުއްލިޔަކަށް އަހަރެން ސިއްސައިން ދިޔައީ އަހަރެންގެ ޔުނީފޯމުގެ އަތުކުރިއަށް މީހަކު ދަމާލުމުންނެވެ. ވަގުތުން އެދިމާލަށް އަހަރެން ބަލައިލީމެވެ. އެއީ ކޮން ބައެއްކަން ނޭނގޭ ހާލު، ދެން އެތާ ވަށައިގެން ތިބި އެހެން ކުދިންނާ ދިމާލަށްވެސް އަހަންނަށް ނަޒަރު ހިންގާލެވުނެވެ.
ނުނިމެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







Mi part vx varah varah reethi…
Haadha nubai kidhinney 🤣
Whn next
Thanks
Ya… Mi vhk GA himanaalaafa ginain hunnaanee mujthamauga hingaa mikahala kankan.
Abuse, bully, love……..ect. Mikahala kankan thahammal koggen haasilvaa loabi mi vhk in kiyaaleveynee
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Shaleen and miykaal gulhuvachey
They both are made for each other
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you
Thanks 👍
Thanks 👍
this is hama ehme nice
when next
Thanks