އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެންމެ ރީތިސޫރާގައި އިންސާނާ ހެއްދެވި ﷲ ސުބްޙާނަހޫ ވަތައާލާ އަހަރެންނަށް ރީތިކަން ދެއްވިއެވެ.ގައިގެހަމުގެ ކުލަ އަލިވެފައި ހަންގަނޑު އުޖާލާއެވެ.ބޮލުގެ އިސްތަށިގަޑު ކަޅުވެފައި ވަރުގަދައެވެ.އެންމެފަހުގެ ހެއަރ ސްޓައިލްއަށް އަހަރެންގެބޯކޮށަން ބޭނުންވެއެވެ. ސްކޫލް ދުވަސްވަރު ބޭނުންހަ ގޮތެއް ބޮލަކަށް ނުހެދެއެވެ. ނިތްކުރި މަތިން ކަންހުޅި ކައިރިއަށް ގެންގޮސް ބައިންދާފައިވާ އިސްތަށިކޮޅަކީ ޚާއްސަ އިސްތށިކޮޅެކެވެ. އަހަރެންގެ އާދައަކީ އަބަދުވެސް އެއިސްތަށިކޮޅާއި ކުޅުމެވެ. އަހަރެންގެ މޭމަތި ތަނަވަސް ވެފައި ބައިމަތި ފުޅަލެވެ.ނިތްކުރި ތަނަވަހެވެ.ބުމައިގެ އިސްތަށިތައް ވަރުގަދައެވެ. ގްރޭޑް 10ގައި […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެންމެ ރީތިސޫރާގައި އިންސާނާ ހެއްދެވި ﷲ ސުބްޙާނަހޫ ވަތައާލާ އަހަރެންނަށް ރީތިކަން ދެއްވިއެވެ.ގައިގެހަމުގެ ކުލަ އަލިވެފައި ހަންގަނޑު އުޖާލާއެވެ.ބޮލުގެ އިސްތަށިގަޑު ކަޅުވެފައި ވަރުގަދައެވެ.އެންމެފަހުގެ ހެއަރ ސްޓައިލްއަށް އަހަރެންގެބޯކޮށަން ބޭނުންވެއެވެ. ސްކޫލް ދުވަސްވަރު ބޭނުންހާ ގޮތެއް ބޮލަކަށް ނުހެދެއެވެ. ނިތްކުރި މަތިން ކަންހުޅި ކައިރިއަށް ގެންގޮސް ބައިންދާފައިވާ އިސްތަށިކޮޅަކީ ޚާއްސަ އިސްތށިކޮޅެކެވެ. އަހަރެންގެ އާދައަކީ އަބަދުވެސް އެއިސްތަށިކޮޅާއި ކުޅުމެވެ. އަހަރެންގެ މޭމަތި ތަނަވަސް ވެފައި ބައިމަތި ފުޅަލެވެ.ނިތްކުރި ތަނަވަހެވެ.ބުމައިގެ އިސްތަށިތައް ވަރުގަދައެވެ. ގްރޭޑް 10ގައި […]
ވަށައިގެންވާ މާޙައުލުން އިވެނީ އެތައް ބައެއްގެ ރުއިމުގެ އަޑެވެ. ބައެއް މީހުން ގިސްލަ ގިސްލާފައެވެ. ރަފާގެ ކުޑަ ކުޑަ ކަމެއްގެ ސަބަބުން އެތައް ބަޔެއްގެ ދިރިއުޅުން މި ވަނީ އިދިފުށަށް ޖެހިފައެވެ. 2 އަހަރުގެ ކައިވެނީގެ ގޮށް ރޫޅޭ ހިސާބަށް ގޮސްފައެވެ.ރަފާގެ ދިރިއުޅުމަކީ ފެށުނީއްސުރެ އެކަނިވެރި ދިރިއުޅުމެކެވެ. އޭގައި ހިމެނެނީ އޭނާއާއި އޭނާގެ މަންމަ އެކަންޏެވެ. ރަފާއަކީ އޭނާގެ މަންމަ ރަށްމެދަށް ވިހާފައިވާ ކުއްޖެއްކަމުން ޢާއިލާ މީހުން އޭނާގެ މަންމަ ބާކީ ކޮށްލީއެވެ.އުމުރުން އެންމެ 11 އަހަރުގައި […]
” ހާރިސް.. އަހަރެން ބިރުގަނޭ.. މީހަކަށް އިނގިއްޖެޔާޔޯ…؟” ކުރަން އުޅުނު ފާފައިގެ ބޮޑު ކަމުން ނިހާ ވަނީ ދާހިތްލާ ފޯވެފައެވެ. ވަށައިގެންވާ މާހައުލަށް އިރުއިރުކޮޅާ ބެލުން ނޫންކަމެއް ނުކުރެވެއެވެ. ވާނީވެސް އެހެންތާއެވެ. މީހަކަށް ފެނިއްޖެއްޔާ ހާރިސްއާއި އޭނާގެ ދިރިއުޅުން އެހާ ހިސާބުން ނިމޭނެކަން ޔަގީނެވެ. “ކަމޯން ބޭބް.. ކުރިންވެސް އޮތީ މިގޮތަށް ޑިސައިޑް ކޮއްފައެއްނު.. އޯކޭވާނޭ.. މިހާރު ވަރަށް ގިނަ މީހުން ކުރާ ކަމެއް މީ..” ނިހާގެ ހިތް ހަމަޖައްސައިދިނުމަށްޓަކައި ހާރިސް ނިހާގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. […]
ގަޑިން ރޭގަނޑު 10 ޖެހީއެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ހުޅުމާލޭގެ ފެރީ ޓާރމިނަލް އޮތީ ފުރިބާރުވެފައެވެ. އެ ބައިގަނޑު ތެރެއިން ޖާގަ ހޯދަމުން އަވަސްގޮތެއްގައި މާހިން ގޮސް ފެރީއަށް އެރިއެވެ. ގެއަށް ގޮއްސައި ފެންވަރައިގެން އޮފީހަށް ދާން ނިކުންނަން ޖެހޭތީއެވެ. އޮފީހުން ގުޅާފައި މާ ހައިރާން ކުރުވަނިވި ކަމެއް ވެގެން އުޅޭ ވާހަކަ ބުނެގެންނެވެ. މާހިން ވަޒީފާ އަދާކުރަމުންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުގެ މައްސަލަތައް ދިރާސާ ކުރާ ޓީމްގައެވެ. އެއީ މައްސަލަތައް އަވަސް ގޮތެއްގައި ތަޙުޤީޤުކޮށް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ މައިންބަފައިން އަހަރެން މިއަނިޔާވެރި ދުނިޔެއާއި ޙަވާލުކޮށް ދާއިމީ ހަޔާތަށް ދިއުމުގެ ދަތުރުފެށީ އަހަރެން ވަރަށް އުފަލުގައި ދުނިޔެވީ ހަޔާތް ހޭދަކުރާނެ ކަމުގެ ފޮނިއުއްމީދުގައި ކަމުގައިވެދާނެއެވެ. އަހަރެން ތެދުވިއިރު ގަޑިން ހަތެއް ޖަހާނެއެވެ.އަހަރެން ފަތިސްނަމާދަށް ދިޔައީ މިދިޔަ ބޮޑުޢީދު ދުވަހުއެވެ.އެއީ އީދުނަމާދަށް ދާންވެގެން ފާތުން އައިސް އުނދަގޫ ކުރީމަ ތެދުވިދުވަހެކެވެ.އެނޫނީ ނަމާދެއްކުރި ހަނދާނެއް ނުވެއެވެ.އަހަރެން ތެދުވާގޮތަށް ދަނީ ކުނިކަހާށެވެ.ކޮންމެ ދުވަހަކުވެސް ގޭދޮށް ކުނިކަހަމެވެ.އެގަޑީގައި ފާތުން ވާހަކަތައް ހިފައިގެން އަންނާނެއެވެ.ރަށުތެރޭގެ ޚަބަރުތައް ގެނެސްދޭނެއެވެ.މީހުންގެ ވާހަކަވެސް […]
އައު ފެށުމެއް އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންގެ މައިންބަފައިން އަހަރެން މިއަނިޔާވެރި ދުނިޔެއާއި ޙަވާލުކޮށް ދާއިމީ ހަޔާތަށް ދިއުމުގެ ދަތުރުފެށީ އަހަރެން ވަރަށް އުފަލުގައި ދުނިޔެވީ ހަޔާތް ހޭދަކުރާނެ ކަމުގެ ފޮނިއުއްމީދުގައި ކަމުގައިވެދާނެއެވެ. އަހަރެން ތެދުވިއިރު ގަޑިން ހަތެއް ޖަހާނެއެވެ.އަހަރެން ފަތިސްނަމާދަށް ދިޔައީ މިދިޔަ ބޮޑުޢީދު ދުވަހުއެވެ.އެއީ އީދުނަމާދަށް ދާންވެގެން ފާތުން އައިސް އުނދަގޫ ކުރީމަ ތެދުވިދުވަހެކެވެ.އެނޫނީ ނަމާދެއްކުރި ހަނދާނެއް ނުވެއެވެ.އަހަރެން ތެދުވާގޮތަށް ދަނީ ކުނިކަހާށެވެ.ކޮންމެ ދުވަހަކުވެސް ގޭދޮށް ކުނިކަހަމެވެ.އެގަޑީގައި ފާތުން ވާހަކަތައް ހިފައިގެން އަންނާނެއެވެ.ރަށުތެރޭގެ ޚަބަރުތައް […]
ހަނދުވަރު ދޭ ރީތި ރެއެކެވެ. މެންދަމުގެ ވަގުތު ކަމަށް ވާތީވެ މުޅި ފަޒާތެރޭގައި ވަނީ ތެތްފިނިކަމާއި ހަމަހިމޭންކަމުގެ ރަސްކަމެވެ. ނިދިފައި އޮއްވާ އަހަންނަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކައިރީގައި ހުރި މިނީބަރ ހުޅުވާ ބަލާލިއިރު ފެންފުޅި އޮތީ ހުސްވެފައެވެ. ނިދިބަރުކަމާއި ކަންނެއްކަން އިންތިހާގައި އޮއްވާ ބަދިގެއަށް ދާންޖެހުމުން ފެން ނުބޮއި ވާނެކަމަށް އެނދުގައި އޮށޯތީމެވެ. ނަމަވެސް ނިދިއަންނަ ގޮތް ނުވުމުން ވީ ފޫއްސާއި އައި ރުޅިން، އެނދުމަތިން ތެދުވެ ފެން ބަލާ ނިކުތީމެވެ. ކޮޓަރިން ނިކުމެ ގޭތެރެއަށް ވަދެގެން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރީތިހަވީރެކެވެ.ގަހުގައިމާތައް ފަރިވެ ފޮޅިފައިވެއެވެ. ހަވީރަށް އަހަރެންވެސް ރީތިވެލައިގެން މަގުމައްޗަށް ނުކުތީމެވެ.އަހަރެންނަށް އެންމެ ރީތިމާކަމުގައިވާ ފިޔާތޮށި ފިނިފެންމަލެއް އަހަރެންގެ އަތުގައިއޮތެވެ.އެމާ އަހަރެންނަށް ރީތިވަނީ އެމަލުގެ ކުލަ ރީތިވީމައެވެ.އެމަލުން މީރުވަސް ދުވާތީއެވެ.އަހަރެންދެކޭގޮތުގައި އަހަންނަކީވެސް ފިނިފެންމަލެކެވެ.ކޮންމެ މީހަކުވެސް އަހަރެން ބިނދެލަން ބޭނުންވާނެއެވެ.އެކަމަކު އަހަރެން ބިންނަންވާނީ އަހަރެން ރައްކާތެރިކޮށް ގެންގުޅެވޭ ފަދަމީހަކަށެވެ.އެހެންނޫނީ އަހަރެންގެ ފިޔަތައް ޗިސްޗިސްވެ ހިގައިދާނެއެވެ. އަހަރެންގެ ޒަވާޖީޙަޔާތުގެ ބައިވރިޔާ އަހަރެންދެކެ ވަރަށް ލޯބިވާންވާނެއެވެ.އަހަރެންނަށް ވަރަށް ކެއަރކުރަންވާނެއެވެ.އަހަރެންގެ ނާޒުކުކަންދެނެގަނެވޭންވާނެއެވެ. އަހަރެންގެ ގުރުނޑުފިޔައަށް ހަޖޫކިޔައިގެންނުވާނެއެވެ.އަހަރެންގެ މައިންބަފައިންނަކީ އޭނަގެވެސް […]