ނިމުމެއް ނުވާ ލޯބި
އަހަރެން ނަކީ ޒުވާން ކަމުގެ ދުވަސް ވަރު ގުނަމުން އަންނަ ޒުވާން ޖިންސުލަތީފެކެވެ. ހަމުގެ ކުލައެހާ އަލިނުވިޔަސް ކަޅެކޭވެސް ނުބުނެވޭނެއެވެ. އިސްތަށިގަނޑުބާއްވަނީ އެހެން މީހުންގެ ލޯތަކައް ފޮރުވުމައް ބުރުގަލަކުން ނުވަތަ ޝޯލްއަކުން ނިވާކޮއްފައެވެ. ހިތިފަތުގެ ބުމައަކާ ތުނި ތުންފަތެއް ގެ ވަރިއެކެވެ. ބޯ އެސްފިޔަތަކުގެ ނިވަލުގާ ފޮރުވިފައިވާ މުށިކުލައިގެ ކަޅި ކިތަންމެހާ ވެސް ފުރިހަމަ އެވެ.
އަހަންނަކީ މާލޭގާ ދިރިއުޅެމުން ދާ މާލޭގެ ރައްޔިތެކެވެ. އާއިލާއާއަކީ މެދުފަންތީގެ އާއިލާ އަކައް ވިޔަސް އަހަރެންގެ ބޭނުން ތައް ފުއްދާދޭން މައިންބަފައިން ހުންނަނީ އަތުކުރި އޮޅާލާގެންނެވެ.
އަހަރެން ގެ ޒުވާން ހިތުގައި ފުރަތަމަ ފަހަރައް ލޯބީ ގެ ވިންދުޖެހީ އަހަރެންގެ ޢުމުރުން ސޯޅަ އަހަރުގައެވެ. ނަމަވެސް އަހަރެން ނައް މިވެވުނީ ލިބެން ނެއް ލޮއިއްބެކެވެ. އަހަންނައް ލޯބިވެވުނީ އަހަރެން ގެ ސުކޫލު ދައުރުއްސުރެ އެންމެ ފޫހިވީ ކުއްޖާ ދެކެއެވެ. މަޔާން އަކީ ރީތިކަމެއް ލިބިފާ ވިޔަސް ވިޔާނުދާ އުޅުމެއް އުޅުމުން އަންނަ ކުއްޖެކެވެ. މަޔާން އައް އަހަރެން އޭނާދެކެ ފޫހިވާކަން އިނގުނު ހިސާބުން އަހައްނައް ދަނީ އެކިގޮއްގޮތައް ޖެއްސުން ކުރަމުންނެވެ.
އަހަންނާ މަޔާން އަކީ މީ ފެޝުނީއްސުރެ އެއް ކުލާހެއްގާ ތަޢުލީމު ހާސިލް ކުރަމުން އަންނަ ދެކުދިންނެވެ. ކުރިން ދެމީހުން އެކަކުއަނެކަކާ ވާހަކަ ނުދެއްކިޔަސް ގުރޭޑް ހަތަކާ ހަމައިން ކުދިކުދި ދެބަސް ވުމާ އަރާރުން ވުންތައް ހިންގަމެވެ. މަޔާން އަހަންނައް ޖެއްސުން ކުރަން ފެށީ މިހިސާބުންނެވެ. އެހާހިސާބުން ކުދިކުދި އަރާރުންތައް ދިޔައީ ބޮޑެތިވަމުންނެވެ. މަޔާން އައް އަހަންނާ ޖެއްސުން ނުކުރަންޏާ ދުވަސް ފުރިހަމަ ނުވާކަހަލަ އެވެ. ކްލާސް ގާ އެކުވެރިންވެސް މިކަމާ ހުރެ މަޔާން އަހަންނާ ލައިގެން އަޅުވާ ކިޔުން ޢާންމު ކަމަކައް ވެސް ހެދިއެވެ. އަހަރެންވެސް ދެރަނުވާން ވެގެން މިހާރު މަޔާން އާ ޖެއްސުންކުރަމެވެ. މަޔާން އާ ކުލާހުގައި އުޅޭ އަންހެން ކުދިންނާލައިގެން އަޅުވާ ކިޔާ ހެދީމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެންގެ އެންމެ ފަހުއަހަރެވެ.އެއީ ދިހައެއްގެ އަހަރެވެ. އަހަރެން ގަދައަޅާ މަސައްކައް ކުރަމުން ދިޔައީ ރަނގަޅު ނަތީޖާ އެއް ގެނެވޭތޯއެވެ. ކިޔެވުމުގައި އަހަރެން ވަގުތު ހުސް ކުރަމުން އަހަރެންދިޔައިމެވެ. މީގެ ނަތީޖާ ވަރައް ވެސް ފޮންޏެވެ. އަހަރެން ހީކުރި ފަދަ ރަނގަލު ނަތީޖާއެއް އަހަންނައް ލިބުނެވެ. އަހަރެން ވަރައް އުފާވިއެވެ. ނަތީޖާ ބަލާ ދިޔަދުވަހު އަހަރެނައް ހަމަ ފަރާއްފަރާތައް ބެލެނީ މަޔާން ގެ ރީތި ސޫރަފެނޭ ތޯ އެވެ. އަހަރެންގެ މިދެލޯ ހޯ ދަމުން ދިޔައީ އެސޫރައެވެ. މަޔާން ނުފެނުމުން އަހަންނައް މާޔޫސް ވެ އިސްޖެހުނެވެ. ބުނައް ނޭގޭ ފަދަ ގޮތެއްވިޔެވެ. މިހެން އަހަރެންނައް ވާތީ ހުދު އަހަރެންވެސް ހުރީހައިރާން ވެފައެވެ. އަހަންނައް ނޭނގުނެއް ކަމަކު އަހަރެންގެ ހިތްވަނީ މަޔާން އައް ލެބިފައެވެ. މަޔާން ގެ ސޫރަވަނީ ފަނޑުނުވާނޭހެން އަހަރެން ގެ ހިތުގައި ކުރެހިފައެވެ. ނަމަވެސް އަހަރެން އެހަކައް މިކަން ގަބޫލުކުރާކައް ބޭނުމެއް ނޫނެވެ. މިވިސްނުމުގާ ހުއްޓާ އަހަރެން ސިސްސާގެން ދިޔައީ އަހަރެން ގެ އެކުވެރިއާ ސަނާ އަހަރެންގެ ގައިގާ ކޮއްޓާލުމުންނެވެ. ” އޭއި ޒައިނާ އެއޮއްބެލް ޖެހީ އަވަހައް ވަންނަން ހިނގާ” ސަނާ އަހަރެންނައް ބަލާލަމުން ބުންޏެވެ. އަހަރެން ވެސް ބޯޖަހަލާމުން ސަނާ އާ އެއްކޮއް ހިނގާގަން ވަގުތު އިވުނު އަޑަކުން މިއޮއްހުރިހާއިރު މިލާ ފައިވާ މޫނު މައްޗައް ހިނިތުން ވުމެއް ވެރިވެގަތެވެ. އާން އެކެވެ،އެއީ ދެވަނައެއް އެހެން މީހެއްނޫނެވެ. މަޔާންގެ އަޑެ އެވެ. އަހަރެން ފަހައްބަލާލީ މަޔާން އަހަންނާ މިހާ ކާރީގާ ހުންނާނެކަމަކައް ނޫނެވެ. ފަހައްބަލާލި ތަނާހެން އަހަރެން ގެ މޫނު ގޮސް ޖެހުނީ މަޔާން ގެ މޭމަތިއެވެ. މަޔާން ގެ ގައިން ދުވި ފޮގް ސެންޓް އަހަންނައް ވަރައް ކަމުދިޔައެވެ. އަހަރެން ގެ ހިތުގެހިގުން އަވަސް ވެ އަހަންނައް ފާޑެއްގެ ގޮތެއްވާކަން އަހަރެންނައް ފާހަގަވިއެވެ. މަޔާން އާ އެހާ ކާރީހުރުމުން އަހަރެން ގެ ހިތް ދިޔައީ އާދަޔާ ޙިލާފައް ބާރައް ތެޅެމުންނެވެ. އަހަރެން ގައިން ހީބިހިނަގާގަތީ މަޔާން ގެ ދެއައް އަހަރެންގެ ބުރަކަށީ ވަށާލުމުންނެވެ. ” ޒައިއްޕުޑިން ކުރިން އަހަރެން ކާރި ހަގްއެއް ބޭނުންވާ ވާހަކަ ބުނިނަމަ އަހަރެންނައް މިހެން ހަގް އެއްދޭން ނުޖެހުނީސް އެއްނު” ތުންފަތައް ލާނެއް ހިނިތުންވުމެއް ވެރިކުރަމުން މަޔާން މިހެން ބުންޏެވެ. އަހަރެން އަވަހައް ތެޅިގަނެފާ ދުރައް ޖެހެލެވުނެވެ. އޭރު އަހަރެންގެ ކޯތާފައް ވަނީ ރަތް ވެފައެވެ. ” އައްދެ މީނައައް ބްލަޝް ވެސް ވާން އިނގޭތަ” މަޔާން މިހެންބުނުމާއެކު އަހަރެން އިތުރައް ލަދުގަނުނުން ނޫންކަމެއް ނުވިއެވެ. ” އެހެމް އެހެމް ކަލޭމެން ދެމީހުން އެހައް ތިޔަ ރޮމް ސީން ތައް މަޑުޖައްސާލަން ވީނު މިހާރުއެއޮއް ކުދިންތައް ވެސް ވަދެ ނިމުނީ ހިނގާ އަވަހައް” ސަނާ ހިނިގަނޑެއް ޖަހާލަމުން މިހެން ބުނުމާއެކު އަހަރެން ތުންކޮޅު އޫކޮއްލަމުން ހިނގާގަންނައް ފެށީމެވެ. ” ބޮޑު ބޭބީ ޒައިނާ ތީ ހަމަ” މަޔާން ވެސް މިހެން ބުނެ އަހަރެން ފަހަތުން އައެވެ. އެކަކައް ނުފެނުނަސް އަހަރެން ގެ ތުންފަތުގައިވަނީ ނުފިލާނޭ ރީތި ހިނިތުންވުމެކެވެ. އަހަރެން ގެ ހިޔާލުތަކުދައިވަނީ ދާދި ދެންމެއަކު މަޔާން އާއެކު ހިނގާ ދިޔަ ލޮބުވެތި ވަގުތުކޮޅެވެ. މިހާރު އަހަރެންނައް ޔަޤިން ވެއްޖެއެވެ. އަހަރެންނައް މިވަނީ މަޔާން ދެކެ އިންތިހާއައް ލޯބިވެވިފައެވެ. ނިމުމެއްނާންނޭ ލޮއިއްބެއްވެވިފައެވެ. ނަމަވެސް އަހަރެން ގެ ހިތުގައިވަނީ އެންމެ ސުވާލެކެވެ. މަޔާން އަހަރެން ދެކެ ލޯބިވޭބާވައެވެ.
ނަތީޖާ ތައް ދައްކާ ނިމުނު އިރު ހެދުނު ދިހައެއްޖަހާނިމިއްޖެއެވެ. އަހަރެން ހޯދިކަހަލަ ނަތީޖާއެއްވަނީ ސަނާ ވެސް ވަނީ ހޯދާފައެވެ.
ދެމީހުން އޮލަވާހަކާގާ ހުރެ ގެއައްދާން ދިޔާމެވެ. ” ޒައީ އަހަރެންކޮއްލަން ތަ ސުވާލެއް” ސަނާ އަހަންނާ ދިމާލައް ބަލާލަމުން ބުނެލީ ވަރައް ސީރިއަސްވެ ހުރެއެވެ. ” ޕިސް ، ސަނާ އަހަރެން ކާރި ސުވާލެއް އަހަންވީމާ ހުއްދަވެސް ހޯދަން ޖެހޭކަމެއް އަހަރެން ނުދެނެހުރިން، ޔޫކޭން އާސްކް މީ އެނީތިން ސްވިޓީ ޕާއި، ” ސަނާގެ ދެކޮލުގައި ހިފާލަމުން އަހަރެން ބުނީމެވެ. ”ހެހެހެހެހެހެހެހެ ، އޯކޭ އަމް ޒައީ މަޔާން ދެކެ ލޯބިވޭ ދޯ އަހަންނައް ވަރައް ހީވޭ ނޫން އަހެރެންނައް ހަމަ ޔަޤީން، އަޅޭ ޒައީ ޕްލީސް ތެދައް ބުނާޗޭ” ސަނާ ކުރި ސުވާލުން ވަގުތުން އަހަރެން ހުއްޓުން އެރިއެވެ. ދެލޯ ބޮޑުކޮއްގެން ސަނާ އާދިމާލައް ބަލަހައްޓާގެން ހުރީމެވެ. އަހަރެން ސިސްސާގެންދިޔައީ ސަނާ އަހަރެންގެ ދެ ކޮނޑުގައިހިފާ ތަޅުވާލުމުންނެވެ.
” ޔެސް ސަންނޫ އައިލަވް ހިމް އައިލަވް މަޔާން އަ ލޮޓް ” ކަރުނައާއެކު އަހަރެން މިހެން ބުނީމެވެ. އޭރު ދެލޯބޮޑުވެފައިވާ ސަނާ ގެ ތުންފައްމައްޗައް ފުޅަ ހިނިތުންވުމެއް ވެރިވިއެވެ. ” ވާއް ޒައީ ވަރައް ބޮޑު ސަޕްރައިޒް އެއް ތިދިނީ އޯއެމްޖީ ވަރައް ހެޕީ އިނގޭ ޒައީ ” ސަނާ އުޅުނުގޮތުން އަހަރެން ކާރިއައް ހިނިއައެވެ. ” ހޫމް ދެން ގެއައްދަމާ މަންމަ ހުންނާނެ މިހާރު އަހަރެން ނުގޮސްގެން” އަތުގާއަޅާފައިއޮއް ފިޔާތޮށިކުލައިގެ ކަމަރުލީ ގަނޑިއައް ބަލާލަމުން އަހަރެން ބުނުމާއެކު ސަނާވެސް އާން އެކޭ ބުނެ ދެމީހުން ވެސް ގެއާދިމާލައް ހިނގާ ގަންނަން ފެށީމެވެ. އޭރު ދެމީހުންނައް ވެސް ނޭގުނުކަމަކީ ދެމީހުން ދެއްކިވާހަކަތައް ތިންވަނަ ފަރާތަކައް އަޑުއިވުނުކަމެވެ. އަދިއެވެސް އެންމެ އުންމީދުނުކުރެވޭ މީހާއަށެވެ.
ގެއައްވަދެވުމާއެކު އަހަރެން ސޯފާގާ ޓީވީބަލަން އިން އަހަރެންގެ މަންމަ މައިލީން ގައިގާ ބައްދާލާފާ ނަތީޖާ ކަރުދާސް ދައްކާލީމެވެ. މަންމަ ހުރީ ގޮސް އުފަލުން ފޮޅިފައެވެ. މަންމަ އަހަރެންގާގާ ބާރަކައް ބައްދާލާގެން ހުއްޓާއިވުނީ ބައްޕަ ފާލިހް ސަމާސާ ރާގަކައް އެއްޗެއް ބުނެލި އަޑެވެ. ” އައްދޭ ދެމައިން ކޮންބެއްދުމެއްތިބައްދަނީ އަހަރުން ނުލާ” ބައްޕަ މިހެން ބުނިހެންނެއްހީނުވެ މަންމަ މަޑުންނުހުރެވިގެން އަހަރެންގެ ނަތީޖާ ގެ ވާހަކަ ބުންޏެވެ.
” މާޝާﷲ ބައްޕަދަރިފުޅު ހާދަ މޮޅޭ ،ބައްޕަ ވަރައް އުފާވެއްޖެ” މިހެން ކިޔާ ބައްޕަ މަންމަ އާއި އަހަރެންގައިގާ ބައްދާލިއެވެ، އެވަގުތު ސިޓިންރޫމް ގާ ގުގުމާލީ ތިން މީހުންގެ ހުނުމުގެ އަޑެވެ.
ޢާއިލާއާ އެކު ވަގުތު ކޮޅެއް ހޭދަކޮއްލާފާ އަހަރެން ކޮޓަރިއައް ވަތީ ތާޒާ ވެލާށެވެ. އަލަމާރިކާރި ހެދުން ނަގަން ހުއްޓާ ޗާޖައް ޖަހާފައި އޮއް އަހަރެންގެ ފޯނު ރިންގްވާއަޑައް އަހަރެންގެ މިސްރާބު ފޯނާދިމާލައް ބަދަލުކޮއްލީމެވެ. ގުޅަނީ ސަނާކަމުން އަހަރެން އަވަހައް ފޯނުނެގީމެވެ. ” ހެއި ޒައި މިއަދު ހަވީރު އެބަޖެހޭ ރަސްފަންނައް ގޮސްލަން ، ދެން މެ ދޮންބެކައިރިއައް އައިއްސާ މަޔާން އަހަންނާ ދިމާވެގެން ބުނީ ޒައި ގޮވާގެން އެތަނައް ގޮސްބަލާށޯ، ޒައި އޯކޭތަ” ފޯނުނެގިހެންނެއްހީނުވެ ސަނާ ކިޔަން އެފެށިވާހަކަ އަކުން އަނގަހުޅުވިފާ ހުރެ އަހަންނައް އައް ހަމަ ބިމައްއާދެވުނީ ސަނާ ދެފަހަރަކު ގޮވާލުމުންނެވެ. ” އެ ހަމަ ސީރިއަސްތަ ، މަޔާން ކީއްކުރަން އަހަންނާ ބައްދަލުކުރަން ވީ ، އަޅޭ ސަންނޫ ވަރައް ނާވަސް ، އާން ދާން ވާނެއެއްނުދޯ ، ކިހާއިރަކައް ތައްޔާރުވާންވީ ” ހަމަ ހޭވެރިކަން ވުމާއެކު އަހަންނައް ބުނެވުނެވެ. ” ސާބަސް އިނގޭ ދޫންޔާ ، ދެން ތިއެއް އިނގޭނީ މަޔާން އާ ބައްދަލު ކުރަން ދިޔާމާ އެއްނު ، ހަތަރު ގަނޑި ފަނަރައައް ތައްޔާރުވޭ އިނގޭ ދާނަން ބަލާ ” ހިނިގަނޑެއް ޖަހާލަމުން ސަނާ މިހެން ބުނެލީއެވެ. ” އޯކޭ ދޫންޏާ ބާއި އިނގޭ މިދަނީ ފެންތަޅާލަން ، ސީޔޫ” މިހެން ބުނެ އަހަރެން ފޯނުކަނޑާލީ އެކޮލުން ސަނާވެސް ބާއި އޭ ބުނުމުންނެވެ.
މިއަދު އަހަރެންގެ ހަމަ ޖެހުން ނަގާ ފައިވަނީ މަޔާން އާ ބައްދަލުކުރަން ދާން ޖެހޭތީއެވެ. ގަނޑިހިގާލެއް ލަސް ކަމުން އަހަރެން ހުރީ ކަންތައް ބޮޑުވެފައެވެ.
ޢަސްރުނަމާދުގެ ބަންގިއާއެކު އަހަރެން ނަމާދައް އަރާފީމެވެ. އަދި ނަމާދު ނިންމިގޮތައް އަހަރެން އަވަސް ވެ ގަތީ ލާނެ ރަނގަޅު ހެދުމެއް ހޯދުމަށެވެ.
އަލަމާރިހާވަނިކޮއް އަހަންނައް އެންމެ ކަމުދިޔައީ އަހަރެން އަތުގައި އިން ހުސްކަޅު ހެދުމެވެ. އެހެދުމުގެ އަތް ވަނީ ފުޅާކޮއްފައެވެ. ކަކުލާ ހަމައައް އަރާ މިހެދުން ވަނީކުރިމައްޖަށާ ފަހަތައް ރޫޖައްސާ ފައެވެ. އަދި މިއާއެކު އަޅި ކުލާގެ ޝިފޯން ސޯލްއެއް ނަގާ އިސްތިރިކުރުމައް އަވަސް ވެ ގަތީމެވެ.
ބަރާބަރު ހަތަރުގަނޑި ފަނަރައައް ސަނާ އަހަރެންގެ ގެއައް އައެވެ. މަންމަ ކުރިން ހުއްދަހޯދާގެން އަހަރެން ދިޔައީ އަވަހައް ރަސްފަންނައް ދެވޭތޯއެވެ. އެތަނާ ގާތްވާވަރަކައް އަހަރެންގެ ހިތްދިޔައީ ނުތަނަވަސް ވަމުންނެވެ. ކޮންމެސް ކަމެއް ރަނގަޅެއްނޫން ކަމައް އަހަރެން ގެ ހިތް ދަނީ ޢިޢުލާން ކުރަމުންނެވެ. ރަސްފަނައް ވަދެވުމާއެކު އަހަރެން ދިޔައީ އެކިދިމަދިމައިން މަޔާން ފެނޭތޯ ހޯދަމުންނެވެ. މާއިރުތަކެއްނުވެ ކަޅުކުލައިގެ ގަމީހަކާ ހަމަ އެކުލައިގެ ޖިންސެއްލައިގެން ހުރި މަޔާން އަހަންނައް ފެނުނެވެ. ހަމަޖެހެން މަސައްކައް ކުރަމުން އަހަރެން މަޔާން އިން ދިމާލައް މިސްރާބުޖެހީމެވެ. މަޔާން އާ ކާރިވިވަރަކައް އެތާ ކާރި އިން އަންހެން ކުއްޖާ އަހަރެންގެ ލޮލުގައި އަލާގަތެވެ. އެ ހިނދު ހިތްބިރުގަންނައް ފެށިއެވެ. ނަމަވެސް ހިތްވަރުކުރަމުން އަހަރެން މަޔާން އާޖެހިގެން އިން ގޮނޑީގައި އިނީމެވެ. އޭރު ތަންކޮޅެއް ދުރުގައި އިން ގޮނޑިއެއްގާ ސަނާ އިނެވެ.
މަޔާން އަހަންނާދިމާލައް ބަލަން އިންގޮތުން އަހަރެން ގެ ނުތަނަވަސް ވެފައިވާ ހިތް އިތުރައް ނުތަނަވަސް ވިއެވެ.
” ޒައިނާ އަހަންނަކައް ނޭނގެ މިވާހަކަ ޒައިނާ ކާރި ދައްކާނެ ގޮތެއް، އަހަންނައްއިނގޭ ޒައިނާ އަހަރެން ދެކެ ލޯބިވާކަން” މަޔާން މިހެން ބުނިހެންނެއް ހީނުވެ އަހަރެންގެ ދެލޯ ދިޔައީ ބޯޑުވެގެންނެވެ. ” އަހަންނައް އިނގޭ ޒައިނާ ތިހިތައް އަރަނީ އަހަންނައް މިކަން އިނގުނީ ކިހިނެއްކަން ދޯ، އަހަނަނައް މިކަން އިނގުނީ ޒައިނާ ސަނާ ކާރި މިވާހަކަ ބުނިގަނޑީ، އެގަނޑީ އަހަރެން ދިޔައީ ކަލޭމެން ދެމީހުންގެ ފަހަތުން ކަލޭމެން ދެމީހުން ސިސްސުވާލަން ވެގެން ، އެގަނޑީ އަހަންނައް އިވުނީ ޒައިނާ އަހަރެން ދެކެ ލޯބިވާވާހަކަ ބުނިއަނޑު،” އަހަންނާ ދިމާލައް ބަލަމުން މަޔާން މިހެން ބުންޏެވެ. އެއިރު އަހަރެން ގެ ލޮލުން ތާޒާ ކަރުނައައީ އަހަރެން ހީވެސް ނުކޮއް ހުއްޓައެވެ. ” ޒައިނާ އަހަންނަކައް ނެއް ޒައިނާ އަކާ ގުޅެވޭކައް، އަހަރެން ނުވޭ ޒައިނާދެކެ އެއްވެސްވަރަކައް ލޮއިއްބެއް، އަހަރެން ހީވެސް ނުކުރަން ޒައިނާ އަހަރެން ތިފަދަ ނަޒަރަކުން ދެކިފާނެކަމަކައް، އެން މީނީ އަހަރެން އެންމެ ލޯބިވާ ކުއްޖާ ނޫރާ، މީއަހަރެން ގެ ލޯބިވެރިޔާ، އަހަރެން ނޫރާދެކެ އަމިއްލަ ނަފްސައް ވުރެވެސް ލޯބިވޭ، ސޯ ސޮރީ، ރަނގަޅުވާނީ ޒައިނާ ވެސް އަހަރެން މަތިން ހަދާން ނައްތާލާފާ ދިރިއުޅުމާގެން ކުރިއައްދިޔައީއާ ، އަހަންނައްވުރެވެސް ރަނގަޅުކުދިން އަދި ޒައިނާއައް ލިބޭނެ.” މަޔާން ގެ މިވާހަކައް ތައް އަނޑުއަހާފާ އަހަރެން ހިފަހައްޓާގެން ހުރި ކަރުނަތައް އެއްވެސް އިހްތިޔާރަކާ ނުލާ ވެރުނެވެ. ވަގުތުން އަހަރެން އިސްޖެހީމެވެ. ނަމަވެސް ވަރައް ހިއްވަރުކޮއްފާ އަހަރެން އަނގަހުޅުވާލީ މެވެ.
” މަޔާން އަހަރެން މަޔާން ދެކެ ވީ ހަޤީޤީ ލޯބި، މަޔާން އައް ހަނދާން ނައްތާލާށޭ ބުނަން ފަސޭހަވާނެ އެކަމަކު އަހަންނައް އިނގޭނީ ކިހާ އުނދަގޫ ކަމެއްކަން ، އެން މަޔާން އައް އުފާވެރި ބާއްޖަވެރި ދިރިއުޅުމަކައް އެދެން، އަހަރެން މީ މަޔާން ގެ ލައިފް އައް ނާން ނަ މީހެއްކަމައް ހަދާލާ” މިހެން ބުނެ އަހަރެން ގޮނޑިންތެދުވެ ، ދުއްވާގަތީމެވެ. އޭރުވެސް ހުއްޓުމެއްނެތިލޮލުންކަރުނަ އާދެއެވެ.
ގައިގައި ހުރި ބާރެއްލާފައި އަހަރެން ރަސްފަންނުން ނިކުތީމެވެ. އޭރު ސަނާ އަހަންނައް ގޮވަމުން އަހަރެން ގެ ފަހަތުން ނިކުތެވެ.
އަހަރެން ދުވަމުން ދުވަމުން ގޮސް މަތަވީ ގޭ ދޮރުމައްޗަށެވެ. އޭރު ސަނާ ވެސް އެހިސާބައް އަތުވެއްޖެއެވެ. ” ސަނާ މަޔާން ޑޯންޓް ލަވްމީ ، އެއީ އަހަންނައް ލިބެންނެއް ލޯބެއް، އެކަމަކު އަހަރެން މަޔާން ދެކެ ވީ ލޮއިއްބަކައް ބަދަލެއް ނާންނާނެ، އައި އައި ލަވްހިމް” މިހެން ބުނިހެންނެއްހީނުވެ އަހަރެން ދެ ބަނޑިފަޅާގެން ދިޔައެވެ. ސަނާގާ ގާ ބައްދާލާގެން އެތައްއިރަކު ރޮވުނީމެވެ. އެވަގުތު މަގުމަތިން ދާމީހުންގެ ނަޒަރުވަނީ އަހަންނައް ހުއްޓިފައެވެ. ނަމަވެސް އެމީހުންގެ ނަޒަރުތަކައް ސަމާލުކަން ދިނުމައް ވުރެ އަހަރެން ގެ ހިތް ވަނީ ކުދިކުދިވެފައެވެ. ވާނީ ވެސް އެހެންތާއެވެ. ހަޔާތުގައި ފުރަތަމަ ފަހަރައްވީ ލޯބިއެވީ ނާކާމިޔާބެވެ. [ ޒައީ ދެން ވަދޭ ގެއައް ގޮސް އަރާމް ކޮއްލާ ފަހުން އަހަރެން އަންނާނަން] ސަނާ މިހެން ބުނުމާއެކު އަހަރެން މޫނުމަތި ރަނގަޅުކޮއްލަމުން ގެއައް ވަނީމެވެ.
ގެއައް ވަންއިރު މަންމަ އަދި ބައްޕަ ފެންނައް ނެތުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮއްލާފާ ކޮޓަރިއާދިމާއައް މިސްރާބުޖެހީމެވެ. އޭރުވެސް އަހރެން ގެ ސިނކުޑީގައިވަނީ ދެން މަ އަކު ހިނގާ ދިޔަ ކަންކަމެވެ. ވަގުތުން އަހަރެން ގެ ލޮލުން ކަރުނަ އޮހޮރުނެވެ. ކޮޓަރިއައް ވަދެ އަހރެން ހިފަހައްޓާގެން ހުރި ކަރުނަތައް ދޫކޮއްލީމެވެ. އެނދުމައްޗައް ވެއްޓި ބާރައް ރޯން ފެއްޓީމެވެ un excelente sitio.
އެގޮތައް ބައިގަނޑިރު އޮވެފާ އަހަރެން ތެދުވީމެވެ. މޫނުދޮވެލާގެން އައިސް އަނެއްކާ އެނދުމަތީ އޮށޯވެލީ ނިދާލުމުގެ ބޭނުމުގައެވެ.
ނަމަވެސް އަހަރެން ގެ ހިޔާލުތަކުގައިވަނީ މަޔާން އެވެ.
އަހަރެން މަޔާން ދެކެވާ ލޯބަކައް ކުޑަވެސް ބަދަލެއް ނުގެންނާނައް ކަމައް އަހަރެން ނިންމީމެވެ. އަދި މަޔާން ދެކެ އަހަންނައް ވެވުނު ނިމުމެއް ނުވާ ލޯބިދަމަހައްޓާނަމެވެ.
(ނިމުނީ)
Hlw my dear readers!!!!! J J
This is my very first stry to an online stry site
Hope u all readers will like it. And first stry vee maa mistake tha hunaanekma alugadu gaboolukuran. So pls point out the mistakes. And leave a cmnt about how u feel about the stry.
Positive and negative cmnts are acceptedJ
Love u all
Stay safe
2 Comments!
Comments are closed.




Love it darling❤️
Thank u soo much aphxxx sis
I read ur storie too love it ingeyy❤️❤️