Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ތި ލޮތްބަށް އެދިވަމޭ

Fathimath Athifa Hussain Level 210 Stories
May 9, 2020 3 Mins Read
0 Comments

އަހަރެންނަކީ މާލޭގެ ނަންމަޝްހޫރު ޒެނިތު ކުންފުނީގެވެރިޔާ  އިފްހާމް އައްބާސް އާއި މަޒީޔާ އަށް ލިބިފަ އިވާ ފަސް ދަރީންގެ ތެރެ އިން ތިންވަނަ ދަރިފުޅެވެ.  ދާއިރާއިން މާސްޓާސް ލަންޑަނުގައި ނިއްމުމަށްފަހު މާލެއައީ ބައްޕަ  އިފްހާމް އެގޮތައް  އެދޭތީވެ އެވެ. ވިޔަފާރީގެ ދާ އިރާއަކީ އެއްއިރަކުވެސް  އަހަރެން ޝައުގުވެރިވި ދާއިރާ އެއް ނޫނެވެ. ބައްޕަގެ  އެދުން ބޮލާލައި ޖަހާކަށް ނުކެރުނީއެވެ.

މާލެ އައުމާއި އެކު ބައްޕަގެ ކުންފުނީގެ ހިންގުން  އަހަރެންނާ އި ހަވާލު ކުރެވުނެވެ. ކިތަންމެ ބުރަ މަސައްކަތެއް ނަމަވެސް ހިތްވަރުލައި ކުރިޔަށް ދިޔަ އީމެވެ. ނަތީޖާ ވަރަށްވެސް ފޮންޏެވެ. މާލޭގެ  އެންމެ ކާމިޔާބު ދިހަ ވިޔަފާރީގެ ތެރޭ ޒިނަތު ހިމެނެއެވެ. ވަޒީފާގެ ގޮތުން ތަފާތު ބައްދަލުވުން ތަކާއި ކޮންފަރެސްތަކުގައި އަހަރެން  ބައިވެރިވުމަކީ ވާޖިބެކެވެ.  އެގޮތުން ލަންކާގައި   އޮތް ވިޔަފާރި އެކުސްޕޯގައި ބައިވެރިވުމަށް  އަހަރެން ދިޔަ އީމެވެ. އަހަރެމެންގެ ކުންފުނީގެ  އުފެއްދުންތައް މާކެޓު ކުރުމަށެވެ.

ވަރަށް ދަންވަންދެން  އެކުސްޕޯގެ ތައްޔާރީތަކުގައި އަހަރެން އުޅުނީމެވެ. ހޮޓަލަށް އައިސް ކޮޓަރިޔަށް ވަދެ އެނދުގައި ޖައްސާލިތަނާ ނިދީގެ ކަނޑަށް ޢަރަގުވެގެންދިޔަ އެވެ. ވެފައިވާ ވަރުބަލިކަމުންނެވެ. އާދުވަހަކަށް އިރުއެރި އެވެ. ބައްޕަ އަހަންނަށް ގުޅި އެވެ. އެކުސްޕޯގެ ކަންތައްތައް ހަމަޖެހުނުތޯ ބެލުމަށެވެ. އަދި ކަމަކަށް ދަތިވާނަމަ ލަސްނުކޮށް ބައްޕައަށް ގުޅުމަށްވެސް އެދުނެވެ. ފެންވަރައި ތައްޔާރުވެގެން އަހަރެންދިޔައީ ހޮޓަލް ކުރިމަތީހުރި ކޮފީޝޮޕް އަށެވެ. ކޮފީއެއް ބޯލުމުގެ ނިޔަތުގަ އެވެ.

ކޮންމެވެސް ވަރަކަށް ކެފޭތެރޭގައި ހިދުމަތް ލިބިގަންނަން މީހުން އައިސް ތިއްބެވެ. ހެދުނުގެ ވަގުތުކަމުން މަގުމަތިން ދުއްވާ އެއްޗެއް ފެންނަނީވެސް މަދުންނެވެ.  އަހަރެން ކޮފީ އަށް  އޯޑަރު ކުރުމަށްފަހު ގޮނޑީގައި އިށީނދެ ހަމަޖެހިލީމެވެ. ފޫހިވެގެން ފޯނާއި ކުޅެން ފެށީމެވެ. މާގިނައިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ.  ހޫނުކޮށް ހުރި ކޮފީތަށި ފެނުމާ އެކުވެސް  އަހަރެން ކުޅުދިޔާވި އެވެ. ތުންޖަހައި ކޮފީ ކޯވަރެށް ބޯލީމެވެ. ވަރަށް މީރެވެ. ރަހަ މާބޮޑަށްވެސް ރަގަޅީއެވެ. އެވަގުތު އަހަރެންގެ ސަމާލުކަން ހުށްޓުނީ  އަންހެންކުއްޖެއްގެ ހުނުމުގެ އަޑަށެވެ. ކުޑަކުއްޖެއް ކައިރީ ބައިންދައިގެން  އެ އަންހެންކުއްޖާ އިނެވެ. މަޑު ނޫކުލައިގެ ޓީޝާޓަކާއިއެކު ލައިގެންހުރީ ކަޅުކުލައިގެ ކާޑިގަން އެކެވެ. ހިތްގައިމުމޫނެކެވެ. ފަންކޮށްއޮތް  އިސްތަށިގަނޑު މާދިގުނޫނަސް ރީއްޗެވެ. އެ ރީތި ކުއްޖާގެ ޖާދޫގައި ޖެހިގެން  އިންދައި އަހަރެންގެ ފޯނު ރިންގުވާން ފެށި އެވެ. ލަސްކުރުމެތްނެތި ފޯނަށް ޖަވާބުދާރީ ވީމެވެ. ގުޅީ އަހަރެން އޮފީހު ޕީއޭ ހިޝާމެވެ.  އެކުސްޕޯއަށް ބޭނުންވާ ލިޔެކިޔުންތައް މެއިލް ކުރިވާހަކަ ބުނަންވެގެންނެވެ.

ފޯނުކޯލް ނިއްމާލުމަށްފަހު  އަހަރެން ބެލިއިރު  އެއަންހެންކުއްޖާ އެތަނުން ގޮސްފި އެވެ. އަހަރެން މާޔޫސްވި އެވެ. ދެން  އެކުއްޖާ ފެނިދާނެބާވަ އެވެ. ނަން އެނގޭނަމަ ހޯދަން ފަސޭހަވީ އެވެ. ކާމިޔާބުކަމާއެކު  އެކުސްޕޯ ނިއްމާލީމެވެ. ނަމަވެސް އަހަރެންގެ ހިތަކަށް ހަމަޖެހުމެށް ނުލިބުނެވެ. ކޮފީ ޝޮޕުން ދިމާވި އަންހެންކުއްޖާ ލޮލަށް ސިފަވަނީ އެވެ. އެންމެ ފެނިލުމަކުންވެސް  އަހަރެންގެހިތުގެ ހަމަޖެހުން ނަގާލަ އިފި އެވެ.

އަނބުރާ މާލެދިޔުމަށް ފުލައިޓަށް  އެރީ  އެކުއްޖާގެ މައުލޫމާތު ކޮންމެވެސް ގޮތަކުން ހޯދުމަށް ނިއްމައިގެންނެވެ. ގޮނޑީގައި ހަމަޖެހިލީމެވެ. އެއާރޕޮޑް ކަންފަތައް ޖަހައި ލަވަ  އަޑު އަހަންފެށީމެވެ. އަހަރެންނާއެކު ދިޔަ  އޮފީސް ކުއްޖަކު ގޮވާލުމުން އަހަރެން ބަލާލީ  އެދިމާލަށެވެ. ސާރ މިހިރީ ފެންފުޅި. އަހަރެން ޝުކުރު  އަދާކުރުމަށްފަހު ފެންފުޅި ނެގީމެވެ. އަހަރެން  އިން ގޮނޑިބަރި އާއި ޖެހިގެންއިން ގޮނޑިބަރިޔަށް  އަހަރެންގެ ނަޒަރު ދަތުރުކުރި އެވެ. ކޮފީ ޝޮޕުން ފެނުނު ކުއްޖާ  ވަރަށް ހަމަޖެހިގެން އިނެވެ. ފުރުސަތުގެ ބޭނުންހިފައި  އަހަރެން  އެކުއްޖާ އާއި ޖެހިގެން ހުރި ގޮނޑި ހުސްކޮށް ހުރުމުން  އެ ގޮނޑީގައި އިށީނީމެވެ.  އަަހަރެން ވާހަކަދައްކަން ފެށީމެވެ. “ހެއި ކޮންނަމެއް ކިޔަނީ. ކޮފީ ޝޮޕުން ފެނުނު.  އަހަރެންގެ ނަމަކީ ޔޫކް.”  އަހަރެން ބުނީމެވެ. އެ ކުއްޖާ ވާހަކަ ދައްކަން ފެށިއެވެ. ” އަހަރެންނަށް ކިޔަނީ ލައިރާ. ތީ ކާކުކަމެށް ނޭގުނު.”. އެކުއްޖާ ބުންޏެވެ.

އަހަރެންގެ ހުރިހައި މައުލޫމާތެއް ލައިރާ އަށް ދިނީމެވެ. ފޯނުނަންބަރު ވެސް ދިނީމެވެ.  ލައިރާ  އަކީ އަހަރެން ފަދައިން މާލޭ ކުއްޖެކެވެ. ކުޑަކުދިންގެ ހާއްސަ ޑޮކުޓަރެކެވެ. ލަންކާއަށް ދިޔައީ  އެކޮޅުގަ އުޅޭ ދައްތަ ކައިރިޔަށް ކަމުގަ އެވެ. މާލެދެވިއްޖެއެވެ. އަހަރެން އިންތިޒާރު ކުރީ ލައިރާ ގުޅާނެ އިރަކަށެވެ. އަހަރެންގެ  އުއްމީދަކީ ލައިރާ  އަހަރެންގެ ހަޔާތުގެ ބައިވެރިޔަަށް ވުމެވެ. ލައިރާ  އާއިއެކު  އުފާވެރި ހަޔާތެއް ވޭތުކުރުމެވެ. ދެ ހަފުތާގެ އިންތިޒާރަށް ފަހު ލައިރާ  އަހަރެންނަށް ގުޅި އެވެ. އަހަރެން ބައްދަލުކުރުމަށް އެދުނީމެވެ. ލައިރާ  އެއްބަސް ވިއެވެ.

ލައިރާ ގާތު ކައިވެންޏަށް އެހީމެވެ. އަހަރެން  އެދުނު ފަދައިން ލައިރާ އަހަރެންނާ އި ކައިވެނިކުރުމަށް  އެއްބަސްވިއެވެ. ދުނިޔޭގައި ވާހައި  އުފަލެއް އަހަރެންނަށް މިލްކުވި ފަދައެވެ. ދެ އާއިލާގެ ރުހުމާއެކު  އަހަރެންނާއި ލައިރާ ކައިވެނިކުރީމެވެ. ލައިރާގެ ލޯބި އޭގެ  އިންތިހާގައި އަހަރެންނަށް ދިނެވެ. ދުވަަހަކުވެސް ލައިރާ އާއި ދުރަށްދިޔުމުގެ ވިސްނުމެތް  އަހަރެންގެ ނެތެވެ. ލައިރާ ދެކެ އަހަރެންވަނީ ތެދުވެރި ލޯތްބެވެ.

އަހަރެންނާއި ލައިރާގެ ކައިވެންޏަށް ދެ އަހަރު ވީއެވެ. މިހާރު ލޯބިލޯބި  އަންހެން ކުއްޖެއް  އަހަރެމެންގެ ހުރެއެވެ. ލޯބިލޯބި ނައިރީން  އަހަރެމެންގެ ދިރިއުޅުން ފުރިހަމަ ކޮށްދިނެވެ. އަހަރެން  އޮފީހުގައި ބުރަކޮށް  އުޅުމަށްފަހު ގެއައް އަންނަގޮތަށް ލައިރާ ޝަކުވާ ކުރަން ފަށާނެ އެވެ. ލައިރާ އަށާއި ދަރިފުޅަށް އަހަންނަށް ވަގުތު ނުދެވޭތީއެވެ. ތެދެކެވެ. އޮފީހުގަ އުޅެން ޖެހޭލެއް ބުރަކަމުން ގޭގައި ހޭދަކޮއްލަން ލިބެނީ މަދުވަގުތެކެވެ.  އަހަރެންގެ މަސައްކަތް ލައިރާ އަށް އިނގޭނެ އެވެ. ވީއިރު  އެވަރަށް ޝަކުވާ ކުރަން ވެދާނެ ހެއްޔެވެ.

މައްސަލަޖެހި ގޮސް އެންމެފަހުން ލައިރާ އެދުނީ ވަރިކޮށްދިނުމަށެވެ. އަހަރެން އާދޭސްކުރީމެވެ. ދަރިފުޅުގެ ހައްގުގައެވެ. ލައިރާ ދެކެ ލޯބިވާތީ ވެސްމެއެވެ. އެހެނަސް ލައިރާ ބޭނުންވީ ވަރި އެވެ. އަހަރެން ހިތްމަތީ ހިލަބާއްވައިގެން  އެކަންތައް ކޮށްދިނީމެވެ. ލައިރާގެ އެދުން ފުރިހަމަ ކުރީމެވެ. ލޯބިނުވާތީ ނޫނެވެ. ލައިރާ ނޫން މީހަކު ހަޔާތައް ގެނައުމުގެ ވިސްނުމެށްނެތެވެ. ލައިރާ އަށް ވިސްނި އަނބުރާ އަންނާނެކަމަށް އަހަރެން  އުއްމީދު ކުރަމެވެ.

ވަކިވީ ލޯބިން ރީތި ގޮތުގަ އެވެ. ދަރިފުޅު ދެކިލަން ލައިރާގެ ގެއައް އަހަރެން ދަމެވެ. ލައިރާ ވާހަކަ ނުދައްކާނެ އެވެ. ކޮންމެހެން ބުނަންޖެހޭ  އެއްޗެއް ނޫނީ ބުނެނުލާނެއެވެ. އަހަރެންގެ ދުއާ އަކީ ލައިރާ އަދި ދަރިފުޅާއި އެކު ހަމަޖެހޭ ދިރި އުޅުމެއް އުޅުމެވެ. ވަކިވެގެން ތިއްބަސް ލައިރާ އަކީ  އަހަރެންގެ ލޮތްބެވެ. އަހަރެންގެ ދިރިއުޅުމެވެ. އަހަރެންގެ ދަރިފުޅުގެ ލޮބުވެތި މަންމައެވެ. ލައިރާ އެވެ. އާ ދިރުމެށް ފަދަ އިން  އަހަރެންގެ ހަޔާތަށް އެނބުރި އަންނާށެވެ. އަހަރެން އިންޒާރުގައި ހުރީމެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އެހެނަސް 14

Next

ހުދާއްކޮ(1 ވަނަ ބައި)

Next
May 9, 2020

ހުދާއްކޮ(1 ވަނަ ބައި)

Previews
May 9, 2020

އެހެނަސް 14



All Right Reserved!