
އަހަރެންގެ މަންމަ
އެއއއއއ އީ އަހަރެންގެ މަންމަ އެވެ. ބަ އްޕަ އެއ އްގެ ލޮތްބާ އި އަޅާލުންނެތި އަހަރެން ބަލަ އި ބޮޑުކުރި މަންމަ އެވެ. ހަމަ އެހެންމެ ބަ އްޕަގެ ލޯބި ހޯދަދިން މަންމަ އެވެ. މީހުންގެ ގެތަކަށް ސަލާންޖަހަން އަހަރެންނަށް ނުޖެ އްސި މަންމަ އެވެ. ރަހުމާ އި ކުލުނުން މިހިތް ފުރާލި މަންމަ އެވެ. ނަމާދުކޮށް ހެޔޮގޮތަ އް އުޅުމަށް ބުނެދިނީ މަންމަ އެވެ. ފަގީރު ހާލުގަ އިވެސް ކެތްކުރަން ދަސްކޮށްދިނީ އެ މަންމަ އެވެ.
ވަގުތުގެ ބޭނުން ހެޔޮގޮތުގަ އި ހިފުމަށް ނަސޭހަތްތެރިވީ އެ ލޮބުވެތި މަންނަ އެވެ. މަދަރުސާގެ ވެރީންނާ އި މުދަ އްރިސުނަށް ކަމޭހިތުމަށް އަމުރުނެރުނީ އަހަރެންގެ މަންމަ އެވެ. ސާފުތާހިރު ކަމަށް ލޯބިޖެ އްސުވީ ހަމަ އެ މަންމަ އެވެ. އަހަރެން ބަލިވެ އްޖެނަމަ ރޭގަޑުގެ ނިދި ނަގަ އިކުމަށްފަހު އަހަރެންނަށް ހޭހަންކޮށްދިނީ އެ މަންމަ އެވެ.
ކުޅުމުގެ ތެރޭ ތަނެ އް ކަޑަ އިގެން ދިޔަޔަސް ބޭސް އަޅަ އިދިން ނަރުހަކީ އަހަރެންގެ މަންމަ އެވެ. ބަ އްޕަ އެއއ އް ނެތިކަމުގެ އިހުސާސް ނޮކޮށްދީ ކަށިން ހިތްވަރުނެރެ ގުރުބާންވީ ހަމަ އެ މަންމަ އެވެ. މީރު އެއއ އްޗެހި ކާހިތުން ރޮ އިގަތުމުން މީރުކޮށް އެ އްޗެހި ކަ އްކާފަ ދިނީ އަހަރެންގެ މަންމަ އެވެ. ތަނަކަށް ތަދުވެގެން ރުޔަސް އެތަނެ އްގަ އި ބޭސްހާކަ އި ދިނީ އެ މަންމަ އެވެ.
ސުކޫލަށް ދާން ފުނާ އަޅަން ދަސްކޮށްދިނީ ހަމަ އެ މަންމަ އެވެ. ރޯދަ ހިފާނެގޮތް ކިޔަ އިދީ ހެދީ އެ މަންމަ އެވެ. ގުރުަޢާން ކިޔަވަންދާ ގެ އައ އް ނުދާާން ގަދަހެދުމުން ލޯބިން އުރާލަ އިގެން ގެންދިޔަ އީ މަންމަ އެވެ. ރޭގަނޑު ނިދުމުގެ ކުރީން ވާހަކަ ކިޔަ އިދިނީ އެ މަންމަ އެވެ. އީދު ދުވަހަށް ފަ އިގަޔާ އަތުގަ އި ހީނާފަތް އަޅަ އިދިނީ އެ ނިޔަނެތި މަންމަ އެވެ. ތަނަކަށް ގޮސްފަ އި އަންނަ އިރު ހަދިޔާ ގެނެސްދެނީ މަންމަ އެވެ.
ރީތި ހެދުން ހޯދަ އިދިނީ އަހަރެންގެ ލޯބިވާ މަންމަ އެވެ. ބޮލުގަ އި ރީތިކޮށް ފުނާ އަޅަ އި ނަލަހެ އްދީ ހަމަ އެ މަންމަ އެވެ. ބޮޑާހާކަ އި ރޯލިޔަސް ރު އްސީ މަންމަ އެވެ. ގޯތިތެރޭ ކުނިކަހަ އި ސާފުކުރަން ދަސްކުރީ މަންމަ ކިޔަ އިދީގެންނެވެ. ރީތިކޮށް މަަަދަހަކިޔަ އި ލަވަކިޔަން ދަސްކޮށްދިނީ އެ މަންމަ އެވެ. ރަހުމަތްތެރިންދެކެ އަބަދުވެސް ލޯބިވާންވާނެކަން ބުނެދިނީވެސް އެ މަންމަ އެވެ. އެކަކު އަނެކަކަށް އެހީތެރިވާން ޖެހޭނެކަމުގަ އި ބުނެދިނީވެސް މަންމަ އެވެ. ކޮ އްކޮމެންނާ އި ތޮޅުނަސް ބާރަށް ހަޅޭލަވަ އި އަނިޔާ ނޮކޮށް ބަސް އަހަ އިގެން ތިބުމަށް ލަފާދިނީވެސް މަންމަ އެވެ.
ނުބުނެ ސި އްރުން މޫދަށް ދިޔަސް ބުނެ ހު އްދަ ހޯދުމަށްފަހު ދިޔުމަށް ބުނެދިނީ މަންމަ އެވެ. ކިޔަވަ ން އެހެން ރަށަކަށް ބަދަލުވި ހިސާބުން މީރު ކާތަކެތި ހަދާފަ އި ފޮނުވީ މަންމަ އެވެ. ވި އްްސާރަ ރޭތަކުގަ ގުގުރާވިދުމުން ގަންނަބިރު ހިތުންބޭރުކޮށް ލޯބިން ބަ އްދާލީ ހަމަ އަހަރެންގެ މަންމަ އެވެ. ލާން ގެންގުޅޭ އަންނަ އުނު ރީތިކޮށް ފަ އްޖަހަން ދަސްކޮށްދިނީ ހަމަ އެ މަންމަ އެވެ. މީރުކޮށް ބު އްތަށި ގިރާފަ އި ދިނީ އަހަރެންގެ ލޯބިވާ މަންމަ އެވެ.
އއަނިޔާ އެ އް ވެ އްޖެނަމަ ފަރުވާކުރާނީ ހަމަ އަހަރެންގެ މަންމަ އެވެ. ހުނިގާނަން ދަސްކޮށްދިނީ އަހަރެންގެ މަންމަ އެވެ. އިސްތިރިކުރަން ދަސްކޮށްދިނީ ހަމަ އެ މަންމަ އެވެ. ތެދުވެރިވުމަށާ އި އަމާނާތަ އް ހިޔާނާތްތެރި ނުވުމަށް ބުނެދިނީވެސް ހަމަ އެ މަންމަ އެވެ. ހިތާމަޔާ އި އުފާ ތަހަ އްމަލް ކުރަންޖެހޭނެކަން ބުނެދިނީ ހަމަ އެ މަންމަ އެވެ.
ކަމަކަށް އެދޭނަމަ ދުޢާ ކުރުމަށް ބުނެދިނީ އެ މަންމަ އެވެ. އެހެންމީހުންނަށް ޓަކަ އި އަބަދުވެސް ހިތްހެޔޮކުރުމަށް ނަސޭހަތްތެރިވީ އެ ހިތްވަރުގަދަ އަހަރެންގެ މަންމަ އެވެ. ދިރި އުޅުމުގަ އި މިހިސާބަށް އައ އިސްފަ އި މިހިރީ އަހަރެންގެ މަންމަގެ މިންނެތް މަސަ އްކަތުންނެވެ. އަހަރެންގެ ލޯބިވާ މަންމާ އެެވެ. ކުޑަކު އްޖެ ގޮތުގަ އި ވީ ހިނދު އަހަރެންނަށް ލޮތްބާ އި އަޅާލުން ދިނީތީ ޝުކުރުވެރިވަމެވެ. ބަ އްޕަގެ ލޯބިން މަހުރޫމް ވީ ހިނދު ބަ އްޕަ އެ އްގެ ލޯބިވެސް އަހަންނަށް ދިނީ ތި ކެ އްތެރި މަންމަ އެވެ. މަންމަ އަ އް ޝުކުރި އްޔާ އެވެ. ބިކަ ހާލުގަ އި ގަނަތެޅިގެން އަަހަންނަށްޓަކަ އި ބުރަ އުފުލީތީ އެވެ. އަހަރެންގެ ހަ އްގުގަ އި ގަދަ ކޮޅިގަނޑު ތަކުން އަމާންކަމުގެ އައއއ އްސޭރިޔަށް އައ އީތީ ޝުކުރުވެރިވަމެވެ. މަންމަ އެދޭފަދަ ދަރިޔަކަށް އިރާދަކުރެ އްވި އްޔާ ވާނަމެވެ. މަންމަގެ ހިދުމަތުގަ އި ދެމިހުންނާނަމެވެ. މަންމަގެ ދަރިޔަކަށް އަހަރެންވީތީ ފަހުރުވެރިވާނޭ ދުވަސް ގެންނާނަމެވެ. އަހަރެންނަށްޓަކަ އި ހެޔޮދުޢާ ކޮށްދޭށެވެ. މާތްﷲގެ ހެޔޮރަހުމަތުން މަންމަޔަށް ހެ ޔޮ ސި އްހަތާ އި ދިގު އުމުރު ދެ އްވާށި އެވެ. ހިތުގެ އެންމެ ފުންމިނުން މަންމަދެެކެ ލޯބިވަމެވެ. ތި އީ އަހަރެންގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމެވެ. އަހަރެން ލޯބިވާ އަހަރެންގެ މަންމަ އެވެ.
3 Comments!
Comments are closed.
Aameen..
Masha allah.. varah reethi.. i wonder why no one commented on this…
Keep up the good work.. insha allah you will be a good child to your mom..
It’s really true n story is amazing Maasha Allah.????????????
Alhugandu ge mom eh dhuniye aku nei ekam writer ge faraathun thi liyunee Hageegai hope others will be now that more than me ?????