Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ޤުރުބާނީ

Illusion Level 1100 Login10 Stories
June 3, 2019 5 Mins Read
10 Comments

ދުވަހަކީ އިރުވައިގެ އެންމެ ހޫނު ގަދަ ދުވަސްތަކުން ދުވަހެކެވެ. ވައިރޯޅިއެއް އަމުދުން ނުޖެހެއެވެ. އުޑުމަތި ހީވަނީ ކުރޮޅި ތަޅައިލި ނާއްޓެއް ހެންނެވެ. ކަނޑަށްވެސް ހީވަނީ ތެޔޮ އަޅާފައި ވާހެންނެވެ. މުޅި މާހައުލުގައި ވަނީ ދިލަ ހޫނެކެވެ.

އާނާ އަވަދިނެތި ގޭތެރޭގެ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދިޔައެވެ. ފުރިހަމައަށް ތަރުތީބުކޮށްފައިވާ ގޭތެރެއަށް ނަޒަރު ހިންގާލުމުން އާނާއަކީ ގެވެހި އަންހެނެއްކަން ފަހުމްވެއެވެ. ގޭގެ ފަރުނީޗަރުތައްވެސް ވަނީ ރަނގަޅަށް ސާފު ކުރެވިފައެވެ. އެންމެ ހިރަފުސްކޮޅެއްވެސް ނެތެވެ. ހީވަނީ ހަމަ ދެންމެ ގަނެގެން ގެނެސްފައިހުރި އެއްޗިހިތަކެއް ހެންނެވެ.

އާނާ މަސައްކަތް ކުރަމުންދިޔައީ ވާރިޝް އޮފީހުން އަންނަން ވާއިރަށް މެންދުރުގެ ކެއުން ތައްޔާރު ކުރެވޭތޯއެވެ. ފިރިމީހާގެ ފަރާތުން ތައުރީފުގެ އެންމެ ލަފްޒެއް ނަމަވެސް އިވޭނޭކަމުގެ އުއްމީދުގައެވެ. އާނާ މަސައްކަތް ކުރަމުންދިޔައިރު ހީވަނީ ރޯލު އަވަސްވެފައިވާ ފިލްމެއް ހެންނެވެ. ނަމަވެސް ކޮންމެ މަސައްކަތެއްވެސް އޭނާ ކުރަމުންދިޔައީ ނުހަނު ފުރިހަމައަށެވެ.

އާނާއަށް މަސައްކަތްތައް ނިންމާލެވުނު އިރު ގަނޑިން 1:30 ވަނީއެވެ. އެހެންކަމުން އާނާ ޤަސްތުކުރީ ވާރިޝް އައުމުގެ ކުރިން ފެންވަރާ ތާޒާވެލުމަށެވެ. އަވަސް އަވަހަށް ފެންވަރައިގެން ނުކުމެ ރީތިވިއެވެ. އަދި އާނާގެ އެންމެ މަޤުބޫލު ރަތް ހެދުންލިޔެވެ. އިސްތަށިގަނޑު ތަފާތު ގޮތަކަށް ފުނާ އަޅާލުމަށްފަހު ލުއި ލުއި މޭކަޕެއްވެސްކޮށްލިއެވެ.

އެވަގުތު އާނާގެ ޙަޤީޤީ ރީތިކަން ފާޅުވި ކަހަލައެވެ. އާނާގެ އެ ފުރިހަމަ އާދަޔާޚިލާފު ރީތިކަން މިހާރު ނުފެންނަތާ އެތައް ދުވަސްތަކެއް ވެއްޖެއެވެ. އެތައް ސަބަބުތަކަށް ޓަކައެވެ. އެހެން މީހުން ބަލާތީއެވެ. ފިރިމީހާ ނުޤަބޫލު ވާތީއެވެ. އަދި ގޭތެރޭގެ ހުރިހައި މަސައްކަތެއް ކުރަމުން އެފަދައިން ރީތިވެ ނަލަ ހެދިލަން ވަގުތުވެސް ނުވާތީއެވެ.

އާނާ ތައްޔާރުވެލައިގެން ގޮސް ސިޓިންރޫމުގައި ބަހައްޓާފައިހުރި ސޯފާ ސެޓުގައި އިށީނެވެ. އަދި ވާރިޝް އަންނާނެ އިރަކަށް އިންތިޒާރު ކުރަން ފެށިއެވެ. އިންތިޒާރުގެ ގަނޑިތައް ގުނަމުންގޮސް އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ރޭގަނޑަށް ތަންދީފިއެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އާނާއަށް މަޑު މަޑުން އޭނާގެ މާޒީގެ ތެރެއަށް ވަދެވެން ފެށުނެވެ.

އެއީ ގަތްގަނޑަކަށް މީގެ ފަސް އަހަރެއްހާ ދުވަސް ކުރިއެވެ. އާނާއަކީ އޭނާގެ މަންމައާއި ބައްޕަގެ އެންމެ ދޮށީ ދަރިފުޅެވެ. އާނާގެ އިތުރުން، އާނާގެ ޢާއިލާގައި ދެން ހުންނަނީ އޭނާގެ ކޮއްކޮ ޖަޒްލީއެވެ. އާނާއާއި ޖަޒްލީގެ ޢުމުރުން ވަރަށް ޅައިރު ޖެހުނު ނުރައްކާތެރި ބައްޔެއްގައި އެ ކުދިންގެ ބައްޕަ މި ދުނިޔެއާއި އަލްވަދާއު ކިޔެވެ.

ބައްޕައަކާއި ނުލައި އާނާގެ މަންމަ ރަމްލާ އެ ދެކުދިން ބަލަމުން އައީ ލޮލުގެ ކޮއި ފަދައިންނެވެ. ހިތުގެ ފަނާރު ފަދައިންނެވެ. އެންމެ ހިނދުކޮޅަކުވެސް ބައްޕަ ނެތްކަމުގެ އިޙްސާސް ވިޔަކަ ނުދެއެވެ. އެ ދެކުދިންނަކީ ރަމްލާގެ ދެ ލޮލުގެ ފިނިކަމެވެ. ޙަޔާތައް އަލިކޮށްދޭ ދަންމަރެވެ. އޭނާގެ ޙަޔާތުގެ ދުއްލިސާއެވެ. އެހެންކަމުން އެ ދެކުދިން އާރުލާ ދަރިންތަކަކަށް ހެދުމަށް ނުފުރޮޅާ އެންމެ ގާކޮޅެއްވެސް ނުބާއްވައެވެ. އެ ދެކުދިންގެ ދިރިއުޅުމުގެ ތަރަޙަ އެންމެ އެދެވޭ ގޮތުގައި ބިނާކުރުމަށް ތެޔޮނާޅާ އެންމެ ބައްތިއެއްވެސް ނުބަހައްޓައެވެ. އަހަރެމެން އުޅެން އަންގަވައިފައިވާ ގިއުގަނޑުން ބޭރަށް އެންމެ ފިޔަވަޅެއްވެސް އެޅިއަނުދީ ރަމްލާ އެ ދެކުދިން ބަލައި ބޮޑުކުރަމުން އައީ ދެ ލޮލުގެ ނޫރުކަމުގައި ދެކިގެންނެވެ. އާނާއާއި ޖަޒްލީ ލަޔާޤާތްތެރި ދަރިންތަކަކަށް ވުމަކީ ރަމްލާގެ އަބަދުގެވެސް އުއްމީދެކެވެ. އެހެންކަމުން އެ ދެކުދިން ދަތުރުކުރަމުން ދިޔަ ނައު ރީތި ސާލަކަށް ބީއްސާލުމަށް އެތައް މިންނެތް މަސައްކަތްތަކެއް ކުރިއެވެ. ކޮންމެ ދުވަހަކު މުލުހާލު ތުބަށް ތެދުވެ މީހުންނަށް ގުލާނުކޮށްދެމުންދިޔައީ އެ ދެކުދިންގެ ހާޖަތްތައް ފުއްދައި ދިނުމަށެވެ.

ނަތީޖާއެއްގެ ގޮތުން އާނާއާއި ޖަޒްލީ ވެގެންދިޔައީ ރަށުގައި ހުނިޖަހައިލެވޭފަދަ ކުދިންތަކަކަށެވެ. މި ޒަމާނުގައި މީހަކަށް ނުލުބޭނެފަދަ އަގުމާތް ޖައުހަރު ތަކަކަށެވެ. އަޚްލާޤީ ގޮތުންވެސް އެ ދެކުދިންނަކީ އެއްވަނައެވެ. އެއީ ފޯދެމުންއައި ފަސްމީރު ކުރިރުއްތަކެކެވެ. ލާމަސީލު މިސާލު ތަކެކެވެ. މަންމަގެ އުނގުން ފެށިގެން ކަށްވަޅަށްދާންދެން ކިޔެވުމަކީ މުހިންމު ކަމެއްކަން ރަމްލާ އެ ކުދިންނަށް ވިސްނައިދީފައިވާތީ ކިޔެވުމުގައިވެސް ރަން ވަނަތަކެއް ޙާޞިލްކުރަމުން ގެންދިޔައެވެ. މުޅި ސުކޫލުގައިވެސް އެ ދެކުދިންނާއި އަރާ އަރަފޯދޭނެ އެއްވެސް ކުއްޖަކު ނުހުރެއެވެ.

ރަށުން ކިޔެވެން އޮތް އެންމެ މައްޗަކަށް ކިޔެވުމަށްފަހު އާނާއާއި ޖަޒްލީ ބޭނުންވީ އިތުރަށް ކިޔެވުމަށް މާލެ ދިޔުމަށެވެ. އެ ކުދިންގެ ހަންހާރަވެތި މަންމަގެ ޝައުޤަށް ފެން ދިނުމަށެވެ. ނަމަވެސް އެ ދެކުދިން ދެރަވާ އެއްކަމެއް އޮތެވެ. އިލިވަރުވެފައިވާ އެ ކުދިންގެ ލޭފަވެތި މަންމަ ދޫކޮށް ދާންޖެހުމެވެ.

އާނާއާއި ޖަޒްލީ މާލެގޮސް ވިލާ ކޮލެޖުގައި ކިޔަވަން ފެށިއެވެ. އެ ދެކުދިން ފޫގަޅައިފައި ކިޔެވުމަށް މަސައްކަތްކުރަމުން ދިޔައެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިންމަތާއި މިންނަތް ކުރަމުން ގެންދިޔައެވެ. ދިރިއުޅުމުގެ މި ހަރުފަތް ހެޔޮގޮޔުގައި ކަޑައްތުކުރުމަށް ހޭބޯނާރައި މަސައްކަތްކުރަމުން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން ހީވެސްނުކުރާހާ އަވަހަށް އާނާއާއި ޖަޒްލީގެ ނަން މުޅި ކޮލެޖުގައި ވަކި ހިއްޕާލިއެވެ. އެންމެންގެ އަނގައިން އެއް އަޑަކުން އާނާއާއި ޖަޒްލީގެ ނަން އިވެން ފެށިއެވެ. މީހުންގެ ހެޔޮ ދުޢާއާއި ލޯބީގެ ގުލްދަސްތާތައް މި ދެކުދިންނަށް އޮހެން ފެށިއެވެ. އެ ދެކުދިންގެ ހެޔޮ ޚުލްޤުގެ ސަބަބުންނެވެ. އެކުވެރިކަމާއި އޯގާތެރިކަމުގެ ސަބަބުންނެވެ. ކިޔެވުމަށް ހުންނަ ޝަޢުޤުވެރިކަމާއި ވަރުބަލިކަނެއްނެތި ކިޔެވުމަށް ކުރާ މަސައްކަތުގެ ސަބަބުންނެވެ. އަދި އެ ދެކުދިންގެ މޮޅު ނަތީޖާއާއި ތަނަވަސް ސިކުނޑީގެ ސަބަބުންނެވެ.

ކޯސްނިމެން އަހަރެއްހާ ދުވަހަށް ވެފައި އޮއްވައި ލިބުނު ޚަބަރަކުން އާނާއާއި ޖަޒްލީގެ ހުވާސް ހޭލައްވައި ހަވާސް އަވަސްކުރުވިއެވެ. އެ ޚަބަރު އެ ދެކުދިންގެ ކަންފަތަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ޚަބަރު  އިވުމާއެކު އެ ދެކުދިންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ވަށައިގެންވާ ހަފަރާތް އެ ކުދިން ފިއްތާލި ކަހަލައެވެ. އެ ކުދިންގެ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލި މި ޚަބަރަކީ އެ ކުދިންގެ އަހުރަވެތި މަންމަ މި ދުނިޔެއާއި އަލްވަދާޢުކީ ޚަބަރެވެ.

މި ޚަބަރު ލިބުމަކުންވެސް އާނާއާއި ޖަޒްލީ ހިތްވަރު އެލުވައެއް ނުލައެވެ. ބަދަލުގައި އެ ދެކުދިން ކުރިއަށް ދިޔުމަށް އިރުތު ދަރެއް ބަނދެލިއެވެ. މަންމަ ނެތް ދުނިޔެއެއްގައިވެސް މަންމަގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަ ޖެއްސުމަށް އަތުކުރި އޮޅާލައި މަސައްކަތް ފެށިއެވެ. އެ ދެކުދިންގެ ލޮބުވެތި މަންމަ އެ ދެކުދިނަނަށްޓަކައި ބިނާކުރި ޚިޔާލުގެ ގަނޑުވަރު ބިމާ ހަމަވިއަ ނުދިނުމަށެވެ.

އާނާއާއި ޖަޒްލީ އެ ދެމީހުންގެ ތަޢުލީމީ ޙަޔާތް ކާމިޔާބުކަމާއެކު ނިންމާލިއެވެ. އަދި ދުނިޔެއަށް ލޯހުޅުމުން ދުނިޔޭން މަޤާމެއް ހޯދުމަށް މަސައްކަތް ފެށިއެވެ. އާނާ އަމިއްލަ ޖަމްޢިއްޔާއެއް އުފެއްދިއެވެ. އަނިޔާ ލިބޭ އަންހެނުންނަށް އެހީތެރިވެ ދިނުމަށެވެ. ޖަޒްލީ ނުކުތީ ތަޢުލީމީ ދާއިރާއަށެވެ. ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައި ދިނުމަށެވެ. ހީވެސްނުކުރާހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދެކުދިންނަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން ދިޔައެވެ.

ތިޔާގިކަންލިބި އަމިއްލަ ފައި މައްޗައް ތެދުވެވުމުން އާނާއާއި ޖަޒްލީވެސް ޒަވާޖީ ހަޔާތެއް ފެށުމަށް ޤަސްތުކުރިއެވެ. މި ދެކުދިންގެ ރިވެތި އަޚްލާޤާއި ރީތި ސިފައިގެ ސަބަބުން ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ މީހުންގެ ހުށަހެޅުންތައް ލިބެމުން ދިޔައެވެ. މި އެންމެންގެ ތެރެއިންވެސް އާނާ ހޮވާލީ ޒަކުއަނެވެ. ލޯލާރިތަކެއްގެ ތެރެއިން ރަން ފައުނެއް ހޮވާލާ ފަދަ ގޮތަކަށެވެ. ނަމަވެސް ޖަޒްލީއަށް ލިބެމުންދިޔަ ހުށަހެޅުންތަކުން އެންމެ ހުށަހެޅުމެއްވެސް އޭނާ ޤަބޫލެއް ނުކުރިއެވެ. އޭނާ ބުނަމުންދިޔައީ އޭނާގެ ހިތްވަނީ އެހެންމީހަކަށް ދެވިފައިކަމަށެވެ. އެ ހިތުގައި ރަން އަކުރުން އެހެން މީހެއްގެ ނަން ފެވިފައިވާ ކަމަށެވެ.

އާނާއާއި ޒަކުއަންގެ ލޯބީގެ ޗަމަން ތަފާތު ކުލަ ކުލައިގެ މާތަކުން ޖަރީކުރަމުން ދިޔައެވެ. ވަޢުދާއި އަހުދުތައް ވަމުންނެވެ. އެމީހުން ބިނާކުރަމުންދިޔަ ލޯބީގެ ގަނޑުވަރު ބިމާ ހަމަވާނެއޭ ބުނާނެ އެކަކުވެސް އޭރަކު ނުހުނަނާނެކަން ގައިމެވެ. އާނާއާއި ޒަކުއަންގެ ގުޅުން މިހާ ހިސާބަށް ދިޔައިރުވެސް އާނާ، ޖަޒްލީއަށް ޒަކުއަނަކީ ކާކުކަމެއް ނާންގައެވެ.

ޖަޒްލީ އިންތިޒާރުގެ ދުވަސްތައްގުނަމުން ދިޔައެވެ. އޭނާގެ ހިތުގެ ވެރިޔާގެ ފަރާތުން ފެހި ސިގުނަކެއް ލިބޭތޯއެވެ. ނަމަވެސް އޭނާގެ ފަރާތުން ޖަޒްލީ ހިތްއެދޭފަދަ އެއްވެސް ސިގުނަލެއް ނުލިބުނެވެ. އެންމެފަހުން ޖަޒްލީގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ބޭނުންވީ ދައްތައާއި މަޝްވަރާ ކުރުމަށްފަހު އަމިއްލައަށް އިސްވެ އޭނާއަށް ލޯބި ހުށަހަޅާށެވެ.

އާދައިގެމަތިން އާނާއި ޖަޒްލީ ތިބީ ޑައިނަމޯގެ ހިތްގައިމު މާޙައުލުގެ ތެރޭގައެވެ. މުޅި ސަރަޙައްދުވަނީ ކުލަ ކުލައިގެ ކުލަބޮކިތަކުން ޖަރީކޮށްފައެވެ. ކޮކާ ހަނދުވަރެއް ދީފައިވާއިރު ޑައިނަމޯގެ ފަޒާގެ ތެރޭގައި ގުގުމައިފައިވަނީ ހިތްގައިމު ލުއި ލުއި މިއުޒިކެއްގެ އަޑެވެ.

ކުއްލިއަކަށް ޖަޒްލީގެ ލޮލުގައި އަޅާއިގަތީ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ކައިރީގައި އިށީދެލައިގެން އިން ޒުވާން ފިރިހެން ކުއްޖެކެވެ. އެއީ އޭނާގެ ހިތް އެމީހަކަށް ހިބަކޮށްދެވިފައިވާ އޭނާގެ ހިތުގެ ރާޖާއެވެ. މޯޑް ނުވަތަ މުޙައްމަދެވެ. ހުދު ކުލައިގެ ގަމީހެއް ލައިފައިވާއިރު އަތްކުރި ވަނީ އުޅަބޮއްޓާއި ހަމައަށް އޮޅާލާފައެވެ. ތިރިއަށް ލައިފައިވަނީ ކަޅުކުލައިގެ ފަޓުލޫނެކެވެ. މިރޭ މުޙައްމަދު ފެންނަލެއް މާފުރިހަމަވެފާ ރީތިހެން ޖަޒްލީއަށް ހީވިއެވެ. ކަޅިވެސް ޖަހާލަން ނޭނގިފައި މުޙައްމަދަށް ބަލަހައްޓައިގެން އޭނާއަށް އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ޖަޒްލީގެ ޚިޔާލުގެ ވާފަށް ކަނޑައިލީ ކާއެއްޗިހި ހިފައިގެން އައި ވެއިޓަރެވެ. ޖަޒްލީ ފުރުޞަތުގެ ބޭނުން ހިފުމުގެ ގޮތުން އާނާއަށް މުޙައްމަދު ދައްކާލިއެވެ.

އާނާއަށް ހީވީ އޭނާގެ ހިތުގައި މީހަކު ވަޅިއެޅިހެންނެވެ. އޭނާގެ ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޖަޒްލީގެ ހިތުގައި ރަސްކަން ކުރަމުންދާ ރާޖާއަކީ އޭނާގެ ލޯބިވާ ޒަކުއަނެވެ. މުޙައްމަދު ޒަކުއަނެވެ. ތަޤުދީރު މިކުޅެނީ ކޮންކަހަލަ ކުޅިގަނޑެއް ބާވައޭ އާނާގެ ހިތައް އަރަމުން ދިޔައެވެ. އާނާ އޭނާގެ ހިތުގައިވާ ހިތާމަތައް ޖަޒްލީއަށް ސިއްރުކުރެވޭތޯ މަސައްކަތްކުރަމުން ހިނިތުން ވެލިއެވެ.

އާނާއަށް އެރޭ ހޭދަވި ގޮތެއްވެސް ނޭނގެއެވެ. އޭނާއަށް ވަނީ ހަދާނެގޮތް ހުސްވެފައި ކަހަލައެވެ. ޒަކުއަން އާނާއަށް އެތައް ފޯނު ކޯލެއް ކުރިއެވެ. ނަމަވެސް އެއިން އެންމެ ކޯލަކަށްވެސް ޖަވާބުދޭނެހާ ހިތްވަރެއް އާނާގެ ނެތެވެ. ފަތިސްވަންދެން އޭނާ ވިސްނިއެވެ. ހަދާން ގޮތަކާ މެދުގައެެވެ. އެއްކޮޅުން އޭނާގެ ލޯބިވާ ކޮއްކޮއެވެ. އަނިއްކޮޅުން އޭނާގެ ލޯބިވެރިއާއެވެ.

އެތައް އިރެއްގެ ވިސްނުމަށްފަހު އާނާ ފޯނު ނެގިއެވެ. އަދި ޒަކުއަންގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ވަރަށް އަވަހަށް ޒަކުއަން ފޯނުނެގިއެނެ. ހަމައެއާއެކު އެއްފަހަރާ އެތައް ސުވާލުތަކެއް އާނާއާއި ކުރިމަތި ކުރުވިއެވެ. ޒަކުއަންގެ ފޯނު ކޯލުތަކަށް ޖަވާބު ނުދެނީ ކީއްވެތޯއެވެ؟ މިފަދަ ނުގަނޑިއެއްގައި ގުޅަން ޖެހުނު ސަބަބަކީ ކޮބައިތޯއެވެ؟ އަދިވެސް މިފަދަ އެތައް ސުވާލު ތަކެކެވެ. އާނާ، ޒަކުއަންގެ ފަރާތުން އެދުނީ އެންމެ ކަމަކަށެވެ. ދުވަހަކުވެސް އޭނާދެކެ ލޯބިވެފައިވާނަމަ އޭނާގެ ކޮއްކޮއާއި ކައިވެނި ކުރުމަށެވެ. އަދި އާނާގެ މަތިން ހަނދާން ނައްތާލުމަށެވެ.

އާނާ އޭނާގެ ލޯބި ކޮއްކޮއަށްޓަކައި ޤުރުބާން ކުރިއެވެ. އަދި ޒަކުއަންގެ ނަން އޭނާގެ ހިތުން ފޮހެލުމަށްޓަކައި އޭނާ ނުވެސްދަންނަ ވާރިޝާއި ކައިވެނި ކުރިއެވެ. ވާރިޝަކީ އާނާއަށް ކޯހުން ދިމާވި މީހެކެވެ. އެދުވަހުން ފެށިގެން އާވާރާއެއް ފަދައިން އޭނާގެ ފަހަތުން ދުވަމުން އައި ގޮތްދޫނުކުރާ ޒުވާނެކެވެ.

ވާރިޝާކީ އޯގާތެރިވާން ނޭނގޭ ހިލަ ހިތެއްގެ ވެރިއެކެވެ. އަތުގައި ހިފާލާނީވެސް މަރުތޭލައެއްގެ އަތްގަނޑުގައި ހިފާލާ ފަދަ ގޮތަކަށެވެ. ކައިވެންޏަށް ދެމަހެއް ވީއިރު އާނާއެކޭ ވާރިޝްގެ މުށުތެރޭގައިވާ ބުދެކޭ އެއްފަދައެވެ. މި ހުރިހައި ކަމެއް އާނާ ބަރުދާސްތު އެކުރަނީ ހަމައެކަނި އޭނާގެ ކޮއްކޮއަށްޓަކައެވެ.

އާނާގެ މާޒީގެ ދޮރުފަތްތައް ލެއްޕުނީ ފޯނު ރަނގަބީލުވާން ފެށުމުންނެވެ. ކޯތާފަތްމައްޗަށް ނީރައިލައިފައިވާ ކަރުނަތައް ފޮހެލުށްފަހު މަޑު މަޑުން ތެދުވެގެންގޮސް ފޯނު ނެނގިއެވެ. އެ ކޮޅުން ވާހަކަދެއްކީ ވާރިޝެވެ. މިރޭ ގެއަށް ދެވެންނެތްކަމަށް ބުނުމަށްފަހު އާދައިގެމަތިން އާނާގެ ޖަވާބަކަށް މަޑުކުރުމެއްނެތި ފޯނު ބޭއްވިއެވެ. އާނާގެ އިޙްސާސްތަކާމެދު ވިސްނާލުމެއްވެސް ނެތިއެވެ.

(ނިމުނީ)

Share Article

Follow Me Written By

Illusion

Level 1100 Login10 Stories

Other Articles

Previous

ވެހޭ ވާރޭ ތެރެއިން…4

Next

ވެހޭ ވާރޭ ތެރެއިން…5

Next
June 3, 2019

ވެހޭ ވާރޭ ތެރެއިން…5

Previews
June 3, 2019

ވެހޭ ވާރޭ ތެރެއިން…4

10 Comments!

  1. jiji says:
    June 3, 2019 at 3:34 pm

    Alhey haadha reehchey mi story… sifakohlaafa hurileh v kamudhey….Keep it up dearr?❤?

    1. Illusion says:
      June 3, 2019 at 11:25 pm

      Thankxx Jiji ❤❤

  2. Jasmine says:
    June 3, 2019 at 3:45 pm

    Varah reethi.

    1. Illusion says:
      June 4, 2019 at 8:24 am

      Thankxx jasmine ❤

  3. Ibsha says:
    June 3, 2019 at 7:40 pm

    Varah reethi..kokko ah neygi thinimuny

    1. Illusion says:
      June 3, 2019 at 11:25 pm

      Thankxx ibsha❤❤

  4. Mal? says:
    June 3, 2019 at 8:54 pm

    Vv reethi vaahaka ah❤️❤️

    1. Illusion says:
      June 3, 2019 at 11:26 pm

      Thankxx mal ❤?

  5. kala123 says:
    June 4, 2019 at 8:04 pm

    ވާހަކަ ގޯހެއް ނޫން. ހަމަ ރަނގަޅު. އޮނިގަނޑު ރާވާލެވިފައި އޮތް ގޮތް ވެސް ރީތި. ބައެއް ސިފަކުރުންތައް ތަކުރާރުވެފައި އެބަހުރި. މިސާލަކަށް “ލޮލުގެ ކޮއި”އޭ ބުނެފައި ދެން “ހިތުގެ ފަނާރެކޭ ބުނާކަށް ނުޖެހޭ. ފަނާރާއި ހިތް އެއީ ގުޅޭ ދެބަހެއް ވެސް ނޫން.އަދިވެސް މިކަަހަލަ ބައެއް ނުގުޅޭ މިސާލުތައް އެބަހުރި.މިސާލަކަށް “ދަތުރުކުރަމުން ދިޔަ “ނައު ރީތި ސާލަކަށް ބީއްސާލުން”. ނައު ބީއްސާލާ ނަމަ ބީއްސާލާނީ ދޮންވެލި ތުނޑިއަކަށް ނުވަތަ ފިނޮޅަކަށް.ނޫން ނަމަ އެނޫން ވެސް ކޮންމެވެސް މަޑުތަނަކަށް. މިސާލުޖަހަން ތިއުޅެނީ “މަލިކު ސާލަށް ނަމަ އެކަން ސާފުވާ ކަހަލަ ގޮތަކަށް ލިޔުނު ނަމަ އެންމެ ރަނގަޅުވެއްޖައީސް. މަރުތޭލުގެ ހުންނަނީ “އަތްގަނޑެއް” ނޫން. ހުންނަނީ “ދަނޑި”. “ހުނިޖަހާލެވެނީ ރަނގަޅު ކަމަކުންނެއް ނޫން. ނުބައި ނުވަތަ ނުރަނގަޅު ކަމަކުން. އެއީ އަބަދުވެސް ނާއިޖާބީ ނުވަތަ ނެގެޓިވް މާނައެއްގައި ބޭނުން ކުރެވޭ ބަހެއް. ވާހަކަ ޝާއިޢު ކުރުމުގެ ކުރިން އެދުރަކަށް ނުވަތަ ބަހުގެ ހަމަތައް ދަންނަ މީހަކަށް ދައްކާލާތި! ނުވަތަ އަޑުހަރުކޮށް ކިޔާލަދޭތި!މީ ކުށްދެއަކުމުގެ ގޮތުން ލިޔެލި ވާހަކަކޮޅެއް ނޫން ކަމަށާއި ހެޔޮ ހިތަކުން ހެވާއި ލާބައެދިގެން ލިޔެލި ވާހަކަކޮޅެއް ކަމަށް ދެކޭނެ ކަމަށް ހީކުރަން.އީދު މުބާރިކު

    1. Illusion says:
      June 4, 2019 at 8:56 pm

      thankxx for the comment … happy to see such constructive feedbacks … will try my level best to improve it and not to repeat those mistakes in the upcoming stories .. and Eid Mubarak to u and ur family too

Comments are closed.



All Right Reserved!