ފުރުސަތު
އެންމެ ރެއެކެވެ. އަމަލުތައް ނިންމާލެވިއްޖެ އެވެ. ފުރަތަމަ އޮތީ ދެނެގަތުމެވެ. ވެށި ފާޑުކުރުމެވެ. އެއަށްފަހު ބެހިދެއެވެ. ހުނުންތަކުގައެވެ. އެބައެއްގެ މޫނުތަކުގައި ކެހިވެރިކަމެކެވެ. އެކަމަކީ ފަޒާގެ އާދައެއްގެ ގޮތުގަައި ހޭނުވިފައެވެ. ގިންތިކުރުންތަކެއް ވުމުންނެވެ. މަޤާމާއި ނަސަދެވެ. މިލްކުވެރިކަމެވެ. ނޫނީ ޒީނަތެވެ. މިއީ އިސްކުރެވިފައިވާ ސޫރަތުތަކެވެ. ހޭހަންކަމެއް ސިކުނޑިތަކުގައި ވި އެވެ. އަދި ފަރުދާއެއް ލެވުމުގައި މާ ބޮޑައިވެވިފައެވެ. ނަޒަރުތަކުން ހައިސިއްޔަތު ފާހަގަކުރުވަދެއެވެ. ހަށިތަކުގެ ކޮންޓުރޯލު އޮތީ އެ ބަޔަކުގެ އަތްމަތީ ފަދަ އެވެ. ހިތުން އެންމެން ވެސް ޞާލިހެވެ. އެބަޔެއްގެ ވިސްނުންތަކުގައި ކުށެއް ނެތެވެ. މަދު ބަޔަކުގެ ހިތްތައް މާ ނާޒުކީ އެވެ.
‘ އެ ކޮއި އެގޮތުގައި އުޅެން ޖެހުމީ ދެން އަހުރެމެންނާ ބެހޭކަމެއް ނޫނެއްނު ދޯ..’ ނަފުސު ވާހަކަ ދައްކުވަތެވެ. ފޯރުވޭ ބޭޚުދަވީ ބާރަކުން ރޭގަނޑުގެ ފިނިކަން ދަމައިގަނެދެއެވެ. ހިއްސުތައް އޭގެ ޒާތުގައި ހަށިގަނޑު ދެމިގަންނުވައެވެ. ފިކުރުގައި ހަމައިގެ އުސްލޫބެކެވެ. ބޭއިންސާފުވެވެނީ އަމަލުތަކުންނެވެ. ވިސްނުމުގައި ބަރުކަމެއް އުފުލަމުން ދިޔަތީ އެވެ. އެއީ ނޭންގުމެއް ނޫނެވެ. ޚުލޫސްގެ ސިފަތަކުން ބޭރުގައިވި ނަފުސު ޤައިދުވުމެކެވެ. މައުދަނުގެ ވަބައިންނެވެ. ފެޝަނަކަށް އެކަން ވެއްޖެ އެވެ. ނޫނެކޭ ބުނުމަށް ހިތްތައް ލަދުގަންނުވަދެއެވެ.
………………………
އަހުރެން ހުރީ ވައިޓަރުމަތި އެވެ. ދެތިން މީހަކުގެ ހާޟިރުން ދިރުމެއް ފެތުރުވިފައެވެ. އެބަޔަކުގެ ހިއްސާކުރުންތަކެވެ. ޅަކުއްޖާގެ ރަކިހުނުންތަކެވެ. އަލްފާޡުގެ ހާސާވެރިކަމަކުން އަނދިރީގެ މާލަމެއް ފައުޅުކުރައްޖަތެވެ. ފަޅުކަމެކެވެ. ހަމައެކަނި ލޯމައްޗަށެވެ. ސިއްރުގައި ކުޅުނެގުންތަކެވެ. އަހުރެންވީ ބެލުންތެރިޔަކަށެވެ. ހަނުހުރުމެއްގައެވެ. މަސްނޫއީ ޖިސްމުވެރިކަމަކުންނެވެ. ތެދެކެވެ. ޚިލާފުވެފައިވީ ނިކަމެތިކަމެވެ. އަދި އުންމީދުތަކުގައިވި ޢަދުލުގެ މަގެވެ. އެއީ ދުނިޔޭގެ ފިތުރަތުގައިވި ކަމެއް ނޫނެވެ. އަޣްލަބިއްޔަތު އެކަމަށް ސަލާމްދީފި އެވެ. ޤަރުނެއް މަރުގަންނުވައިފި އެވެ. އަހުރެންނަށް މި އުޅެވެނީ މާ ދުރު ޤަދީމެއްގައެވެ. ރަޙުމަކީ ލަފުޒެއް ނޫނެވެ.
އިހުސާސްތައް މިނިވަނެވެ. ނަމަވެސް ހިއްސުތަކުގެ ގަދަފަދަކަމަކުން އެ ގެނުވާ މަތަކުރުމެކެވެ. ސުލުޙައެއް ހޯދުމަށެވެ. ހިނިތުމުގައި ފައިދާ ބޮޑުކަމުންނެވެ. އެބަޔަކު ވަސްވާސްދެއެވެ. ހިތް މަރުކުރުމަށެވެ. އުންމީދު ނަގާލުމަށެވެ. ވޭނަށް ލޯބިޖެއްސެވުމަށެވެ. މަޑުމޮޅިކަމުން ގޮތްކުޑަކަމެއް ފެތުރުއްވުމަށެވެ. މީސްކީނުވެރިކަމުން ޟަމީރު ޖަހައިގަތުމަށެވެ. ހިއްމަތެއް އޮތަތީ އެވެ. ރޫޙަވީ ބަރޯސާވެރިވުމެވެ. އީމާނުގައި ބުންވަރު ހުރީތީ އެވެ. ހިތްތައް ހަތުރުން ފުރުވިފައެވެ. މޭގަނޑުތައް އަނގައަށް އަރުވާފަ އެވެ. މާއްދިއްޔަތު އެ ބަޔަކަށް ކަށަވަރުވެފައެވެ. އެހެނަސް ހަށިތަކުގައި ބާރެއް ނެތެވެ. ހިތްތަކުގެ ކިލަނބުވެރިކަމުން ނަފުސުތައް ބަލިކުރެވިފައެވެ. ހާސިލުކުރެވުން އޮތީ ދުންޔަވީ އުފަލެކެވެ.
……………………….
އަންދާޒުތަކާ އެކު ބޭޙިއްސުވެރިކަމެއް އަށަގެންނުވިއްޖެ އެވެ. ސަހުޝިއްޔަތުގެ ސިފައެއްގެ ގޮތުގައި ވެއްޖެއެވެ. ބަދުނަސީބަށް ހެވެން ދަސްކުރެވުނެވެ. އެވެސް ޙަޔާތުގެ މޭވާއެކެވެ. މެދުކެނޑުމެއްނެތި ފޯރުވެމުންދިޔަ ރޯޝަނެކެވެ. އަހުރެންނަށް ނޭނގުނީ އެވެ. އެކަހެރިކުރުންތަކުން ތަނަވަސްކަން ހޯދައިގަތުމަށެވެ. އަޤުލާއި ޢަމަލުތަކުގައެވެ. ނާސަމާލުތަކާ އެކު އިޙުސާސްކުރެވުމަށް ހުޅުވިފައި ވި މިނިވަން އާޒާދުވެރިކަމެވެ. ޙައްދު ޤާއިމު ކުރެވުމެއް ނެތް ވަޤުތުގެ ޖާގަވެރިކަމެވެ. މިހުރީ ހުސްވެސް ނަޞީބު ނޫން ހެއްޔެވެ. ޞާފުގެ ހިތަކަށް ފުރުސަތުތަކެވެ. ޢިލްމާއި އަޚުލާޤެވެ. ވަގުތު އަދިވެސް ތަނަވަހެވެ. އަދި އަހުރެން މިހުރީ އެ ޙަޔާތަކާ ކުރިމަތިލުމަށެވެ. ފުރިހަމަ ތައްޔާރުގައެވެ.
(ނިމުނީ)
6 Comments!
Comments are closed.


?❤
???????? Vaanvaaga ????????????
Mi kochehtha ???
It’s a piece of writing, Simaa.
Thanks fr commenting.
Allura
You are so “deep” that it takes two or more concentrated readings before the meaning of the piece emerges to the surface.Your writing has a poetry of its own,though. No denying that. However, I feel most of your readers are looking for a more traditional narrative with a recognizable character they can easily relate to and a storyline they can easily follow. Can you combine your gift for depth with traditional story telling? Just a suggestion! You are free to follow your head! And heart!
Thanx v much, kala123, for the appreciation, and the suggestion; although am not quite sure abt how do you mean by ‘traditional’.
??