Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ކުރެހުންއެޅުނޭ ހިތުގެއަޑީގައި

Fathimath Athifa Hussain Level 210 Stories
May 7, 2020 3 Mins Read
0 Comments

ހަގީގީ ލޮތްބަކީ ކޮންމެ މޮންމެ މީހެއްގެ ނަސީބުގައި ވާނޭ އެއްޗެއް ނޫނެވެ. ތިމާ އެންމެ ބޭނުންވާ ލޯބިވެރިޔާގެ ލޯބި ހަމަގައިމުވެސް ލިބޭނީ ނަސީބުވެރިއަކަށެވެ. ތިމާ އެންމެ ހިތްއެދޭ ލޯބި ހާސިލްނުވެމެ އެހެން މީހަކާއިއެކު ޒަވާޖީ ހަޔާތް ފަށައިގެން އުޅޭ މީހުން މަދެއްނޫނެވެ. ތިމާއަށް ލެއްވި ރަހުމަތަކަށް ޝުކުރުކުރަން ވާނެއެވެ. އެހެނަސް ލޯބިވާ ބައިވެެރިޔާ ނޫން އެހެންމީހަކާ އެކު ދިރިއުޅުމެއް އުޅުމަކީ ވޭނެކެވެ. ކިތަންމެ ހިންހަމަޖެހިގެން އުޅުނަސް އެ ލޯބިވެރިޔާގެ ހަނދާންވާނެ އެވެ. ހަނދާން ކުރަން ބޭނުންނުވާ ހާލުވެސް ޑައިރީގެ ސޮފުހާތަކެއް ފަދައިން އެ ހަނދާންތައް އާދެއެވެ.
މީކާ އަށް އާފާގް ފުރަތަމަ ފަހަރަށް ފެނުނީ 2010 ވަނަ އަހަރުއެވެ. ފުރަތަމަ ނަޒަރުންވެސް އާފާގްގެ ރީތިކަމަށް ތައުރީފް ކުރެވުނެވެ. ހަމުގެ ކުލަ އަލިނުނަސް މީކާގެ ހިތުގައި އާފާގް ދިޔައީ ރަސްކަންކުރަމުންނެވެ. އެއަރު ފާއިތުވެގޮސް 2011 ވަނަ އަހަރު އާފާގް އާއި މީކާ ވާހަކަ ދައްކަންފެށިއެވެ. ފެށުނު ރަހުމަތްތެރިކަމުގެ ގުޅުން ކެނޑިގެން ދިޔައީ އާފާގް އާއި މީކާ އަޅުވައި ކިޔަންފެށި ހިސާބުންނެވެ. އާފާގް ވާހަކަ ނުދައްކައި ހުއްޓައިލުމުން މީކާ ހީކޮށްގެންހުރީ އާފާގް ރުޅިއައަސްގެން ވާހަކަދެއްކުން ހުއްޓާލީކަމުގައެވެ. މީކާގެ މަންމަ ބަލިވެ މާލެ ބަދަލުވި ހިސާބުން މީކާވެސް 2011 ވަނަ އަހަރު ފަހުކޮޅު މާލެ ބަދަލްވިއެވެ. އާފާގް އަށް ހިތުގައި މަގާމެއް ދެވިފައިވާތީ ފޭސްބުކް އިން އާފާގުގެ ހަރަކާތްތައް މީކާ ދިޔައީ ބަރާބަރަށް ބަލަމުންނެވެ.
ދެ އަހަރުފަހުން މީކާ އަށް އާފާގު ފެނުނީ މާލޭގެ މަގުމަތިން ހިގާފައި ދަނިކޮށެވެ. އާފާގް މީކާއަށް ހިނިތުންވެލިއެވެ. މީކާ އުފަލުން ފޮޅުނެވެ. ހިތްއެދޭމީހާގެ ކުޑަ އަމަލަކުންވެސް ހިތައް ބުނެދޭންދަތި އުފާވެރިކަމެއް މީކާއަށް ލިބިގެންދިޔަ އެވެ. މީކާ އާފާގް އަށް ފޭސްބުކުން ފުރެންޑު ރިކުއެސްޓު ފޮނުވިއެވެ. ފޭސްބުކުން ރަހުމަތްތެރިވެ މީކާ އާފާގް އާއި ވާހަކަ ދައްކަމުން ގެންދިޔައެވެ. މީކާ އާއި އާފާގް ގެ މެދުގައި އޮތީ ރަހުމަތްތެރިކަމުގެ ގުޅުމެކެވެ. އާފާގް ގެ ފަރާތުން އިޝާރާތެއް ނުވާތީ ލޯބިވާވާހަކަ އިސްވެ ބުނަން މީކާ ފަސްޖެހުނެވެ.އަދި މީކާގެ ލޮތްބައް ނޫނެކޭ އާފާގް ބުނެފާނެ ކަމުގެ ބިރާއިއެކު އެފަދަ ވާހަަކައެއް މީކާ އަކަށް ދައްކަން ނުކެރުނީ އެވެ. އާފާގް ހިންހަމަނުޖެހި އެކުވެރިކަމުގެ ގުޅުންވެސް ކަނޑާލަފާނެތީވެސް މެއެވެ.
ވީނުވީ އެއްނޭނގި އާފާގް މީކާ އާއި ވާހަކަދެެއްކުން ހުއްޓާލީ އެވެ. އާފާގް ގެ އިންތިޒާރުގައި ހުންނަންނުހަދައި މީކާ އާފާގް ގެ ހިޔާލުތައް ހިތުތެރެން ދުވަސްކޮޅަކަށް ނަމަވެސް ނެރެލިއެވެ.
މީކާ އެހެން ކުއްޖަކާ ވާހަކަ ދައްކަންފެށި އެވެ. ވާހަކަ ދައްކަމުން ގޮސް ރަށްޓެހިވާންވެސް އެހީ އެވެ. މީކާ އެގުޅުމަށް އާބަސް ކިޔެވެ. އޭގެ މަހެއްހާ ދުވަސްފަހުން މީކާ އަށް އެނގުނީ އާފާގް ވެސް ކުއްޖަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމެވެ. މީކާ ނިއްމީ އާފާގްގެ ހަނދާންތައް ހިތުން ފޮހެލުމަށެވެ. އާފާގް ގެ ލޯބި ނަސީބުގައި ނުވާކަމަށް ނިއްމައި އާފާގް ގެ ހިޔާލު ސިކުނޑިން ނެރެލީމެވެ. ދުވަސްތަކަކަށްފަހު އާފާގް ރަހުމަތްތެރިއެއް ފަދައިން މީކާ އާއި ވާހަކަ ދައްކަން ފެށްޓިއެވެ. އަނެއްކާވެސް ވީނުވީ އެއް ނޭނގި އާފާގް މީކާ އާއި ވާހަކަ ދެއްކުން ހުއްޓާލިއެވެ.

މިފަދަ ގޮތަކަށް އާފާގް އާއި މީކާގެ ގުޅުން ކުރިޔަށްދިޔައެވެ. ބައެއް ދުވަސްވަރު ވާހަކަ ދައްކާނެ އެވެ. އަނެއްބައި ދުވަސްވަރު ނުވެސް ދަންނަ ދެމީހުން ފަދައެވެ. އަނެއްކާވެސް އާފާގް މީކާ އާއި ވާހަކަ ދައްކަންފެށިއެވެ. މިފަހަރު މީކާ އާއި އާފާގްގެ މެދުގައި އޮތީ އެކުވެރިކަމުގެ ގުޅުމަކަށްވުރެ ގާތްގުޅުމެކެވެ. ދެތިންފަހަރަކު އާފާގް އާއި މީކާ ބައްދަކުވެސްވި އެވެ. އާފާގް އާއިއެކު މީކާ އަލަށް ކޮފީ އަށް ދިޔައެވެ. އެއީ ހަނދާނުން ދުވަހަކުވެސް ނުދާނެހާ އުފާވެރި ދުވަހެކެވެ. މީކާ ހުރީ އުފަލުންނެވެ. އާފާގް އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުމުންނެވެ.
އެ ކުރު ބައްދަލުވުމުގައި އާފާގް އަދި މީކާ ވެސް ދެމީހުން ރަށްޓެހިވެގެން އުޅޭ ދެމީހުންގެ ވާހަކަ ދެއްކިއެވެ. އެކަކު އަނެކަކާއި ހިޔާލު ބަދަލުކޮށްހެދި އެވެ. އޭގެފަހުންވެސް ދެތިންފަހަރަކު އާފާގް އާއި މީކާ ދިމާވިއެވެ. އާފާގް އާއެކު ދުއްވާލަން ދެވުނު ދުވަހަކީ މީކާ އެންމެ އުފާވި ދުވަހެވެ. ލޯބިވާ ފަރާތާއެކު އެފަދަ ލޮބުވެތި ވަގުތުކޮޅެށް ހޭދަކުރެވުނީތީ މީކާ ހުރީ ވަރަށް ބޮޑަށްވެސް އުފާވެފައެވެ. އެހާހިސާބުން އާފާގް އާއި އޭނާގެ ލޯބިވެރިޔާއި މައްސަލަޖެހެން ފެށުނެވެ. މީކާ ހިޔާލުދިނީ މައްސަލަތައް ހައްލުކޮށް ގުޅުން ކުރިޔަށް ގެންދިއުމަށެވެ. ހަމަ އެދުވަސްކޮޅު މީކާ އާއި މީކާގެ ލޯބިވެރިޔާއާއި މައްސަލަޖެހެން ފެށްޓުނެވެ. އާފާގު ނަސޭހަތަކަށްވީ ހިތްވަރާާއެކު މައްސަލަތައް ހައްލުކޮށް ގުޅުން ކުރިޔަށް ގެންދިއުމަށެވެ.
މީކާ ގެ ލޯބިވެރިޔާ މީކާ އަށް އެންގީ އާފާގް އާއި ވާހަކަ ދެއްކުން ހުށްޓާލުމަށެވެ. ނަމަވެސް މީކާ އާފާގް އާއި ވާހަކަ ދެއްކުން ކުރިޔަށްގެންދިޔަ އެވެ. ދުވަސްތަކަކަށްފަހު މީކާގެ ލޯބިވެރިޔާ ވެސް އާފާގް އާއި ވާހަކަދެއްކުމަކުން މައްސަލައެތް ނެއްކަމުގައި ބުންޏެވެ. އެހެންކަމުން މީކާ އާފާގް އާއި ވާހަކަ ދެއްކުން ކުރިޔަށް ގެންދިޔައެވެ. މީކާގެ ލޯބިވެރިޔާ މީކާ ގާތުގައި ކައިވެންޏަށް އެހިއެވެ. މީކާ ވަގުތުން އެއްބަސްވިއެވެ. ލޯބިވެރިޔާ ކައިވެންޏަށް އެހި ވާހަކަ މީކާ އާފާގް ގާތުގައި ބުންޏެވެ. އާފާގް މީކާ ކައިވެނިކުރަން އުޅޭތީ އެކަމާއި އުފަލެއްނުވިއެވެ. އާފާގް ގެ ސުވާލު ކުރިއެވެ. ކީއްވެ؟ މާ އަވަހަށް އިންނަންތިއުޅެނީ. މީކާގެ ޖަވާބަކަށްވީ ކައިވެނިކުރުން ނޫން އިތުރު ގޮތެއްނެއްކަމުގައެވެ. މީކާ އާފާގް އާއި ވާހަކަދެއްކުން ހުއްޓާނުލައި ކުރިޔަށް ގެންދިޔައެވެ. އާފާގް އާއިއެކު މީކާ ކޮފީއަކަށް ދިޔައެވެ. މީކާ އަށް އާފާގް ގެ ލޯބިވެރިޔާ އެހެންމީހަކާއި ގުޅުމެއް އޮތްކަން އެނގުނެވެ. އަދި އާފާގް މިހާރު ހުރީ ހުސްކޮށްކަންވެސް އެނގުނުމެއެވެ. ނަމަވެސް މާ ބޮޑަށްވެސް ވަގުތުވަނީ ފާއިތުވެފައެވެ. މީކާ ގެ ކައިވެނީގެ ހުރިހާކަމެއް ވަނީ ނިމިފައެވެ.

މީކާ ވަރަށް ރުޔެވެ. އޭނާގެ ނަސީބުގައި އާފާގް ގެ ލޯބި ލިބުންނެތަތީވެ އެވެ. މީކާގެ ލޮލުން ކަރުނަ އައެވެ. އާފާގް ގެ ލޯބި ލިބުމުގެ އުފާ ނުލިބޭނެކަން އެނގޭތީ އެވެ. ހިތުގައިޖެހި އަސަރުކުރި ނަމަވެސް މީކާ ހިތްވަރު ކުރިއެވެ. އާފާގް އައް ކައިވެނީގެ ދައުވަތު ކާޑް މީކާ ފޮނުވިއެވެ. ލޯބިވެރިޔާގެ އެކަންކުރުމަށް އެދުމުންނެވެ. އާފާގްގެ ޖަވާބަކަށްވީ ކައިވެނީގެ ހަފްލާއަށް ނުދެވޭނެ ވާހަކައެވެ. އެދުވަހު ތިމަންނަ މާލޭގައި ނޫޅޭނަމޭ ބުނަމުންނެވެ. މީކާ އަށް ބާއްޖަވެރި ކައިވެންޏަކަށް އެދޭވާހަކަ އާފާގް ބުންޏެވެ.
މީކާ އެންމެފަހުން ލޯބިވެރިޔާއި ކައިވެނި ކުރިއެވެ. އާފާގް މީކާ އާއި ވާހަކަ ނުދައްކައި ހުއްޓާލި އެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު އާފާގް މީކާ އާއި ވާހަކަ ދައްކައެވެ.
ކައިވެނި ކުރެވުނަސް މީކާގެ ސިކުނޑިން އާފާގް ދެކެ ވާލޯބި ފޮހެވިގެން ނުދިޔައެވެ. މީކާ އެކުރަނީ ކޮއްގެން ވާނެ ކަމެއްނޫނެވެ. ލޯބިވާ ވަފާތެރި ފިރިޔަކު ހުރެމެ އާފާގް އާއިމެދު ވިސްނުމަކީ ރަނގަޅު ގޮތެއް ނޫންކަން މީކާ އައްވެސް އިނގެއެވެ. އެހެނަސް ހިތުގައިވާ އާފާގް ގެ ލޯބި ހިތން ފޮހެލާނީ ކިހިނެތް ކަމެށް މީކާ އަކަށް ނޭނގެއެވެ. އާފާގް ގެ ރީތިސޫރަ މީކާގެ ހިތުގައި ވަނީ ބިންވަޅު ނެގިފައެވެ. މި ދުނިޔެއިން އާފާގްގެ ލޯބި ނަސީބް ނުވިޔަސް އެ ދުނިޔޭގަ އާފާގް ގެ ހައްގަކަށް ވުމީ މީކާގެ އުއްމީދެވެ. ދުނިޔޭގައި ހުރިހަައި ދުވަހަކު އާފާގް ދެކެވާ ތެދުވެރި ލޮތްބައް ބަދަަލެއް ނާންނާނެއެވެ. ހިތުގެ އަޑީގައި ކުރެހުން އެޅިފައިވަނީ އާފާގް ގެ ލޮތްބެވެ. އާފާގްގެ ލޯބި މީކާގެ ހިތުގައިވާތާ މިހާރު ދިހަ އަހަރުވެއްޖެއެވެ. އަދިވެސް ބަދަލެއްނައިސް ތާޒާކަމާއި އެކު މީކާގެ ހިތުގައި އާފާގް ގެ ލޯބިވެއެވެ. ދުނިޔެއިން ނިމިދިޔަސްއެ ލޯބި އުނިވެން ނުދާނޭ ފަދައަކުންނެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ވާށޭ މަށާ އެކީ-18

Next

ލޯ ފޮހެލާދޭށެ މަގޭ 8

Next
May 7, 2020

ލޯ ފޮހެލާދޭށެ މަގޭ 8

Previews
May 7, 2020

ވާށޭ މަށާ އެކީ-18


All Right Reserved!