ފަތިހުގެ ހިތްގައިމު ވަގުތެވެ. ގިނަ ބަޔަކު ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދިޔައިރު އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން އެސައިންމަންޓް އެއް ހަދަން އިން އަނުމްގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބަންގީގެ ފުރަތަމަ ކަލިމައާއެކު އަރާމު ތަންމަތި ދޫކޮށްލާ ތެދުވެ ވާޖިބް އަދާކުރުމަށްފަހު މަސައްކަތްތައް ނިންމުމުގައި އޭނާ އިނީ ނުހަނު ޝަޢުޤުވެރިކަމާއެކުގައެވެ. ހެނދުނު އަށެއްޖެހުމާއެކު އަވަހަށް ތައްޔާރުވެލައިގެން ކޮލެޖަށް ދިއުމަށްޓަކައި އެހެން ކުދިންނާއެކު އަނުމް ދަނާލްއިން ނިކުތީ އެކުދިންނާއި ވާހަކަ ދައްކަމުންނެވެ. […]