Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ކަރުނައިން ދެލޯ

Reekko Level 1
June 9, 2019 2 Mins Read
21 Comments

ބޯކޮއް ވެހެމުންދާ ވިއްސާރައިގައި ވައިޖެހެމުންދަނީ ވަރައް ބާރައްށެވެ. ލަފާކުރެވޭ ގޮތުންނަމަ ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ގަސް ގަހުން ވެރިފައި ހުންނަ ހިކިފަތް ތަކާއި، މަގުމައްޗައް ުކާފައި ހުންނަ ކުނި ބުނިތައް ދަނީ ވަޔާއި އުދުހެމުންނެވެ.މަގުމަތިން މީހެއްގެ ހިލަމެއްނުވާއިރު ދުއްވާއެއްޗެހީގެ ހިލަމެއް ވެސް ނުވާތީ ހީވަނީ މުޅިރައް އެކީ ފަޅުވެފައި ވާހެންނެވެ.ވެހެމުންދާ ވާރެޔާއި ޖެހެމުންދާ ވައިގެ އަރާމުކަން ހޯދުމައް ރަށުގެ ރައްޔިތުން އަވަސް ވެފައިވާ ރޭގަނޑެގެ މި ފިނި ވަގުތުގައި، މަގުގެ އެއްފަރާތުން މަޑުހިންގުމެއް ގައި ހިންގާލައިފައި އެއަންނަނީ ކާކު ހެއްޔެވެ؟

ހާވައިލައިފައި އޮތް އިސްތިށިގަނޑުންނާއި ލާފައި ހުރި ހެދުމުން އެއީ އަންހެން ކުއްޖެއްކަން އިންގިގެންދެއެވެ. ލަފާކުރެވޭ ގޮތުންނަމަ ސޯޅަ ސަތާރަ އަހަރުގެ މި އަންހެން ކުއްޖާ، ވެހެމުންދާ ވާރެޔައް އެއްވެސް ފަރުވަލެއް ނެތި މިދަނީ ކޮންތާކައް ބާވައެވެ؟ފަހެ ރޭގަނޑުގެ މި ވަގުތުގައި އެކަނި ބޭރައް ނިކުންނަން ބިރުވެސް ނުގަންނަނީ ހެއްޔެވެ؟

ވާރޭވެހުން ހުއްޓިފައި ވާއިރު މުޅި ސަރަހައްދުގައި ވަނީ ފެންގަނޑު އުފެދުފައެވެ. ޕާކެއްގެ ބެންޗުގައި އިށީންދެލައިގެން އިން މި ގޮތް ނޭގޭ އަންހެންކުއްޖާ ދިޔައީ ފޮތެއްކިޔަމުންނެވެ.ލަފާކުރެވޭ ގޮތުންނަމަ ޑައިރީއެކެވެ. ވަރައް ފަރުވާތެރި ކަމާއެކުއެ ފޮތް ކިޔަން އިނުމައްފަހު ދެން މުޅި ޖައްވުގައި އިވިގެން ދިޔައީ އޭނާގެ އެ ވޭނީ މަޑު ގިސްލުމުގެ އަޑެވެ.

“ފަހެ އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ އަހަރެންނައް މިހާލު ޖެހެން ވީ ސަބަބަކީ ކޮބާހެއްޔެވެ؟އެއީ އަހަރެންގެ މަންމަ އާ ހެދި ހެއްޔެވެ؟ ނޫނީ ބައްޕަ އާ ހެދިހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ މައިން ބަފައިން އަހަރެންނައް އެހެން ހަދާފާނެ ކަމައް އަހަރެން ގަބޫލެއް ނުކުރަމެވެ. އެންމެ ކުޑައިރުން ފެށިގެން މިއަދާ ހަމަޔައް އަހަރެން ގެންގުޅުނީ ބުނީޔާ ބުނި އެއްޗެއް ހޯދައިދީގެންނެވެ. ބަލާ ބޮޑުކުރީ ޖަވާހިރެއް ގެންގުޅޭ ފަދައިންނެވެ. އެހާވެސް ލޯބިންނެވެ.

ނަމަވެސް މިއަދު އެއިވިދިޔަ ބަސް ތަކުން އަހަރެން އަޖައިބު ވެއްޖެއެވެ. ކޯޓައް ހުށައެޅިފައި އެވާ އަހަރެންގެ ރޭޕް ގެ މައްސަލާގައި އަހަރެންގެ އެ ލޮބުވެތި މަންމަ އާއި ބައްޕަ ގެ އަތެއްވެޔޭ ބުނުމުން ގަބޫލު ކުރާނީ ކާކުހެއްޔެވެ؟ލާރީ ގެ ބޭނުމައް އަހަރެން ރޭޕް ކުރަން އަހަރެންގެ މައިން ބަފައިން ގަބޫލުވާނެކަމައް އަހަރެންގެ ހިތެއް ނުބުނެއެވެ. އަހަރެން ގެ ހިއް ހައްތަހާވެސް ބުނަނީ އެއީ ކުން ހީއެއް ކަމައްށެވެ. އެ ގޮތައް ވާހަކަ ދައްކާ އެގޮތައް ހެކިބަސް ދިން މީހާ އެހަދަނީ ދޮގުކަމަށެވެ.

ގަބޫލު ކުރަން ކިތަންމެ ބޭނުން ނުވިޔަސް ޖެހޭނީ ގަބޫލު ކުރަންތާއެވެ. އެދެ މީހުންވެސް އެކަން ކުރި ކަމައް އެއްބަސް ވީ އަމިއްލަ އަގައިންނެވެ. އަހަރެންގެ ލޯ ކުރި މަތީގައެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟މަންމަ އާއި ބައްޕަ އެވަނީ ޖަލުގައެވެ. އަހަރެން މުޅި ދުނިޔެ އައް އެކަނި ވެރި ވީ އެވެ. އާއިލާގެ މީހުން ވެސް އަހަރެން ބޭކާރު ކޮއްލީއެވެ.ކީއްވެ ހެއްޔެ؟ އަހަރެން ބަލިވެ އިނީމައެވެ. ނަމަވެސް އެއީ އަހަރެންގެ ކުށެއް ނޫނެވެ. ދެން ކީއްވެ ހެއްޔެވެ؟ އަހަރެން ނަކީ އެކަނި ވެރިޔަކީމެވެ. މީ އަހަރެންގެ ތަގުދީރުގައި ކަންތައް އޮތް ގޮތް ހެއްޔެވެ؟”

މި އަންހެން ކުއްޖާގެ އަޑުގައި ވަނީ މަޑު ތުރު ތުރެކެވެ.ލޮލުން ފައި ބައިގެން އަންނަ ކޮންމެ ކަރުނަ ތިއްކަކާއެކު މަޑު ގިސްލިމުގެ އަޑު އިވިގެންދެއެވެ. އޭނާގެ މޫނު މަތިން ފެންނަނީ ހާސްކަމާއި އުދާސް ކަމެވެ. ހިތާމަ އާއި އަނިޔާއެވެ. މިހާ ހާލުން އެ ފޮތުގައި އޮތް އެއްބައި ކިޔާ ނިންމާލިއެވެ. ކިޔަން އިން  އޭނާގެ ޑައިރީ ލައްޕާ ލުމައްފަހު އަންބުރާ ދަބަހައް ލައިގެން ބެންޗުންތެދުވެ ހިންގައި ގަތީ އެތަކެއް އިރަކު ގިސްލާ ރުއިމުގައި ހޭދަ ކޮއްފައެވެ.

ދިރި އެޅުން މި ގޮތައް ހޭދަ ކުރާ މީހުން މި ދުނިޔޭގައި މަދެއް ނޫނެވެ. ދިރި އުޅުމަކީ އިމްތިހީނެކޭ ބުނެ އުޅޭ ނޫންހެއްޔެވެ؟އެއްބަޔަކު އުފަލުގައި އުޅޭއިރު އަނެއް ބަޔަކު އުޅެނީ ހިތާމައިގައެވެ. މި އިމްތިހާނު އެއްބަޔަކު ހާސިލް ކުރާއިރު އަނެއް ބަޔަކު ނާކާމިޔާބު ވެއެވެ. މި ކަމުގައި އޮތީ ކެއް ކުރުމެވެ. އަޑިގަނޑަ ކައްފަހު އުސްގަނޑެއް އަންނާނެޔޭ ބުނެ އުޅޭނޫންހެއްޔެވެ؟

 

 

 

 

 

 

 

Share Article

Follow Me Written By

Reekko

Level 1

I am a girl who loves to write stories ?????? I would like to get more opinions from readers.. ??????

Other Articles

Previous

ވެހޭ ވާރޭ ތެރެއިން…12

Next

ލޯބީގެ އިންތިޒާރުގައި

Next
June 9, 2019

ލޯބީގެ އިންތިޒާރުގައި

Previews
June 9, 2019

ވެހޭ ވާރޭ ތެރެއިން…12

21 Comments!

  1. Anonymous says:
    June 9, 2019 at 2:59 am

    Varah reethi

  2. Anonymous says:
    June 9, 2019 at 3:02 am

    Salhi?

    1. Reekko says:
      June 9, 2019 at 3:06 am

      Thank you anonymous ???

  3. Reekko says:
    June 9, 2019 at 3:07 am

    Thank you anonymous ???

  4. Reekko says:
    June 9, 2019 at 3:12 am

    Dear reader’s I have some important thing to ask…. My friends are asking me to write a story which has different episodes or part’s…. But my question is after reading my this story what do u guys think? I know I make many mistakes and sorry for that I will try to improve??? feel free to comment after finish reading.. ???

    1. Rain says:
      June 9, 2019 at 9:26 am

      insha allah u can do it
      try kohleema ragalhu vaane mistakes huredhaane but liyaa varakah ragalhu vamun dhaarni
      good luck
      alhugaa hope kuran ithuru story thakeh kiyaalan libeyne kamah
      maasha allah ur stories ar nice
      keep itt upp❤❤❤❤❤❤❤❤❤❤❤❤❤

  5. malsamalkkomal says:
    June 9, 2019 at 3:17 am

    Varah reethi Maasha Allah..♥♥

    1. Reekko says:
      June 9, 2019 at 12:36 pm

      Thank you malsamalkkomal

  6. Dhonthee says:
    June 9, 2019 at 11:15 am

    Reekko❤️❤️❤️❤️mi story vvvv reethi ingey… Adhi vv ibraitheri ingey… Reekko thee v talented kujjekkan reekkoge stories keemaves dhonthi au ingijje… So dhonthi beynun reekkoge long story eiy kiyaalan…. You are so talented and really great……

    1. Reekko says:
      June 9, 2019 at 12:39 pm

      Thank you dhonthee… Insha Allah varah avahah kiyaalan libeyne long story eh?❤️

  7. Hana says:
    June 9, 2019 at 1:21 pm

    Varah touching story eh ?????but varah varah reethi ????????? masha allah ??❤??????????????????? good luck reekko❤??????❤?

  8. Reekko says:
    June 9, 2019 at 2:00 pm

    Thank you hana?❤️??

  9. jiji says:
    June 9, 2019 at 3:35 pm

    OMG???…Yuh are 14 years right..One year older than me..hehe..btw the story is better than the first???????????????…Yuh have improved alot..Hehe..Nd I hope dear ge long story eh vv avahah kiyaalan libeyne kamah..keep going dear..Lysm???????????????

    1. Dhonthee says:
      June 9, 2019 at 7:12 pm

      Ey dhonthi aai reekko aai same year dhw….. Aslu dhonthi heekuree reekko akee dhonthiauvure bodu kujjekkan au… Hehe.. Reekko…. Keep up your great works and ufaaveri dhuvasthakakau edhen ingey?????????????

    2. Reekko says:
      June 9, 2019 at 7:17 pm

      Oh Jiji I thought you are older than me… Thanks ❤️ assuming kurin story eyy first v ma biru gathyy kudakoh ???

    3. Reekko says:
      June 9, 2019 at 7:24 pm

      Thank you dhonthee ?❤️ aslu Reekko heekuryy dhonthee 12 years kamah??? dhonthee ah ves baahjaveri dhuvas thakakah ehdhen

  10. Ibsha says:
    June 9, 2019 at 3:44 pm

    Varah reethi….Mi vaahaka nimunytha

    1. Reekko says:
      June 9, 2019 at 7:20 pm

      Thank you insha ? mi story aslu liyan feshyy kuruvaahaka eh gothah but Faharehga mi story continue kuraanan or otherwise i will start a new one???

  11. Haha says:
    June 9, 2019 at 4:32 pm

    O cmon .. reethiyyaa reehchey bunebala dhwhh.. writer hahdhan noolhi

  12. ❤️bloom❤️ says:
    June 21, 2019 at 8:06 pm

    Varah varah varah varah varah varah reethi story eh

  13. Al sultan Muhammad imaduhdheeen says:
    June 21, 2019 at 8:10 pm

    Reethi

Comments are closed.



All Right Reserved!