Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ތޫފާން

MOHAMED SHAHEEN Level 1
September 17, 2019 2 Mins Read
1 Comment

ފަތިހު ފަސްގަޑި ބައި ވީއިރު އަހަރެން ހުރީ ބަނދަރު މަތީ ގައެވެ. މިއަދަކީ ގޭމީހުންނާއެކު ދަތުރު ދާން ރޭވިފައިވާ ދުވަހެއް ކަމުން، އަހަރެން އިންތިޒާރު ކުރަމުން މިދަނީ ބައްޕަ ޑިންގީ ސާާފުކުރަން ސާމާނު ހިފައިގެން ބަނދަރަށް އަންނާނޭ ވަގުތަކަށެވެ. މާލަސްތަކެއް ނުވެ އެވަގުތު ޖެހުނެވެ. ބޮޑު މަގު މެދުން ބަރޮލެއް ހިފައިގެން ބައްޕަ އަންނަ ތަން ފެނުނެވެ.  “އަންހާ ދަރިފުޅާ ބައްޕަ ކިހާއިރެެއް ދަރިފުޅު ހޯދާތާ!”ހީލައިފާ ބައްޕަ ބުނެލިއެވެ. އަހަރެން ބައްޕައާއެކު ޑިންގީ ސާފުކޮށް ދަތުރަށް ބޭނުންވާ ސާމާނު ޑިންގީއަށް އެރުވީމެވެ. އަދި ބައްޕައާއެކު ގެއަށް ގޮސް ގޭމީހުންނާއެކު ބަންދަރަށްް ދިޔައާމެވެ. ދަތުރު ދަނީ އަހަރެންގެ ބޭބެގެ އިތުރުން ދައްތައާ ދެ ކޮއްކޮ އަދި މަންމައެވެ. ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ޑިންގީއަށް މީހުންއެރުމާއެކު ބައްޕަ އިންޖީނު ހިންގާލިއެވެ.އަދި ދަތުރުގެ މަންޒިލައް ދިއުމައް ދުއްވާލިއެވެ.   ދެ ކޮއްކޮއިން ސަކަރާތް ޖަހަމުން ދިޔައިރު  ދައްތަޔާ ބޭބެ ދިޔައީ  ސްމާޓް ފޯނުން ފޮޓޯ ނަގަމުންނެވެ. ދާން ޖެހެނީ ތަންކޮޅެއް ދުރައް ކަމުން  އިންޖީނައް ޕެޓްރޯލް އަޅަން ބައްޕަ ޑިންގީ މަޑުކޮއްލިއެވެ. އެވަގުތު ޖެހެމުން ދިޔަ ވައި ބާރުވާން ފެށިއެވެ. އޮއެވަރު ގަދަވެ ޖަހަމުން ދިޔަ ރާޅު ގަދަވިއެވެ. ނަމަވެސް ބައްޕަ ގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނުނެވެ. ޕެޓްރޯލް އެޅުމާއެކުހެން ޑިންގީ ދުއްވާލިއެވެ. ރާޅު ކުރިއަށް ވުރެ ގަދަ ވުމުން ދެއަތައް ފުރޮޅޭ ވަރު ބޮޑުވިިއެވެ. ހީވަނީ ދެންމެ ދެންމެ ޑިންގީ ބަންޑުން ޖަހާލާނެހެންނެވެ. ދައްތާ އާއި މަންމަ ބިރުން އުޅޭތީ ހަމަޔަކައް އެޅުވޭތޯ ބޭބެ އުޅުނެވެ. އަހަރެން ދެކޮއްކޮ ހަމަޖައްސާ ލީމެވެ. ތޫފާނީވަޔާއެކު ވާރޭ ވެހެން ފެށީ އެހެނެއް ބަލާފައެއް ނޫނެވެ. ތަނެއް ދޮރެއް އެނގެނީއެއް ނޫނެވެ. އެންމެފަހުން ޑިންގީ ބަންޑުން ޖަހާލިއެވެ. އަހަރެން ވަރަށް  މަސައްކަތުން ދެކޮއްކޮ އަތު ޖެެއްސީމެވެ. އޭރުވެސް ވެހެމުން ދިޔަ ވާރެއާއި ޖެހެމުން ދިޔަ ވަޔައް ކުޑަވެސް ލުއި ކަމެެއް ނައެވެ. އެހެން މީހުން އުޅޭ ހާލެެއް ނޭނގެއެވެ. އެނގޭނީ ތަނެއް ދޮރެއް ފެނިގެނެއް ނޫން ހެއްޔެވެ؟ ވަރަށް މަސަކަތުން ދެ ކޮއްކޮ ހިފޭޓީމެވެ. ގެނބުނަ ނުދީއެވެ. މިހެން އުޅެނިކޮށް ބޭބެ ފަތާފައި އަހަންނާ ދިމާ ލައް އައެވެ. “ހުސެއިން ކޮބަ އެހެން މީހުން؟”ބޭބެ ސުވާލު ކުރިއެެވެ. ނޭނގޭ ކަމައް މަބުނީމެވެ.  ހީކަރުވަނީ އެވެ. އެހެން ނަމަވެސް އަހަރެން ކެއް ކުރީމެވެ. ބޭބެ އެއް ކޮއްކޮ ހިފެހެއްޓައިގެން ކުރިޔައް ފަތައި ގަތެވެ. އަހަރެން ވެސް ދެންހުރި ކޮއްކޮ ގޮވައިގެން ބޭބެ ފަހަތުން ފަތައި ގަތީމެވެ. ވަރަށް ދުރަށް ފެތީމެވެ. މިހެން އުޅެނިކޮއް ގަލެެއްގައި ފައި ޖެހުނެވެ. ބޭބެ އެރީކުރިމަތިން ފެންނަމުންދިޔަ ފަޅު ރަށަ ކަށެވެ. އަހަރެން ވެސްއެރީމެެވެ. ފުދޭ ވަރެއްގެ ރަށެކެވެ. ގިނަ ވަގުތު ވާރޭ ވެހުމުގެ ސަބަބުން ރަށުގެ މަގުގައި ވަނީ ކޯރު ހެދިފައެވެ. ދެކޮއްކޮ ރޮނީއެވެ. ބަނޑު ހައި ވެގެންނެވެ. ބޭބެ ވެސް އޮތީ ގިނައިރު ފެތުމުގެ ސަބަބުން ބިންމަތީގައި އޮށޯ ވެގެންނެވެ. އަހަރެން ވަށައިގެންވާ މާހައުލައް ނަޒަރު ހިންގާލީމެވެ. ލޮލުގައި އަޅިގަތީ ދިގު ރުއްތަކެވެ. ޖީބުގައި އޮތް ފިޔޮހޮ ނަގާ ލައިގެން ހުރި ޓީސާޓު އަރާލީމެވެ. އަދި ޅާނބަކައް ވާނެހެން ވަރުގަދަ ގޮށެއް ޖެހީމެވެ. މީއަހަރެންގެ ބައްޕަގެ ފަރާތުން އަހަންނަ ލިބުނު ހުނަރެކެވެ. ހަލުވިކަމާއެކު ރުކަށް އަރައި ކުރުނބާ އިހަލެެއް ވައްޓާ ލީމެވެ. ރުކުން ފޭބައި ކުރުނބާ ހަދައިދިނީމެވެ. “ހުސޭނާ ތީހަމަ ފިރިހެނެއް”ބައްދާ ލަމުން ބޭބެ ހިއްވަރު ދިނެވެ. މޫސުން އަލިވަންދެން އެރަށުގައި ޖިފުޓި އަޅައިގެން މަޑުކުރީމެވެ.  ދެވޭނެ ގޮތެއް ނެތީމަޔާއެކު އެވެ. ހޭލެވުނެވެ. އޭރު ބޭބެ ހޭލާއުޅެއެވެ. ދެކޮއްކޮ ނިދާފައި ތިއްބެވެ. “ހުސޭނާ ބޭބެއަށް ފެންނަނީ ކަނދުގަޑެއް ހަދަން  ނޫނީ ހުސޭނު ބޭނުމިއްޔާ މަޑު ކުރެވިދާނެ.” ބޭބެ ބުނިބަހައް އިންކާރު ކޮށް މަޑު ކުރަން ނިންމީ މެވެ. އެދުވަހު މޫސުން ރަނގަޅެވެ. ދެކޮއްކޮ ހޭލުމުން ކުރުނބާ ދިނީމެެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭ އެރަށަށް ބަޔަކު އައެވެ. ސިފައިންނެވެ. ތޫފާނުގާ ގެއްލިފައިވާ މީހުން ހޯދަމުން އެރަށަށް އެރުނީއެވެ. ﷲ ހަމްދު ހުއްޓެވެ. ސިފައިން އަހަރަމެންގެ ހިތްވަރަށް ސާބަސް ދިނެވެ. އަދި ކޯސްޓް ގާޑު ލާނޗުގައި ރަށަށް ދިޔަ އީމެވެ. މަންމަ އާއި ބައްޕަ އަދި ދައްތަ ހުއްޓެވެ. އަހަރުމެން ގެއްލުމުގެ ހިތާމައިގައެވެ. އަހަރަމެން ފެނުމާއެކު މަންމަ އާއި ބައްޕަ އަދި ދައްތަގެ ހިތާމަ ނިމުމަކަށް އައެވެ. އަދި ކަންތައްތައް ވީގޮތް ކުރުގޮތަކައް ކިޔައިދިނީމެވެ. ބައްޕަ އަހަރެންގެ ހިތްވަރަށް ސާބަސް ދިނެވެ. އަަަހަރެން ﷲ ހަމްދު ކުޮއް ސުކުރު ވެރިވަމެވެ. މި ތޫފާނުން އެންމެ ސަލާމަތް ކޮއްދެއްވި ކަމައްޓަކައެވެ.

ނިމުނީ

Tags:

first story of me mistakes will be there

Share Article

Follow Me Written By

MOHAMED SHAHEEN

Level 1

Other Articles

Previous

ހިތުގެ ގޮވުން 3

Next

އެދިގެން ތި ލޯތްބަށް 4

Next
September 17, 2019

އެދިގެން ތި ލޯތްބަށް 4

Previews
September 17, 2019

ހިތުގެ ގޮވުން 3

One Comment

  1. Ram says:
    September 19, 2019 at 12:05 pm

    V reethi ??

Comments are closed.



All Right Reserved!