” މަގޭ ކުރިމަތިން ދުރަށްދޭ ގަމާރާ. ” އިމްޝާ ލައިލާގެ ގައިގައި ޖެހުމަށް ފަހު ނިކުމެ ބަދިގެއަށް ވަދެ ސައިބޯން ފެށިއެވެ. ލައިލާ ހުރިހާ ކޮޓަރިތައް ސާފުކުރުމަށް ފަހު ލީލާ ފެންވެރުވިއެވެ. ބަނޑުހައިވެފައި ހުރުމުން ބަނޑަށް ކާއެއްޗެއް ލުމަށް އޭނާ ބަދިގެއަށް ވަނެވެ. ލައިލާ ކާން ރޮށި އަޅާ ހޮޓުގެ މަތި ނެގިއެވެ. އޭގައި ރޮށިފަޅިއެއްވެސް ނެތެވެ. އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ އަމްނާއެވެ. އޭނާ ހުރިހާ ކާއެއްޗެއް ޑަސްބިނަށް އަޅާލީ ލައިލާ ކައިފާނެތީ އެވެ. ހުސް […]
ލައިލާ ހެދުން އިސްތިރިކޮށްފައި ފެންވަރައިގެން ނިކުމެ ހެދުން ލިއެވެ. ދެން ފުށްޖަހައިފައި ތުންފަތުގައި ލިޕްބާމް ކޮޅެއް އުނގުޅާފައި ޝޯލް އަޅަން ފެށިއެވެ. ރީތި ގޮތަކަށް ޝޯލް އަޅާލާއިފައި ސެންޓު ކޮޅެއް ގަޔަށް ބުރުވާލުމަށް ފަހު ކޮޓަރިން ނިކުތެވެ. ދޮރުތަޅުލައިފައި ގެއިން ނިކުތްއިރު ފަހެއް ޖަހަން ފަސް މިނެޓެވެ. އައިލީން މެން ގެއަށް ވަތް އިރު ޕާޓީއެއް ބާއްވަން ރީތި ވެސް ކޮށްފައެއް ނެތެވެ. އޭނާ އައިލީންގެ ކޮޓަރި މަތީގައި ހުންނާތީ ސިޑި އާއި ދިމާއަށް ދިޔައެވެ. ލައިލާ […]
ހަފްތާއެއް ފަސް ލައިލާ ސުކޫލުން ގެއަށް އައިސް ޔުނީފޯމް ބަދަލު ކޮށްގެން ފާޚާނައިން ނިކުތް އިރު ލިޔާން އެނދުގައި އިށީނދެ އިނެވެ. ” ދަރިފުޅާ އާދެބަލަ. ބައްޕަ ވާހަކައެއް ބުނަން އެބޮތް ” ލިޔާން ލައިލާ އަށް ގޮވިއެވެ. ލައިލާ ހަމަޖެހިލައިގެން އައިސް އެނދުގައި އިށީނެވެ. ސާލިމާގެ މަރަށް ފަހު ކަންކަން މިހާރު ވަނީ ހަމަޔަކަށް އެޅިފައެވެ. ” ބައްޕަ މިއުޅެނީ މިއަންނަ ހަފްތާ މީހަކާއި އިންނަން” ލިޔާން ބުނެލި ޖުމްލައިން ލައިލާ ހުއްޓުނެވެ. ” ބަ […]
ކޮންމެ ދުވަހެއް ވެސް އަމާން އޮމާން ކަމާއެކު ދެއެވެ. ނަމަވެސް މިކަން މިގޮތަށް އޮންނާނީ ކޮން ދުވަހަކާއި ހަމައަށް ކަމެއް ނޭނގެއެވެ. ދުނިޔެ އަކީ ވަރަށް ފާޑެއްގެ ތަނެކެވެ. ގަދަޔަށް އަވި ދީފައި ހުރި ދުވަހަކު ވަރަށް ބޯ ކޮށް ވާރޭ ވެހިގަނެއެވެ. ދެން ވާނެ ގޮތެއް ނޭނގޭނެއެވެ. އެއް ރެއެއްގެ ފުރަ މެންދަމުގެ ވަގުތެވެ. ލައިލާ ސިއްސައިގެން ހޭލެވުނީ މީހަކު ކެއްސާ އަޑަށެވެ. ނިތްކުރީގައި ހުރި ދާތިކިތަށް ފުހެލުމަށް ފަހު ހަށިގަނޑު ސީދާ ކޮށްލިއެވެ. ލައިލާ […]
” ޕޮއް” ކުރިމައްޗަށް ކުއްލިއަކަށް އައިލީން އައުމުން ލައިލާ ދިޔައީ ސިއްސައިގެންނެވެ. ” ދޭން. ލީން ސިއްސައިގެންނޭ ދިޔައީ.” ލައިލާ ތުން ހަދާލަމުން ބުނެލިއެވެ. ” އޭތް އެޔޮއް ގަޑި ޖެހެނީއޭ! އަށެއްގެ ފުރަތަމަ ދުވަހު ވެސް ގަޑި ޖެހިގެން ނޫނީ ނުދެވޭނެ މި މީހުންނަކަށް. ” ޔަނާލްގެ އަޑު އިވުމުން އައިލީން ގަޑި ބަލާލިއެވެ. ގަޑިން ހަތް ގަޑި ފަނަރަ ވެއްޖެއެވެ. ފުރަތަމަ ދުވަހު ގަޑި ޖެހޭކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. ތިން މީހުން […]
އައިކާ ރޯދަ ވީއްލުމަށް ގޮނޑީގައި އިށީނެވެ އެވެ. މޭޒުމަތީގައި އަތުރާލައިފައި ހުރި ކާތަކެތީގެ މީރު ވަހުން މުޅި ތަން ވަނީ އެއް ވަސް ވެފައެވެ. “ﷲ އަކްބަރު ﷲ އަކްބަރު” މިސްކިތުން ބަންގި ގޮވަން ފަށައިފިއެވެ. އެންމެން ކަދުރަކުން ރޯދަ ވީއްލިއެވެ. އައިކާ ތައްޓަކަށް ބޯވާ މަސް އެޅިއެވެ. ރޮށި ޖައްސައިގެން އޭނާ ކާން ފެށިއެވެ. ރޮށްޓަކަށް ފަހު ރޮއްޓެއް ކަމުން ގޮސް ފަސް ރޮށި އައިކާ ކެއެވެ. އޮރެންޖް ފަނިތަށީގައި އައިކާ ތުންޖަހާލިއެވެ އެވެ. މީރު […]
ސަމާ އަށް ހޭލެވުނެވެ އޭރު އޭނާގެ ދެލޯ ވަނީ ދަނބު ކުލައިން ދިއްލިފައެވެ. އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. ސަމާ އަށް ކުރިމަތީގައި ހުރި ބޮޑު ބަގީޗާއެއް ކަހަލަ ތަނަކަށް މިސްރާބު ބަދަލު ކޮށްލިއެވެ. ” ކޮއްކޯ! މަގޭ ކޮއްކޮ ” ކޮކާ ކުއްޖާ ސަމާ އަށް ގޮވިއެވެ. ސަމާ އަށް ފަހަތް ބަލައިލެވުނެވެ. އެވަގުތު އޭނާގެ ލޮލުގައި ކޮކާ ކުއްޖާ އަޅައިގަތެވެ. ކޮކާ ކުއްޖާ ހުރީ ސަމާ އަށް ބަލަހައްޓައިގެންނެވެ. ސަމާ އޭނާގެ ހަށިގަނޑަށް ބަލައިލެވުނެވެ. އޭނާ […]
އެގެއަށް ގޮސް އެންމެ ފުރަތަމަ ވެސް އިށީނީ ސައި ބޯށެވެ. މޭޒުމަތީގައި ކާތަކެތި ނަން ހުސްކޮށް ހުއްޓެވެ. ހުރީ ރޮށި ،ތެލުލި ރިހާކުރު ،ކުކުޅު ރިހަ އަދި ކަޅުސަޔާއި ތޮއްޑޫ ކަރަލެވެ. ތޮއްޑޫ ކަރާ އަކީ އަހަރެންނަށް ވަރަށް މީރު އެއްޗެކެވެ. އަހަރެން ކާން ފެށީމެވެ ރޮށި ކޮށައިފައި ތައްޓަށް ކުކުޅު ރިހަ އެޅުމަށްފަހު މޮޑެން ފެށީމެވެ. ކާން އަހަރެން ފެށީ ބިސްމި ކިޔައިފަ އެވެ. ރިހަ އަހަރެންނަށް ވަރަށް މީރެވެ. ކައިނިމުމުން އަހަރެން ތަށި ދޮންނަން […]
” އަވަސްކުރޭ ސަމާ. ސަމާ އަހަރެން އެހެރި އަލި ވައްބުރާއި ދިމާއަށް ގައިގަ ހުރި ބާރެއް ލާފައި ހޫރާލާ. ކޮކާ ކުއްޖާ ބުންޏެވެ. އަހަރެން ތެދުވީމެވެ. އަތުކޮޅަށް ހޫރާލީ ވަރަށް އުނދަގުލާއި އެކުއެވެ. މާބޫރުތަށް އަހަރެމެން ދޫކޮށްލާފައި ދިމާކޮށްލީ ކޮކާލާއެވެ. ނަމަވެސް އޭގެ ކުރިން ކޮކާ އަލިގަނޑަށް ވަދެ ގެއްލުނެވެ. އަހަރެންގެ މުޅި ގައިގައި ބޮޑެތި ފިއްގަނޑު ގަނޑު ނަގައިފައި ހުއްޓެވެ. އެ ފިއްގަނޑުތަށް ފަަޅަފަޅައިގެން ގޮސް ލޭ އަންނަމުން ދިޔައީ ހުއްޓުމެއްނެތިއެވެ. އަހަރެމެން ވަރަށް ހިއްވަރުން […]