ކުންހ ދުވަހަކީ އުޑުމަތިސާފު، ހެޔޮވަރު ވަރަކަށް އަވި ދިއްލާލާފަ އޮތް ދުވަހެކެވެ. ޖެހިލާ ފިނިފިނި މަޑު ރޯޅިން ގަސްތަކުގައިވާ ފަތްތައް ދަނީ ނަށަމުންނެވެ. ގޮނޑުދޮށުގައި ވިދާ ބަބުޅަމުންދާ ރީތި ހުދު ބޯކިރު ފަދަ ދޮންވެލި ގަނޑުމަތީގައި ފުއްޓަރު ފަރާތުން ބީއްސަމުންދާ މަޑުމަޑު ރާޅުތައް އެވެސް ހުރަހެއް ނެތި ބޮސް ދެމުންދެއެވެ. މި ހިތްގައިމު މަންޒަރުބަލަން މަންހާ އިނީ ފޫހިވުމެއް ނެތްގޮތަކަށެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭން ކަން ފޫއަޅުވާލީ މަންހާ ގެ ފޯނަށް އައި ކޯލްއެވެ. ލަސްކުރުމެއް ނެތި […]
އަހަރެންނަކީ އެކަނިވެރި މަޔެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެން ވަރަށްކުޑަ އިރު ބައްޕަ އާއި މަންމަ ވަކިވެ ބައްޕަ އެހެންމީހަކާއި އިނދެ އާ ދިރިއުޅުމެއް ފެށީއެވެ. ބައްޕަމެންގެ ދިރިއުޅުން ފެންނަނީ ނުލާހިކުވެސް އުފާވެރިކޮށެވެ. އެއް ރަށެއްގައި ދިރިއުޅެމުންދާތީ ހުރިހާ ކަމެއްވެސް އަހަރެންގެ ލޮލައް ފެނެއެވެ. ކޮންމެޔަކަސް ބައްޕަ ވަކިވެ ދިޔުމުން މަންމަގެ ބޮލުގައި އެތައް ޒިންމާއެއް އެއްފަހަރާ އެޅުނެވެ. ދެމައިންގެ ބަނޑުހައިކަން ފިލުވާނެ މަގެއް ހޯދަން ޖެހުނެވެ. އަމިއްލަ ހިތްދަތި ކަމާއިއެކު ނަމަވެސް އަހަންނަށްޓަކައި އެ މަންމަ […]
ފަތިހު ފަސްގަޑި ބައި ވީއިރު އަހަރެން ހުރީ ބަނދަރު މަތީ ގައެވެ. މިއަދަކީ ގޭމީހުންނާއެކު ދަތުރު ދާން ރޭވިފައިވާ ދުވަހެއް ކަމުން، އަހަރެން އިންތިޒާރު ކުރަމުން މިދަނީ ބައްޕަ ޑިންގީ ސާާފުކުރަން ސާމާނު ހިފައިގެން ބަނދަރަށް އަންނާނޭ ވަގުތަކަށެވެ. މާލަސްތަކެއް ނުވެ އެވަގުތު ޖެހުނެވެ. ބޮޑު މަގު މެދުން ބަރޮލެއް ހިފައިގެން ބައްޕަ އަންނަ ތަން ފެނުނެވެ. “އަންހާ ދަރިފުޅާ ބައްޕަ ކިހާއިރެެއް ދަރިފުޅު ހޯދާތާ!”ހީލައިފާ ބައްޕަ ބުނެލިއެވެ. އަހަރެން ބައްޕައާއެކު ޑިންގީ ސާފުކޮށް ދަތުރަށް ބޭނުންވާ ސާމާނު […]
އަތުގައި އޮތް ދައުވަތު ކާޑަށް ބަލަމުން ދިޔައެވެ. ދައުވަތުކާޑު ކިޔާނިމުމަށްފަހު އެކުވެރި ފާރިޝް އަށް ބުންޏެވެ. ” ރީމާގެ އުފަންދުވަހުގެ ޕާޓީކާޑް. ފާރިޝް ދާނަންތަ؟” އަނާން އަހާލިއެވެ. ” އާން ކީއްވެނުދާންވީ. ކެއުމެއްނު ހޭވައްލާތައްޔާރު.” ފާރިޝް ބުންޏެވެ. ” އަހަރެން ނަށް އެނގެޔޭ ފާރިޝްދާނެކަން. ކޯއްޗެއްތަ ރީމާ އަށް ގެންދާނީ؟ ” ވިސްނާލަމުން އަނާން އަހާލިއެވެ. ” ހަގީގަތުގައި އަހަރެން އަންހެންކުއްޖަކަށް އެއްޗެއްދީފައި ނެތީމައި ގެންދާނެއެއްޗެއްވެސް ނުވިސްނުނު. ރީމާ އަށް ހަދިޔާއަކަށް ދޭން ރަނގަޅުވާނީ ކޯއްޗެއްބާ؟” ” […]
ބައްޕަ އެހެން ބުނެލުމާއި އެކީ ޖައިލާގެ މޫނު އުޖާލާވެގެން ދިޔައެވެ. ވިލްދާން ބޯ ހޫރަމުން މިސްރާބުޖެހީ އަނބުރާ އައި ކޮޅަށެވެ. ކުރާނެ ކަންތައް މަދުވެގެނެއް އޭނާ ނޫޅެއެވެ. ނިންމަން އޮތް ކިލާސް މަސައްކަތާއި އޮފީހުގެ ކަންތައް ވެސް ހުރީއެވެ. “ވިލްދާން.. ދަރިފުޅާ.. މަޑުކޮށްބަލަ.” ބައްޕަގެ އަޑަށް ފުރަގަސްދިނުމަކީ ވިލްދާންއަށް ކުރަން ކެރޭ ވަރުގެ ކަމެއް ނޫނެވެ. އެހެން އުޅޭނީ ހަގަށް ހުރި ގައިޝާންއެވެ. ވިލްދާންއަކީ ނަމޫނާ ދައްކަން ހުރި މީހާއެވެ. ވިސްނެންޖެހޭ މީހާއެވެ. “އާނ..” ފަހަތަށް އެނބުރިލުމަށްފަހު […]
އީޝަލް އަކީ ވަރަށް އަޚުލާޤު ރަނގަޅު އަންހެން ކުއްޖަކު އުޅުނެވެ. އީޝް އުޅެނީ އޭނާގެ ދޮންމަންމަ އާއި އެކުގައިއެވެ. ދޮންމަންމަ އަބަދުވެސް އޭނާ އައް ކިޔެވުމުގެއެއްވެސް ޙައްޤެއް ނޯންނާނެއޭ ބުނެއެވެ. އެއްދުވަހެކެވެ. އީޝް ސްކޫލައް ދާން ތައްޔާރުވެގެން ނިކުމެވުނީ ދޮންމަންމަގެ ކުރިމައްޗަށެވެ. “އޭތް!!! އީޝަލް! ކޮންތާކައް ތިޔަދަނީ މާނަލަ ހެދިލައިގެން.. އޭނ.. ނުދެވޭނެ ސްކޫލަކައް. ތިޔަ ތާކައް ދިޔައީމައި ކާކު ކައްކާ ސާފުކުރާނީ؟ އޭނ.. އަހަރެން މިހާރު މަސައްކަތް ކޮށްކޮށް ވަރުބަލި ވެއްޖެ. ދެންވެސް ބަލަން ނުހުރެ ދޭބަލަ.. އަހަރެން މިދަނީ ސަންފަމެން ގެއައް.. ތާސް ގަނޑެއް […]
ނ.މަނަދޫގެ ހިތްފަސޭހަ ހިސާބެކެވެ. މި ހިސާބުގައި މީހުން އާބާދުވެފައި ވަނީ ވަރަށް މަދުންނެވެ. އަހަރެމެންގޭ އެއްކޮށް ތަޅާލީ ރަގަޅު ފެންވަރެއްގައި ޒަމާނާ ގުޅޭގޮތުން އަލުންހެދުމަށެވެ. މީހުން އާބާދުނުވާ ހިސާބެއްގައި ހުރި ގެއަކަށް ބަދަލްވީ ގޭ ހެދެންދެން އެގޭގައި އުޅުމަށެވެ. ގެއަކީ މީގެ ފަނަރަވަރަކަށް އަހަރުކުރިން މީހުން ދިރިއުޅުނު ގެއެކެވެ. ބާވެފައި ނުވިނަމަވެސް ކުޑަމަރާމާތެއް ކުރަންޖެހުނެވެ. ”ވިލާދޭ ސޯސަން” ކިޔާ މިގޭގައި ފަސްކޮޓަރި ހުރެއެވެ. އެއްކޮޓަރި ނެގީ މަންމަ އާއި ބައްޕައެވެ. ދޮންތަ އާއި ތިއްތަ ނެގީ ޖެހިގެންހުރި […]
އުމުރުން ބާރަ އަހަރުގެ މައިރާ އަކީކިޔެވުމައް ލޯބި ކުރާ ކުއްޖެކެވެ. ނަމަވެސް، މައިރާގެ ޢާއިލާ އަކީ ފަޤީރު އާއިލާ އެކެވެ. އެކަމަކު މައިރާ އަކީ ކެތްތެރި އަޚުލާޤު ރަނގަޅު ކުއްޖެކެވެ. މައިރާގެ ކުލާސް ކުދިންނަކީ މައިރާއާ ދޭތެރޭ ވަރަށް ހަސަދަވެރިވާ ކުދިބަޔެކެވެ. މައިރާ އައް ޖެއްސުން ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ. އެއީ މައިރާ ކިޔެވުމައް އެހެން ކުދިންނައް ވުރެއް މޮޅު ވީމައެވެ. މައިރާ ގެންގުޅޭ ފަންސުރު ބިންދާ ހަދައެވެ. ލިޔެލިޔެ ހުއްޓާ ގަލަން ޖަހައިގަނެއެވެ. މިތަން […]
ހަވީރުގެ ވަގުތެވެ. ރަށުގެ ގޮނޑުދޮށުގައި ތަފާތު އުމުރުފުރައިގެ ކުދިން ކުޅެމުން ގެންދިޔައެވެ. މިތަން ބަލަން ތަންކޮޅެއް ދުރުގައި އޮތް ލަކުނޑި ގަނޑެއްގެ މަތީގައި ނާޝިޒްއިނެވެ. ކުޅިވަރުގެ ފޯރީގައި ކުދިން މަޖާކޮށް އުފާކުރާތަން ފެނުމުން ނާޝިޒްގެ ލޯ ފެންކަޅީވެގެން ދިޔައެވެ. ނުރޮއި އިނުމަށް ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެކަމެއް ކާމިޔާބެއް ނުވިއެވެ. އޭނާގެ ލޮލުގައި ފުނިޖެހިފައިވާ ކަރުނަތައް އޭގެ މަޤާމު ދޫކޮށް އޭނާގެ މޫނުމައްޗައް ނީރައިލިއެވެ. ހަމަ އެއާއެކު ނާޝިޒްގެ މާޒީގެ ދޮރުފަތްތައް މަޑުމަޑުން ހުޅުވެން ފެށިއެވެ. […]