އުފެއްދުންތެރި ލިޔުން

އިހުސާސް 01

blackshadow eddie
blackshadow eddie Level 210 Stories
October 17, 2024 2 Mins Read
2 Comments

މި ވާހަކަ އަކީ އެސްފިޔަ ކިޔުންތެރިންގެ ކޮމަންޓް ތަކަށް ބެލުމަށް ފަހު އެ ކޮމެންޓް ތަކަށް ބެލުމަށް ފަހު ރަގަޅު ކުރެވިގެން ދާނޭ ވާހަކަ އެކެވެ . މި ވާހަކައަށް އެއްވެސް ހިޔާލެއް އިން ނަމަ ކޮމެންޓް ކޮއްލެއްވުން އެދެން . ތިޔަ ފަރާތް ތަކުގެ ކޮމެންޓް ތަކަކީ އަޅުގަނޑުގެ ކުރި އެރުން .

ދުނިޔެ އަކީ ވަގުތީ މަންޒިލެކެވެ . ބައެއް ފަހަރު ހިތްދަތި ކަމާއި އުފާވެރި ކަން ތަހައްމަލް ކުރަމުން އަންނަން ޖެހެއެވެ . ދެރަ ނިކަމެތި މީހާ މާދަމާ ވެސް މުއްސަދި ވެގެން ދެއެވެ . މުއްސަދި މީހާ ފަގީރު ވެގެން ދެއެވެ .

ބައެއް މީހުންނަކީ އެ މީހުން ގެ ދިރިއުޅުމުގައި ވަރަށް ވެސް ނިޔާމަ އަދި އުފާވެރި ކަމުގައި ދިރިއުޅެމުން އަންނަ ބައެކެވެ . އަނެއް ބައި މީހުންނަކީ އެއްވެސް ވަރަކަށް އުފާވެރި ކަމެއް ނުލިބޭ ކަހަލަ ބައެކެވެ . އެ މީހުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ އެ މީހުންނަށް އުފާވެރި ކަން ގެނެއުމަށެއެވެ .

ވާހަކައިގެން ކުރިޔަށް ދާނަމެއެވެ .

ދުވަސް ވަރަކީ  ގްރޭޑް 10 ގެ ކުދިން އޯލެވެލް ހަދަމުން ދާ ދުވަސް ވަރެކެވެ . އެކުދިންގެ އެންމެ ފަހު ޓެސްޓް ހަދަމުންދާ ދުވަސް ވަރެއެވެ .  އަހަރެން ވެސް ފަތިސް ނަމާދު ކޮއްލައިގެން އަހަރެން ވެސް މަސައްކަތް ކުރަމުން ދިޔައީ މިޔަދު އޮންނަ ޓެސްޓް އަށް އެއްމެ ފަހު ތައްޔާރީތައް ވަމުންނެއެވެ .  އެކި މަސައްކައްތައް ކުރެވިގެން ދިޔައީމެއެވެ .  ޓީޗަރާ ގުޅައިގެން ނޭންގޭ އެއްޗިހި އޮޅުން ފިލުވައި ހެދީމެއެވެ .

އަހަރެންގެ އެއްބަނޑު އެއްބަފާ 2 މީހުން ތިބޭނެއެވެ . އެއީ އަހަރެންނަށް ތުރެން 3 އަހަރު ތަފާތު ބޭބެ އަކާ އަހަންނަށް ވުރެން ކުޑަ ކޮއްކޮ އެކެވެ .  އަހަރުން 3 ބެއިން އަބަދު ވެސް އުޅެމުން އަންނަނީ އުފާވެރި ކަންމަތީގައެވެ . ބައެއް ފަހަރު އަހަރެން ގެ ކޮއްކޮ އާ އުދަނގޫ ކޮށް ލަމެއެވެ . އުދަނގޫ ކޮއްލުމުން އަހަރެން ގެ ކޮއްކޮ ތުން ދަމާފައި އިންނާނެއެވެ .

 

ޓެސްޓް އަށް ކުޑަ ތައް ވަމުން ދާއިރު އަހަރެންގެ ހިތް ވެސް ބާރު ބާރަށް ތެޅެމުން ދެއެވެ .  މިޔަދު ގެ ޓެސްޓް ފަސޭހަ ވާނެ ބާ އޭ އަހަންނަށް ހިތާ ހިތުން ކިޔެއެވެ . މިއީ އަހަރެންގެ ކޮންމެ ޓެސްޓް ގައި ވެސް ވާ ކަމެކެވެ .  އަހަރެންގެ މަންމަ ބަދިގެ ތެރެއިން އަހަންނަށް ގޮވާލީ  ޓެސްޓް އަށް ދިޔުމުގެ ކުރިން ހެދުނުގެ ނާސްތާ އަށެއެވެ . އަހަރެން އެކަމަށް އާ ބަސް ބުނެ އަހަރެން ހެނދުނުގެ ނާސްތާ ކުރަން ދިޔާމެއެވެ .

މަންމަ : މިހާރު ޓެސްޓް އަށް ތައްޔާރުވީތަ .

އަހަރެން އާ ބަސް ބުނުމުގެ ގޮތުން ބޯ ޖަހާލީމެއެވެ . އަދި  ހިތް ބިރު ގަންނަ ވާހަކަ ބުނެލީމެއެވެ . އަހަރެން އަވަސް އަވަހަށް ސައި ބޯލާގެން އަހަރެން ހިގައި ގަތީ ޓެސްޓް އަށް ދާން ތައްޔާރު ވެލާށެއެވެ . ފާޙާނާ ކޮއްލައިގެން އަހަރެން އަނެއްކާ އިށީދުނީ ޓެސްޓް އަށް ކުޑަ މިންވަރެއް ކިޔުމަށެއެވެ ،ޓެސްޓް އޮތީ ހެނދުނު 9:30 ގައި ވުމުން އަހަރެން  އަތުކުރި ގަޑި ބަލާލުމަށް ފަހު އިށީދުނީމެއެވެ .

އިމްތިހާނުގެ ހޯލް ތެރެއެވެ .  އަހަރެން  ހާއްސަ ކުރެވިފައި އިން ގޮޑީގައި އިށީދުނީމެއެވެ . އަހަރެން ކުރިމަތީގައި ފާރުގައި ބައިންދާފައި ގަޑި އެއް އިނެއެވެ . އެ ގަޑިން 9:30 ވުމުން  އަހަރެންނަށް ޓެސްޓް ޕޭޕަރ އަތައް ލިބިގެން ދިޔައެވެ . ޓެސްޓް ހަނދަން ފެށީމެއެވެ .  އަހަރެންގެ މޫނަށް އުފާވެރި ކަމެއް ގެނުވިއެވެ . ސަބަބަކަ|ށް ވަނީ އަހަރެން ކިޔެވި ތަންތަނުން ސުވާލު ތައް އައީމައެވެ . އަދި މި ޓެސްޓް ފަސޭހަ ކަމާ އެކު ނިމްމާލެވޭނެ ކަން އަހަންނަށް އިހުސާސް ކުރެވިގެން ދާނެތީއެވެ .

އިމްތިހާން ނިމި  ޓެސްޓް ހޯލްގައި ތިބި ކުދިން ބޭރަށް ނިކުމެ އެއް ކުއްޖަކާ އަނެއް ކުއްޖަކާ ވާހަކަ ދައްކަމުން ގެދިޔައެވެ .  ފަސޭހަ ތޯ ސުވާލު ކުރަމުން ގެންދިޔައެވެ . އަހަރެން ވެސް އެ ކުދިންނަށް ފަސޭހަ ތޯ ސުވާލު ކުރަމުން ގެންދިޔާމެއެވެ . އަހަރެންނަށް މިޓެސްޓް ވީ ފަސޭހަ އެއްޗަކަށެއެވެ .

ދުވަސްތަށް މިގޮތަށް ދިޔައެވެ . މާ ގިނަ ދުވަސްތަކެއް ނުވެ . އޯލެވެލް ނިމިއްޖެއެވެ . އަހަރެން ވެސް ހިންދަމާ ލެވުނެއެވެ . ސަބަބަކަށް

ވަނީ އަހަރެން ކުރި ބުރަ މަސައްކަތް އަހަރެންނަށް ލިބިގެން ދާނެތީއެވެ . އަހަރެން ފޫވި ވެގެން ދިޔައެވެ . ސަބަބަކަށް ވަނީ ދެން އަހަރެން

ހެނދުނު ހެނދުނާ އަހަރެން ސްކޫލް އަށް ދާން ތައްޔަރު ވުމާއި ސްކޫލް މާހައުލުގައި އަހަރުމެން އުޅެމުން ދިޔަ އުފާވެރި ކަން ތަކުގެ މަތިން

ހަދާންތަކެވެ . ނަމަވެސް އެ ދުވަސްތައް ދިޔައީއެވެ .  މާޒީ އާ މޮޑެލިވެގެން ދިޔައީ އެވެ .

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

blackshadow eddie
Follow Me Written By

blackshadow eddie

Level 210 Stories

story writer . thank you supporting with me ވާހަކަ ލިޔުމާއި ކިޔުން . ކިޔުންތެރިންގެ ސަޕޯޓް އަކީ އަޅުގަނޑު ގެ ކުރި އެރުން

Other Articles

Previous

އިންސާފް (ފަންސަވީސްވަނަ ބައި)

Next

ދޭން އެދޭ ފަރުވާޔަކީ …

Next
October 18, 2024

ދޭން އެދޭ ފަރުވާޔަކީ …

Previews
October 17, 2024

އިންސާފް (ފަންސަވީސްވަނަ ބައި)

2 Comments!

  1. Fiza says:
    October 17, 2024 at 1:35 pm

    Dhen episode ga kanneyge adhi rangalhah fesheynee dhoa… heevanee reethi vaanehen. miulhey kudhinge nan thakehves adhi neyge.

  2. ...... says:
    October 17, 2024 at 9:55 pm

    btw this hama perfect
    when next

Comments are closed.

Next Episodeއިހުސާސް 3←
Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ