އިސްޓާކީން

- by - 25- October 27, 2018

ލިޔުނީ: ޢާއިޝަތް ރާނިޔާ އިބްރާޙީމް

ގަޑިން 1ޖަހާ ބޮޑުވީއެވެ. ދުވަހަކީ ހޫނުގަދަ ދުވަހެކެވެ. މަސައްކަތް ބުރަ ދުވަހެކެވެ. ދުވަހުގެ ކިޔެވުން ނިންމާލުމަށްފަހު މަދަރުސާގެ ގޭޓުދޮށަށް ނިކުމެ، ފޯނުނަގައި ގުޅާލީމެވެ. “ރިންގް… ރިންގް” ކުޑައިރުކޮޅަކަށް ފޯނު ރަނގަބީލުވުމަށްފަހު އެކޮޅުން ޖަވާބުދިނެވެ. “ކީކޭ ދޫންޏާ؟ އެންމެ ބިޒީވާގަޑީގައޭ ތި ގުޅީ” އަނެއް ފަރާތުން ޖެނިފާރ ފޯނުނަގައި ވާހަކަ ދެއްކިއެވެ.

“އޭ ޖެނީ، ލައިލާގެ ގެއައް ދަންތަ މިއަދު؟ ބުންޏެއްނު އަންނަން!” ކުރު ގޮތަކަށް އަހަރެން ސުވާލުކުރީމެވެ.

“ލައްބަ 20ރުފިޔާ…” “އާނ، ދާންވާނެ. މަ ހަވީރު ހަތަރެއްގަ ޑިއުޓީ ނިންމާލާފަ ދާނަން ތިގޭ ކައިރިޔައް. ދެމީހުން އެކީ ދާނީ ދޯ؟” ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުން ޖެނިފާރ ޖަވާބުދިނެވެ.

“އެންމެ ރަނގަޅު. އަންނަމުން ގުޅާލާ.” މިހެން ބުނެ ކޯލު ކަނޑާލުމަށްފަހު ގެއަށްދިއުމަށް ހިނގައިގަންނަމުން ފޮތްދަބަހުގެ އެތްފަރާތަކަށް ފޯނުލާ، ދަބަހުގެ ޒިބު ކަހާލީމެވެ.

ގަދަ އަވީގައި އަހަރެން ގެއަށްދިޔައީ މަޑު ހިނގުމެއްގައެވެ. އަތުގައި އޮތް ކުޑަފެންފުޅީގައިހުރި އެންމެފަހު ފެން ކޯވަރު ހުސްކޮށްލުމަށްފަހު ބިންމައްޗަށް އެއްލައިލީމެވެ. ގެއަށް ދެވުނުއިރު އަހަރެންހުރީ ދާހިތްލާ ފޯވެފައެވެ. ވަރުބަލިވެ، ބަނޑުހައިވެސް ވެފައެވެ. ގަޑިން 13.30ވެއްޖެއެވެ.

ގެއައް ދެވުމާއެކު ވެފައިހުރި ބަނޑުހައިކަން ފިލުވުމަށް އަވަހަށް ރީތިވެލައިގެން ކާން އިށީނީމެވެ. މެންދުރު ނަމާދު ކޮށްލައިގެން ފޮތްދަބަސް ހިފައިގެން އެނދުމަތީ ކިޔެވުމަށް ޖައްސާލީމެވެ. “ސާބަސް… އެނދުމަތީ މީހުން ކިޔަވަން ތިބޭތަ؟ ތިޔަ ގުދާރު ބިންދައިގެން ނުވާނެ އެހާ ގިނައިރު އިންނާކަށް.” ފޮތްދަބަހުން ފޮތްތައްނަގައި އެނދުމަތީ ބެހެއްޓިތަން ފެނިފައި ދައްތަ ޝަކުވާ ކުރިއެވެ.

2ގަޑިއިރާއި 30މިނެޓަށް ކިޔަވަން އިނދެފައި އަހަރެން އެނދުން ހިއްލާލީ އަހަރެންގެ ފޯނު ރިންގުވި އަޑަށެވެ. މޭޒުމަތީ ޗާރޖައް ޖަހާފައިއޮތް ފޯނު ނަގައި ކަންފަތުގައި ޖައްސައިލީމެވެ. “އޭ ކޮބާ؟ މަގޭ ޑިއުޓީ ނިމުނީ. ގެއަށްގޮސް ރީތިވެލައިގެން އެބަ ދަން ތިގޭ ދޮށަށް. ރެޑީވެގެން ހުރޭ ގޭދޮރު ކުރިމަތީ.” ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ ޖެނިފާރއެވެ. “އާން. 17.00ޖަހާއިރަށް އާދެވޭނެ ދޯ. މިހާރު ގަޑިން 16.30ވީ. މަވެސް ރެޑީވާން މިދަނީ.” ޖެނިފާރއަށް ޖަވާބުދީފައި ފޯނު ބޭއްވުމަށްފަހު އަނެއްކާވެސް ފިލާވަޅުތައް ނިންމާލަން އެނދުގައި ޖައްސާލީމެވެ. ‘މި ދެ ސުވާލަށް ޖަވާބު ދިނީމަ ނިމުނީއެންނު. މި ނިންމާލާފަ ދާނީ ރީތިވާން. ނުވާނެ ލަހެއް.’ އަހަރެން ހިތާހިތުން ބުނެލީމެވެ.

‘ރިންންގް… ރިންންގް…’
“ޢޯ ޝިޓް…” ފޯނު ރިންގުވިއަޑަށް އަހަންނަށް އެނދުން ފުންމައިގެން ތެދުވެވުނެވެ. ފޯނު އަތައްނަގައި ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ގަޑިން ހުރީ 17.00ޖަހައިފައެވެ. މިއޮތް ޖެނިފާރ ގުޅަނީއެވެ. ގޮތްހުސްވެ މޫނުމަތީ ދެއަތް އަޅައިގެންހުރެ އިރުކޯޅެއްފަހުން ‘ކޯލް’ ނަގީމެވެ. “ޖެނީ… ގިވް މީ 10މިނެޓްސް. ޕްލީސް. ގޭގެ އެތެރޭ މަޑުކޮށްލާ.”

“އަދިވެސް ރެޑީ ނުވަން؟! މިހުރީ ތިގޭ ކުރިމަތީ…” ލަސްވެފައިހުރި ޖެނިފާރ ހިތްހަމަނުޖެހިފައިހުރި ރާގަކަށް ބުންޏެވެ. ފޯނު ބާއްވާފައިގޮސް އަލިމާރީއިން ގަދަ ނޫކުލައިގެ އަތްދިގު ގަމީހެއްނަގައި އަވަހަށް ގަޔަށްމަހާލީމެވެ. އަދި ގަދަ އަޅިކުލައިގެ ޖީންސެއް ލައިގެން އަތްދަބަސް ހިފައިގެން ބޮލުގެ އިސްތަށިގަނޑު ހުޅިޖަހަމުން ދުވެފައި ގެއިން ނިކުތީމެވެ.

“ތީނައަށް މަޑުކުރަން މަ ޖެހޭނެ ކޮންމެހެން ހަދާފަވެސް ދޯ؟ މީންދަ ބޮޑު ހޮޅި ދަނޑިގަނޑު މިއޮތް ބަޅުވަނީ މަ ތީނަގެ އިންތިޒާރުގައި މީގަ ލެނގިގެން ހުރެހުރެ.” އަހަރެން ގެއިން ނިކުތުމާއެކު ޖެނިފާރ ދިމާކުރުމުގެ ގޮތުން ވާހަކަ ދެއްކިއެވެ. ޖެނިފާރގާތު ސޮރީއޭ ބުނެފައި ލައިލާގެ ގެއަށް ދިއުމަށް ހިނގައިގަތީމެވެ.

ގަޑިން 17.25ވެއްޖެއެވެ. “ޔަގީންތަ މަގު ނުއޮޅޭކަން މަންޖެއަށް؟ ބުނެލިޔަސް އޯކޭއޭ… މަ ދިމާއެއް ނުކުރާނަމޭ.” މާފަންނު ފެންޓަސީބޭކަރީއާއި އަރާ ހަމަވުމުން ދިމާކުރުމުގެ ގޮތުން ޖެނިފާރ އަހަރެންގާތު އެހިއެވެ. “ނޫން. އައި ކްނޯ ދިސް ޕްލޭސް.” ޖަވާބުގައި އަހަރެން ބުނީމެވެ. އިރުކޮޅެއްގެތެރޭ އަހަންނާއި ޖެނިފާރ ހުއްޓުނީ ފަރީދީމަގު ފަތަހަ ސުންބުލި ފިހާރައިގެ ދޮރު ކުރިމައްޗަށެވެ. އަދި އަހަރެންގެ އަތްދަބަހުން ފޯނުނަގައި ލައިލާގެ ނަންބަރަން ގުޅާލީމެވެ.

ހަލޯ! ރީޝާ ކޮންތާކު؟ ތިރީގަތަ؟” ވަގުތުން ކޯލް ނެގުމަށްފަހު ލައިލާ ސުވާލުކުރިއެވެ.

“އާން… ތިރީގަ މިތިބީ. ފޮނުވަބަ ދޮރުހުޅުވަން މީހެއް.” ލައިލާގެ ގޭގެ ދޮރުގައި އިންނަނީ ސެކިއުރިޓީ ކީޕެޑެކެވެ. އެގޭގެ ކާޑު އޮތް މީހުން ފިޔަވައި އިތުރު މީހުންނަކަށް އެގެއަކަށް ނުވަދެވޭނެއެވެ. “އާން. އެބަ ފޮނުވަން ހައްވަ.” މިހެން ބުނެފައި ލައިލާ ކޯލް ކަނޑާލައިފިއެވެ.

ލައިލާގެ ގޭދޮށުގައި 5ވަރަކަށް މިނެޓު މަޑުކުރެވުނުތަނާ އެގޭގެ ދޮރު ހުޅުވުނެވެ. ފެނުނީ ނުދަންނަ ފިރިހެން މޫނެކެވެ. އެ ގޭގެ ދޮރާއި 5ފޫޓު ދުރުގައި ހުރެފައި އަހަންނަށް ގޮވާލެވުނެވެ. “ވެއިޓް ވެއިޓް…” އަވަހަށް ދުވެފައިގޮސް ދޮރާއި އަރާހަމަކުރީމެވެ. ދޮރުގައި ހިފަހައްޓައިގެންހުރި ފިރިހެންކުއްޖާ ދޮރުން އަތްދޫކޮށްލިއެވެ. “ތެންކިޔު…” އެ ފިރިހެންމީހާ ދިއުމުގެ ކުރިން އަހަރެން ޝުކުރު އަދާކުރީމެވެ. “އެންޑް ސޮރީ.” އަދި ހިނިގަނޑަކާއިއެކު ޖުމްލަ ފުރިހަމަ ކޮށްލީމެވެ. ޖެނިފާރއާއި އެ ފިރިހެން ކުއްޖާއަށްވެސް ހިނިގަނޑެއް ޖަހާލެވުނެވެ.

އަހަންނާއި ޖެނިފާރ ލިފްޓަށް އަރާ 8ވަނަ ނަންބަރަށް އޮތްބާލީމެވެ. ލިފްޓުގޮސް 8ވަނަ ފަންގިފިލާއަށް ހުޅުވުނުއިރު ކުރިމަތީ ތިބީ ލައިލާއާއި ހައްވައެވެ.

“އަހަން… އެރިއްޖެ ދޯ. މިއުޅުނީ ހައްވަ ފޮނުވަން ދޮރުހުޅުވައިދޭން.” އަހަރުން ދެމީހުން ފެނުމާއިއެކު ލައިލާ ބުންޏެވެ.
ލައިލާގެ ގެއަށް ދެވުނުއިރު ގަޑިން 17.35ވެއްޖެއެވެ. ލައިލާގެ ކޮޓަރިއަށްވަދެ އަހަންނާއި ޖެނިފާރގެ ދަބަސްތައް އެނދުމައްޗައް އުކާލާފައި އެނދުމަތީ ހަމަޖެހިލީމެވެ. ޖެނިފާރ އަރައިގެންހުރި އިސްޓާކީން ބާލައި އެނދު ކައިރީހުރި ކުޑަ މޭޒުމަތީ ބާއްވިއެވެ. އެތައް ދުވަސްތަކަކަށްފަހު ދިމާވުމުން ހިއްސާކުރަންހުރި ވާހަކަތައް އެހާމެ ގިނައެވެ. އަހަރުން ވާހަކައިގެ ތެރެއަށްގޮސް ގެއްލި ގަޑިހިނގައިދިޔަގޮތްވެސް ނޭނގުނެވެ. އަހަރުންނަށް ހޭވެރިކަންވީ ހައްވަ ކޮޓަރިއަށްވަދެ ގޮވާލުމުންނެވެ. “ލައީ… މަންމަ އެހީ ކޯއްޗެއްހޯ ކާނީ؟”

“އެތެދެއް ޖެނީ، ރީޝާ. ގަޑިން 8ޖަހާ ބޮޑުވީ.. ކޯއްޗެއް ކާނީ؟” ހައްވަގެ ސުވާލަށް ޖަވާބުދޭން ވިސްނަމުން ލައިލާ ސުވާލުކުރިއެވެ. ގޭގައި ކާންހުރި ކޮންމެއެއްޗެއްވެސް އަހަންނަށް ހެޔޮކަމަށްބުނެ އަހަރެން ޖަވާބު ދިނީމެވެ. އެކަމު ޖެނިފާރގެ ހިޔާލު ތަފާތެވެ. “ހިނގާބަ މިރޭ ބޭރުން ކާން. އައި ވޯންޓު އޯރޑާރ ފުޑް.” ޖެނިފާރގެ ހިޔާލަކީ މިއެވެ. ލައިލާވެސް ބޭނުންވީ މިގޮތެވެ. އެދެމީހުންގެ ވާހަކަ މެދުކަނޑާލަމުން  އަހަރެން ސުވާލުކުރީމެވެ. “ކާކު ޕޭ ކުރާނީ؟ އެންޑް ވަޓް އާރ ވީ އޯރޑަރިން؟” މިިކަމާ ތިން މީހުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ނިންމީ އޮލިވްގާރޑަންއިން ބީފް ބޮލޮގްނައިސް ޕިއްޒާއެއް ގެނައުމަށެވެ.

“އެހެންވީމާ ހައްވާ… ބުނޭ މަންމަ ކައިރީ ލައީމެން ޕިއްޒާއެއް ގެންނާނީއޭ މިރެއަށް.” މިހެން ބުނެފައި ހައްވަ ފޮނުވައިލިއެވެ.

ލައިލާ ފޯނުނަގައި އަހަރެންގެ އަތައް ދިއްކޮށްލަމުން ބުންޏެވެ. “އާން… އޮލިވް ގާރޑެންއިން ޕިއްޒާއެއް އޯޑަރ ކޮށްލަބަ. އިންނާނެ އެތާނގެ ނަންބަރުވެސް.”

ޕިއްޒާއަށް އޯރޑަރ ކުރިތާ 30މިނެޓުތެރޭ ޕިއްޒާހިފައިގެން ލައިލާގެ ގޭދޮށަށް މީހަކު އަތުވެއްޖެއެވެ. ކޮންމެ މީހެއްގެ އަތުން 45ރުފިޔާ ނަގައިގެން ޖެނިފާރ ގްރައުންޑް ފްލޯއަށް ފައިބާ، ޕިއްޒާއަށް ޕޭކޮށްފައި ޕިއްޒާފޮށްޓާއި އެއާއިއެކު ހިލޭލިބުނު ކޯކުފުޅި ހިފައިގެން ގޭތެރެއަށްވަނެވެ.

އަހަރުން ތިންމީހުން ކާތަށިތައް މޭޒުމަތީ އަތުރާލާފައި އެންމެ ފުަރަތަމަވެސް ޕިއްޒާގެ ފޮޓޯއެއްނެގީއެވެ. ލައިލާ ވަގުތުން އެފޮޓޯ ފޭސްބުކަށްލައި އަހަންނާއި ޖެނިފާރ ‘ޓެގް’ ކޮށްލިއެވެ. އަހަރުން ހިތުން ތިބީ ރެސްޓޯރަންޓުގައެވެ. އޮލިވެ ގާރޑަންގައެވެ. އިރުކޮޅަކުން އެޕޯސްޓަށް ކޮމެންޓުތައް ފައްޗަކަށް އެމުނެން ފަށައިފިއެވެ.

“ކޮންތާކު؟ މަ ނުލާ؟” ލައިލާގެ ރައްޓިއްސެއް ކޮމެންޓު ކުރިއެވެ. ރިޕްލައިއެއް ކުރުމުގެ ބަދަލުގައި ލައިލާ އެއަށް ‘ލާފް’ ރިއެކްޓް ކޮށްލިއެވެ.

“ހައު ކުޑް ޔޫ ޖެނީ؟ ވިތައުޓް މީ؟؟” އިރުކޮޅަކުން ޖެނިފާރގެ ދައްތަ ކޮމެންޓު ކުރިއެވެ. ޖެނިފާރ އެއަށް ހިނިގަނޑަކާއެކު ‘ޔޫ މިސްޑް’އޭކިޔާފައި ކޮމެންޓު ކުރިއެވެ.

އަހަރުން ތިބީ ހީހީ ހަލާކުވެފައެވެ. އެކަކަށްވެސް އަހަރުން ތިބީ ގޭގައިކަމެއް ނޭނގުމުނެވެ. އަހަރުންގެ ހިނިގަނޑު ގަދަވެގެން ދިޔައީ ދެންވެސް ލައިލާގެ ރައްޓިއްސަކު ކުރި ކޮމެންޓަކުންނެވެ. “ކޮން އޮލިވް ގާރޑަންއެކޭ ކިޔާކަށްތަ؟ ތީ ތިގޭގެ ސުފުރާމަތި!. ހަހަހާ”

“އޯ ޝިޓް… ބަސްޓަޑް. ހަހަހާ” އަހަންނަށް ބުނެލެވުނެވެ.
އަހަރުން ކައި ނިންމާލައިގެން ލައިލާގެ ކޮޓަރިއަށްވަދެ ހަމަޖެހިލީމެވެ. ބުރަކަށިދަމާލުމަށް އެނދުގައި ޖައްސާލިތަނާ ލައިލާ ގޮވާލިއެވެ. “ރީޝާ… ހަދައިދީބަ ޓެޑީ ބެއާރއެއް. ވަރަށް މޮޅެއްނު އެކަހަލަ އެއްޗެހި ހަދަން. މިހިރީ ވޫލާއި އިސްޓާކީނުވެސް ހޯދާފަ އެ ހަދަން.” އިސްޓާކީނުތަކާކާއި ބަރަންޏާއި ގޮށްތަކެއް ދެމުން ލައިލާ ތުއިރާގަކަށް ރޮއެގަތެވެ.

“ކޯއްޗެކޭ؟ ހަދަންށޭ؟… ހަހަހަ” ލައިލާއަށް ދިމާކުރުމުގެ ގޮތުން ޖެނިފާރ އަހާލިއެވެ.

އަހަރުން ތިންމީހުން ޓެޑީބެއާރް ހެދުމަށް އިށީނުމަށްފަހު އެތަށް ވާހަކައެއް ދެކެވުނެވެ. ދޭތެރެއަކުން ލައިލާގެ މަންމަ ކޮަޓަރިއަށްވަދެ އަޑުގަދަވަނީއޭ ބުނުމުން ސަކަރާތް މަދު ކޮށްލާނެއެވެ. އެކަމު ލައިލާގެ މަންމަ ދިޔުމުން އެބުނި ބަހެއް ހަނދާނަކު ނުހުރެއެވެ. ހީވާނީ ކޮޓަރިތެރެ ދެންމެ ދެންމެ ވާއްޓާލަފާނެހެންނެވެ. އަހަރުންގެ ސަކާރަތުގެ އަޑުގަދަ ކަމުންނެވެ.

“އޯކޭ ދެން. ހުއްޓަމާ…” ސަކަރާތުގެ ތެރެއިން ހެމުން ލައިލާ ބުނެލިއެެވެ. އަހަރެންވެސް އެކަމަށް އެއްބަސްވުމުގެ ގޮތުން ގަދައަށް ހެމުން އިނދެ ބޯ ޖަހާލީމެވެ.

“ތިމީހުންނަށް އެނގޭތަ އަހަރެން މިއޮތްހުރިހާއިރު ކުރިކަމެއް؟” އަހަރުންގެ ސަކަރާތްގަނޑު މަޑުވެލި ވަގުތު ޖެނިފާރ އަހާލިއެވެ.

“ނޭންގެ. ކޮންކަމެއް ކުރީ؟” އަހަރެން އަހާލީމެވެ.

“މަޑުކުރޭ އެބަ ދައްކަން. ފޯނުގަ އިންނާނީ އޭތި. ” މިހެން ބުނެފައި ޖެނިފާރ އިށީނދެގެން އިންތާ ފުރަގަހުން ފޯނުނަގައި ހުޅުވާލިއެވެ. ފޯނުގެ ރިކޯރޑިންނަށްގޮސް ރިކޯރޑިންގް ލިސްޓު ހުޅުވާލިއެވެ. އަދި އޭގައި އެންމެ މައްޗަށްއިން ރިކޯރޑިންގް އެޅުވިއެވެ.

އަސްތާ ކަމަކުދާކަށް ނެތެވެ. އަހަރުން ދެއްކި ހުރިހާ ވާހަކައެއް ޖެނިފާރ އެވަނީ ރިކޯޑު ކޮށްފައެވެ. “އޯކޭ… ޔޫ ރިއަލީ ރިކޯރޑެޑް އިޓް؟ ދޭންވީ ފޯނު.” މިހެން ބުނެފައި ޖެނިފާރ އަތުން ފޯނު އަތުލުމަށް އަހަންނާއި ލައިލާ އަވަސްވެގަތީމެވެ. ނަމަވެސް ޖެނިފާރ އިނީ އުނގު ތެރެއަށް ފޯޏުލައި އަހަރުން އެފޯނު އަތުލިއަ ނުދިނުމަށް ފޮރުވައިގެންނެވެ.

“ދެއްޗޭ ތި ރިކޯރޑިން. ގްރޫޕަށް ލާތި މިރޭ” ލައިލާ އެ ރިކޯރޑިންގް ބޭނުންވެގެން ޖެނިފާރގާތު ބުންޏެވެ. އެހެނަސް އެ ރިކޯރޑިންގްއެއް ނުލިބޭނޭ ބުނެ ޖެނިފާ ފޮނިކެނޑިއެވެ.

“ބަލާތި ތި ރިކޯރޑިންގް ނުދީ ހުރެވޭތޯ. ތިފޯނު  އަތުޖެހުން ލަސްވާނީ… ރަނގަޅަށް ހާވާލާނަން. ” އަހަރެން ބުނީމެވެ.

“ހާވާލާނަމޭ؟ ކޯއްޗެކޭ؟” ސަކަރާތުގެ ރާގަކަށް ލައިލާ އެހިއެވެ.

ސަކަރާތުގައި ޖެހިފައިތިބެ ވަރަށް އުނދަގުލުން ޓެޑީބެއާރ ހަދާ ނިންމާލެވުނެވެ. ލައިލާ އަތަށް އެ ޓެޑީބެއާރް އެތްލުމަށްފަހު އަހަރެން ބުނީމެވެ. “ތިއޮތީ ހަދައިދީފަ. ދެން އޮވޭ ތި ހަފައިގެން.”

އެވަގުތު ޖެނިފާރގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ކޯއްޗެކޭ؟ ހަދައިދީފައޭ… ހަހަހާ؟”

“ރިންގް… ރިންގް…”

އަހަރުން ހަމަހިމޭންވެލީ އެނދުމަތީ އޮތް އަހަރެންގެ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނުނަގައި ބަލައިލިއިރު އަލީ ގުޅަނީއެވެ. ކޯލު ނެގުމުގެ ކުރިން ގަޑި ބަލާލެވުނެވެ. ގަޑިން 23.00ޖަހަނީއެވެ. “އަންމަޓާ!! ހާދަ ލަސްވެއްޖޭ.” މިހެން ބުނެފައި އަވަހަށް ކޯލު ނަގީމެވެ.
“ކޮބާ ނުދަންތަ ގެއަށް މިރޭ؟” ކޯލުގެ ނެގުމާއެކު އަލީ ސުވާލުކުރިއެވެ.

“ނޫނޭ. މިއުޅެނީ ދާން. ބަލާ އައިއްސަ ގުޅާލާ. ފައިބާނަން އޭރުން.” ގަޑިން ލަސްވެފައި ހުރުމުން އަހަރެން އަވަހަށް ގެއަށްދާން ބުނީމެވެ.

“މީނީ ތިރީގަ. ފައިބާ.” މިހެން ބުނެފައި އަލީ ކޯލު ކަނޑާލިއެވެ.
ލައިލާއާއި ޖެނިފާރގާތު ބުނެފައި އަވަހަށް އަހަރެން ގެއަށްދިއުމަށް ދަބަސް ނަގައި ހުރިހާއެއްޗެއް ހަމަކޮށްލީމެވެ. އަދި ތިރިއަށް ދިއުމަށް ލިފްޓު ދޮށަށް ހުއްޓުމަށްފަހު ނިއުޅުވިފައިވާ އިސްތަށިގަނޑު ހުޅިޖަހަމުން އެއްފަހަރު ފަސްއެނބުރި ބަލާލީމެވެ. ޖެނިފާރމެންނަށް ހަނާ އަޅާލުމަށެވެ.

ގަޑިން 11.30ވުމުގެ ކުރިން ގެއަށް ދެވުނެވެ. ހެދުން ބަދަލުކޮށްލައިގެން އެނދުގައި އަރާ ޖައްސާލީމެވެ. އިރުކޮޅަކުން އިވުނީ ފޯނު ރިންގްވި އަޑެވެ. ފޯނު ނަގައި ބަލާލިއިރު ލައިލާއެވެ.

“ރީޝާ… ކީއްތިކުރީ؟” ހެމުން ލައިލާ ސުވާލު ކުރިއެވެ.

“އަހަރެން ކީތްކުރީ؟ ކިހިނެތްވީ ތިހެނީ؟” ވާގޮތެއް ނޭނގިފައިހުރެ އަހަރެން ސުވާލު ކުރީމެވެ.

“ތިދިޔައީ ހަހަހާ… ތި… ތިދިޔައީ ޖެނިފާރގެ އިސްޓާކީން… ހަހަހަހާ…” ލައިލާ ހޭވަރުން އޭނަ ބުނަން ބޭނުންވި އެއްޗެއް ނުބުނެވުނެވެ.

“ކިހިންތްތަވީ؟ ނުހީ ކިޔާބަލަ” ލައިލާގެ ވާހަކަ މެދުކަނޑާލަމުން އަހަރެން އަނެއްކާވެސް އަހާލީމެވެ.

“ތީނަ ޖެނިފާރގެ އިސޓާކީން ކަފާލީ… ހަހަހާ.” ލައިލާގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.

“އޭން. ނުވާނެ އެހެނެއް. ކޮންއިރަކު؟ މަ ނުނަގަން އޭނަގެ އިސްޓާކީނެއް؟ ކޮންތާކު އޮތީ އިސްޓާކީން؟” ލައިލާ ބުނި އެއްޗެއް އަހަންނަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން ސުވާލުފައްޗެއް އަމުނާލެވުނެވެ. އަދި ސުވާލުކުރުމަށްފަހު އަހަރެންގެ ހިނގަނޑުވެސް ފަޅައިގެން ދިޔައެވެ.

“އަސްލުތަ؟ ކިހިނެތް އެނގުނީ؟ ކޮބާ އޭނަ؟” ދެންވެސް އަހަރެން ސުވާލު ކުރީމެވެ. އޭރުވެސް ލައިލާ ހުރެގެން ހެނީއެވެ.

“އޭނަ ގެއަށްދާންވެގެން އިސްޓާކީނު ހޯދި އިރު އޭގެން އޮތީ ޓެޑީބެއާރ ހަދާފަ. ލައީ މަންމަވެސް ހެނީ. ދައްތަމެންވެސް. ހުވާ. ޖެނިފާރ ދިޔައީ އިސްޓާކީނަށްވެސް ނާރާ. ހަހާ” ލައިލާ ބުންޏެވެ.

“ދޮގު ނުހަދާ. އޯކޭ މަ ބޭއްވީ ފޯނު. ޖެނިފާރއަށް ގުޅާލަންވެގެން.” މިހެން ބުނެފައި ލައިލާގެ ކޯލު ކަނޑާލުމަށްފަހު ޖެނިފާރގެ ފޯނު ނަންބަރަށް ގުޅާލީމެވެ. “ރިންގް،.. ރިންގް… ރިންގް…”

ފޯނު ރިންގުވުމަށްފަހު އިރުކޮޅެއްތެރޭ ޖެނިފާރ ފޯނު ނަގައިފިއެވެ. “ހަލޯ، ޖެނީ… ގެއަށް ދެވިއްޖެތަ؟ ކާކުއާއެކު ދިޔައީ؟ ކިހިނެތް ގެއަށް ދިޔައީ؟” ވެފައިހުރި ކަޑައަކުން ސުވާލުފަތި އަމުނާލެވުނެވެ.

“މަ ބަލާއައީ މަގޭގެ ބިޓު. ގެއަށް އައީ ހިނގާފަ. އެންޑް ޔެސް. ގެއަށް އާދެވިއްޖެ. އެންޑް މަންޖެ މަގޭ އިސްޓާކީނު ކަފާލީމަ މަ އަންނަންޖެހުނީ ހުސްފަޔާ…” އަހަރެންކުރި ހުރިހާ ސުވާލަކަށް ޖެނިފާރ އެއްފަހާރާ ޖަވާބުތައް އަމުނާލިއެވެ.

އަހަރެންގެ ގާތަށް އައީ ނުލަފާ ހިންޏެކެވެ. ޖެނިފާރގެ ވާހަކަ އަޑުއަހާފައި އަހަރެންގް ހިނިގަނޑު އިތުރުވިއެވެ. ގަދަވިއެވެ. “މަންޖެ، މަ ދުވަހަކުވެސް ނުދަން ހުސްފަޔާ… އެކަމު، މިއަދު އަލަށް މިއައީ އިސްޓާކީނަށް ނާރާ.. އައި ފެލްޓް ލައިކް އައި ވޯސް ނޭކަޑް.” ރޮވިފައިވާ ރާގަކަށް ޖެނިފާރ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“އޯކޭ ސޮރީ… ނޭނގުނީއޭ. ޖެނީވެސް ނުވާނެ ދޯ އިސްޓާކީނު ބާލާފަ ތަންތަނަށް އުކާކަށް. ހަހަހާ” އަހަރެންގެ ހިނިގަނޑު މަޑެއްނުކުރެވުނެވެ.
“ހެޔޮ. މަ މިވާހަކަ ލިޔާނަން އެފްބީގަވެސް. އެންމެނަށް އަންގާނަން. ހުވާ މަށަށް އިސްޓާކީނެއް ގަންދޭތި.” އެންމެފަހުން ދެރަވެފައިހުރެ ޖެނިފާރ އެދުނެވެ.

“އެންމެ ރަނގަޅު. އެހެންވެސް ވެދާނެ. އެއީ މައްސަލައެއްނޫނޭ. ގަންދޭނަމޭ އިސްޓާކީނެއް. މަ ގުޅާނާން ޝޮޕިންނަށްދާން. ދެން ބޭއްވީ ފޯނު މިވަގުތަށް.” މިހެން ބުނެ އަހަރެން ކޯލު ކަނޑާލީމެވެ. އެގަޑިއަށް މަންމައައިސް ކޮޓަރިއަށް ވަދެއްޖެއެވެ.

“ހަހަހާ… ޖެނިފާރ!!! ހަހަހާ…” އަހަރެންގެ ހިނިގަނޑު ނުހިފެހެއްޓިގެން ފަޅައިގެން ދިޔައެވެ. އެއަޑަށް އަހަންނަށް ބަލާލާފައި މަންމަ އަހާލިއެވެ. “ސުބުހާނަﷲ، އަނެއްކާ ކިހިނެތްވީ؟” ބަނޑުގައި އަތް އަޅައިގެންއޮވެ ގަދައަށް ހުނީމެވެ.

25

You may also like...

16 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. މިއަށްވުރެ ހާސަރު މަދުކޮށްވެސް މިވާހަކަ ގެނެސްދެވުނީސް.ބޭކާރު ވާހަކަ ވަރަށް ވަރަށް ގިނަ.

    ⚠Report!
  2. މި ކިޔާފަ މަޖާވެގެން މީހުން އުޅުނީމަ ހަމަ ހައިރާން ވެއްޖެ. ޑޯންޓް ޔޫ ގައިޒް ހޭވް އަ ސެންސް އޮފް ހިއުމަރ؟ އިޑިޔަޓްސް.. ސަޗް އަ ވޭސްޓް އޮފް ޓައިމް

    ⚠Report!

Leave a Reply

Your email address will not be published.