Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ތިޔަ ހިތް އަދު ނަސީބުގާ ނެތްއިރު

Illusion Level 1100 Login10 Stories
April 27, 2019 3 Mins Read
5 Comments

ކާނިވާތެރެ ވަނީ ތޮއްޖެހިފައެވެ. ބައިބޯކަމުން ކަށިތުނޑެއް ޖައްސައިލާނެ ތަންކޮޅެއްވެސް ނެތެވެ. ކާނިވާގެ ސްޓޭޖް ޙަރަކާތްތައް ފެށުމުގެ ކުރިން އެތަނަށް އައުމަށް ޖައިޝަމްވަނީ ވަޢުދުވެފައެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއިރު ވަގުތު ކުޑަތަން ވަނީއެވެ. އަވަސް އަވަހަށް އަހަރެން މޫނުމަތި ފޮހެލައި ހަމަހެޖެހިލެވޭތޯ މަސައްކަތްކުރީމެވެ. ނަމަވެސް އަހަރެންގެ ހިތް ހިމޭނަކުން ނޯތެވެ. ނޭނގޭ ބިރުވެރިކަމެއްގެ ވިންދެއް އަހަރެންގެ ހިތުގެ ތެރޭގައި ޖަހައިލިއެވެ. ޖައިޝަމް އަހަރެންނަށް މަޢާފު ކުރާނެ ބާވައެވެ. އޭނާގެ ޙަޔާތުން އަހަރެންނަށް ޖާގައެއް ލިބިދާނެ ހެއްޔެވެ؟ މިފަދަ ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް އަހަރެންގެ ސިކުނޑި ވަށައިލިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އަހަރެން ޖައިޝަމްއާއި ދޭތެރޭގައި ކަންތައްކުރީ އެހައިވެސް ރަޙުމު ކުޑަ ގޮތަކަށެވެ.

އެއީ ގާތްގަނޑަކަށް މީގެ ފަސް އަހަރެއްހާ ދުވަސް ކުރިއެވެ. އަހަރެންވެސް ޒުވާންކަމޭ މިކިޔާ ޢުމުރަށް އަޅައިގެން އައި ދުވަސްވަރެވެ. އަހަރެންވެސް ހުރީ ޒުވާންކަމުގެ ޖޯޝޭ މިކިޔާ އެއްޗެއްގެ އަވައިގައި ޖެހިފައެވެ. އަހަރެންގެ ގައިގައިވެސް ޒުވާންކަމުގެ ލޭ ހިނގަހިނގާ ވެއެވެ.

އަހަރެންނަށް ޖައިޝަމާއި ފުރަތަމަ ދިމާވީ ކޮލެޖުގައި އުޅެނިކޮށެވެ. އަހަރެންނާއި ޖައިޝަމްގެ ހަތަރުކަޅި ބައްދަލުވި ފުރަތަމަ ފަހަރުވެސް އަހަރެންގެ ހިތުގައި ޖައިޝަމްއަށްޓަކައި ލޯބީގެ ވިންދެއް ޖަހާލިއެވެ. އެ ޝާހީ އަދާތަކާއި ޗާލު މޫނު ފެނުމުން ބައެއް ފަހަރަށް ޖައިޝަމަކީ ޖާދޫގަރެއްހެން އަހަރެންނަށް ހީވެއެވެ. ޖައިޝަމްގެ ހިތިފަތު ބުމައިގެ ދަށުގައިވާ ކުރަނގި ދެލޮލާއި ފިނިފެންމަލުގެ ފިޔައެއްފަދަ ކޯތާފަތް ފެނުމުން އަހަރެންގެ ހިތް ކަތިލެވުނެވެ. އޭނާގެ ކޮންމެ ޙަރަކާތަކުން އަހަރެންގެ ހިތަށް އަސަރުކުރުވައެވެ.

ނަތީޖާއަކަށްވީ އަހަރެންގެ މޭގައި ޖައިޝަމްގެ ނަން ލިޔެވުމެވެ. މުޅި ޢުމުރުވެސް ޖައިޝަމަށްޓަކައި އޭނާގެ ނަމުގައި ފިދާވާން އެދެވުމެވެ. އަހަރެން ދަންވަރު ނުނިދާ ކުރާ ޚިޔާލުތަކުގެ ރާނީއަކަށް ޖައިޝަމްވުމެވެ. އަހަރެންގެ ހިތް އެދޭ ޔާރަކަށް ޖައިޝަމްވުމެވެ. އެ ރީތި ނަންނޫނީ ދުލުންކިޔަން ނޭދުމެވެ. އެހެންކަމުން އަހަރެން މަސައްކަތްފެށީމެވެ. ޖައިޝަމްގެ ހިތުން އަހަރެންނަށްޓަކައި ކުޑަ ޖާގައެއް ނަމަވެސް ލިބޭތޯއެވެ.

މާގިނަ ދުވަހަކު އަހަރެން އިންތިޒާރު ކުރާކަށް ނުޖެހުނެވެ. އަހަރެންގެ ހިތުގެ ތެޅުން ޖައިޝަމަށް އިވުނެވެ. އަދި އަހަރެންނާއި ޖައިޝަމްގެ ނަންވެސް ލޯބިވެރިންގެ ލިސްޓަށް އިތުރުވިއެވެ. އަހަރެންނާއި ޖައިޝަމަކީ ދެ ޖިސްމެއް ނަމަވެސް އެއް ފުރާނައެއް ފަދައެވެ. އަހަރެންގެ ހިތުގެ ވިންދު ޖަހަނީ ޖައިޝަމްގެ ހިތުގެ ތެރޭގައެވެ. ޖައިޝަމް އަހަރެންގެ ޙަޔާތައް އައުން ވެގެންދިޔައީ އަހަރެންގެ ޙަޔާތައް ބަހާރު މޫސުން ގެނުވި ކަމަކަށެވެ. އޭނާގެ ލޯބި ލިބުމުން ދުނިޔޭގެ ހުރިހައި އުފަލެއް ލިބުނީކަމަށް އަހަރެން ޤަބޫލުކުރީމެވެ. ޖައިޝަމްގެ ލޯބިން އަހަރެންގެ ހިތް ފުރިގެން ދިޔައެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައެވެ. އަހަރެންގެ ޙަޔާތުގައިވެސް ތަފާތު ކުލަތަކާއި ރަހަތައް ޖައްސަމުންނެވެ. ޖައިޝަމް އަހަރެންނާއި ދުރަށްދާ ކަމުގެ އިޙްސާސް އަހަރެންނަށް ކުރެވެން ފެށިއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ކޮލެޖަށް އަލަށް ގުޅުނު ޕްރޮފެސަރ ނީޝަމާއި ޖައިޝަމް ގާތް ގުޅުމެއް ބާއްވާތީއެވެ. އޭނާއާއެކު ކޮލެޖުގައާއި ބޭރުގައި ގިނަ ވަގުތުތަކެއް ހޭދަކުރާތީއެވެ.

އަހަރެންގެ ހީ ޔަޤީނައް ބަދަލުވެގެން ދިޔައީ ޖައިޝަމްގެ އެކުވެރި ޝިޒްނީ، ޖައިޝަމާއި ޕްރޮފެސަރ ނީޝަމްގެ ދެމެދުގައި ލޯބީގެ ގުޅުން ވާކަމަށް ބުނެ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް އޭނާ ދެއްކި ފޮޓޯތަކުންނެވެ.

މި ޙަޤީޤަތްވީ އަހަރެންނަށް ޤަބޫލުކުރަން ދަތިވި ޙަޤީޤަތަކަށެވެ. ގައިމުވެސް އަހަރެން ޖައިޝަމަށް ވަފާތެރި ވީމެވެ. ވީއިރު އޭނާ މިހެން ކަންތައްކުރީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަށް ލޯބި ދަސްވިއެވެ. ލޯބިވުމަކީ ފާފައެއްކަމަށް ޤަބޫލުކުރެވުނެވެ. އަދި ޖައިޝަމް ފަދަ މީހަކު ލޯބިވެރިއެއްގެ ގޮތުގައި އެހެންމީހަކަށް ނުދެއްވުން އެދި ދުޢާކުރީމެވެ. އަހަ އެހެންމެ، ޖައިޝަމް ފެންނަ ފެނުމަށް ރީތިވެފައި އަޚްލާޤް ރަނގަޅު ނަމަވެސް އެއީ ހުސް ދަޅަކަމަށް ނިންމީމެވެ.

ކަން މިގޮތައް ދިމާވުމުން ޖައިޝަމް ފެންނަ ހިސާބުގައި އެންމެ ހިނދުކޮޅަކަށްވެސް ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެހެންކަމުން ކަމުހެ ޙަޤީޤަތްވެސް ބަލާލުމެއް ނެތި އަހަރެން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީމެވެ. ހަމައެކަނި ޖައިޝަމާއި ދުރަށް ދިއުމަށެވެ.

ކަމުގެ ޙަޤީޤަތް އަހަރެންނަށް އެނގުނީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން އެނބުރި ރާއްޖެއަށް އައުމުންނެވެ. ނީޝަމްއަކީ ޖައިޝަމްގެ އެއްބަފާ ބޭބެކަން އަހަރެންނަށް އެނގުނީ ޝިޒްނީގެ ފަރާތުންނެވެ. އޭރު އޭނާ ނީޝަމްއާއި ޖައިޝަމްއޭ ކިޔައިގެން އަހަރެންގެ ގާތުގައި ދޮގު ވާހަކަތަކެއް ދައްކައި ހަދާފައިވާ ފޮޓޯތަކެއް ދެއްކިކަމަށް ހުދު ޝިޒްނީ އިއުތިރާފްވިއެވެ. އޭނާގެ ބޭނުމަކަށްވީ ޖައިޝަމް އަހަރެންނާއި ދުރުކުރުމެވެ . ޝިޒްނީ އަހަރެންދެކެ ލޯބި ވާތީއެވެ. އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ވުމަށް އޭނާ އެދޭތީއެވެ.

ނަމަވެސް އަހަރެންގެ ހިތުގައި ޖައިޝަމަށްޓަކައި އޮތް ލޯތްބާއި އަހަރެން ވަކިވެދިޔުމުން ޖައިޝަމަށް ކުރި އަސަރު ފެނުމުން އަހަރެންގެ ޙަޔާތުގެ ބައިވެރިއަކަށް ވުން ކުފޫހަމަވާ މީހަކީ ޖައިޝަމްކަމަށް ޝިޒްނީއަށް ވިސްނުނީއެވެ.

އަހަރެން މިއަދު އެނބުރި މި އައީ އަލުން އަނބުރާ ޖައިޝަމް އަހަރެންގެ ޙަޔާތައް ގެނައުމަށްޓަކައެވެ. އަބަދަށްޓަކައި އަހަރެންގެ މީހަކަށް ހެދުމަށެވެ.

އަހަރެން ސިއްސައިގެން ދިޔައީ ޖައިޝަމް އަހަރެންނަށް ގޮވާލުމުންނެވެ. ހީލަން މަސައްކަތްކުރަމުން ފަހަތަށް އެނބުރުނު ވަގުތު ފަހަތުގައި ހުރި ޖައިޝަމް ފެނުމުން އަހަރެންގެ ހިތުގައި ހީވީ މީހަކު ވަޅި އެޅިހެންނެވެ. ޖައިޝަމް ހުރީ ބަނޑުބޮޑުވެ ވިހަން ކައިރިވެފައެވެ. އަހަރެންގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އަހަރެންނަށް ޖައިޝަމް ނުލިބުނީއެވެ. އަހަރެންގެ ނަސީބުގައި ޖައިޝަމްގެ ލޯބި ލިޔެވިފައި ނެތީއެވެ. ނަމަވެސް އޭގައި ޖައިޝަމް ކުރާނީ ކީއް ހެއްޔެވެ؟ އަހަރެންނަށްޓަކައި އޭނާ ކުރި ދިގު އިންތިޒާރު ކާމިޔާބު ނުވުން މައިންބަފައިންގެ އެދުމަށް އޭނާ ޒަވާޖީ ޙަޔާތެއް ފެއްޓީއެވެ. ނަމަވެސް އަހަރެންގެ އެއްވެސް ޝަކުވާއެއް ނުކުރާނަމެވެ. މުޅި ޢުމުރު ޖައިޝަމްގެ އިންތިޒާރުގައި ހޭދަކޮށްލުމަށްވެސް އަހަރެން މިހުރީ ތައްޔާރަށެވެ.

(ނިމުނީ)

Share Article

Follow Me Written By

Illusion

Level 1100 Login10 Stories

Other Articles

Previous

ފުރުސަތު

Next

ކަލާޔާ ނުލާ 13

Next
April 27, 2019

ކަލާޔާ ނުލާ 13

Previews
April 26, 2019

ފުރުސަތު

5 Comments!

  1. mur mur says:
    April 27, 2019 at 12:11 pm

    furathama heekury jaisham akee firihen kamah.. neesham akee anhen kamah.. heekury dhe jissun kamah.. maa fahun getu vee.. ekm ves kada ehnun.. thigothuga kuriah dhey..

  2. jiji says:
    April 27, 2019 at 12:13 pm

    V salhi story ????????❤????…Story ending in vvv sad feel eh v???..keep it up dear

    1. Illusion says:
      April 27, 2019 at 2:34 pm

      Thankxx jiji ❤❤❤ Sooo happy to see ur comment on every story …. the support means a lot ???

    2. jiji says:
      April 27, 2019 at 9:38 pm

      Anytime dear??..hehe..will give my full support to u Illusion dear?..In Sha Allah ♡♡♡♡♡♡♡

  3. Shai says:
    May 9, 2019 at 6:57 am

    V emotional v nice story e mee

Comments are closed.



All Right Reserved!