ކަޅުފޮއި ރެއެކެވެ. އާންމުކޮންހެން އިޝާގެ ފަހުން އެ ދެ ކުދިން އޮތީ ގޭގެ ފުރާޅުމައްޗަށް އަރާ އޮށޮއިވެލައިގެންނެވެ. ހިޝާންގެ އަހަރުން ބާރަ އަހަރެވެ. އަދި ޔާސްމީންގެ އަހަރުން ނުވައެކެވެ. އުޑުގެ ވިދުވަރަށް ކަޅިގެއްލިފަ އެވެ. ހަނުހިމޭންކަމަކާ އެކު ދެ ކުދިން ހިނިތުންވަމުން ގެންދިޔަ ހިނދު ސިފަކުރުވީ އިޝްރާޤީ މުޢާމަލާތެއް ދެމެދުގަަައި ހިނގެވެމުން ދިޔަ ފަދަހެންނެވެ. އެކަކުގެ ކަނާ އަތް އަނެކަކުގެ ވައަތު އަތާ ގުޅި ގަތާލެވިފަ އެވެ. އެއީ ޖާދޫވަންތަ ކަމެކެވެ. ‘ޔާޝްކޮ އަށް އެނގޭތަ ޔާޝްކޮ […]
އެއީ ކައިވެނި ކުރުމުގެ އުމުރެވެ. އުމުރުން 27ވީހެވެ. އާއިލާގެ ތެރެއިން އަހުރެންނަށް ދިޔައީ ނޭދެވޭ ސަމާލުކަމެއް ލިބެމުންނެވެ. ކަައިވެނި ކުރުމުގެ ޚިޔާލެއް ފައުޅުކޮށްފައި ނުވާތީ އެވެ. ކުއްޖަކާ އެކު އެއްވެސް ކަހަލަ ގުޅުމެއް ބޭއްވިފައި ނުވާތީ އެވެ. އަދި އާއިލާގެ ދަރަޖަ އުފުލުމުގައި ނުކުޅެދުންތެރިކަން ފެންނާތީ އެވެ. އާއިލާތެރެ ފެށުނޫންސުރެ ބައްޓަންވަމުން އައީ ވަކި އުސޫލުތަކެއްގެ ތެރެއިންނެވެ. ސީދާސާދާ ކޮށެވެ. އިހުތިރާމުވެރިކޮށެވެ. އަމަލުތަކާއި މުޚާތަބުގައި އަދަބުވެރިކޮށެވެ. ދިރިއުޅުމުގެ ފެންވަރު ދެއްކުވުމުގައި މަތީ ދަރަޖައެއްގަ އެވެ. ހަށިތަކުގައި ބަރު, […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަލިވިލިއްޖެއެވެ. ރީތިދުވަހަކަށެވެ. ދުވަސްކޮޅަކުން ކޮޅިގަޑުގެ އެއްވެސް އަސަރެއް ނުފެންނާނެއެވެ.ގެތަކަށް ލިބުނު ގެއްލުން މަރާމާތު ކުރާނެއެވެ. ނެތިގެންދިޔަ ގަސްގަހާގެހީގެ ބަދަލުގައި އާކުރިތައް ފަޅާނެއެވެ. މުޅިތަނަށް ފެތުރުނު ފަތްތަކާއި ކުނިތައް ނަގައި ރަށް ޒީނަތްތެރި ކުރާނެއެވެ. އެތޫފާނީރޭ އަހަރެންގެ ހިތަށް ލިބުނު ކެކުޅުން ބޭރަށް ފެންނާކަށް ނެތެވެ. ވިއްސި ވިހާލިވެގެން ދިޔަ ދިރިއުޅުން އަނބުރާ އިޢާދަ ކުރެވިދާނެހެއްޔެވެ؟ ފަޒާ ގުގުމަމުން ދިޔައީ ބިރުވެރި ގުގުރިއާއި،ޖަހޭބާރުވައިގެ ސަބަބުން ގަސްގަހާގެހިން އުފެދޭ އަޑުންނެވެ. އަހަރެންގެ ކަންފަތް ގުގުމަމުންދިޔައީ ފިރިމީހާގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިއަދަކީ ފުސްނަކަތުގެ ނުވަވަނަ ދުވަހެވެ. ކުޑަކޮށް ފުސްވިލާ ބުރާލިކަމުގައި ވިޔަސް މޫސުން ރީތިވާން އުޅޭހެން ހީވެއެވެ. ފާތުން އޮތީ ގޯތިތެރޭގައި ހުރި ފަތްޖެހި އެނދެއްގައެވެ.އަތުގައި ކަރުދާސްގަޑެއް އޮތެވެ. އެއީފާތުންގެ ކުޑައިރުގެ ރަޙުމަތްތެރިއަކު ފޮނުވާފައިވާ ސިޓީއެކެވެ. ފާތުން އެތަކެއްފަހަރު އެސިޓީ ކިޔައިފިއެވެ. އަނެއްކާވެސް އެސިޓީ ކިޔަން ފަށައިފިއެވެ. ފާތުންއެވެ! ކަލާއަށް އޮތް އެންމެ މޮޅުފަރުވާއަކީ މާޒީ ހަނދާން ނައްތާލުމެވެ. ކޮންމެ މީހެއްގެވެސް ފުސްމާޒީއެއް ވާނެއެވެ. ހޭނުޖެހޭއިރު ވިޔާ ނުދާކަންތައް ކުރެވޭނެއެވެ. ކަތިގޯޅިންވެސް ދެވޭނެއެވެ. ޢާއިލާ […]
އަހުރެން ކެފޭއަކަށް ވަނތް ފަހަރެކެވެ. ކޮށިގަނޑުމަތިން ފެނުނު ހެދިކާކޮޅަކަށާއި ކޮފީ އަކަށެވެ. އޮފީހުގެ މަސައްކަތްތަކުން ފުނިޖެހުމަށްވުރެން ބޯހާސްކަން އިތުރުކުރުވީ ބުރޭކް ނަގަން ވަދެވުނު ތަނުގެ ހަލަބޮލިކަމަކުންނެވެ. ހަރަކާތްތެރިކަމެއް ނޫނެވެ. އަޑުތަކުގެ ހަރުކަށިކަމެވެ. މި އެތެރެވެވުނީ ސަހަލު ތަކަނަކަށް ކަމާމެދު އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ. އެކަމަކު މި އީ އައު ކަމެއް ވެސްމެ ނޫނެވެ. އަހަރެންގެ އުންމީދު ގޯސްވީ އެވެ. އަހަރެންނަށް އުންމީދުކުރެވުނީ ސަހަރާ އަކަށެވެ. މަޚުލޫގުން އާންމުތަނެއްގައި މުސްތަހީލު އެދެވުމެކެވެ. މި އެދުމަށް އަމިއްލަ ކޮޓަރިތެރެ ރަނގަޅުވީހެވެ. ބޯހާސްކަން […]
”ﷲއަކުބަރު!” ސިރާގެ ހަށިގަނޑު ކުއްލިއަކަށް ކޮޅަށް ޖެހުނު އިރު މަންޒަރު ތަފާތެވެ. ނަފުސަށް ވެސް އޮތީ ސަލާމަތްތެރިކަމެކެވެ. ތަން ހަމަހިމޭންވެފައި ފަނޑެވެ. ހަމަނުޖެހުމެއްގެ އަޑެއްބަޑެއް ނެތެވެ. ފެތުރިފައިވި ހާސްކަން ހަމައަކަން އެޅެން ފެށުނެެވެ. އޭނާ އަށް ދެންމެއަކު އެ ފެނުނީ ހުވަފެނެއްކަން ޔަގީވުމުންނެވެ. އެހެނެއްކަމަކު ހިތުގައިވި އުދާސްކަމެއް ނުފިލުވުނެވެ. ފެނުނު ހުވަފެން ރަނގަޅުނޫން ވުމުންނެވެ. އަދި އެ ހުވަފެނުގެ ފަހަތުގައި ނޭދެވޭ ތަޢުބީރެއް އޮވެދާނެ ކަމަށްޓަކައެވެ. އެ ރެއަކު އިތުރަކަށެއް ނުނިދުނެވެ. ނަސީބަކުން ހޭލެވުނީ ވެސް ފަތިސް […]
އެއީ އެހެންވެސް އާންމު ރޭތައް ފަދައިންނެވެ. ފޭސްބުކް ހުޅުވައިގެން ޓެރެންޑުތައް ބެލުމުގައެވެ. ދަންނަ މީހުންނާއި ނުދަންނަ މީހުންގެ ޕޯސްޓުތައް ކޮނެއުމުގައެވެ. ވާނުވާ އާއި ކަންކަން ވާންވީގޮތްތައް ދެނެގަނެ ހޯދުމަގައެވެ. އަބަދުވެސް ވިސްނުން ގެއްލިފައި އޮންނަނީ އެހެން މީހުންގެ އަމަލުތަކަށެވެ. އާންމުކަމެއްނަމަ އެކަމެއް ބަލައިގަނެވޭގޮތް ވެއެވެ. އާނއެކެވެ. އެހެންމީހުންގެ ރުހުން ހޯދުމުގައެވެ. ނުރުހެވޭ ސަމާލުކަމަކުން ދުރުވެގަނެއުމަށެވެ. ނޫނީ އެކަހެރިވެދާނެތީ އެވެ. މީހުންގެ ފުރައްސާރަތަކާއި މަލާމާތްތައް ލިބިދާނެތީ އެވެ. އަމިއްލަ ނަފުސު ނިކަމެތިކުރެވިދާނެ ކަމަށްޓަކައެވެ. މިއީ އިސްކޫލުދައުރުން ފެށިގެންވެސް ހަރުލާފައިވި […]
އިރު ފައިބަމުން ދިޔަ ވަގުތެވެ. މީސްތަކުންގެ ހަލަބޮލިކަން ކެނޑި ހަވާސް ބިން މައިތިރިކުރުވައިފި އެވެ. ހަނދުގެ އަލި ދުނިޔެމައްޗަށް ބާރުގެނުވާ ގަސްތަކާއި ރުއްތަކުން ސަރަހައްދު ފަނޑުކުރުވައިފި އެވެ. މިއިން ކަމެއް އިހުސާސް ކުރެވިފައި ނުވާ ފަދައިން ގަސްތަކުގެ ހިޔާފަހިކަމުގެ ތެރޭ ބަހައްޓާފައި ހުރި ޖޯޔެއްގައި އޮށޯވެލައިގެން އޮތް ފަރުދާނުގެ ދެ ލޯ ހުއްޓިފައިވީ ހާމަވެފައި އޮތް އުނދަރެހަށެވެ. ނަމަވެސް ސިކުޑީގެ ނާރުތަކާއި ހިއްސުތައް މާ ދުރުނޫން އާލަމެއްގައި ޣަރަޣުވެފަ އެވެ. އެއީ ފުރާވަރުގެ ދުވަސްތަކެވެ. މަސްޣޫލުވެ އުޅުނީ […]
އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްތާބުގެ ޚިލާފަތުގެ ދުވަސްވަރުގެ ހާދިޘާއެކެވެ. އެއްފަހަރަކު މަދީނާއަށް ދިޔުމަށް ޒުވާންފުރައިގެ ފިރިހެން ކުއްޖަކު ދަތުރުފެށިއެވެ. ދަތުރުގެ ސަވާރެއްކަމުގައި ގެންދިޔައީ ޖަމަލެކެވެ. ދަތުރަކީ ދިގު ދަތުރެކެވެ. އެހެންކަމުން ބައެއް ފަހަރު ދަތުރުކުރަމުން ގޮސް ދަތުރުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި މަޑުކޮށްލައެވެ. އެގޮތުން އެއްފަހަރަކު މަންޒިލަކަށް ފައިބައި އޭނާ އަރާމުކޮށްލުމަށްޓަކައި މަޑުކޮށްލިއެވެ. އިރުކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް ނިދިގަދަވެގެންފިއެވެ. ފުންނިންޖަކުން ނިދިއްޖެއެވެ. އޭރު އޭނާގެ ޖަމަލު ވިނަކަމުންގޮސް، އެހެން މީހެއްގެ ދަނޑުބިމަކަށް ވަދެގެން އެތަނުގެ ގަސްތަކާއި […]