Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަލޯބި

ވަރަށް ލޯބިވޭ

Fathimath Athifa Hussain Level 210 Stories
May 7, 2020 4 Mins Read
3 Comments

ްއިރުއޭގެ ވާޖިބު އަދާކުރިއެވެ. މުޅިން އާ ދުވަހެކެވެ. ކުދި ނޫކުލައިގެ ވިލާތައް އެތުރިފައިވަނީ ބަލައި ފޫހިނުވާނެ ގޮތަަކަށެވެ. ގުދުރަތުގެ ފުރިހަމަ ކަމާއެވެ. ކޮވެލިތައް ގޮވާއަޑުން އިތުރު ފުރިހަމަ ކަމެއް ގެނުވައި ދިނެެވެ. ވައިރޯޅިއާއިއެކު ރުއް ގަސްތައް ހެލިލާގޮތެވެ. ހިތައް ބުނެދޭން ދަތި އުފާވެރިކަމެއް ވެރިވެގެން ދެއެވެ.

އަހަރެންނާއި ފިރިމީހާ ސެހެރު ތިބީ އަތިރިމަތީގަ އެވެ. ތަންކޮޅެއް ދުރުގައި ވެއްޔާއި ކުޅެން އަހަރެމެންގެ ދެއަހަރަށްދާ މަލާކް އިނެވެ. ބަންދު ދުވަސްތަކުގައި ވެއްޔާކުޅެން މަލާކް ގޮވައިގެން އަތިރިމައްޗައް ދިޔުމަކީ އަހަރެންނާއި ސެހެރު ގަވާއިދުން ކުރާކަމެކެވެ. ސެހެރު އަކީ ރަށު ސުކޫލުގެ ޕުރިންސިޕަލެވެ. އަހަރެން ވަޒީފާ އައް ދިއުން ހުއްޓާލީ މަލާކް އަށް ބަލިވެއިން ހިސާބުންނެވެ.

އަހަރެންނަކީ މާލޭ ކުއްޖެކެވެ. އުޅެބޮޑުވީ މާލޭގަ އެވެ. ގުރޭޑް ދިހައެއް ނިއްމާލީ އެއްވަނައިގައި ފާސްވެގެންނެވެ. މަންމަމެން އަހަރެންނަށްޓަކާ ފަހުރުވެރިވިއެވެ. އަހަރުގެ ޗުއްޓީ ނިމި އަހަރެން އެގާރަ ބާރަ ކިޔެވުމަށް ކޮލެޖަށް ދާންފެށީމެވެ. އަހަރެންނަކީ އެއްއިރެއްގަވެސް މާ ރަހުމަތްތެރިން ގިނަ މީހެއް ނޫނެވެ.

ކޮލެޖްގައި އަހަރެން ވާހަކަ ދައްކައި ނުހަދަމެވެ. ނަމަވެސް އަހަރެންގެ އެ މަޑުމައިތިރި މިޒާޖް ބަދަލުވިއެވެ. ރައިޝަމް އަކީ އަހަރެންގެ ކުލާސް ކުއްޖެކެވެ. ކުލާސްތެރޭ އަހަރެން މަޑުން އިންނާތީ ރައިޝަމް ސުވާލު ކުރާނެއެވެ. އަހަރެން އަޅައެއް ނުލަމެވެ. ނަމަވެސް ރައިޝަމް އާއި ރަހުމަތްތެރކަން ބަދަހިވި ހިސާބުން އަހަރެންވެސް ކުލާސްތެރޭ ވާހަކަ ދައްކައި ހަދަމެވެ. ރައިޝަމް އަކީ އަހަރެންގެ ބެސްޓުފުރެންޑަށްވެ ނިމިއްޖެއެވެ. ރައިޝަމް އެއިރު އުޅުނީ ކުއްޖަކާވެސް ރައްޓެހިވެގެންނެވެ. ރައިޝަމްގެ އެދުމަކީ އަހަރެންވެސް ރަގަޅު ކުއްޖަކާއި ލޯބީގެ ގޮތުން ގުޅުމެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އިމްތިހާނު ކައިރިވާތީ އަހަރެންގެ ހުރިހައި ވިސްނުމެއް ހުރީ ކިޔެވުމަށް ހުއްޓިފައެވެ. ރައިޝަމްގެ ޝަކުވާ އަކަށްވީ އަހަރެން ހުސްކޮށް ހުރުމެވެ. ރަގަޅު މީހަކު ފެނުމުން ތިކަންވެސް ވާނެ ކަމުގައި ބުނެ އަހަރެން އެވާހަކަ ކުރުކޮއްލަނީ އެވެ.

ރައިޝަމްގެ ބޭބެ ބޭރަށް ކިޔަވަން ގޮސްފައި އެނބުރި މާލެ އަންނާތީވެ ކެއްކުމުގައި އެހީތެރިވާން އަހަރެންހުރީ ރައިޝަމްގެ ގޭގައެވެ. ރައި އަހަރެން ދާންވެއްޖެ. މަންމަވެސް ގުޅައިފި ލަސްވެގެން. އަހަރެން ބުނީމެވެ. އޯކޭ ބޭބީ ޝިވީ ގޮވައިގެން މި ގަނޑީގަ އަހަރެންނަކަށް ނުދެވޭނެ އެއްނު އަދި ދޮންބެ ކޮޓަރިވެސް ސާފުކުރަން އެބަޖެހޭ. ރައިޝަމް އެއްނޭވާއިން ވާހަކަ ދައްކައި ނިއްމައިލިއެވެ. ދެން އަހަރެން އެކަނިވިޔަސް ދާނީ ގެއައް. ބައްޕަ އުޅޭނީ އޮފީހުގަ. މިގަޑީގަ ގުޅިޔަސް ޔަގީން ނާދެވޭނެކަން. އަހަރެން ކަންބޮޑުވުން ފާޅުކުރީމެވެ. ޝިވީ ހާސްނުވެބަލަ. އަހަރެންގެ ފުރެންޑެއް ހުންނާނެ. އަކީލް. އޭނަޔާއެކު ޝިވީ ދާން އެއްބަސްވެއްޖިއްޔާ މިހާރުވެސް އޭނަ ގެނެވިދާނެ ޝިވީ ބަލާ. އެގޮތް އޯކޭތަ. ރައިޝަމް ބުންޏެވެ. ވިސްނަން ވަގުތު ބޭކާރު ކުރުމެއްނެތި ރައިޝަމްގެ ހުށަހެޅުމަށް އަހަރެން ތާއީދު ކުރީމެވެ.

ޝިވީގެ ވޯޓުން ބިލު ފާސްވެ މިގުޅަނީ އަކީލް އައް. ރައިޝަމް ހެމުން ހެމުން ބުންޏެވެ. އަހަރެންނަށްވެސް ހީނލެވުނެވެ. ރައިޝަމް ކަހަލަ ރަގަޅު ރަހުމަތްތެރިޔަކު ލިބުނުކަމީ އަަހަރެންގެ ނަސީބެވެ. މައްސަަލައެއްނެތޭ ރައި. ތި ގެންނަ މީހަކު ގެނޭ. މަންމަ ހުންނާނެ ލަސްވެފަ. އަހަރެން ބޭނުން ދާން. އަހަރެން ބުނެލީމެވެ. އޯކޭ ޝިވީ. މިގުޅަނީ އަކީލް އައް ވަކީލު ކުރާހާާލު. އަހަރެންނަކަށް ހުނުން ކޮންޓުރޯލް ނުުކުރެވުނެވެ. ބަޑުގައި ރިއްސާވަރަށް ހިލީމެވެ. ދެން އޯކޭ އޭ ތިގުޅާ މީހަކަށް ގުޅާބަ ނިކަން ރައިގަނޑާ. އަހަރެން ހެމުން ބުނީމެވެ. މި ގުޅަނީ އިނގޭ. މާގިނަ އިރުތަކެއްނުވެ އަކީލް އަހަރެން ބަލައި އައެވެ. އަކީލް އަހަރެންގެ ޝިވީ ނުހަނު ލޮތްބާއި ރައްކާތެރިކަމާއެކު ގެއައް ގެންގޮސްދޭތި. އޭނަޔަށް ގޮތެއް ވެއްޖިއްޔާ ކުޅިދައްކައިލާނަން. ރައިޝަމް ބުންޏެވެ. އަކީލް ހީލިއެވެ. ހޫމް މައްސަލައެއް ނެތޭ. ތިކަން ކުރާކައްނޫންތަ މަމިއައީ. އޯކޭ ދެން. ޝިވީ އަރާ ސައިކަލް ފަހަތައް އެއިރުން އަވަހަށް ދެވޭނީ. އަކީލް ބުނެލިއެވެ.

އަކީލް އާއިއެކު އަހަރެން ގެއައް ދިޔައީމެވެ. އަކީލް ވާހަކައެއް ނުދައްކައެވެ. ސައިކަލުން ފައިބައި އަކީލް އައް ޝުކުރުއަދާ ކުރީމެވެ. އަދި ދިމާވާނެ ދޯ. އަހަރެން އެނގިދާނެތާއޭ ބުނެ އަވަހަށް ގެއައް ވަނީމެވެ. އެރޭ ނިދަން އުޅެއުޅެ އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ދެލޯ މަރާލާއިރަށް ފެންނަނީ އަކީލް އެވެ. ކީއްވެގެން ވާގޮތެއް ކަމެއް އަހަރެންނަކަށް ނޭގެއެވެ. އިގޭހާވެސް ކަމަކީ އަހަރެންގެ ހިތުގައި އަކީލް އައް ހާއްސަ މަގާމެއް ދެވެން ފެށުނުކަމެވެ.

އެރޭ އެއްކޮށް ހޭދަވީ އެފަދަ ގޮތަކަށެވެ. ދުވަސްތައް ފާއިތުވެ އަހަރެންގެ އިމްތިހާން ވެސް ނިމިއްޖެ އެވެ. އަކީލް ދެކެ ގަޔާވާ ވާހަކަ ރައިޝަމް ކައިރީގައި ބުނީމެވެ. ރައިޝަމް ބުނީ އަހަރެން އުއްމީދުކުރި ވާހަކަތަކެއްނޫނެވެ. އަކީލް ވެސް އަަރެންދެކެ ލޯބިވެއެވެ. އަހަރެންގެ ނަންބަރު ލިބިދާނެތޯވެސް ރައިޝަމް ގާތުގައި އަހާފައި ވާކަމެވެ. މައްސަލައެތްނެތް އަހަރެންގެ ނަންބަރު ދީ އަކީލް އައް. އަހަރެން ރައިޝަމް ގާތުގައި ބުނީމެވެ.

އަކީލް އާއި އަހަރެން ވާހަކަދައްކަން ފެށީމެވެ. އަހަރެން ދެކެ އިންތިހާޔަށް ލޯބިވާކަން އަކީލް ހާމަކުރީ ޖެހިލުމެއްނެތި އެވެ. އަހަރެން އަކީލްގެ ލޮތްބައް އާބަސް ބުނީމެވެ. އަހަރެންގެ ހިތުގައިވެސް އަކީލް އަައްޓަކައި ލޯބިވީތީ އެވެ. ސިއްރިއްޔާތުގައި ބައްދަލުކުރަމެވެ. ރޭތައް ހޭދަވަނީ ފޯނުން ގުޅައިގެން ވާހަަކަ ދެއްކުމުގައެވެ. ލޯބީގެ ގަނޑުވަރުތައް ބިނާކުރީމެވެ. އެތަކެއް ވައުދަކާއި އަހުދުތަކެއްވީމެވެ. ދުވަހެއްގެ ކޮޅުންވެސް ވަކިވުމެއް ނުވާނެއޭ ބުނަމުންނެވެ. ކޮންމެ ދުވަހަކު އަކީލްގެ ފަރާތުން ރަތްކުލައިގެ ފިނިފެންމަލެއް އަހަންނަށް ލިބެއެވެ. އަހަރެން އުފަލުން ފޮޅޭހާވެއެ. ރައިޝަމްގެ އުފަންދުވަހުގެ ޕާޓީއައް އަހަރެންދިޔައީ ވަރުގެކޮޅަށް ނަލަހެދިލައިގެންނެވެ. ނޫކުލައިގެ މިޑީ ހެދުމެއްލީމެވެ. އަކީލް ގަނެދިން ހެދުމަކަށް ވާތީއެވެ. އަކީލް ޕާޓީއައްދާނެކަން އެގޭތީ އަހަރެން ބޭނުންވީ އޭނާ އުފާކޮއްލުމަށެވެ. ރައިޝަމް އައް އުފަންދުވަހުގެ ތަހުނިޔާ ކިޔައި ހަދިޔާ ދިނީމެވެ. ރައިޝަމް ހުރީ ވަރަށް އުފަލުންނެވެ. އަކީލް ފަދަ ބައިވެރިޔަކު އަހަރެންނަށް ލިބުނީތީވެ އެވެ.

ޕާޓީ ކުރިޔަށް ދިޔައެވެ. ރައިޝަމްގެ ރައްޓެހިންތައް އައިސް މުޅިތަން އޮތީ ފުރިފައެވެ. އަހަރެން އިންތިޒާރު ކުރީ އަކީލް އަންނާނެ އިރަކަށެވެ. އިންތިޒާރު ކޮށްކޮށް އަހަރެން ވަރުބަލިވިއިރުވެސް އަކީލްގެ ހަބަރެއް ނުވިތާ ފޯނުވެސް އޮތީނިވާލާފަ އެވެ. ޕާޓީ ނިމުނުއިރުވެސް އަކީލް ނާދެއެވެ. އަހަރެން ޓެކްސީއެއްގައި ގެއައް އައީމެވެ. އެރޭ އަކީލްގެ ފޯނަށް ގުޅުނު އަދަދެއް ނޭގެއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ.

އޭގެ ބަރާބަރު ހަފްތާއެއް ފަހުން އަކީލްގެ މެސެޖެއް ލިބުނެވެ. އުފަލުން ފޮޅޭހާލު މެސެޖް ކިޔަންފެށީމެވެ. ލޯބިވާ ޝިވީއައް ސަލާން. އަހަރެންނަށް އިންތިޒާރު ނުކުރާށެވެ. ޝިވީގެ ލޯބި ލިބުމުގެ ނަސީބެއް އަހަންނަކަށް ނެތެވެ. އަހަރެންނަކީ ޝިވީ ތިބޭނުންވާ ލޯބި ދެވޭނެ ފަދަ މީހަކީމެއް ނޫނެވެ. ޝިވީ އެވެ. އަހަރެންނަށް މާފްކުރާށެވެ. އަހަރެންނަކީ ލިވާރ ފެއިލްވެ ޑޮކުޓަރު އުއްމީދު ކަނޑާލާފައިވާ ބަދުނަސީބުވެރި އިންސާނަކީމެވެ. އަހަރެންގެ މި މެސެޖް ލިބޭއިރު އަހަރެން ހުންނާނީ ޝިވީ އާއި އެތަކެއް މޭލެއްގެ ދުރުގައެވެ.ރައިޝަމްގެ ޕާޓީ އޮއްރޭގައި އަހަރެންގެ ބަލި އަހަރެންނަށް އެނގުނެވެ. ޝިވީ އައް ގުޅަފައި މިވާކަތައް ކިޔައިދޭން އަހަރެންނަށް ކުޅަދާނަ އެއް ނޫނެވެ. ޝިވީ އެވެ. އަހަރެން ވަރަށް ލޯބިވެއެވެ. އެހެނަސް އަހަރެމެންގެ ލޯތްބައް އަހަރެންގެ މިބަލިހާލު ހުރަސްއަޅައެވެ. އަހަރެންގެ ހަދާންތަކުން މިންޖުވެ އާ ދިރިއުޅުމެއް ފަށާށެވެ. އަހަރެންގެ ހެޔޮދުއާ ވާނީ އަބަދުވެސް ޝިވީ އާއިއެކުގައެވެ. ބަދަލްވެއްޖޭ އުފަލާއި މޫސުން މަރުވިޔަސް ތިޔަ ހަދާން ގައިުވާނޭ. ޝިވީ ދެކެ ލޯބިވާ އަކީލް.

މެސެޖް ކިޔާ ނިމުނުއިރު އަހަރެން އިނީ ހުއްޓިފައެވެ.  ތުރުތުރު އަޅާ ހާލު ފޯނު އަތުން ދޫވެގެން ވެއްޓުނެވެ. ހީވީ ހިތައް ޕިންތަކެއް ހެރުނުހެންނެވެ. ލޮލުލުން ކަރުނައައެވެ. އަހަރެންގެ ހިތްނަގައި ޖިސްކޮއްލި ނަމަވެސް މިވަރުގެ ރިހުމަކާއި ތަދެއް ނުވާނެއެވެ. އެހާ ލޯބިން ފެށި ލޯބީގެ ނާ ފަރަކަށް އެރީއެވެ. އުއްމީދު ނޮކޮށް ހުއްޓައެވެ. އަޑުން އަޑުނަގައި އަހަރެން  ރުއީމެވެ. އަކީލްގެ ލޯބި ހިތުންނެރެ އެއްލާލާނީ ކިހިނަކުން ހެއްޔެއެވެ. ފަހު ފަަަހަރަށް ނަމަވެސް އަކީލް އާއި ބައްދަލްވި ނަމައެވެ. ކުރާނެ ކަމެއްނެތެވެ. ތަގުދީރުގެ ނިއްމުމަށް ތަބާވުން ނޫން ގޮތެއް އަހަރެން ނަކަށް ނެތެވެ.

ދެއަހަރު ފަހެވެ. ޓީޗިން ނިއްމާކުމަށްފަހު އަހަރެން ވަޒީފާ އައް ދާންފެށީމެވެ. މަންމަ އާއި ރައިޝަމް އަހަންނަށް ހިތްވަރުދިނެވެ. އަކީލްގެ ހަދާންތައް ނައްތައިލުމަށްފަހު ދިރިއުޅުމާއިގެން ކުރިޔައް ދިއުމަށެވެ. ސެހެރް އަހަރެން ގާތުގައި އެހީ ސީދާ ކައިވެންޏަށެވެ. ސެހެރް އަކީ މާލޭ މީހެއް ނޫނެވެ. ކާފު އަތޮޅު ގުރައިދޫ މީހެކެވެ. ސެހެރް އައް އަހަރެން ފެނުނީ ސުކޫލުންނެވެ. ވޯކްޝޮޕަކަށް ސެހެރު އައިސް އުޅުމުގެ ތެރޭގައެވެ. މަންމަ އާއި ރައިޝަމް އާއި ދެމީހުންގެ މަޝްވަރާއާއި ލަފަޔައްފަހު އަހަރެން ސެހެރުގެ ހުށައެޅުން ގަބޫލު ކުރީމެވެ. އަކީލްގެ ހަދާނުގައި އުމުރު ހުސްކޮއްލަން ބޭނުންނުވީ އެވެ. އެވަގުތަކު ހާލުތަންދޭ ގޮތަކަށް ކަންކަން ކުރީމަ ހުންނާނީ ރަގަޅަށެވެ. ސެހެރް އާއި ކައިވެނި ކޮށްގެން އަހަރެން ބަދަލުވީ ސެހެރުގެ ރަށަށެވެ.

ސެހެރު އަހަރެންނަށް އޯގާތެރިއެވެ. އަޅާލައެވެ. އަހަރެން އުފަލުގައި ބަހަށްޓަން މަސައްކަތް ކުރެވެއެވެ. އަހަރެންގެ ހިތްވެސް މަޑުމަޑުން ސެހެރް އައް ލެބެންފެށުނެވެ. ބީވެދިޔަ ލޯބީގެ ހަދާން ނައްތާލަން ސެހެރްގެ ފުރިހަމަ އެހީތެރިކަން ލިބުނެވެ. އަހަރެންނަށް ސެހެރް ދެކެ ލޯބިވެވުނެވެ. ސެހެރް އާއި ވަކިވުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ.

ޝީކާ ހިނގާ ދެންދަމާ ގެއައް. މިތާވެސް ތިބެވިއްޖެއެއްނު. އަހަރެން ހިޔާލީ ދުނިޔެއިން ނެރެލީ ސެހެރް އެވެ. އަހަރެންގެ ލޯބިވާ ފިރިމީހާ އެވެ. ދަރިފުޅު އުރާލަމުން އަހަރެންގެ އަތުގައި ހިފައިގެން ސެހެރް މިސްރާބް ޖެހީ ގެއައް ދިޔުމަށެވެ. ސެހެރް އާއި ދަރިފުޅަކީ އަހަރެންގެ ދިރިހުރުމެވެ. އަހަރެންގެ ލޮތްބެވެ.  އަހަރެން ހިތުންކިޔާލީމެވެ. ހިތުގެވެރިޔާ ކަމުގަވީތީ އަބަދުވެސް ހުރެދޭނަމެވެ. އަތުހިފައިގެން ތާ އަބަދު އުޅެެދޭނަމެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ފޮނި ފާރޮށި 8

Next

އިންތިޒާރު 3

Next
May 7, 2020

އިންތިޒާރު 3

Previews
May 7, 2020

ފޮނި ފާރޮށި 8

3 Comments!

  1. Nahu says:
    May 7, 2020 at 11:06 am

    Wow ?

    1. Fathimath Athifa Hussain says:
      May 7, 2020 at 4:29 pm

      thanks? Nahoo

  2. Ahusha says:
    May 10, 2020 at 1:36 pm

    Furihama

Comments are closed.


All Right Reserved!