Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ލައިޝީން

Fathimath Athifa Hussain Level 210 Stories
May 8, 2020 4 Mins Read
0 Comments

އއުމުރުން  އެންމެ ހަތް އަހަރުގަ އި ލަ އިޝީންގެ ބަ އްޕަ މިދުނިޔެ ދޫކުރީ އެވެ. މަންމަ ރަ އިޝާ އާއއ އި ލަ އިޝީން އެކަނިވެރިވި އެވެ. ބަ އްޕަ  އާފާލްގެ ނެތިދިޔުމާ އެކު ހުރިހަ އި ކަމެށް ބަދަލުވި އެވެ. ކުރިން ފުދިގެން  އުޅުނު ލަ އިޝީން މެން ނިކަމެތިވީ އެވެ. ބަ އްޕަގެ ޖަނާޒާގެ ކަންތަ އް ނިމުނުތަނާ ބޮޑުބޭބެ މިހުރާން ބަ އްޕަގެ ދޯނިވެސް ވި އްކާލީ އެވެ.

ބަ އްޕަގެ ވަކިވެދިޔުމަށްފަހު މަންމަ ރަ އިޝާ ބުރަމަސަ އްކަތް ކުރީ ލަ އިޝީންގެ ހަ އްގުގަ އެވެ. ރަގަޅު ތަ އުލީމެ އްދީ މުޖުތަމަ އު ބަލަ އިގަންނަ ފެންވަރުގެ ކު އްޖަކަށް ހެދުމުގެ  އަޒުމާ އި  އެކުވެސް މެ އެވެ. ދުވަސްތަ އް ފާ އިތުވެ ލަ އިޝީން ރަށު މަދަރުސާ އިން ދިހަ އެ އް ނިންމުމަށްފަހު މާލެ ފޮނުވީ ރަގަޅު ތަ އުލީމެ އް  ދިނުމުގެ ނިޔަތުގަ އެވެ. ލަ އިޝީން ކިޔަވަ އި މޮޅު ކު އްޖަކަށް ވުމީ ރަ އިޝާ  އެންމެ ދެކެން ބޭނުންވާ ދުވަހެވެ.

ލަ އިޝީން މާލެ ފޮނުވުމަށް ފަހު ރަ އިޝާ  އުޅުނީ ރަށުގަ އެވެ. ރަށު ސުކޫލުގެ ނާޒިރުކަން ރަ އިޝާ  އަށް ލިބުންވެގެންދިޔަ އީ ލަ އިޝީންގެ ކިޔަވަ އިދިނުމަށް ހޮޅުވިގެންދިޔަ ދޮރަކަށެވެ. މަންމަ އާ އި ދުރުގަ އި ހުރުމަކީ ވޭނަކަށް ވިޔަސް ލަ އިޝީން ގަދަ ހިތްވަރާ އެކު ކިޔެވީ މަންމަ ރަ އިޝާގެ ހަ އްގުގަ އެވެ. މަންމަ އަށް ގުޅާ ވާހަކަ ދަ އްކާލެވުމުން ލަ އިޝީން ގެ ހިތަ އް ފިނިކަން ލިބެ އެވެ. ގަދަ އަޅަ އި ކިޔަވަ އި ސާނަވީ ކިޔެވުމުގެ މަރުހަލާ ލަ އިޝީން ނި އްމާލީ ކާމިޔާބު ކަމާ އި އެކުގަ އެވެ. ހުރިހާ މާ އްދާ އަކުން  އޭ ސުޓާރ ނުލިބުނަސް ހުރިހާ މާ އްދާ އަކުން ރަގަޅު ނަތީޖާ ލިބުނެވެ.

އެހާހިސާބުން ކިޔެވުމުގެ ދަތުރު ނި އްމާލުމުގެ ގަސްތެ އް ލަ އިޝީންގެ ނެތެވެ. ސަރުކާރުން ކިޔަވާކުދިންނަށްދޭ ލޯނަށް ލަ އިޝީން ކުރިމަތިލީ ލޯނު ހަމަޖެހޭނެ ކަމުގެ ފޮނި  އުއއ އްމީދުގަ އެވެ. މަންމަ ރަ އިޝާ ފަހުރުވެރިވާ ފަދަ ދަރިޔަކަށް ވެވޭތޯ އެވެ. މާގިނަ ދުވަހު  އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ލަ އިޝީން އަށް ލޯނު ހަމަޖެހުނެވެ. ލަ އިޝީން ޔޫކޭ އަށް ފުރުމުގެ ކުރިން ދެމަ އިން  އެކީ ވަގުތުކޮޅެ އް ހޭދަކުރުމަށް ރަ އިޝާ މާލެ އަ އެވެ.

މަންމަ ފެނުމާ އެކު ދުވެފަގޮސް ލަ އިޝީން  އޮޅުލަ އިގަތެވެ. މަ އިވަންތަކަމުގެ ލޯތްބަ އް ފެންބޮވަ އިގެންފަ އިވާ މީހަކު ފަދަ އިންނެވެ. ދަރިފުޅު ހަމަލޮލަށް ފެނުމުން ރަ އިޝާ ހުރީ ނުހަނު  އުފާވެފަ އެވެ. ދަރިފުޅު ނުފެންނަތާ ކިތަންމެ ދުވަހެކެވެ. މަންމަ  ގޮވަ އިގެން ލަ އިޝީން ރެސްޓޯރެންޓަށް ކާންދިޔަ އެވެ. މާލޭގެ ހަދާފަ އިވާ ޕާރްކުތަ އް ދަ އްކާލަން ދިޔަ އެވެ. މަންމަ އާ އި އެކު ފޮޓޯ ނަގަ އި ފޯނުގަ އި ރަ އްކާކުރި އެވެ. ފަސް އަހަރު ދުވަހުގެ މު އްދަތަ އް މަންމަ ނުފެންނާނެތީ އެވެ. ހަދާންވުމުން ފޮޓޯތަކަށް ބަލަ އި ލެވޭނެތީވެސް މެ އެވެ.

މަންމަގެ ނަސޭހަތަކީ ބަރާބަރަށް ނަމާދުކުރުމެވެ. ނުބަ އިކަމަކަށް  އަރަ އި ނުގަތުމެވެ. ނުރަގަޅު  އެކުވެރީން ނުގެންގުޅުމެވެ. މަންމަގެ ނަސޭހަތް ލަ އިޝީން ލޮލުން ބޮލުން ގަބޫލުކުރި އެވެ. މަންމަ ލަދުގަންނާނެ ދެރަވާނެ ކަމެށް ނުކުރާނަން ކަމަށް  ލަ އިޝީން ވަ އުދުވި އެވެ. ލަ އިޝީންގެ  އެދުމަކީ ކިޔެވުން ފުރިހަމަ ކުރުމަށްފަހު  ރަށަށް  އަންނަ އިރު މަންމަ ހެޔޮހާލުގަ އި ވުމެވެ. އަދި ބަރާބަރަށް  ލަ އިޝީން އަށް ފޯނުކުރުމެވެ.

ލަ އިޝީން ބޭރަށް ފުރި އެވެ. ސަ އިކޮލޮޖީގެ ދާ އިރާ އިން ކިޔަވަން ފެށީ  އެކަމަށް ޝަ އުގުވެރިކަން  އުފެދިފަ އިވާތީ އެވެ. ފުރަތަމަ ދުވަސްކޮޅު ލަ އިޝީން އަށް  އުނދަގޫވި އެވެ. އެހެނަސް ރާ އްޖޭގެ ކުދިންތަ އް އެތާނގަ އި  އުޅޭތީ  އެކުދިންގެ  އެހީތެރިކަން ލިބުނީ ހީނުކުރާވަރަށެވެ. ކިޔެވުމުގަޔާ އި ކެ އްކުމުގަ އިވެސް އެކުދިންގެ  އެހީތެރިކަން ލަ އިޝީން އަށް ދިޔަ އީ ލިބެމުންނެވެ. ހަފްތާ އަކު ދެފަހަރު މަދުވެގެން ލަ އިޝީން އަށް ރަ އިޝާ ގުޅާނެ އެވެ. ގުޅާ ކޮންމެފަހަރަކު މޮޅަށް ކިޔެވުމަށް ހިތްވަރުދޭނެ އެވެ.

ދުވަސްތަ އް މަސްތަކަކަ އް ބަދަލުވެ މަސްތަ އް  އަހަރުތަކަކަށް ބަދަލުވެ ފަސް އަހަރު ނިމިގެންދިޔަ އީ ހީނުކުރާހަ އި  އަވަހަށެވެ. ރަ އިޝާ ހުރީ  އުފަލުންނެވެ. ދަރިފުޅު ލަ އިޝީން ކިޔެވުންނި  އްމާލުމަށް ފަހު  އޭނަ ކަ އިރިޔަށް ދާ އިމަށް  އަންނާތީ އެވެ.  ލަ އިޝީން  އަންނާތީ ރަ އިޝާ މާލެދިޔަ އެވެ. ރަ އިޝާ މާލެ ދިޔަވާހަކަ އެއ އް ލަ އިޝީން ގާތުގަ އެ އް ނުބުނެ އެވެ.

ލަ އިޝީން މާލެ  އަންނަން ބުނިދުވަހެވެ. ރަ އިޝާ  އަވަދިނެތި  އުޅުނީ ތަ އްޔާރީތަ އް ވުމުގަ އެވެ. ހެދިކާ ހެދި އެވެ. މަރުހަބާ ޖަހަ އިފަ އި ކޭކެ އްވެސް  އެޅި އެވެ. ހުރިހާ ކަމެށް ކޮށްނި އްމާލުމަށް ފަހު ރަ އިޝާ ވަނީ ފެންވެރުމަށެވެ. އެއއ އާޕޯޓަށް ދިޔުމަށެވެ. ދެލޮލުގެ ނޫރުކަމުގަ އިވާ ދަރިފުޅު ލަ އިޝީން ދެކިލުމަށެވެ. ރަ އިޝާ ފާހާނާގަ އި ގިނަ އިރުވާތީ ފަރުދީމާ ކޮޓަރިޔަށް ވަނެވެ. ފަރުދީމާ އަކީ ރަ އިޝާގެ ދެބެ އިންގެ ދެދަރި މީހެކެވެ. ފަރުދީމާ ފާހާނާގެ ދޮރުގަ އި ތަޅަ އި ގޮވަން ފެށި އެވެ. ރަ އި ދެންނުކުންނަން  އުޅޭ  އެ އޮތް ގަޑިޖެހެނީ.  އެއއއ އާޕޯރޓަށް ދާ.  އެހެނަސް ރަ އިޝާގެ ޖަވާބެ އް ނުލިބުނެވެ. ފަރުދީމާ ޖެހުލިންވި އެވެ. ގަޑި އިރެ އް ހޭދަވި އިރުވެސް ރަ އިޝާގެ ހިލަމެ އް ނުވި އެވެ.

ފެންމާ ގަޑުން ފެން އޮހޭ  އަޑު އިވި  އިވި ހުށްޓެވެ. ފަރުދީމާ ބަލާކަށް ނުހުރެ ދަޅުދަނޑި ފަތިނަގަ އި ފާހާނާގެ ދޮރު ހުޅުވާލި އެވެ. ފަރުދީމާގެ ދެލޯ ބޮޑުވި އެވެ. ފާހާނާގެ ފާރަށް ތަ އްވެފަ އި ރަ އިޝާ ހު އްޓެވެ. ފަރުދީމާ އަށް  އަޑުގެ ނެ އްތަަނަށް ހަޅޭލަވަ އިގަނެވުނެވެ.  އެންބި އުލާންސަށް ގުޅަ އި ރަ އިޝާ ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ޑޮކުޓަރު ބުނީ ހޮސްޕިޓަލަށް ގެނަ އި އިރުވެސް ނިޔާވެފަ އި ވާކަމުގަ އެވެ. ފަރުދީމާ އަށް ހީވީ ފަ އިގެ ދަށުން ބިންގަޑު ކަޑަ އިގެން ދިޔަހެންނެވެ. މި އަދު ރަގަޅަށް ހުރި މީހެކެވެ. ކީ އްވެ ހެ އްޔެވެ. ލަ އިޝީން އަށް މި ހަބަރު ދޭނީ ކޮންފަދަ އަކުން ހެ އްޔެވެ. ފަރުދީމާ ހުރީ ރޮވިފަ އެވެ. ހަދާނެ ގޮތް ހުސްވެފަ އެވެ.

ފަރުދީމާގެ ފޯނު  އެވަގުތު ރިންގުވާން ފެށި އެވެ. ގުޅަނީ ލަ އިޝީން އެވެ. ދަ އްތާ ކޮބާ މަންމަ. ފޯނަށް ޖަވާބެ އް ނުދޭ.  އެހެންވެ ދަ އްތަޔަށް މިގުޅީ. ފަރުދީމާ ހުރީ ރަ އިޝާގެ ހަބަރު ލަ އިޝީން ކަ އިރީ ބުނާނެ ގޮތެ އް ނޭގިފަ އެވެ. ދަރިފުޅާ ލަ އިޝީން. މަންމަ ނިޔާވެ އްޖެ. ދަރިފުޅު ހޮސްޕިޓަލަށް  އާދޭ. ދަ އްތަ މިހިރީ ހޮސްޕިޓަލުގަ. ފަރުދީމާ އަށް ބުނެވުނީ އެވަރަށެވެ. ލަ އިޝީން ރޯންފެށި އެވެ. މަންމަ ހަމަ  އަހަރެން ދެކިވެސްނުލާ ދިޔަ އީތަ. ލަ އިޝީން އަށް ހީވީ މެޔަށް  އެތަ އް ހާސް ހަންޖަރުތަކެ އް ކޮ އްޕަލިހެންނެވެ. ބޮލަށް  އެނބުރުން އެރި އެވެ.  ދަ އްތާ އަހަރެން މި އަންނަނީ. ލަ އިޝީން ގިސްލެވެން ފެށުމުން ފޯނުކަޑަ އިލި އެވެ.

ލަ އިޝީން ހޮސްޕިޓަލަށް  އަ އެވެ. މަންމަގެ ފުރާނަ ނެތް މަސްގަނޑު ފެނުނު ހިނދު ހީވީ ހިތާ އި މޭ ޗިސްވެގެން ދިޔަހެންނެވެ. މަންމާ . ހާދަ  އަވަހަކަށޭ ތި ދިޔަ އީ. މަންމަ  އެދުނުފަދަ އިން ކިޔެވުންނި އްމާފަ  އަ އީމަ މަންމަ  އަހަރެން  އެކަނިކޮށްފަ ދިޔަ އީތަ. ލަ އިޝީން އަށް ރޮވެނީ އެވެ. ފަރުދީމާ ހިތްވަރު ކުރުމަށް  ނަސޭހަތްތެރިވި އެވެ. ކޮންމެ މީހަކުވެސް  އެމީހެ އްގެ ދަންފަޅި ހަމަވުމާ އެކު ޖެހޭނީ ދާށެވެ. ދެ އްކޭނެ  އުޒުރެ އް ނޯންނާނެ އެވެ.

ރަ އިޝާގެ މޫނު  އެޅިވަގުތު ލަ އިޝީީން އަށް ކިތަންމެ ހިތްވަރުކުރިޔަސް ރޮވުނެވެ. އެ ލޮބުވެތި މޫނު މިދުނިޔޭން ދެން ނުފެންނާނެތީ އެވެ. މަންމަގެ ހަނދާންތަ އް ފިޔަވަ އި  ލަ އިޝީންގެ  އަތަކު  އެކަ އްޗެ އްވެސް ނެތެވެ. ލަ އިޝީންގެ މަންމަ ވަޅުލަ އި ހުރިހާ ކަމެށް ނިމުނު އިރު  އިރު އޮ އްސި އްޖެ އެވެ. ފަރުދީމާ  އާ އި އެކު ލަ އިޝީން އެ ގެޔަށް ދިޔަ އެވެ. މަންމަ ހެދިކާ ހަދާފަ އި ހުރިކަމަށް ފަރުދީމާ ބުންޏެވެ.  އެހެނަސް ކާނެ ހިތްވަރެ އް ލަ އިޝީން ގެ ގަޔަކު ނެތެވެ. އެ އަށްވުރެ ހިތްވަނީ ބަލިކަށިވެފަ އެވެ.

ނަމަވެސް ލަ އިޝީންގެ  އުއއ އްމީދަކީ މަންމަ ބޭނުންވި ފަދަ އިން ގަ އުމަށް ހިދުމަތް ކުރުމެވެ. ވަޒީ އަށް ގޮސް ދިރި އުޅުން  އާރާސްތު ކުރާށެވެ. ހިތްވަރު  އެލުވަ އިލަމުން ލަ އިޝީން ފަހަތަކަށް ނުޖެހޭނެ އެވެ.  މަންމަގެ ތަރުބި އްޔަތުގެ  އަލީގަ އި ލަ އިޝީން ދިރި އުޅުމާ އިގެން ކުރިޔަށް ދާނެ އެވެ. ފާގަތި ދުވަސް ތަކަކަށް  އެދި އެވެ. މަންމަގެ ހަނދާންތަކާ އި ވެސް  އެކުގަ އެވެ.

 

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ދަރިފުޅު-4

Next

އަބަދުވެސް މިހިތުގާ ވެޔޭ (11)

Next
May 8, 2020

އަބަދުވެސް މިހިތުގާ ވެޔޭ (11)

Previews
May 8, 2020

ދަރިފުޅު-4


All Right Reserved!