Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެން

ހާދިސާއެއްގެ ނިމުން

Allura Level 110 Stories
April 16, 2019 2 Mins Read
5 Comments

‍‍‍‍‍‍‍‍‍‍‍ކުއްލި އެއްވުމެކެވެ. އެންމެން އެ ދިމާއަކަށް ދުއްވައިގެންފޫ އެވެ. އިސްކޫލުގެ ދޮރުބުޑެވެ. އަހަރެން ހުރީ ކިލާހުގައެވެ. ކުދިންގެ ހަޅޭއްތައް ރުޅިގަންނުވައިފި އެވެ. ކޮންޓުރޯލެއް ނުކުރެވުނެވެ. ހަށިގަނޑު ދަމައިގަނެވުނެވެ. ވައިގެ ރާޅުތަކުން އިސްތަށިތައް މޮށުން ދޫކުރެވުނެވެ. އަދި އަހަރެންގެ ފިޔަވަޅުތައް ދުވެލިކުރުވި އެވެ. މާހައުލުގެ ތަބީޢަތުގައި ވި އެ ބަލިކަށިކަމެވެ. ހިއްސުތައް ތަފާތު ވެށިތަކުގައެވެ. އެއްގަލަކަށެއް ނޭރެވުނެވެ. އަހަރެންނަށް ނެރެނެވުނީ ބޭނުމެއްނެތް ހަރަކާތްކުރުންތަކެކެވެ. އެކަމަކު އެއިރު މާ ލަސްވެއްޖެ އެވެ.

‘އަރީ, ކިހިނެއް ވެގެންތަ މި އުޅެނީ..’ ކިލާސް ދަރިވަރެކެވެ. އެތެރެއަށް ވަދެގަންނަނީ އެވެ. ހަށިގަނޑު މަޑުޖައްސާލަމުން އަހާލެވުނެވެ. ބެލެވެމުން ދިޔައީ އަރީގެ ދެ ލޮލަށެވެ. ހާޟިރެއް ނޫނެވެ. ލޮލުގެ ކަޅިތައް ތެޅުވެމުން ދިޔައީ ފިކުރުތަކަކުންނެވެ. އިހުސާސެއް ދަމައެއް ނުގެނެވުނެވެ. ޝުއޫރެއް ފައުޅު ނުކުރެ ވީތީ އެއް ނޫނެވެ. އެ ކުއްލި ބީރައްޓެހިކަމެވެ. އަހުރެން ދިރި ހުރި ޚުލުޤަކަށް ނުވުމެވެ. ބޭރުކުރެވުނު ބަސްތައް ކަންފަތުގައި ޖެއްސުވީ ވަސްވާހެއްގެ ތެރެއިންނެވެ. އެވީ ނަފުސުގެ ހެއްލުމަކަށެވެ.

 

މައުޖޫދުވެރިކަމުން ބޭރުކުރެވިއްޖެ އެވެ. އިޝާރާތަކާ ނުލާ ބެހިއްޖެ އެވެ. އެނބުރި ކިލާހަށެވެ. އަހުރެންގެ ވިސްނުން ދެ ދިމާ އެއްގައެވެ. މި ހުރެވުނީ ދެ ދޮރެއްގެ މެދުގައެވެ. ފަސްއެނބުރި ފެށުމަށް ހެއްޔެވެ. ނޫނީ ނަފުސު ރަކިކުރުން ހެއްޔެވެ. ޖޯޝުވެރިކަން މަތައެއް ނުކުރެވުނެވެ. ކުރިއަށް ފިޔަވަޅު އެޅީމު އެވެ. އެހެން ދިރިތިބީން ފަހަތަށް އެނބުރެމުން ދިޔަ ހިނދު އެވެ. ފައިތައް ކޮޅުފައިން އެބަ ޖަހަތެވެ. އަހުރެންގެ ކުރިމަތިލުމަށެވެ. އެންމެން ވެސް އަރީ އަށް ވެއްޖެ އެވެ.

…………….

މި އުޅެވެނީ ހުވަފެނެއްގައި ބާވައެވެ. މީސްތަކުންގެ ބަސްމޮށުންތެރިކަން ކެނޑިއްޖެ އެވެ. ހަތަރުކަޅި ހަމަވުމެއް ނެތެވެ. ސަމާލުތައް އިޝާރާތްތަކުން ކަނުކުރެވިއްޖެ އެވެ. ފަސްއެނބުރުމުގައި ގުޅުމެއް ނެތެވެ. ޖިންސުތައް މަސްހުނިވެދެއެވެ. އަދި ހަށިތަކުގައި ހޫނުކަމެވެ. ނަމަވެސް ހަމެއްގަައި ބީހެވުމެއް ނެތެވެ. ފޭރާމަކުން ސިފަތައް ޣައިބު ކުރެވިފައިވި ސިޙުރެކެވެ. ޖިސްމުތައް އެ ވަނީ މަސްތުވެފަ އެވެ. ސަލާމަތުގައި އަދު މިހުރީ އަހުރެންނެވެ.

 

ނޭންގާނީ އުފައު ފައުޅުކުރުމެއް އުފެއްދުނެވެ. ދޮރުބުޑުގައި ވަނީ ހާދިސާ އެކެވެ. ނަމަވެސް ނަފުސު މި ހުރެ ހެނީ އެވެ. ކޮންކަމަކާ ހެއްޔެވެ. ބިޔަކުރެވިފައިވި ހާލަތުން އަރައިގަތުމަށް ހެއްޔެވެ. ހިއްސުތައް ފަރުދާ ކުރުމަށެވެ. ބަދަލެއް ގެނުވާނެ ކަމަށްހެއްޔެވެ. ނޫނެކެވެ. ދުނިޔެ ތަޣައްޔަރުވެއްޖެ އެވެ. ޠާހިރުކުރުން އޮތީ ނަފުސެވެ. ބަދަލުގައި ފެތުރެއްވެމުން މި ދެވެނީ ފިތުނަ އެކެވެ. އަދި އޭގެ އަސަރު ފޯރުވެމުން ދިޔައީ ހަމައެކަނި ނަފުސަށެވެ. ޖަޒުބާތުތަކުގައި ވި ނާޒުކުކަމަކުންނެވެ. ވިސްނުމުގައި ހަރުކަމެއް ނެތް ކަމެވެ.

……………

ތަން ފަޅުވެއްޖެ އެވެ. ކޭތެމުން ދިޔަ ބޯތައް ކަނޑުވައިފި އެވެ. ހުރަހުގައި އެ ތިބީ ފުލުހުންނެވެ. ދޮރުމަތި ބަންދުކުރެވިފަ އެވެ. ގޯނިގަނޑަކުން މަންޒަރެއް ސިއްރު ކުރެވިއްޖެ އެވެ. ނަސީބު ދެރަކަމާައިއެވެ. އެ ވިއްލި ކުރުވި މޫސުމެވެ. ވާރޭ އޮއްސައިގެންފި އެވެ. ކިލާތައް އެކުވެނިވެ ލޯތައް ފުސްކުރެވުނެވެ. ހަށިތައް ދުވެފިލީ ހޫނުގެ ހިމާޔަތް ލިބިގަތުމަށެވެ. ޤުދުރަތުގެ އެ ކެހިވެރިކަމެވެ. އެ ބަޔަކު ހިތާހިތުން އަނގަތަޅުވަމުން ދިޔަ އެވެ. ނަމަވެސް ނުކުޅެދުންތެރި ކަމަކީ އެ ބަޔަކުގެ އިހުމާލުތަކެވެ. ހާދިސާ ލޮލުގެ ކުރިމައްޗަށް ދައްކުވައިފި އެވެ. އަހުރެންގެ ޝަައުޤު އެ ކަމަކާ ބައްދަލުކުރެވުނެވެ. ނަމަވެސް ޖޯޝު ހެއްޔެވެ. ސުވާލުތަކުގެ ބުންވަރު ނެތިއްޖެ އެވެ. ހުރިތާ ހުރެ ލޯމަރާލެވުނެވެ. ފެނުގެ ތާޒަވިން ނަފުސު ފެންވެރުވުމަށެވެ. އަހުރެން އެ މީހުންގެ ތެރެއަކުން ނުވި އެވެ. އަދި މިއީ އިޚުތިޔާރެކެވެ.

………….

އެ ހާދިސާތޯ އެވެ. އާލަމުން ގެއްލެނި ވެއްޖެ އެވެ. ހައްލެއް ނުހޯދުނެވެ. ފެށުމެއް ނެތުމުންނެވެ. ކުއްކުރެވުން އޮތީ އަމިއްލަ ނަފުސުތަކެވެ. ޤުދުރަތުގެ ނިޔާ ބަލައިނުގަނެވުމުންނެވެ. އެ ބަޔަކުގެ ތަންމައްޗެއް ނުވާފަދަ އެެވެ. ހިއްސުތައް ރުޅިވެރިކަމުގައެވެ. އަހުރެންވެސް ކަޑައްތު ކުރި މަރުހަލާ އެކެވެ. މިއަދު އެ ބަޔަކުގެ ކެތްތެރިކަން ކޮޅުންލައިފި އެވެ. ނަމަވެސް އަހުރެން އަދިވެސް މި ހުރީ އެވެ. އެ ހާދިސައަކުން ނަފުސުގެ ބަނދެވުން މުހެވިފައެވެ. ދެ ބަޔަކަށް އިދިކޮޅު އަސަރުތަކެވެ. ކާމިޔާބީގައި ހަމަހަމަވުމެއް ނެތެވެ. ނިމުމެއް އޮތީ މި ގޮތުގައެވެ.

(ނިމުނީ)

Share Article

Follow Me Written By

Allura

Level 110 Stories

Other Articles

Previous

ވަންހަނާ – 05

Next

މާޒީ (ހަވަނަބައި)

Next
April 16, 2019

މާޒީ (ހަވަނަބައި)

Previews
April 16, 2019

ވަންހަނާ – 05

5 Comments!

  1. jiji says:
    April 16, 2019 at 4:07 pm

    Salhi story eh????..nd Sis…hw old r u dear?????

  2. Allura says:
    April 16, 2019 at 6:54 pm

    Thanx. ?
    In early 20s.

  3. ޒާ says:
    April 17, 2019 at 8:25 am

    Aslu varah undhagu kiyan…jumlathah liyefa hunna gothun…eha understand eh nuvey

  4. kala123 says:
    April 17, 2019 at 1:36 pm

    Allura
    Your unique style of writing may not be every body’s cup of tea. But I do look forward to your
    stories. All the best

    1. Allura says:
      April 17, 2019 at 2:58 pm

      Thankss. ?

Comments are closed.



All Right Reserved!