ބޭރުގައި އުޅެފައީ ޝިނާނަށް ގެޔަށް އާދެވުނުއިރު ހުރީ މެންދުރުން އަނބުރާ އެކެއް ޖަހައި ބޮޑުވެފައެވެ. މިހާރު ޖަމްނާ އިންނާނީ އޭނާގެ އިންތިޒާރުގައެވެ. ” ޒިންދަގީ ރެސްޓޯރެންޓު ” ގެ މަތީ ފަންގިފިލާގައެވެ. ޝިނާނު އައި މަގުމަތީ ޖަމްނާ ވަނީ ފަސް ފަހަރު ޝިނާނު ނައިސް ލަސްވެގެން ގުޅާފައެވެ. ޝިނާނު އަވަސް ކޮށްގެން ރެސްޓޯރެންޓަށް ދިޔައިރު ޖަމްނާ ކުޑަކުއްޖެއްހެން ތުންދަމާފަ ބޮޑާ ހާކަން އިނެވެ. އަންހެނަކަށް ވުރެ ޝިނާނު ތަތް ވާނޭ ކިޔާ ދިމާ ކުރަން ފެށިއެވެ. ޝިނާނު […]